ކެންޔާ އިން ޕްލާސްޓިކް ކޮތަޅު މަދުކުރީ ކިހިނެއް؟ ރާއްޖެއަށް މިކަން ކުރެވިދާނެތަ؟
ޕްލާސްޓިކު ކޮތަޅުގެ މައްސަލައަކީ މިއަދު ތިމާވެށީގެ ގޮތުން ބަލާއިރު ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައެވެ. ބަލާލުމެއް ނެތި މޫދަށާއި ކަނޑަށް އުކާލެވޭ ޕްލާސްޓިކު ކޮތަޅުގެ ހިތި ނަތީޖާއަކީ ހަމައެކަނި މޫދުގެ ދިރުންތައް ތަހަންމަލު ކުރަން ޖެހޭ ކަމެއް ނޫނެވެ. އެއީ އެއަށްވުރެ ބޮޑަށް، އެ ދިރުންތަކަށާއި ކަނޑަށް ބަރޯސާވާ ނިކަމެތި އިންސާނުންވެސް އުފުލަންޖެހޭ ތަކުލީފަކަށް ދަނީ ވަމުންނެވެ. ސީދާ ގޮތުންނާއި ނުސީދާ ގޮތުންނެވެ. ރާއްޖޭގައިވެސް، މި ފާހަގަކުރި ޕްލާސްޓިކު ކޮތަޅު މަދުކުރުމުގެ ވާހަކަ، އެކި އިރ...