މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (07:30 އިން 13:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
ނ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރުންނަށް ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

ނ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރުންނަށް ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

ނ. ވެލިދޫ ޕޮލިސް ސްޓޭޝަނާއި ނ. އަތޮޅު ތަޢުލީމީ މަރުކަޒު ގުޅިގެން، އެ ސްކޫލުގައި ތަޢުލީމު ހާސިލުކުރަމުންދާ  ސްކައުޓް، ކަބް ސްކައުޓް، ގާލް ގައިޑް އަދި ލިޓްލްމެއިޑް ދަރިވަރުންނަށް ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ހިންގައިފިއެވެ. މި ހުސްވި ފެބްރުއަރީ މަހުގެ 17 ވަނަ ދުވަހުން ފެށިގެން 29 ވަނަ ދުވަހުގެ ނިޔަލަށް ވެލިދޫގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމަކީ، ނ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އެދުމުގެ މަތިން  ކުރިއަށް ގެންގޮސްފައިވާ  ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި، ކިކްޖަހާނެ ގޮތާއި، […]

ޝިއުނާ އާދަމް
ކޯވިޑް-19 އިން ރައްކާތެރިވުމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރެއް ޤާއިމުކޮށްފި

ކޯވިޑް-19 އިން ރައްކާތެރިވުމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރެއް ޤާއިމުކޮށްފި

ކޯވިޑް-19އަށް ރައްކާތެރިވުމަށް ކުރަމުންދާ މަސައްކަތް ހަރުދަނާ ކުރުމަށް ރަޢީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙްގެ އިސްނެންގެވުމާއެކު ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއާއި، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ ހިމެނޭގޮތަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރެއް ޤާއިމުކޮށްފިއެވެ. މި ސެންޓަރަކީ މި ބައްޔާއި މެދު ރާއްޖެއިން އަޅާ ފިޔަވަޅުތަކާއި އަދި ރާއްޖެ އޮތް ހާލަތު ދެނެގަތުމަށް އެކުލަވާލި އޮޕަރޭޝަން ސެންޓަރެކެވެ. އެހެން ޤައުމުތަކުގައި މި ބަލި ފެތުރެމުން އަންނަ މިންވަރަށް ބަލައި...

ޔުމްނާ ޢަލީ
ފުރަތަމަ އަހަރު 540 އަށްވުރެ ގިނަ މަޝްރޫޢު، އެއީ ރެކޯޑެއް: ހޫދު

ފުރަތަމަ އަހަރު 540 އަށްވުރެ ގިނަ މަޝްރޫޢު، އެއީ ރެކޯޑެއް: ހޫދު

މިސަރުކާރުން މިހާރު 540 އަށްވުރެ ގިނަ މަޝްރޫޢުތައް އެކި މަރުޙަލާގައި ކުރިއަށް ގެންދާ ކަމަށާއި އެއީ ރެކޯޑެއް ކަމަށް ރައީސް އޮފީހުގެ ޗީފް ކޮމިޔުނިކޭޝަންސް ސްޓްރެޓެޖިސްޓް އިބްރާހީމް ހޫދު ވިދާޅުވެއްޖެއެވެ. މިސަރުކާރުގެ ހިންގުން ލަސްވެ މަޝްރޫޢުތައް މަދުކަމަށް އިދިކޮޅުންނާއި އެމްޑީޕީގެ ތެރެއިން ވެސް ބުނަމުންދާ ދުވަސްވަރެއްގައި ހޫދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ މިސަރުކާރުން އެތައް މަޝްރޫޢެއް މިހާރުވެސް ހިންގަމުން ގެންދަވާ ކަމަށެވެ. އެއީ ސަރުކާރުގެ ދުވެލި ހާމަކޮށްދޭ ކަމެއް ކަމަށް އޭނާ ވިދާޅުވެ...

ޔުމްނާ ޢަލީ
މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 44 ރަބަރު ޕެކެޓާއިއެކު މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 44 ރަބަރު ޕެކެޓާއިއެކު މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މަސްތުވާތަކެއްޗާއެކު މާލެއިން މީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 31 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މި ހިނގާ މާރިޗް މަހުގެ 2 ވަނަ ދުވަހު މާފަންނު ޕޮލިހުން މާލެތެރެ ޕެޓްރޯލް ކުރަމުން ދިޔައިރު، އޭނާގެ އަމަލުތައް ހުރި ގޮތުން ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 44 ރަބަރު ޕެކެޓު އޭނާގެ އަތުން ފެނުމާ ގުޅިގެންނެވެ. މި މައްސަލަ ޑްރަ...

އަލީ އާދިލް
16 މީހުންނާއި އެކު ދަތުރުކުރި ޔޮޓެއް ފަރަށް އަރައިފި

16 މީހުންނާއި އެކު ދަތުރުކުރި ޔޮޓެއް ފަރަށް އަރައިފި

16 މީހުންނާއި އެކު ދަތުރުކުރަމުން ދިޔަ ޔޮޓެއް ގއ. ގެމަނަފުށީ ފަރަށް އަރައިފިއެވެ. އެމްއެންޑީއެފުން ބުނެފައިވަނީ ގއ.ގެމަނަފުށީގެ އުތުރު ކަންމަތީ ފަރަށް 16 މީހުންނާއި އެކު ދަތުރުކުރަމުން ދިޔަ ‘ގްރޭންޑެއްޒާ’ ނަމަކަށް ކިޔާ ޔޮޓެއް އަރައިގެން އެމްއެންޑީއެފްގެ ސަދަން އޭރިއާ ކޯސްޓް ގާޑް ސްކޮޑްރަން މިހާރު ހަރަކާތް ތެރި ވަމުން ދާކަމަށެވެ. މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ސީޖީ އެމްއާރްސީސީ އަށް ލިބިފައިވަނީ މިއަދު ހެނދުނު 07:31 ހާއިރު ކަމަށް ވެސް އެމްއެންޑީއެފުން މައުލޫމާތު ދީފައިވެއެވެ.

ޔުމްނާ ޢަލީ
ސިފައިންގެ ވަޒީފާއަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފި

ސިފައިންގެ ވަޒީފާއަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފި

ސިފައިންގެ ވަޒީފާއަށް ވަނުމުގެ ފުރުޞަތު މިނިސްޓްރީ އޮފް ޑިފެންސް އިން އާއްމުކޮށް ހުޅުވާލައިފިއެވެ. ސިފައިންގެ ވަޒީފާއަށް ވަނުމުގެ ފުރުޞަތު ހުޅުވާލައްވާފައިވަނީ ޑިފެންސް މިނިސްޓްރީން މިއަދު ކުރި (ނަންބަރު: (IUL 28-PM-1/1/2020/13 އިޢުލާނުންނެވެ. ސިފައިންގެ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި، ދިވެހި ރައްޔިތެއް ކަމުގައިވުމާއި، ދަށްވެގެން ޖީސީއީ އޯ ލެވެލް ފެންވަރު ހުރުން ނުވަތަ އެ ފެންވަރުގެ ވޮކޭޝަނަލް ސެޓްފިކެޓެއް އޮތުމާއި، އުމުރުން 18 އަހަރު ފުރި 25 އަހ...

އިބްރާހިމް އަސްވާޤް
އިންޓަނެޓުގެ އަގު ހެޔޮކުރުމުގެ މަޝްވަރާ ކުރިއަށް އެބަދޭ: އުރީދޫ

އިންޓަނެޓުގެ އަގު ހެޔޮކުރުމުގެ މަޝްވަރާ ކުރިއަށް އެބަދޭ: އުރީދޫ

އިންޓަނެޓުގެ އަގު ހެޔޮ ކުރުމާ ގުޅޭގޮތުން ސަރުކާރާއެކު މަޝްވަރާ ކުރެވޭކަމަށް އުރީދޫ މޯލްޑިވްސް އިން ބުނެފި އެވެ. އެކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރަކު ކުރި ސުވާލެއްގެ ޖަވާބުގައި ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ނަޖީބް ޚާން ވިދާޅުވީ އިންޓަނެޓުގެ އަގު ހެޔޮ ކުރަން ސަރުކާރުން އެ ކުންފުންޏާއެކު މަޝްވަރާ ކުރި ކަމަށާއި އަދިވެސް އެ މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ. އަދި އިންޓަނެޓްގެ އަގު ކުޑަ ކުރެވޭނީ ކިހާވަރަކަށް ކަން އަދި ދަންނަވާލަން ދަތިކަމަށް ނަޖީބް […]

އަލީ އާދިލް
އިންޑިޔާގެ ދިއްލީއިން އަދި ޕާކިސްތާނުން އިތުރު މީހަކު ކޮވިޑް19 ޕޮޒިޓިވް ވެއްޖެ

އިންޑިޔާގެ ދިއްލީއިން އަދި ޕާކިސްތާނުން އިތުރު މީހަކު ކޮވިޑް19 ޕޮޒިޓިވް ވެއްޖެ

އިންޑިޔާގެ ވެރިކަންކުރާ ނިއުދިއްލީއިން އަދި ޓެލެގާނާއިން ކޮރޯނާ ވައިރަސް ފެނިއްޖެ ކަމަށް އެގައުމުގެ ނޫސް އެޖެންސީތަކުން ރިޕޯޓްކޮށްފިއެވެ. One positive case of Covid-19 has been detected in New Delhi, and one has been detected in Telangana. @HPA_MV https://t.co/S26XAmbzlS pic.twitter.com/St5YmPtREC — Ibrahim M Didi (@ibrahimmdidi) March 3, 2020 އިންޑިޔާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުން ދިއްލީއިން ފެނުނެމީހާ އަކީ އިޓަލީއިން ދަތުރުކޮށްފައި އައި މީހެއްކަމަށާއި ޓެލެގާނާއިން ފެނުނުމީހާއަކީ ދުބާއީނ...

އިބްރާހިމް އަސްވާޤް
ވެކްސިން ޖެހުމާ ދިވެހިން ދުރަށްދަނިކޮށް

ވެކްސިން ޖެހުމާ ދިވެހިން ދުރަށްދަނިކޮށް

ދިވެހިރާއްޖެއިން ހިމަބިހި ނުފެންނަތާ ތިން އަހަރުވުމަށްފަހު ހިމަބިހި ޖެހިފައިވާ ކުއްޖަކު ވަނީ ފެނިފައެވެ. މި ކުއްޖާ ފެނުނުއިރު ވެކްސިން ފުރިހަމަ ނުކުރެވިވާކަން ވަނީ ފާހަގަކުރެވިފައެވެ. ދަރިންގެ ވެކްސިން ކާޑުތައް ނަގައި ބަލާލުން ރަނގަޅު ދަނޑިވަޅެކެވެ. ޓީވީތަކުން ޑޮކްޓަރުންނާއި ދީނީ ޢިލްމުވެރިން ވެސް ވެކްސިން ޖެހުމަށް ބާރުއަޅާ ވާހަކަ ދައްކަވާ ކްލިޕްތަކެއް ފޮނުވާތާ ދުވަސްކޮޅެއް ވެއްޖެއެވެ. ކުޑަކުދިންނަށް ވެކްސިން ދިނުމަށް ޤާނޫނުން މިދިޔަ އަހަރު ލާޒިމު ވެސް ކޮށްފިއެވެ. ވެގެން މިއުޅޭގޮތެއް މާބޮޑަކަށް...

ޢަބްދުﷲ ސަޢީދު
ފުޅި އަޅައިގެން އެންދަމަން ފީނި މީހަކު، ޑީކޯ ވެއްޖެ

ފުޅި އަޅައިގެން އެންދަމަން ފީނި މީހަކު، ޑީކޯ ވެއްޖެ

ފުޅި އަޅައިގެން އެންދަމަން ފީނަން އުޅުނު މީހަކު، ޑައިވިންގ ޑީކޮމްޕްރެޝަން ސިކްނެސް (ޑީކޯ) ވެގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީ ސީއެމްބިއުލެންސްގައި ގއ.ވިލިނގިއްޔަށް ގެންގޮސްދީފައިވާކަމަށް ގައުމީ ދިފާއީ ބާރުން ބުނެފިއެވެ. މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއަށް ލިބިފައިވަނީ ރޭ 23:00 ހާއިރުކަމަށް އެފަރާތުން ބުނެއެވެ. GA.kedhera kaireegai masverikan kuran ulhunu “Assariy” namakah kiyaa dhoanin, fulhi alhaigen enn...

ޔުމްނާ ޢަލީ
ނޮޅިވަރަންފަރު ސިއްޙީ މަރުކަޒު އަޕްގްރޭޑްކުރުމުގެ މަސައްކަތް ނިންމާލައިފި

ނޮޅިވަރަންފަރު ސިއްޙީ މަރުކަޒު އަޕްގްރޭޑްކުރުމުގެ މަސައްކަތް ނިންމާލައިފި

ހދ. ނޮޅިވަރަންފަރު ސިއްޙީ މަރުކަޒު އަޕްގްރޭޑްކުރުމުގެ މަސައްކަތް ނިންމާލައިފިއެވެ. ނޮޅިވަރަންފަރު ސިއްޙީ މަރުކަޒު އަޕްގްރޭޑްކުރުމުގެ މަސައްކަތުގެ ގޮތުގައި ކުރިއަށް ގެންގޮސްފައިވަނީ އެސިއްޚީމަރުކަޒަށް އައު އޮފީސް އިމާރާތެއް އިތުރު ކުރުމުގެ މަސައްކަތެވެ. އެރަށު ސިއްޚީ މަރުކަޒަށް އެއައު އޮފީސް އިމާރާތް އިތުރުވުމާއިއެކު ކުރީގެ އޮފީސް އިމާރާތުގެ ތެރޭގައި ލެބޯޓަރީއަށް އެކަށޭނަ ޖާގަ ލިބިގެންދާނެ ކަމަށް ނޮޅިވަރަންފަރު ކައުންސިލް ނައިބު ރައީސް އަހުމަދު ވަހީދު ބުންޏެވެ. އަހުމަދު ވަހީދު އިތުރަށް ބުނީ އިތުރ...

ޝިއުނާ އާދަމް
ކޮވިޑް-19: ވައިރަސް ޖެހުނު މީހުންގެ ޢަދަދު 90 ހާހުން މައްޗަށް

ކޮވިޑް-19: ވައިރަސް ޖެހުނު މީހުންގެ ޢަދަދު 90 ހާހުން މައްޗަށް

ދުނިޔޭގައި ހަލުވި ކަމާއިއެކު ފެރުރެމުންދާ ކޮވިޑް-19 ނުވަތަ ކޮރޯނާވައިރަސް ޖެހުނު މީހުންގެ އަދަދު 90 ހާހަށްވުރެ މައްޗަށް ހިންގައްޖެއެވެ. އެވައިރަސް 90433 މީހުންނަށް ޖެހިފައިވާ ކަމަށް ރިޕޯޓުތައް ބުނާއިރު، މިހާތަނަށް 30119 މަރުވެފައިވާއިރު 48110 މީހުންވަނީ ވައިރަސްޖެހި ރަނގަޅުވެފައެވެ. މިވައިރަސް ޖެހިފައިވާ މީހުން ތެރެއިން ސީރިއަސް ހާލަތެއްގައިވަނީ 7094 މީހުންނެވެ. މިވައިރަސް އެންމެ ގިނައިން ޖެހިފައިވަނީ 80151 މީހުންނަށް މި ވައިރަސް ޖެހިފައިވާ ވައިރަސް ފެނުނު ޗައިނާއިންނެވެ. އެޤައުމުން 2944 މީހުން...

ޝިއުނާ އާދަމް
ވުޞޫ ކުރުން: ކޮވިޑް19 އިން ރައްކާތެރިވުމަށް އޮތް އެންމެ ބޮޑު ހަތިޔާރު!

ވުޞޫ ކުރުން: ކޮވިޑް19 އިން ރައްކާތެރިވުމަށް އޮތް އެންމެ ބޮޑު ހަތިޔާރު!

ޗައިނާގެ ވޫހާންއިން ފެތުރެންފެށި ނުރައްކާތެރި ކޮވިޑް-19 (ކޮރޯނާ ވައިރަސް) މިވަނީ ދުނިޔޭގެ އެތައް ޤައުމަކަށް ފެތުރި، ދުނިޔޭގެ ހިތްތަކަށް ބިރުވެެރި ކަމާއި ސިހުން ގެނުވާފައެވެ. ޗައިނާއާއި ގުޅުމެއްނެތް ޤައުމުތަކުން އެވައިރަސް ޖެހިފައިވާ މީހުން ފެންނަން ފެށުމަކީ ދުނިޔެއަށް އިތުރު ސިހުން ގެނުވި ކަމެކެވެ. އެވައިރަސްއަށް އަދި ބޭހެއް ވެކްސިނެއް ހޯދިފައި ނުވާ އިރު، އެމަސައްކަތް ކާމިޔާބު ކުރަން އަދި އަހަރެއްހާ ދުވަސް ނަގާނެ ކަމަށް ކަމާބެހޭ މާހިރުން ލަފާ ކުރައްވައެވެ. އެވައިރަސް ފެތުރެމުންދާ ހަލުވި މިނަށް ބ...

ޙުސައިން ޘަޤީފް
ޖަރުމަނު ޝެންގެން ވިސާ ސެންޓަރެއް ރާއްޖޭގައި ހުޅުވައިފި

ޖަރުމަނު ޝެންގެން ވިސާ ސެންޓަރެއް ރާއްޖޭގައި ހުޅުވައިފި

މާލޭގައި މިއަދު ޤާއިމްކުރި ވީއެފްއެސް ވިސާ ސެންޓަރާއެކު ރާއްޖޭގައި ތިބެގެން ޔޫރަޕަށް ދާން ބޭނުންވާ ޝެންގެން ވިސާ ލިބޭނެ އިންތިޒާމް ހަމަޖެހިއްޖެއެވެ. ޖަރުމަންވިލާތުން ރާއްޖޭގައި ވިސާ ސެންޓަރެއް ޤާއިމްކުރާނެކަން މިނިސްޓަރ އަބްދުﷲ ޝާހިދު އިއުލާންކުރެއްވީ މިދިޔަ ޑިސެމްބަރު މަހުއެވެ. އަދި ކުރިއަށް އޮތްތަނުގައި ޔޫރަޕްގެ އިތުރު ޤައުމުތަކުންވެސް ރާއްޖޭގައި ތިބެގެން ޝެންގެން ވިސާ ނެގޭނެ އިންތިޒާމް ހަމަޖައްސަމުންދާނެކަމަށް އެމަނިކުފާނު އޭރު ވިދާޅުވިއެވެ. ޖަރުމަންވިލާތާއި ޗެކް ރިޕަބްލިކްގެ ވިސާ މިހާރު ރާއް...

އިބްރާހިމް އަސްވާޤް
ތިލަދުންމަތީ ހޮވުން: ހއ، ހދ ށ އަތޮޅުގެ ކެނޑިޑޭޓުން އެއްތަނަކުން ބަލާލުމަށް

ތިލަދުންމަތީ ހޮވުން: ހއ، ހދ ށ އަތޮޅުގެ ކެނޑިޑޭޓުން އެއްތަނަކުން ބަލާލުމަށް

“ތިލަދުންމަތީ ހޮވުން” އަކީ ތިލަދުންމަތީގެ 3 އަތޮޅު ކަމުގައިވާ ހއ، ހދ ށ އަތޮޅުގެ ކެނޑިޑޭޓުން އެއްތަނަކުން ބަލާލުމަށް ތިލަދުން އިން ހާއްސަކޮށްގެން ގެނެސްދޭ ބަޔެކެވެ. އަތޮޅަށާއިރަށަށް އެންމެ ޤާބިލް ކައުންސިލަރުން އިންތިޙާބު ވުމަށް ޓަކައި ކުރިމަތިލާފައިވާ ކެނޑިޑޭޓުންގެ ފުރިހަމަ މަޢުލޫމާތު އެއްތަނަކުން ހިއްސާކުރުމުގެ ބޭނުމުގައި ތައްޔާރުކޮށްފައިވާ ޕޭޖެކެވެ. އަންނަ އެޕްރީލް މަހު 4 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް އަމާޒުކޮށްގެން ތިލަދުންގެ ފަރާތުން ހއ ހދ...

ތިލަދުން