މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
އެސްޓީއޯ އިން ފިޔާ، އަލުވި އަދި ބިސް ހޯލްސޭލްކޮށް ވިއްކަން ފަށައިފި

އެސްޓީއޯ އިން ފިޔާ، އަލުވި އަދި ބިސް ހޯލްސޭލްކޮށް ވިއްކަން ފަށައިފި

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ފިޔާ، އަލުވި އަދި ބިސް ހޯލްސޭލްކޮށް ވިއްކަން ފަށައިފިއެވެ. ފިޔާ، އަލުވި އަދި ބިހުގެ އާ ސްޓޮކެއް އައުމާ އެކު އެ ކުންފުނިން ވަނީ އެ ތަކެތި އަލުން ހޯލްސޭލްކޮށް ވިއްކަން ނިންމާފައިކަމަށް އެކުންފުނިން ހާމަކުރެއެވެ. ފިޔާ ބަސްތާއެއް 325 ރުފިޔާ އަށް ވިއްކާ އިރު، އަލުވި ބަސްތާއެއް ވިއްކަނީ 250 ރުފިޔާ އަށެވެ. އަދި ބިސް ކޭހެއް ވިއްކަނީ 290 ރުފިޔާ އަށެވެ. ހޯލްސޭލްކޮށް މި ތަކެތި ވިއްކުމަށް […]

ޔުމްނާ ޢަލީ
ކަންނެލި ގަންނަނީ ލޯނު ހޯދަން އެއްބަސްވާ އަގަކަށް ނޫން: އިމްރާން

ކަންނެލި ގަންނަނީ ލޯނު ހޯދަން އެއްބަސްވާ އަގަކަށް ނޫން: އިމްރާން

ކަންނެލި ގަންނަނީ ލޯނު ހޯދަން އެއްބަސްވާ އަގަކަށް ނޫންކަމަށް ކުރީގެ ޤައުމީ ޓީމްގެ ގޯލް ކީޕަރު އިމްރާން މުޙައްމަދު ބުނެފިއެވެ. މަސްވެރިއްނާއި ދޭތެރޭ ކިރިޔާވެސް ހެޔޮ އެދޭ ނަމަ މިވަގުތު މިހެން ކަންތަކެއް ނުކުރާނެކަމަށްވެސް އިމްރާން ބުނެފައިވެއެވެ. ކަންނެލި މަސްވެެރިކަން ކުރާ މީހުންގެ ހައްޤުގައި އިމްރާން ކުރި ޓުވީޓެއްގައި ބުނީ 25 ރުފިޔާ އަށް ހުރިހާ ކައްނެލި ނަގަން އެއްބަސްވެ، އެގްރީމެންޓް ގައި ސޮއިކޮށް ލޯނު ހޯދައިގެން އެއްބައި ކައްނެލި 15 ރުފިޔާ އަށް ގައްނަ ކުންފުނި […]

ޝިއުނާ އާދަމް
މާޒީގެ ތެރެއިން ތިލަދުންމަތީ ދަނޑުވެރިން (1)

މާޒީގެ ތެރެއިން ތިލަދުންމަތީ ދަނޑުވެރިން (1)

މާޒީއާއި ޝަޤާފަތަކީ ކޮންމެ ތަނެއްގައިވެސް ނިމި ގޮސް ފައިވާ ކަމެއްގެ ވާހަކައެވެ. ޒަމާން މިވަނީ ބަދަލުވެފައެވެ. ނިމިގޮސްފައެވެ. އެކަމެއް ފަހުން އަންނަ ޖީލަކަށް ނުވަތަ ދިރި ތިބި ބަޔަކަށް އޮޅުން ފިލުވައިދިނުމަކީ ރަގަޅު ކަމެއް ކަމުގައި އަޅުގަނޑު ދެކެމެވެ. މާޒީގެ ތެރެއިން މިބަލައިލަނީ ތިލަދުންމަތީ ގައި ދަނޑުވެރިކަން ކުރުމަށް ގެންގުޅެފައިވާ ވައްޓަފާޅިއާއި އާދަތަކަށެވެ. އެގޮތުން ތިލަދުންމަތި ފާހަގަވެގެން ގޮސްފައިވަނީ ދަނޑުހެއްދުމުގައި ފާހަގަކޮށްލެވޭ ބަޔަކު ދިރިއުޅެމުން އައި ހިސާބެއްގެ ގޮތުގައެވެ. ތިލަދު...

އިޙްސާން ޙުސައިން
 30 އަހަރު ފަހުން އިންޑިޔާއަށް ހިމާލިއާ ފަރުބަދަތައް ފެންނަން ފަށައިފި

 30 އަހަރު ފަހުން އިންޑިޔާއަށް ހިމާލިއާ ފަރުބަދަތައް ފެންނަން ފަށައިފި

30 އަހަރު ފަހުން އިންޑިޔާގެ އަވަށްތަކަށް ހިމާލިއާ ފަރުބަދަތައް ފެންނަން ފަށައިފިކަމަށް އިންޑިޔާގެ ޕަންޖާބް ގައި އުޅޭ އާންމުން ބުނަންފަށައިފިއެވެ. މިއީ ކޮރޯނާވައިރަސްގެ ސަބަބުން މުޅި އިންޑިޔާ 21 ދުވަހަށް ލޮކްޑައުން ކުރުމާއި ގުޅިގެން އިންޑިޔާގެ ޖައްވު ސާފުވެފައިވާކަމުގެ ހެއްކެއްކަމަށް އެމީހުންދަނީ ބުނަމުންނެވެ. ގާތްގަނޑަކަށް 125 މޭލު ދުރުގައި އޮންނަ ނޭޕާލްގެ މިފަރުބަދަތަށް ފަހުގެ ތާރީހެއްގައި ހަމަލޮލަށް ފެނިފައިނުވާކަމަށް ގިނަބަޔަކު ދަނީ ބުނަމުންނެވެ. އެގޮތުން ފަރުބަދަތަކުގެ މަތި ސްނޯއިން ފުރާލާފަ...

އިބްރާހިމް އަސްވާޤް
ކޯވިޑް-19: އެމެރިކާގައި 2 ދުވަހުން 3،911 މަރު

ކޯވިޑް-19: އެމެރިކާގައި 2 ދުވަހުން 3،911 މަރު

ކޮރޯނާވައިރަހުގައި، އެމެރިކާގައި ވޭތުވެދިޔަ 48 ގަޑިއިރު ތެރޭ މަރުވި މީހުންގެ އަދަދު 3،911 އަށް އަރައިފި އެވެ. މިއީ މިބަލީގެ ސަބަބުން އެމެރިކާގައި އެންމެ ގިނަ އަދަދަކަށް މީހުން މަރުވި ދެދުވަހެވެ. ޖޯންސް ހޮޕްކިންސް ޔުނިވާސިޓީގެ ޓްރެކާ އިން ދައްކާ ގޮތުން ޑިސެމްބަރު މަހު ފަހުކޮޅު ޗައިނާގައި ކޮރޯނާވައިރަސް ފެތުރެން ފެށި ފަހުން އެއް ދުވަސް ތެރޭ މިހާ ގިނަ އަދަދަކަށް އެއްވެސް ގައުމަކުން މީހުން މަރުވެފައެއް ނުވެ އެވެ. އެމެރިކާގައި ވޭތުވެދިޔަ 24 ގަޑިއިރު ތެރޭ […]

އަލީ އާދިލް
މިހާރު އަޅާފައިވާ ފިޔަވަޅުތަކާ އެއްގޮތަށް ރޯދަމަހުވެސް އުޅެންޖެހިދާނެ: އަމީން

މިހާރު އަޅާފައިވާ ފިޔަވަޅުތަކާ އެއްގޮތަށް ރޯދަމަހުވެސް އުޅެންޖެހިދާނެ: އަމީން

ކޯވިޑް-19 އާއި ގުޅިގެން މިހާރު އަޅާފައިވާ ފިޔަވަޅުތަކުގެ މުއްދަތު އިތުރު ކުރަން ޖެހިދާނެކަމަށާއި މި ފިޔަވަޅުތައް ރޯދަމަހާއި ހަމައަށް ދެމިގެން ހިނގައިދާނެކަމަށް ހެލްތު މިނިސްޓަރ ޢަބްދުﷲ ޢަމީން ވިދާޅުވެއްޖެއެވެ. ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައި ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވީ ކޯވިޑް-19 އާއްމުންގެ ތެރޭގައި ފެތުރެން ފަށާނީ ކޮންއިރަކު ކަމެއް ނޭނގޭނެ ކަމަށާއި އެކަމަށް ތައްޔާރުވުމަށްޓަކައި މިހާރުންސުރެ މުހިއްމު ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށެވެ. މިގޮތުން ހާލަތަށް ރިޢާއަތ...

ޖަލްވާން ޖާދުﷲ
ވަޒީފާގެ ހާލަތަށް ބަދަލު އައިސްފައިވާ ނަމަ ކަނޑިތީމު ކައުންސިލުން އެހީތެރި ވަނީ

ވަޒީފާގެ ހާލަތަށް ބަދަލު އައިސްފައިވާ ނަމަ ކަނޑިތީމު ކައުންސިލުން އެހީތެރި ވަނީ

ވަޒީފާގެ ހާލަތަށް ބަދަލު އައިސްފައިވާ ކަނޑިތީމު ރަށްވެހިންނަށް ކައުންސިލުން އެހީތެެރިވުމުގެ މަސައްކަތް ފަށައިފިއެވެ. އެކައުންސިލްގެ ފޭސްބުކް ޕޯސްޓެއްގައި ވަނީ ރިސޯޓްތަކުގައާއި ޕްރައިވެޓް ސެކްޓަރގައި މަސައްކަތްކުރާ ކަނޑިތީމު ރަށްވެހިންގެ ތެރެއިން 01 މާރޗް 2020 ފެށިގެން އެއްވެސް ފަރާތެއްގެ ވަޒީފާގެ ހާލަތަށް ބަދަލު އައިސްފައިވާނަމަ އެފަރާތްތަކުގެ މަޢުލޫމާތު އެކައުންސިލާއި ހިއްސާ ކޮށް ދިނުމަށް އެދޭ ކަމަށެވެ. އެފަދަ ފަރާތެއް ހުރިނަމަ ސަރުކާރުގެ ކަމާގުޅުންހުރި އިދާރާތަކަށް ހުށަހަޅައިގެން ހައްލު ހޯދައި...

ޝިއުނާ އާދަމް
ކޯވިޑް 19 އާއި ގުޅިގެން ވައިކަރަދޫ ކައުންސިލުން 3 މަހުގެ ކުލި މާފުކޮށްދީފި

ކޯވިޑް 19 އާއި ގުޅިގެން ވައިކަރަދޫ ކައުންސިލުން 3 މަހުގެ ކުލި މާފުކޮށްދީފި

ހދ. ވައިކަރަދޫ ކައުންސިލުން ކުއްޔަށް ދޫކޮށްފައިވާ ތަންތަނުގެ 3 މަހުގެ ކުލި މަފު ކޮށްދީފިއެވެ. ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލް އިދާރާއިން ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ ކުލި މާފުކޮށްދީފައި ވަނީ އެސްޓީއޯ ބޭސްފިހާރަ ހިންގުމަށް ދޫކޮށްފައިވާ ތަންތަނުގެ ކުއްޔާއި ދިރާގު އެންޓަނާ ހުންނަ ތަންތަން ފިޔަވައި އެހެނިހެން ކަންކަމުގައި ކުއްޔަށް ދޫކޮށްފައިވާ ތަންތަނުގެ ކުލިތަކެވެ. އެގޮތުން ކައުންސިލުން ދޫކޮށްފައިވާ ތަންތަނުގެ 3 މަހުގެ ކުލި މާފުކޮށްދިނުމަށް އެކައުންސިލުން ނިންމާފައިވާ ކަމަށެވެ....

ޖަލްވާން ޖާދުﷲ
ކޮވިޑް-19 'ވިޔަފާރި އެހީ' ލޯނަށް ހުޅުވާލައިފި

ކޮވިޑް-19 'ވިޔަފާރި އެހީ' ލޯނަށް ހުޅުވާލައިފި

ސަރުކާރުގެ އިޤްތިސާދީ ރިކަވަރީ ޕެކޭޖްގެ ދަށުން އަލަށް ތަޢާރުފު ކުރި ‘ކޯވިޑް-19 ވިޔަފާރި އެހީ’ ލޯނަށް ކުރިމަތިލުމަށް، އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ހުޅުވާލައިފިއެވެ. މި ލޯނަކީ މިހާރު ދުނިޔޭގައި ފެތުރެމުންދާ ކޯވިޑް-19 އާ ގުޅިގެން އެންމެ ކުދި، ކުދި، އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި އާމްދަނީ ހޯދުމަށް އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ދިމާވެފައިވާ މާލީ ދަތިތަކުން އަރައި ގަތުމަށް އިތުރު ފުރުސަތުތަކެއް ފަހިކޮށްދިނުމަށްޓަކައި، ސަރުކާރުގެ އިޤްތިސާދީ ރިކަވަރީ ޕެ...

ޔުމްނާ ޢަލީ
އަންނަ ހަފްތާ ވެސް ސަރުކާރާއި، ކިޔަވައިދޭ ތަން ތަން ބަންދު

އަންނަ ހަފްތާ ވެސް ސަރުކާރާއި، ކިޔަވައިދޭ ތަން ތަން ބަންދު

މި ހަފުތާއެކޭ އެއްގޮތަށް އަންނަ ހަފްތާގައިވެސް ސަރުކާރުގެ އޮފީސްތައް ނުހުޅުއްވުމަށާއި، ސްކޫލްތަކާއި، ކޮލެޖުތަކާއި، ޔުނިވަރސިޓީތަކުގެ ކިޔެވުން ބަންދުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފިކަމަށް ރައީސް އޮފީހުން ބުނެފިއެވެ. މިގޮތަށް މި ނިންމެވީ، ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ދިވެހިރާއްޖޭގައި ފެތުރިގެން ހިނގައިދާނެތީއާއި، ރާއްޖޭގައި މިބަލި ޖެހޭ މީހުންގެ އަދަދު އިތުރުވުމުގެ ފުރުޞަތު ބޮޑުކަމަށް ބެލެވޭކަމަށް ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ޓެކްނިކަލް އެޑްވ...

ޔުމްނާ ޢަލީ
ވިލިވަރުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ވިލިވަރުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ކޮވިޑް-19 އާއި ގުޅިގެން ކަރަންޓްރީން ފެސިޓީއެއްގެ ގޮތުގައި ބޭނުންކުރަމުންދާ ކ. ވިލިވަރުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. އެމްއެންޑީއެފުން ބުނީ ކ. ވިލިވަރުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ ރިޕޯޓު ލިބިގެން ފަޔަރޓީމު ހަރަކާތްތެރިވާން ފަށާފައިވާކަމަށެވެ. K.Villivaru Island Resort gai alifaanuge haadhisaa eh higaigen MNDF Fire and Rescue Service in harakaaiytherivaan fashaifi. Mi haadhisaa ge report libifai vanee mirey 19:41 haairu. — Maldives National Defence […]

ޝިއުނާ އާދަމް
ރައީސް، ޑަބްލިޔުއެޗްއޯ އާއި މަޝްވަރާ ކުރައްވައިފި

ރައީސް، ޑަބްލިޔުއެޗްއޯ އާއި މަޝްވަރާ ކުރައްވައިފި

ކޮވިޑް-19 އާއި ގުޅޭ ރާއްޖޭގެ ހާލަތު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އާއި ހިއްސާ ކުރަށްވައި، އެޖަމްޢިއްޔާއާއި މަޝްވަރާކުރަށްވައިފިއެވެ. ރާއްޖޭގެ ހާލަތު، ރައީސް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއާއި ހިއްސާ ކުރެއްވީ ފޯނު މެދުވެރިކޮށް އެ ޖަމްއިއްޔާގެ ޑިރެކްޓަރު ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރެޔުސެސްއާ މިއަދު ކުރެއްވި މަޝްވަރާގައެވެ. President @ibusolih discusses COVID-19 situation with @WHO Director General @DrTedros https://t.co/PclnseOro3 — The President...

ޝިއުނާ އާދަމް
ޗައިނާގެ ވޫހާން ސިޓީ ހުޅުވާލައިފި

ޗައިނާގެ ވޫހާން ސިޓީ ހުޅުވާލައިފި

2019 ވަނަ އަހަރު ޑިސެމްބަރު ފަހުކޮޅު ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 ފުރަތަމަ ފެތުރެން ފެށި ޗައިނާގެ ވޫހާން ސިޓީ އާންމުކޮށް ހުޅުވާލައިފިއެވެ. Wuhan lifts 76-day lockdown https://t.co/1iYBYWuUwr pic.twitter.com/7Qb9pAmJlt — China Xinhua News (@XHNews) April 7, 2020 ވޫހާން ސިޓީ އަލުން މި ހުޅުވާލީ ބަންދުކުރިތާ 11 ހަފުތާ ފަހުންނެވެ. މިއަދު އެ ސިޓީ ހުޅުވާލުމާއިއެކު ވަނީ އާންމު ދަތުރު ފަތުރުކުރުމުގެ ޚިދުމަތްތައްވެސް ފަށާފައެވެ. The first passenger flight lands in […]

އަލީ އާދިލް
ފަރުމަހުގެ މަސްވެރިކަން ކުރާ މީހުން މަގުމަތި ވެއްޖެ، ގޮތެއް ހޯދައިދޭން ޖެހޭ: މެމްބަރު ޢަލީ

ފަރުމަހުގެ މަސްވެރިކަން ކުރާ މީހުން މަގުމަތި ވެއްޖެ، ގޮތެއް ހޯދައިދޭން ޖެހޭ: މެމްބަރު ޢަލީ

ކޮވިޑް-19 ގެ ސަބަބުން ފަތުރުވެރިކަން ހުއްޓި، ރިސޯޓުތަކުން ފަރުމަސް ގަތުން މެދުކަނޑާލުމާއި ގުޅިގެން ރިސޯޓުތަކަށް ފަރުމަސް ވިއްކައިގެން އާމުދަނީ ހޯދަމުން ދިޔަ ފަރުމަހުގެ މަސްވެރިކަންކުރާ މަސްވެރިން މަގުމަތިވެއްޖެ ކަމަށާއި، އެމަސްވެރިންނަށް މަސްވިއްކޭނެ މަގެއް ހޯދައިދޭން ޖެހޭކަމަށް ރައްޔިތުން މަޖިލިސްގެ ކެންދޫ ދާއިރާގެ މެމްބަރު ޢަލީ ހުސައިން ވިދާޅުވެއްޖެއެވެ. މަސްހޫރު ޤާނޫނީ ވަކީލު ޢަލީ ޙުސައިން ވިދާޅުވީ، ކޮވިޑް-19 ގެ ސަބަބުން ރިސޯޓުތައް ހުއްޓިފައި މިވާ ދަނޑިވަޅުގައި، ފަރުމަހުގެ މަސްވެރިކަން ކޮށްގެ...

އަލީ އާދިލް
މެލޭޝިޔާގައި ތިބި 200 ދިވެހިން ރާއްޖެ ގެނެސްފި

މެލޭޝިޔާގައި ތިބި 200 ދިވެހިން ރާއްޖެ ގެނެސްފި

މެލޭޝިޔާގައި ތިބި ދިވެހިންގެ ތެރެއިން އެނބުރި ރާއްޖެ އައުމަށް ބޭނުންވި މީހުންގެ ތެރެއިން 200 މީހަކު މޯލްޑިވިއަންގެ އެހީގައި ރާއްޖެ ގެނެސްދީފިއެވެ. މެލޭޝިޔާއިން ރާއްޖެ އައި މި މީހުންނަށް ރާއްޖެ އާދެވުނީ ފަތިހު 4:45 އެހާކަށްހާއިރުއެވެ. ކޮވިޑް19 އާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ތައްޔާރުކޮށްފައިވާ އެސްއޯޕީގައިވާ ގޮތުން ރާއްޖެއަށް އަންނަ ޓޫރިސްޓުން ފިޔަވައި އެންމެން ވެސް 14 ދުވަހަށް ކަރަންޓީން ފެސިލިޓީއެއްގައި ތިބެން ޖެހޭނެއެވެ. އެހެންކަމުން މެލޭޝިޔާއިން އައި މި ހުރިހާ އެންމެން ވެސް 14 […]

ޔުމްނާ ޢަލީ