ޤާސިމްގެ މަރާ އަޅުގަނޑާ ގުޅުވައި ފަތުރަނީ ދޮގު ހަބަރެއް - ޝަހީމް
މި ހިނގާ ޑިސެމްބަރު މަހު 4 ވަނަ ދުވަހު ގެރޭ ހުޅުމާލޭގައި ޓެކްސީއެއްގެ ތެރޭގައި އދ. މާމިގިލީ ކަނީރުމާގެ ޤާސިމް ޙަސަން މަރާލާފައިވާ ހާދިސާއާ ކަނޑިތީމް ދާއިރާގެ މެންބަރާއި ގުޅުވައިގެން ދޮގު ވާހަކަތަށް ބައެއް މީޑިއާ ތަކުގައި ފަތުރަމުންދާތީ ކަނޑިތީމް ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް ޢަބްދުލްހަކީމް އެކަން ދޮގުކޮށްފިއެވެ. މެމްބަރު މިއަދު ނެރެފައި ވާ ބަޔާނުގައި ބުނެފައިވަނީ ޤާސިމް ޙަސަންއާ ބައްދަލުވެ ނުވަތަ އެނޫން ގޮތަކުންވެސް ވާހަކަ ދައްކާފައި ނުވާނެ ކަމަށާއި ކަން މިހެން އޮތްއިރު، […]