ކުރިޔަށްއޮތް ދުވަސްތަކުގައި ތަޢުލީމާއި ޞިއްޙީ ފަރުވާއަށް އިންޤިލާބީ ބަދަލުތަކެއް އަންނާނެ – ނައިބު ރައީސް
ކުރިޔަށްހުރި ދުވަސްތަކުގައި ރާއްޖޭގެ ތަޢުލީމީ ދާއިރާއާއި ޞިއްޙީ ފަރުވާއަށް އިންޤިލާބީ ބަދަލުތަކެއް އަންނާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިހެން ވިދާޅުވީ މިހާރު އިންޑިޔާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ބެންގަލޫރުގައި ދިރިއުޅޭ ދިވެހީންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ. ސަރުކާރުން އެންމެ އިސްކަންދެއްވާ ކަމަކީ ތަޢުލީމާއި ޞިއްޙީ ޚިދުމަތް ކުރިއެރުވުން ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާގެ...