ނިކަމެތި މީހާއަށް ގޮތެއް ހޯދައި ދިނުމަކީ ކައުންސިލަރުންގެ ޒިންމާއެއް
ހަސީނާ ނޫނަސް ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ މައިންނަކީ ގޮތްހުސްވެ ހާސްކަންމަތީގައި ފިކުރުގެ ދުނިޔެއެއްގައި އުޅެން ޖެހިފައިވާ ބައެކެވެ. މިއަދުވެސް މިފަދަ ދެމައެއްގެ ވާހަކަ ކީމެވެ. ފުރަތަމަ 8 އަހަރުގެ ކުއްޖެއްގެ މަންމައެއްގެ ވާހަކައެވެ. އޭނާގެ ދަރިފުޅަކީ މައިލްޑް އޮޓިޒަމް ހުންނަ ކުއްޖެކެވެ. ސްކޫލަށް ވައްދައިގެން ފުރަތަމަ ޖެހުނީ ދަރިފުޅަށް ޚާއްޞަ ޓީޗަރަކު ހޯދާށެވެ. ދެން ބަދަލުކުރީ އެހެން ސްކޫލަކަށެވެ. އެހެންނަމަވެސް، އެންމެފަހުން ދަރިފުޅުގެ ޝަކުވާ ސްކޫލުން ކުރާވަރުން ޖެހުނީ ސްކޫލުން ވަކިކުރާށެ...