ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ މުއްދަތު އިތުރުކުރަން މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

މަޖިލީހުގެ މި ދައުރުގެ މުއްދަތު އިތުރުކުރަން މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވީ ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ. މިގޮތަށް ހުށަހެޅުއްވީ މި ދައުރުގައި ނިންމަން މުހިއްމު ގިނަ މަސައްކަތްތަކެއް ހުރުމުންކަމަށް އަބުދުއްރަހީމް ވަނީ ވިދާޅުވެފައެވެ.

Ad
rt

"މި ދައުރުގައި ރައްޔިތުންގެ މަޖިލީހުން ނިންމަން ޖެހޭ މުހިންމު މަސައްކަތްތަކެއް ހުރުމާ އެކު އަޅުގަނޑު ގަސްތު ކުރަނީ 31 މެއި 2026ގެ ނިޔަލަށް މި ދައުރު އިތުރު ކުރުމާ މެދު މަޖިލީހުން ގޮތެއް ކަނޑައެޅުމަށް ވޯޓަށް އެހުމަށް،" އަބްދުއްރަހީމް ވިދާޅުވި އެވެ.

މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރު މޭ 31 އާ ހަމައަށް ދަންމާލަން މަޖިލީހުގެ ރައީސް ހުށަހެޅުއްވި ހުށަހެޅުއްވުން ފާސްވީ އެކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 69 މެންބަރުންގެ ތެރެއިން 58 މެންބަރުން ވޯޓު ދެއްވައިގެންނެވެ. އަބުދުއްރަހީމްގެ ހުށަހެޅުއްވުމާއި ދެކޮޅަށް 11 މެމްބަރަކު ވަނީ ވޯޓު ދެއްވާފައެވެ.

މަޖިލީހުގައި މިވަގުތު ހިނގަމުންދާ މަސައްކަތްތަކުގެ ތެރޭގައި ޔޫއޭއީ އަށާއި ގަތަރަށް ސަފީރުން ޢައްޔަނުކުރުމަށް ރުހުން ދިނުމުގެ މައްސަލައާއި އަދި ސަރުކާރުގެ ފަރާތުން ހުށަހަޅުއްވާފައިވާ މުހިންމު ބިލުތަކުގެ މައްސައްކަތް ހިމެނެއެވެ.

މަޖިލީހުގެ ގަވާއިދު ބުނާގޮތުން ޤާނޫނުއަސާސީގެ 83 ވަނަ މާއްދާގައިވާ ގޮތުގެމަތިނ،ް މަޖިލީހުގެ ޖަލްސާތައް، އަހަރެއްގެ ތެރޭގައި ބެހިގެންވާނީ ތިން ދައުރުގެ މައްޗަށެވެ. ފުރަތަމަ ދައުރު ހިނގާނީ ފެބުރުވަރީ މަހުގެ ފުރަތަމަ 1
ދުވަހުން ފެށިގެން މޭ މަހުގެ ފަނަރަވަނަ ދުވަހުގެ ނިޔަލަށެވެ. މަޖިލީހުގެ ދެވަނަ ދައުރު ހިނގާނީ ޖޫން މަހުގެ ފުރަތަމަ ދުވަހުން 2 ފެށިގެން އޮގަސްޓު މަހުގެ ފަނަރަވަނަ ދުވަހުގެ ނިޔަލަށެވެ. އަދި މަޖިލީހުގެ ތިންވަނަ ދައުރު ހިނގާނީ އޮކްޓޫބަރު މަހުގެ ފުރަތަމަ 3 ދުވަހުން ފެށިގެން ނޮވެންބަރު މަހުގެ ނިޔަލަށެވެ.

މިހާރު ހިނގަމުން ދަނީ މިއަހަރުގެ ފުރަތަމަ ދައުރެވެ.