ޑެންގީ ހުން ޖެހިގެން ރިޕޯޓްކުރާ މިންވަރު އަދިވެސް މައްޗަށް
މި އަހަރުގެ މާރިޗު މަހާ އަޅާބަލާއިރު، އޭޕްރިލް މަހު ޑެންގީ ހުން ޖެހިގެން ރިޕޯޓްކުރި އަދަދު އިތުރުވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ. އެޗްޕީއޭއިން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މަދިރީގެ ޒަރީއާއިން ފެތުރޭ މި ބަލި ޖެހިގެން ރިޕޯޓްކުރާ މިންވަރު ވަނީ ފާހަގަކުރެވޭ މިންވަރަކަށް އިތުރުވެފައެވެ. ތަފާސްހިސާބުތަކަށް ބަލާއިރު، 2026 ވަނަ އަހަރުގެ މާރިޗު މަހު 601 ކޭސް ރިޕޯޓްކޮށްފައިވާއިރު، އޭޕްރީލް މަހު އެ އަދަދު ވަނީ 643 އަށް މައްޗަށް […]