މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (13:30 އިން 19:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
މެއި 24 އާއި 25 ސަރުކާރު ބަންދު، ދިގު އީދު ޗުއްޓީއެއް

މެއި 24 އާއި 25 ސަރުކާރު ބަންދު، ދިގު އީދު ޗުއްޓީއެއް

2026 ވަނަ އަހަރުގެ މެއި މަހުގެ 24 ވާ އާދީއްތަ ދުވަހާއި، އެ މަހުގެ 25 ވާ ހޯމަ ދުވަހަކީ ސަރުކާރު ބަންދު ދެ ދުވަހުގެ ގޮތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހަމަޖައްސަވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވީ އަޟްޙާ ޢީދުގެ ބަންދާ ގުޅިގެން، މުވައްޒަފުންނަށް އެމީހުންގެ ޢާއިލާތަކާއެކު ވީހާވެސް ގިނަ ދުވަސްތަކެއް އެކުގައި ހޭދަކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ މަޤްޞަދުގައެވެ. މި ނިންމެވުމާއެކު، މެދުނުކެނޑޭ ގޮތަށް މެއި 22 އިން 30 އަށް ދިގު އީދު […]

ޔުމްނާ ޢަލީ
މާލެ ސަރަހައްދުން ހިމަބިއްސަށް ދެ މީހަކު ޕޮޒިޓިވްވެއްޖެ

މާލެ ސަރަހައްދުން ހިމަބިއްސަށް ދެ މީހަކު ޕޮޒިޓިވްވެއްޖެ

މި ހަފްތާ ތެރޭގައި މާލެ ސަރަހައްދުން ހިމަބިހި (މީސަލްސް) ގެ ދެ ކޭސް ފެނިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފިއެވެ. މިއާއެކު މި އަހަރުގެ މިހާތަނަށް ރާއްޖެއިން މި ބަލި ޖެހިގެން ރިޕޯޓުކުރި މީހުންގެ ޖުމްލަ އަދަދު ވަނީ ފަހަކަށް އަރާފައެވެ. މި ބަލި ފެނުމާ ގުޅިގެން އާންމުކޮށް އަމަލުކުރާ އުސޫލުތަކުގެ މަތިން ކޭސް އިންވެސްޓިގޭޝަން ހަދައި، ބަލިޖެހުނު މީހުންނާ ބައްދަލުވި މީހުން ނުވަތަ ކޮންޓެކްޓުން ދެނެގަތުމުގެ މަސައްކަތް މިހާރު ދަނީ […]

ޔުމްނާ ޢަލީ
ނާޒިމް މަޖިލީހުގެ ނައިބުކަމުން ވަކިކުރަން ޕީއެންސީ ޕީޖީ ގްރޫޕުން ފާސްކޮށް ސޮއި ހަމަކޮށްފި

ނާޒިމް މަޖިލީހުގެ ނައިބުކަމުން ވަކިކުރަން ޕީއެންސީ ޕީޖީ ގްރޫޕުން ފާސްކޮށް ސޮއި ހަމަކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމުން ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ވަކިކުރުމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށް ސަރުކާރު ހިންގާ ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުން ނިންމައި، އެކަމަށް ބޭނުންވާ ސޮއި ހަމަކޮށްފިއެވެ. މައުލޫމާތު ލިބޭގޮތުގައި، މިއަދު ހެނދުނު 11:15 ގައި ބޭއްވި ޕީއެންސީގެ ޕީޖީ ގްރޫޕްގެ ބައްދަލުވުމުގައި ނިންމާފައިވަނީ ނާޒިމްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށެވެ. އަދި މި ނިންމުމާއެކު މި މައްސަލަ ހުށަހެޅުމަށް ބޭނުންވާ މެންބަރުންގެ ސޮއި މިހާރު ހަ...

އަލީ އާދިލް
ހަނިމާދޫ، އޭދަފުއްޓާއި ދެކޮޅަށް ނުކުންނަ އިރު މޯޑު ''ވާނުވާ ސަސްޕެންޝަން''އެއްގައި ހުރުމުން ކަންބޮޑުވުން

ހަނިމާދޫ، އޭދަފުއްޓާއި ދެކޮޅަށް ނުކުންނަ އިރު މޯޑު ''ވާނުވާ ސަސްޕެންޝަން''އެއްގައި ހުރުމުން ކަންބޮޑުވުން

ރީޖަނަލް ލީގު ކޮލިފިކޭޝަންގައި ނޯތު ރީޖަން ލީގު ހަތް ވަނަ މެޗުގައި ހަނިމާދޫ މިއަދު އޭދަފުއްޓާ ދެކޮޅަށް ނުކުންނައިރު، ހަނިމާދޫ ޓީމުގެ ކެޕްޓަން މުހައްމަދު ހަސަން ”ވާނުވާ ސަސްޕެންޝަން”ގައި ހުރުމަކީ ކަންބޮޑުވުމެއްކަމަށް ޓީމް ހަނިމާދޫ އިން ބުނެފިއެވެ. ޓީމް ހަނިމާދޫގެ އޮފިޝަލަކު ”ތިލަދުން” އަށް ބުނީ ހަނިމާދޫ ޓީމު މިއަދުގެ މެޗަށް ތައްޔާރުވެފައިވާ ކަމަށާއި، ނަމަވެސް ޓީމުގެ ކެޕްޓަން މުހައްމަދު ހަސަން (މޯޑު) ސަސްޕެންޝަންގައި ހުރުމަކީ ޓީމަށް ލިބޭނެ އުނިކަމެއް ކަމަށެވެ. ނަމަވެސް މޯޑު ނެތްތަން ފޫބައްދައި […]

ޔުމްނާ ޢަލީ
އީރާން ހަނގުރާމައަށް އެމެރިކާއިން ކުރި ހޭދަ 29 ބިލިއަން ޑޮލަރަށްވުރެ އިތުރު

އީރާން ހަނގުރާމައަށް އެމެރިކާއިން ކުރި ހޭދަ 29 ބިލިއަން ޑޮލަރަށްވުރެ އިތުރު

އީރާނާ ދެކޮޅަށް ކުރި ހަނގުރާމައިގައި އެމެރިކާ ސަރުކާރުން ކުރި ހޭދަ 29 ބިލިއަން ޑޮލަރާ ގާތްކުރާ ކަމަށް ޕެންޓަގަނުން ހާމަކޮށްފިއެވެ. ނަމަވެސް އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށާއި އެހެން ވަސީލަތްތަކަށް ލިބުނު ގެއްލުން ހިމަނައިފިނަމަ މި އަދަދު މިއަށްވުރެ މާ ބޮޑުވާނެކަން ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. ކެޕިޓަލް ހިލްގައި ބޭއްވި ބަޖެޓް ކޮމިޓީގެ އަޑުއެހުމެއްގައި ހާމަކުރި މި އަދަދަކީ، މީގެ ދެ ހަފުތާ ކުރިން ޕެންޓަގަނުން އަންދާޒާކުރި އަދަދަށްވުރެ 4 ބިލިއަން ޑޮލަރު އިތުރު އަދަދެކެވެ. 2027 ވަނަ […]

ނާޒިމާ އަލީ
ކުނޑިކޮށްފައިވާ ފައިސާ ނޫޓު ބޭނުންކޮށްގެން އާޓް އުފެއްދުމަށް ރަޖިސްޓަރީ ވުމުގެ ސުންގަޑި ހަމަވަނީ

ކުނޑިކޮށްފައިވާ ފައިސާ ނޫޓު ބޭނުންކޮށްގެން އާޓް އުފެއްދުމަށް ރަޖިސްޓަރީ ވުމުގެ ސުންގަޑި ހަމަވަނީ

ބާވެ ހަލާކުވުމުގެ ސަބަބުން ކުނޑިކޮށްފައިވާ ރަންދިހަފަހެއް ސީރީސްގެ ނޫޓުތަކުގެ ކުނޑި ބޭނުންކޮށްގެން އުފެއްދުންތައް ތައްޔާރުކުރުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ވަނީ ހުޅުވާލާފައެވެ. މި މުބާރާތަށް ރަޖިސްޓަރީވުމުގެ އެންމެ ފަހު ސުންގަޑިއަކީ 14 މޭ 2026 ގެ ރޭގަނޑު 11:59 އެވެ. އެމްއެމްއޭ އިން އިއުލާންކޮށްފައިވާ މި މުބާރާތުގެ މައިގަނޑު މަގުސަދަކީ ކުނޑިކޮށްފައިވާ ފައިސާއިން މާނަވީ އުފެއްދުންތަކެއް ތައްޔާރުކޮށްގެން އެއަށް އައު ދިރުމެއް ގެނެސްދިނުމެވެ....

އިބްރާހިމް އަސްވާޤް
ގައުމުގެ ވެރިކަން ކޮށްފައިވާ މީހަކަށް ވީތީ ގާނޫނުން ބަރީއަވެވޭނެ ކަމަށް ދެކޭ ދެކުން ބަދަލުވާންޖެހޭ: މުހައްމަދު

ގައުމުގެ ވެރިކަން ކޮށްފައިވާ މީހަކަށް ވީތީ ގާނޫނުން ބަރީއަވެވޭނެ ކަމަށް ދެކޭ ދެކުން ބަދަލުވާންޖެހޭ: މުހައްމަދު

ދިވެހިރާއްޖޭގެ އެންމެމަތީ ވެރިޔާގެ މަގާމު އަދާކޮށްފައި ހުރީތީ ގާނޫނުގެ ދިގުއަތް ނުފޯރާނެ ކަމަށް ދެކޭ ދެކުން ބަދަލުވާންޖެހޭ ކަމަށް ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު މުޙައްމަދު އިސްމާޢީލް މިއަދު ވިދާޅުވެއްޖެއެވެ. ސޯޝަލް މީޑިއާ ޕޯސްޓެއްގައި މުޙައްމަދު އިސްމާޢީލް ވިދާޅުވީ، ގާނޫނުގެ ދިގުއަތް ހުރިހާ އެންމެންގެ މައްޗަށް ފޯރާނެކަން ރައްޔިތުންނަށް ޝައްކެއްނެތް މިންވަރަށް ޔަގީންވާންޖެހޭ ކަމަށެވެ. އަދި ގާނޫނުގެ ކުރިމަތީގައި އެއްވެސް މީހަކު ތަފާތުވެގެން ނުވާނެ...

އަލީ އާދިލް
ސިލްސިލާ ވާހަކަ: ލޯބިވޭ ނިހާޔަތަށް (2)

ސިލްސިލާ ވާހަކަ: ލޯބިވޭ ނިހާޔަތަށް (2)

ކުރީގެ އަދަދާއި ގުޅޭ: ” ހަމަ އަސްލުވެސް ހާދަ ހޭންޑްސަމް ބޯއީއެކޭ.” ކަޅި ޖަހާ ނުލާ ބަލަައްޓައިގެން ހުރެ ލީނާ ވެސް އާއިޒަށް ތަޢުރީފް ކުރިއެވެ. ތުންފަތަށް ވައްތަރެއް ޖައްސައިގެން ހުރެ މާޔާ ދެ ފަރާތަށް ބޯ ހޫރާލީ ފޫހިކަމާއެކުއެވެ. ” ކަލޭމެންނަށް ރީތި ވާނެ މި ތަނަށް ގަސްބުޑެއް ލެއްގިޔަސް. ” މާޔާ ބުންޏެވެ. މާޔާގެ ޖުމްލައަށް ސަމާލުކަން ދޭނެ އެކަކު ވެސް އެތާ ނެތް ކަހަލައެވެ. އެ މީހުން ދިޔައީ ކުރިއަށް ހިނގަމުންނެވެ. ” […]

ސަލާމާ ޢަބްދުލް ޢަލީމް
މަސައްކަތްކުރަނީ ޕީއެންސީ ފިކުރުގައި، ސޮއިކުރީ 2028 ކާމިޔާބުކޮށްދިނުމުގެ ހެޔޮ ނިޔަތުގައި: ސޮބާހް

މަސައްކަތްކުރަނީ ޕީއެންސީ ފިކުރުގައި، ސޮއިކުރީ 2028 ކާމިޔާބުކޮށްދިނުމުގެ ހެޔޮ ނިޔަތުގައި: ސޮބާހް

އޭނާގެ މަސައްކަތް އަބަދުވެސް ކުރަށްވަމުން ގެންދެވީ ޕީއެންސީގެ ފިކުރުގައި ކަމަށާއި، އެ ޕާޓީއަށް ރަސްމީކޮށް ސޮއިކުރެއްވީ، ޕީއެންސީ އަށާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކޮށްދިނުމުގެ ހެޔޮ ނިޔަތުގައި ކަމަށް ހއ. އިހަވަންދޫ ކައުންސިލްގެ ރައީސް އަހްމަދު ސޮބާހް ވިދާޅުވެއްޖެއެވެ. ވެރިކަން ކުރާ ޕީއެންސީއަށް ރަސްމީކޮށް އިއްޔެ ސޮއިކުރެއްވުމަށްފަހު ވާހަކަދައްކަވަމުން ސޮބާހް ވިދާޅުވީ، ޕާޓީގެ ފިކުރުގައި އަބަދުވެސް މަސައްކަތްކުރަމުން އައީ އެ ޕާޓީއާ...

ޔުމްނާ ޢަލީ
އީރާނާއި ދެކޮޅު ހަނގުރާމާގައި ސައުދީން އީރާނަށް ސިއްރު އަސްކަރީ ހަމަލާތަކެއްދިން: ރިޕޯޓު

އީރާނާއި ދެކޮޅު ހަނގުރާމާގައި ސައުދީން އީރާނަށް ސިއްރު އަސްކަރީ ހަމަލާތަކެއްދިން: ރިޕޯޓު

އީރާނާއި ދެކޮޅަށް އެމެރިކާ އާއި އިސްރާއީލުން ފެބްރުއަރީ 28 ގައި ފެށި ހަނގުރާމާގައި ދުޝްމަނުންނަށް ވާގިވެރިވާ ކޮންމެ ގައުމަކީ އަމާޒެއްކަމަށް އީރާނުން ކަނޑައެޅި އުސޫލުގެ ދަށުން އެމެރިކާގެ ބޭސްތަކާއި ސިފައިން ތިބި ސަރަހައްދީ ގައުމުތަކަށް ދިން ހަމަލާތަކުގެ ތެރެއިން ސައުދީ އަރަބިއްޔާއަށް އަމާޒުވި ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން އެ ގައުމުން އީރާނަށް ސިއްރު އަސްކަރީ ހަމަލާތަކެއް ދީފައިވާ ކަމަށް ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ. ހުޅަނގުގެ އިސް ދެ އޮފިޝަލަކާއި އީރާނުގެ ދެ އޮފިޝަލަކާ ހަވާ...

ނާޒިމާ އަލީ
ޗައިނާގެ އެޖެންޓެއްގެ ގޮތުގައި މަސައްކަތްކުރި ކަމަށް އިއުތިރާފުވެ ކެލިފޯނިއާގެ މޭޔަރަކު އިސްތިއުފާ ދެއްވައިފި

ޗައިނާގެ އެޖެންޓެއްގެ ގޮތުގައި މަސައްކަތްކުރި ކަމަށް އިއުތިރާފުވެ ކެލިފޯނިއާގެ މޭޔަރަކު އިސްތިއުފާ ދެއްވައިފި

އެމެރިކާގެ ކެލިފޯނިއާގެ އަރްކޭޑިއާ ސިޓީގެ މޭޔަރު އައިލީން ވަންގް، ޗައިނާ ސަރުކާރުގެ ޣައިރު ގާނޫނީ އެޖެންޓެއްގެ ގޮތުގައި މަސައްކަތް ކުރި ކަމަށް އިއުތިރާފުވެ، މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. ފެޑެރަލް ޕްރޮސެކިއުޓަރުން ހާމަކުރި ގޮތުގައި، އުމުރުން 58 އަހަރުގެ ވަންގް ވަނީ އެމެރިކާގެ ގާނޫނާ ހިލާފަށް ބޭރު ގައުމެއްގެ އެޖެންޓެއްގެ ގޮތުގައި ހަރަކާތްތެރިވި ކަމުގެ ދައުވާއަށް އިއުތިރާފުވުމަށް އެއްބަސްވެފައެވެ. އެފް.ބީ.އައިގެ ޑައިރެކްޓަރު ކޭޝް ޕަޓޭލް ވިދާޅުވި ގޮތުގައި، ވަންގް ވަނީ 2020 އިން 2022 އާ ދެމެދު...

ނާޒިމާ އަލީ
މާލީ ހޭލުންތެރިކަމުގެ ބްރޭންޑާއި މަސްކޮޓް ފަރުމާކުރުމަށް އެމްއެމްއޭ އިން މުބާރާތެއް

މާލީ ހޭލުންތެރިކަމުގެ ބްރޭންޑާއި މަސްކޮޓް ފަރުމާކުރުމަށް އެމްއެމްއޭ އިން މުބާރާތެއް

ރާއްޖޭގެ މާލީ ހޭލުންތެރިކަމުގެ ރަސްމީ ބްރޭންޑް އައިޑެންޓިޓީ އާއި މަސްކޮޓް ފަރުމާކުރުމަށް މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތެއް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު އިފްތިތާހުކޮށްފިއެވެ. މި އިނީޝިއޭޓިވްގެ މައިގަނޑު މަގްސަދަކީ މުޅި ރާއްޖޭގައި މާލީ ހޭލުންތެރިކަން އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކަށް އެހީތެރިވެދޭނެ، ވަރުގަދަ އަދި ފާހަގަކުރަން ފަސޭހަ ގައުމީ އައިޑެންޓިޓީއެއް ގާއިމުކުރުމެވެ. މި މުބާރާތުގެ ދަށުން ފަރުމާކުރަން ޖެހެނީ ޒިންމާދާރު މާލީ އާދަތަކަށް ބާރުއަ...

އިބްރާހިމް އަސްވާޤް
ހޯރަފުށީ ކައުންސިލުން ތަރައްގީކުރި ''ރަށްމެދު މައިޒާން'' ހުޅުވައިފި

ހޯރަފުށީ ކައުންސިލުން ތަރައްގީކުރި ''ރަށްމެދު މައިޒާން'' ހުޅުވައިފި

ހއ. ހޯރަފުށީ ކައުންސިލުން ތަރައްގީކުރި ”ރަށްމެދު މައިޒާން” އާދީއްތަ ދުވަހުގެ ރޭ ހުޅުވައިފިއެވެ. މ މައިޒާން ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު ބާއްވާފައި ވަނީ މިއަހަރުގެ ކުޑަކުދިންގެ ދުވަހާއި ދިމާކޮށް، އާދީއްތަ ދުވަހުގެ ރޭ 20:00 ގައި ރަށްމެދު ސަރަހައްދުގައެވެ. މި މައިޒާން ހުޅުއްވައިދެއްވީ އައިމާ ކޮންޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް އަބުދުލްއަަޒީޒް އެވެ. މި ރަސްމިއްޔާތުގައި 19 ވަނަ މަޖިލީހުގެ ނައިބު ރައީސް، ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ސަލީމް (ސައްލެ) އާއި ހ...

ޔުމްނާ ޢަލީ
ޕީއެންސީ އާއި ގުޅުނީ ރަށުގެ ތަރައްގީއަށް ސަރުކާރާއި ގުޅިގެން މަސައްކަތް ކުރުމަށް: ފިރާގް އަދި ހުރާސަތު

ޕީއެންސީ އާއި ގުޅުނީ ރަށުގެ ތަރައްގީއަށް ސަރުކާރާއި ގުޅިގެން މަސައްކަތް ކުރުމަށް: ފިރާގް އަދި ހުރާސަތު

ވެރިކަންކުރާ ޕީއެންސީ އާއި ގުޅުނީ ރަށުގެ ތަރައްގީއަށް ސަރުކާރާއި ގުޅިގެން މަސައްކަތް ކުރުމަށްކަމަށް ވެރިކަންކުރާ ޕީއެންސީ އަށް މިއަދު ސޮއިކުރެއްވި ހއ. އިހަވަންދޫގެ ކައުންސިލްގެ ގޮނޑިއަކާއި ޑަބްލިޔުޑީސީގެ ގޮނޑިއެއް ކާމިޔާބުކުރި މިނިވަން ދެ މެމްބަރުންކަމަށްވާ އިހަވަންދޫ ކައުންސިލުގެ އިންތިހާބީ މެމްބަރު މުހައްމަދު ފިރާޤު އާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބީ މެމްބަރު ހަލީމަތު ހުރާސަތު ވިދާޅުވެއްޖެއެވެ. މި ދެބޭފުޅުން މިފަދައިން ވިދާޅުވީ، ޕީއެންސީ އަށް ސޮއިކުރެއްވުމަށްފަހު...

ޔުމްނާ ޢަލީ
ޝަހުޒާން 15 ދުވަހަށް، ލީވާން 10 ދުވަހަށް ޖަލަށްލުމަށް ހުކުމްކޮށްފި

ޝަހުޒާން 15 ދުވަހަށް، ލީވާން 10 ދުވަހަށް ޖަލަށްލުމަށް ހުކުމްކޮށްފި

ކޯޓުގެ ހުރުމަތް ކަނޑާލި ކަމަށް ނިންމައި “އަދަދު” ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ މުހައްމަދު ޝަހުޒާން އާއި ލީވާން އަލީ ނަސީރު ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ. މި މައްސަލައިގައި ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވަނީ ޝަހުޒާން 15 ދުވަހަށް އަދި ލީވާން 10 ދުވަހުގެ މުއްދަތަށް ޖަލަށްލުމަށެވެ. މި ދެ ނޫސްވެރިންގެ މައްޗަށް މި ފިޔަވަޅު އަޅާފައިވަނީ ކްރިމިނަލް ކޯޓުން މަނާކޮށްފައިވާ ވީޑިއޯ ޑޮކިއުމެންޓްރީއަކާ ގުޅޭގޮތުން ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރާ ޚިލާފްވިކަމަށް ކަނޑައެޅުމަށްފަހުއެވ...

ޝިއުނާ އާދަމް