މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
ވަކި ޕާޓީއަކަށް ތާއީދުކޮށް އުޅުމަކީ ކާފަރު ކަމުގެ ޓެގު ކުރަން އޮތް ދަލީލެއް ނޫން: ރަޝީދު

ވަކި ޕާޓީއަކަށް ތާއީދުކޮށް އުޅުމަކީ ކާފަރު ކަމުގެ ޓެގު ކުރަން އޮތް ދަލީލެއް ނޫން: ރަޝީދު

ވަކި ޕާޓީއަކަށް ތާއީދުކޮށް އުޅުމަކީ ކާފަރު ކަމުގެ ޓެގު ކުރަން އޮތް ދަލީލެއް ނޫންކަމަށް ހއ. އިހަވަންދޫ ކައުންސިލްގެ ރައީސް މުޙައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ. ލޯކަލް ކައުންސިލް އިންތިގާބުގެ ފޯރި ރަށްރަށުގައި ގަދަވެފައިވާ މިދަނޑިވަޅުގައި އެމްޑީޕީގެ ޓިކެޓުގައި އިހަވަންދޫ ކައުންސިލްގެ ރައީސްކަމަށް ވާދަކުރައްވާ މުޙައްމަދު ރަޝީދު ވިދާޅުވެފައިވަނީ އިހަވަންދޫގެ އެއްވެސް ރައްޔިތަކީ ދީނުން ބޭރުވެފައިވާ މީހެކަން އަދި އެންގިފައެއް ނެތްކަމަށެވެ. އިހަވަންދޫގެ ރައްޔިތުއްނަކީ 100% އިން 100% މުސްލިމުން ތިބި ރަށެ...

އަލީ އާދިލް
"ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސް" އުފައްދަވައިފި

"ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސް" އުފައްދަވައިފި

ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާއި، އެހީތެރިކަމާއި އަޅައިލުން ބޭނުންވެފައިވާ ކުދިންގެ މަޞްލަޙަތު ޙިމާޔަތް ކުރުމަށް ޚާއްޞަވެގެން މަސައްކަތްކުރާނެ އިދާރާއެއް، “ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސް” ގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ޤާއިމުކުރައްވައިފިއެވެ. ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގައި ބަޔާންކުރައްވާފައިވާ ގޮތުގެ މަތީން، އެ ޤާނޫނަށް ޢަމަލުކުރ...

ޝިއުނާ އާދަމް
"ފައުންޑޭޝަން ފޯރ އަ ސްމޯކްފްރީ ވޯރލްޑް" އިން ހިންގާ ޙަރަކާތްތަކާމެދު  ސަމާލުވުމަށް އެދެފި

"ފައުންޑޭޝަން ފޯރ އަ ސްމޯކްފްރީ ވޯރލްޑް" އިން ހިންގާ ޙަރަކާތްތަކާމެދު ސަމާލުވުމަށް އެދެފި

ފައުންޑޭޝަން ފޯރ އަ ސްމޯކްފްރީ ވޯރލްޑް އިން ހިންގާ ޙަރަކާތްތަކާމެދު ސަމާލުވުމަށް އެޗްޕީއޭ (ހެލްތު ޕްރޮޓެކްޝަން އޭޖެންސީ) އިން އިލްތިމާސްކޮށްފިއެވެ. އެގޮތަށް އިލްތިމާސްކޮށްފައިވަނީ އެ އެޖެންސީގެ ފަރާތުން މިއަދު ނެރުނު ނޫސްބަޔާނެއްގައެވެ. އެ ނޫސްބަޔާނުގައި ބުނީ “ފައުންޑޭޝަން ފޯރ އަ ސްމޯކް ފޮރ ވޯރލްޑް” އިން، ރާއްޖޭގެ އަމިއްލަ ބައެއް ފަރާތްތަކާއި، ކުންފުނިތަކާއި އަދި ސަރަޙައްދީ ބައެއް ޖަމާޢަތްތަކާއި ގުޅިގެން، ދުންފަތް ކޮންޓްރޯލް ކުރުމުގެ ދިރާސާތައް ކުރުމުގެ ނަމުގައާއި، ސީ.އެސް.އާރު ޙަރަކާތްތަކުގެ ނަ...

ޔުމްނާ ޢަލީ
ކައުންސިލް އިންތިޚާބުގައި ވޯޓުފޮށި ބެހެއްޓޭނީ 22 ރިސޯޓުގައި، ރީ-ރަޖިސްޓަރީވާން 22000 ފޯމު!

ކައުންސިލް އިންތިޚާބުގައި ވޯޓުފޮށި ބެހެއްޓޭނީ 22 ރިސޯޓުގައި، ރީ-ރަޖިސްޓަރީވާން 22000 ފޯމު!

ކައުންސިލް އިންތިޚާބުގައި ވޯޓު ފޯށި ބެހެއްޓޭ ވަރަށް މީހުން ރީ-ރަޖިސްޓްރީ ކޮށްފައިވަނީ 22 ރިސޯޓެއްގައިކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ. ކައުންސިލް އިންތިޚާބުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެންތަނެއްގައި ވޯޓުލުމަށް ބޭނުންވާ ފަރާތްތަކުން ރީ – ރަޖިސްޓްރީ ކުރުމަށް ފެބްރުއަރީ މަހު ހުޅުވާލި ފުރުޞަތުގައި 22000 މީހުން ރީރަޖިސްޓްރީކުރުމަށް ފޯމް ހުށައަޅާފައިވާކަމަށްވެސް އިލެކްޝަން ކޮމިސަނުން ވިދާޅުވިއެވެ. އަދި ރީރަޖިސްޓަރ ވާން ހުށައެޅި ފޯމްތައް މިއަދުގެ ނިޔަލަށް ޕްރޮސެސްކޮށް ނިންމާލެވޭނެކ...

ޝިއުނާ އާދަމް
ހުޅުދޫ ބަނދަރު ހެދުން މަސައްކަތް އެމްޓީސީސީއަށް

ހުޅުދޫ ބަނދަރު ހެދުން މަސައްކަތް އެމްޓީސީސީއަށް

ސ. ހުޅުދޫ ބަނދަރު ހެދުމުގެ މަޝްރޫޢުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ، (އެމްޓީސީސީ)އާއި ހަވާލު ކޮށްފިއެވެ. ޕްލޭނިންގް މިނިސްޓްރީން މި މަސައްކަތް އެމްޓީސީސީ އާއި ހަވާލު ކުރީ މިއަދު ޕްލޭނިންގް މިނިސްޓްރީގައި މި ކަމަށް ހާއްސަކޮށްގެން ބޭއްވި ރަސްމިއްޔާތެއްގައެވެ. https://twitter.com/MoNPImv/status/1234063185524609026?s=20 ޕްލޭނިންގް މިނިސްޓްރީގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ހަމީދު އެވެ. އެމްޓީސީސީގެ ފަ...

ޔުމްނާ ޢަލީ
ދަރިވަރުންނަށް ހިންގާ އިތުރު ހަރަކާތްތައް މަޑުޖައްސާލަން އަންގައިފި

ދަރިވަރުންނަށް ހިންގާ އިތުރު ހަރަކާތްތައް މަޑުޖައްސާލަން އަންގައިފި

ކޮވިޑް-19 ނުވަތަ ނޮވެލް ކޮރޯނާ ވައިރަސް ހުއްޓުމެއްނެތި ހަލުވިކަމާއެކު މުޅިދުނިޔެއަށް ފެތުރެމުންދާތީ، ރާއްޖެއަށްވެސް އެވައިރަސް އައުމުގެ ބިރު އޮތުމުން ރާއްޖޭގެ ސްކޫލްތަކުގެ ދަރިވަރުންނަށް ހިންގާ އިތުރު ހަރަކާތްތައް މިވަގުތަށް މަޑުޖައްސާލަން އަންގައިފިއެވެ. އެޑިއުކޭޝަން މިނިސްޓަރު ސޮއިކުރައްވާ ސްކޫލުތަކަށް ފޮނުއްވި ސާކިޔުލާއެއްގައި ބުނީ ކޮވިޑް-19 ރާއްޖެއަށް އަތުވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށާއި ދަރިވަރުން ބަލިތަކުން ރައްކާތެރި ކުރުމަށް ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށެވެ. އެގޮތުން އެޗްޕީއޭގެ...

ޝިއުނާ އާދަމް
ކޮވިޑް-19 ހުއްޓުމެއްނެތި ފެތުރެނީ

ކޮވިޑް-19 ހުއްޓުމެއްނެތި ފެތުރެނީ

ކޮވިޑް-19 ނުވަތަ ނޮވެލް ކޮރޯނާ ވައިރަސް ހުއްޓުމެއްނެތި ހަލުވިކަމާއެކު މުޅިދުނިޔެއަށް ފެތުރެމުން ގޮސް އެފްރިކާގެ ގައުމަކުންވެސް ކޮވިޑް-19 ފެނުނާ ގުޅިގެން އިތުރު މާޔޫސްކަމެއް ގެނުވައިފިއެވެ. އެފްރިކާ ބައްރަކީ މިހާތަނަށް ވައިރަސް ފެނިފައިނުވާ ބައްރެވެ. އެބައްރުން ވައިރަސް ފެނުނީ، ސަބް ސަހަރަން އެފްރިކާގެ ގައުމެއް ކަމަށްވާ ނައިޖީރިއާއިންނެވެ. ޑަބްލިޔޫއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދަނޮމް ވިދާޅުވީ، ކޮރޯނާވައިރަސް މުޅި ދުނިޔެއަށް ފެތުރިގެން ހިނގައިދާނެކަމުގެ ރިސްކް މިހާރު ވަރަށް މަތިވެއްޖެ ކަމ...

އަލީ އާދިލް
ހއ. އަތޮޅު މަދަރުސާގައި ކުރިއަށް ގެންދިޔަ ފުރާވަރު ކޭމްޕް ނިންމާލައިފި

ހއ. އަތޮޅު މަދަރުސާގައި ކުރިއަށް ގެންދިޔަ ފުރާވަރު ކޭމްޕް ނިންމާލައިފި

ސްކޫލް ދަރިވަރުންގެ އަޚްލާގާއި ސުލޫކު ހެޔޮގޮތުގައި ބައްޓަން ކުރުމާއެކު ކުށްމަދު މުޖްތަމައެއް ބިނާކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ސާނަވީ މަރުހަލާގައި ތަޢުލީމު ހާސިލު ކުރަމުންދާ ދަރިވަރުންނަށް އަމާޒުކޮށްގެން ‘އަމާންވެށި’  ޕްރޮގްރާމްގެ ދަށުން ހއ. ދިއްދޫގައި ހުންނަ ހއ.  އަތޮޅު މަދަރުސާގައި ކުރިއަށް ގެންދިޔަ 81 ވަނަ ފުރާވަރު ކޭމްޕް  ނިންމައި ބައިވެރިންނަށް ހަނދާނީ ލިޔުން ދިނުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. ހއ. އަތޮޅު މަދަރުސާގައި މިކަމަށްޓަކައި މިދިޔަ ހޮނިހިރު ދުވަހު ބޭއްވި...

ޔުމްނާ ޢަލީ
ޑިޖިޓަލް ސެންޓަރުގެ 24 ގަޑި އިރުގެ ޚިދުމަތާއިއެކު އުރީދޫ ކަސްޓަމަރުންނަށް ބޮޑު ފަސޭހައެއް

ޑިޖިޓަލް ސެންޓަރުގެ 24 ގަޑި އިރުގެ ޚިދުމަތާއިއެކު އުރީދޫ ކަސްޓަމަރުންނަށް ބޮޑު ފަސޭހައެއް

އުރީދޫގެ ޚިދުމަތްތައް 24 ގަޑިއިރު ލިބޭ ޑިޖިޓަލް ސެންޓަރެއް ރާއްޖޭގައި މިއަދު ގާއިމްކޮށް، އުރީދޫ ކަސްޓަމަރުންނަށް ބޮޑު ފަސޭހައެއް އުރީދޫއިން ގެނެސްދީފިއެވެ. އުރީދޫ ޑިޖިޓަލް ސެންޓަރުގައި ހިމެނޭ ސެލްފް-ސާވިސް ކިއޮސްކްތައް މެދުވެރިކޮށް، ބޭނުން ކޮންމެ ގަޑިއެއްގައި، އުރީދޫގެ ޕްރީޕެއިޑް ސިމް ގަނެވޭނެއެވެ. މިއީ، ދިވެހިރާއްޖޭގައި މި ހިދުމަތް 24 ގަޑިއިރު ފޯރުކޮށްދެވޭ ފުރަތަމަ ފަހަރެވެ. “Ooredoo Digital Center greatly simplifies customer experience, and provides a convenient and tech driven solution. Oored...

ޝިއުނާ އާދަމް
ފިނޭ، ވައިކަރަދޫ އަދި މަކުނުދޫގެ ސިއްޚީ މަރުކަޒުތައް ތަރައްޤީ ކުރުމާގުޅޭ މަސައްކަތްތަކެއް ކައުންސިލްތަކާއި ހަވާލުކޮށްފި

ފިނޭ، ވައިކަރަދޫ އަދި މަކުނުދޫގެ ސިއްޚީ މަރުކަޒުތައް ތަރައްޤީ ކުރުމާގުޅޭ މަސައްކަތްތަކެއް ކައުންސިލްތަކާއި ހަވާލުކޮށްފި

ހދ. ފިނޭ، ވައިކަރަދޫ އަދި މަކުނުދޫގެ ސިއްޚީ މަރުކަޒުތައް ތަރައްޤީ ކުރުމާގުޅޭ މަސައްކަތްތައް ކައުންސިލްތަކާއި މިއަދު ހަވާލުކޮށްފިއެވެ. އެރަށްތަކުގެ ސިއްޚީ މަރުކަޒުތައް ތަރައްޤީ ކުރުމާގުޅޭ މަސައްކަތްތައް ކައުންސިލްތަކާއި ހަވާލުކޮށްފައިވަނީ ލާމަރުކަޒީ ނިޒާމުގެ ދަށުން ކައުންސިލްތައް ބާރުވެރިކުރުމުގެ ގޮތުން ގާނޫނަށް ގެނައި އިސްލާހާއެކު ހެލްތު މިނިސްޓްރީގެ 20 ޕްރޮޖެކްޓެއް 20 ރަށެއްގެ ކައުންސިލްއާ ހަވާލުކުރުމަށް މިއަދު ކުރިއަށް ގެންދިޔަ ރަސްމިއްޔާތުގައެވެ. މިއަދު ހެލްތު މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސ...

ޝިއުނާ އާދަމް
މާރަންދޫ، ފިއްލަދޫ އަދި ވަށަފަރު ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން ޕޮރޮޖެކްޓުތައް ކައުންސިލްތަކާއި ހަވާލުކޮށްފި

މާރަންދޫ، ފިއްލަދޫ އަދި ވަށަފަރު ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން ޕޮރޮޖެކްޓުތައް ކައުންސިލްތަކާއި ހަވާލުކޮށްފި

ހއ. މާރަންދޫ، ފިއްލަދޫ އަދި ވަށަފަރު ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން ޕޮރޮޖެކްޓުތައް އެރަށްތަކުގެ ކައުންސިލްތަކާއި ހަވާލުކޮށްފިއެވެ. އެރަށްތަކުގެ ސިއްޚީ މަރުކަޒުތަކުގެ އެކްސްޓެންޝަން ޕޮރޮޖެކްޓުތައް ކައުންސިލްތަކާއި ހަވާލުކޮށްފައިވަނީ ލާމަރުކަޒީ ނިޒާމުގެ ދަށުން ކައުންސިލްތައް ބާރުވެރިކުރުމުގެ ގޮތުން ގާނޫނަށް ގެނައި އިސްލާހާއެކު، ހެލްތު މިނިސްޓްރީގެ 20 ޕްރޮޖެކްޓެއް 20 ރަށެއްގެ ކައުންސިލްއާ ހަވާލުކުރުމަށް މިއަދު ކުރިއަށް ގެންދިޔަ ރަސްމިއްޔާތުގައެވެ. ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެ...

ޝިއުނާ އާދަމް
ކައުންސިލުތަކަށް 2400 މީހުން ކުރިމަތިލައިފި

ކައުންސިލުތަކަށް 2400 މީހުން ކުރިމަތިލައިފި

އަންނަ އޭޕްރިލް މަހުގެ 4 ވަނަ ދުވަހު އޮންނަ ލޯކަލް ކައުންސިލް އިންތިހާބަށް 2،400 ކެންޑިޑޭޓުން އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބަށް ޖުމްލަ 1،817 ފަރާތަކުން ކުރިމަތިލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ. މިފަހަރުގެ އިންތިޚާބަށް އެމްޑީޕީ، ޕީޕީއެމް، ޖުމްހޫރީ، އަދާލަތު، އެމްޑީއޭ، އެމްއާރުއެމް، އެމްއެސްއެލްޑީޕީ އަދި އަމިއްލަ ގޮތުންވެސް ކެންޑިޑޭޓުން ނުކުމެއެވެ. މިފަހަރުގެ ކައުންސިލް އިންތިޚާބަށް އެންމެ ގިނަ އަދަދެއްގެ ކެންޑިޑޭޓުން ކުރިމަތިލީ ވެރިކަން ކު...

ޝިއުނާ އާދަމް
ނ.އަތޮޅުގެ ޒުވާނުންނަށް އަމާޒުކޮށްގެން ބޭއްވި ޒުވާން ލީޑަރުންގެ ފޯރަމް ނިމިއްޖެ

ނ.އަތޮޅުގެ ޒުވާނުންނަށް އަމާޒުކޮށްގެން ބޭއްވި ޒުވާން ލީޑަރުންގެ ފޯރަމް ނިމިއްޖެ

ޔޫތް ލީޑާރސް ނެޓްވޯކުން ކުރިއަށްގެންދިޔަ މިއަހަރުގެ ފުރަތަމަ ޒުވާން ލީޑަރުންގެ ފޯރަމް ނިމިއްޖެއެވެ. ވެލިދޫގައި ކުރިއަށްގެންދިޔަ ފޯރަމް އަތޮޅުގެ 12 ރަށަކުން 79 ޒުވާނުން ފުރިހަމަކުރިއެވެ. ފޯރަމްގެ ތެރޭގައި މައިގަނޑު 7 ދާއިރާއަކުން ސެޝަންތައް ކުރިއަށްގެންދިޔައެވެ. އޭގެ ތެރޭގައި މޯލްޑިވްސް ޕޮލިސް ސަރވިސްއާއި، ނޭޝަނަލް ޑްރަގް އެޖެންސީއާއި، ޖުވެނައިލް ޖަސްޓިސް ޔުނިޓާއި، މިނިސްޓްރީ އޮފް ހޯމްއެފެއާޒާއި. މިނިސްޓްރީ އޮފް އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ހިމެނެއެވެ. މީގެއިތުރުން ޔޫތް ލީޑާރސް ނެޓްވޯކްގެ ސެޝަ...

ޔުމްނާ ޢަލީ
ހދ. ފިނޭ ތިލަ: ބޮޑު ތިލަދުންމަތިން ޙިމާޔަތްކޮށްފައިވާ ސަރަހައްދެއް

ހދ. ފިނޭ ތިލަ: ބޮޑު ތިލަދުންމަތިން ޙިމާޔަތްކޮށްފައިވާ ސަރަހައްދެއް

ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެތޭ ހިމާޔަތް ކުރުމުގެ ޕްރޮގްރާމެއްގެ ދަށުން ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ރަށާއި، އެއް ފަރާއި، އެއް ކަނޑޫފާ ރައްކާތެރިކުރުމަކީ ރައީސް ސޯލިހު ވެވަޑައިގެންފައިވާ ރިޔާސީ ވައުދެކެވެ. އެ ވައުދާ އެއްގޮތަށް ބޮޑު ތިލަދުންމަތިން ފާހަގަ ކުރެވޭ 11 ސަރަހައްދެއް ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކެއްގެ ގޮތުގައި ކަނޑައެޅުއްވުމަށް ރައީސް ނިންމެވީ ޖޫން މަހުގެ 12 ވަނަދުވަހު ބޭއްވި ކެބިނެޓް ބައްދަލުވުމުގައި އެކަމާ މަޝްވަރާ ކުރެއްވުމަށްފަހު އެވެ. މި ސަރަހައްދުތައް ކަނޑައެޅުމުގަ...

ޙުސައިން ޘަޤީފް
"މަޤާމަށްޓަކައި ދީން ވިއްކާ ނުލާ": އިބްރާހީމް ރަޝީދު

"މަޤާމަށްޓަކައި ދީން ވިއްކާ ނުލާ": އިބްރާހީމް ރަޝީދު

މަޤާމަށްޓަކައި ދީން ވިއްކާ ނުލުމަށް ރާއްޖޭގެ މައި މިސްކިތް، މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމުގެ އިމާމް އައްޝައިޚް އިބްރާހީމް ރަޝީދު ޙަސަން ގޮވާލައިފިއެވެ. ދީނާ ދެކޮޅަށް މަސައްކަތް ކުރާ ފަރާތްތައް ދިފާއުކޮށް ހެދުމަކީ މުސްލިމަކު ކުރާނެ ކަމެއް ނޫން. މަގާމައްޓަކައި ދީން ވިއްކާ ނުލާށެވެ! އިބްރާހިމް ރަޝީދު އޭނާ ފޭސްބުކްގައި ލިޔުއްވި ސްޓޭޓަސްގައި އިތުރަށް ބުނެފައިވެއެވެ. އިބްރާހިމް ރަޝީދު ވަނީ ބޭރުގެ ލާދީނީ ޖަމާއަތްތައް ރާއްޖެ ގެންނަ ފަރާތްތަކުން އެކަން ނުކުރުމަށްވެސް މީގެ ދެދުވަސް ކު...

ޔުމްނާ ޢަލީ