51 އަހަރު ކުރިން ވައިކަރަދޫގައި ހަނޑުލާއި ހަކުރު ހެއްދުން
ދަނޑުވެރިކަމަކީ ރާއްޖޭގެ ހުރިހާ ރަށްތަކެއްގައިވެސް ކުރަމުން އަންނަ މަސައްކަތެކެވެ. މި މަސައްކަތް އެކި ރަށްތަކުގައި ކުރަމުންގެންދަނީ ތަފާތުގޮތްގޮތަށެވެ. މިގޮތުން ދަނޑުވެރީން ހައްދައި ލިބޭ ތަކެތި އެހެން ފަރާތްތަކައް ފޯރުކޮށްދެވޭ މިންވަރަކަށް އުފެއްދިފައެއް ނުވެއެވެ. ނަމަވެސް މަދުންނަމަވެސް މާލޭ މާރުކޭޓުން ފަތްކޭލާއި ކުކުޅު ހާލާއި ދާއިމީގޮތެއްގައި ލިބެން ހުންނަތަން ފެނެއެވެ. ދަނޑުވެރިކަން އެކަށީގެންވާ ގޮތެއްގައި ނުކުރެވޭ ސަބަބަކީ މި މަސައްކަތަކީ ހަމައެކަނި ހުޅަނގު މޫސުމުގައި ކުރެވޭ މަސައްކަތަކަށް އ...