ސައޫދީ އަރަބިއްޔާއިން މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެއްޖެ
ސައޫދީއަރަބިއްޔާއިން ފުރަތަަމަ ފަހަރަށް މީހަކު ކޮވިޑް-19އަށް ޕޮޒިޓިވް ވެއްޖެކަމުގައި އެޤައުމުގެ ރަސްމީ އިދާރާތަކުން ބުނެފިއެވެ. ސައޫދީގެ ސިއްހަތާއި ބެހޭ ވުޒާރާއިން ބުނީ، ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވްވި މީހަކީ، ސައޫދީގެ ރައްޔިތެއް ކަމަށާއި، އޭނާ ވަނީ، މިހާރު އެބަލި އެންމެ ބާރަށް ފެތުރެމުންދާ އީރާނާއި ބަހުރައިނަށްވެސް ޒިޔާރަތްކޮށްފައި ކަމަށެވެ. އަދި އޭނާ އީރާނުން ސައޫދީ އަރަބިއްޔާއަށް އެތެރެވެފައި ވަނީ، ބަހުރައިން މަގުން ކަމުގައިވެސް ސައޫދީގެ އޮފިޝަލުން ވިދާޅުވެފައި ވެއެވެ. ސައޫދީ އަރަބިއްޔާގެ ހެ...