ފިއްލަދޫން ދަނޑު ބިން ދޫކުރަނީ
ހއ. ފިއްލަދޫއިން ދަނޑުވެރިކަން ކުރުމަށް ބިންދޫކުރުމަށް ފިއްލަދޫ ކައުންސިލުން ނިންމައިފިއެވެ. އެ ކައުންސިލުން މިއަދު ކުރި ޢިއުލާނެއްގައި ބުނެފައިވަނީ ކޮވިޑް-19ގެ ހާއްސަ ހާލަތަށް ތައްޔާރުވުމުގެ ގޮތުން ފިއްލަދޫން ދަނޑުވެރިކަން ކުރުމަށް ޝައުގު ހުރި ފަރާތްތަކަށް ފުރުޞަތު ހުޅުވާލާކަމަށެވެ. ފިއްލަދޫއިން ދަނޑުބިމަށް އެދުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ މިއަދުން ފެށިގެން މިމަހުގެ 7 ދުވަހުގެ ނިޔަލަށެވެ. ދަނޑު ބިމަށް އެދޭ ފޯމު ދޫކުރުމަށް ހަމަޖެހިފައިވަނީ އެ މުއްދަތުގައި ބަންދު ދުވަސްތައްވެސް ހިމެނޭހެން ކޮންމ...