މަޖިލީހުގެ ދައުރު މި މަހުގެ 31 އާއި ހަމައަށް ދަންމާލަން ފާސްކޮށްފި
ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ މުއްދަތު އިތުރުކުރަން މަޖިލީހުން މިއަދު ފާސްކޮށްފި އެވެ. މަޖިލީހުގެ މި ދައުރުގެ މުއްދަތު އިތުރުކުރަން މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވީ ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ. މިގޮތަށް ހުށަހެޅުއްވީ މި ދައުރުގައި ނިންމަން މުހިއްމު ގިނަ މަސައްކަތްތަކެއް ހުރުމުންކަމަށް އަބުދުއްރަހީމް ވަނީ ވިދާޅުވެފައެވެ. “މި ދައުރުގައި ރައްޔިތުންގެ މަޖިލީހުން ނިންމަން ޖެހޭ މުހިންމު މަސައްކަތްތަކެއް ހުރުމާ އެކު އަޅުގަނޑު ގަސްތު ކުރަނީ 31 މެއި 2...