ސަމާލުވޭ! ވަގުން "ނުނިދާނެ"!
ހަލާލެއް ހަރާމެއް ބެލުމެއްނެތި މީހުންގެ ހައްޤު މުދާ ”އޮޅުވާލައިގެން ދިރުވާލާ” ޒަމާނީ ވަގުންގެ ވާހަކަ ހަނދާން ނައްތާލައިގެން ނުވާނެއެވެ. އެމީހުން “ނުނިދާނެ” އެވެ! ރޭވުންތައް ރާވަމުންދާނީ އޮޅުވާލައިގެން ނަހަމަ މަންފާއެއް ހޯދުމަށް ކަންކުރާނެ ގޮތަކާއި މެދުގައިއެވެ. ކާރިސާއެއްގެ ވަގުތުގައިވެސް އެމީހުން ބަލާނީ ކޮންމެސް މޮޅު އުކުޅެއް ބޭނުންކޮށްގެން ނިކަމެތި ރައްޔިތުމީހާ އަތުން “ފޭރެވޭނެ” ގޮތެކެވެ. ވަގުން ދެނެގަންނަން ޖެހޭ! މީހުންނަށް އޮޅުވާލައިގެން ރީތި ސްޓޯރީތައް އަތުރާލައިގެން ފޭރި ގަންނަމުންދާ މިދެނ...