މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (13:30 އިން 19:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
ކޮވިޑް-19: ފަސޭހަކޮށްލަން އަދި މާ އަވަސް!

ކޮވިޑް-19: ފަސޭހަކޮށްލަން އަދި މާ އަވަސް!

ދުނިޔޭގެ އެކި ޤައުމުތަކުގައި ފެތުރެމުންދާ ކޮވިޑް-19ގެ ނުރައްކާ ކުޑަވެއްޖެ ކަމަށްބަލައި، ފަސޭހަ ކޮށްލައި ރައްކާތެރިވުން ކުޑަކުރުން އަދި މާއަވަހެވެ. ދުނިޔޭގައި ބަލި ފެތުރޭ ނިސްބަތަށް ކުޑަ މަޑު ޖެހުމެއް އައި ނަމަވެސް މި ބައްޔަކީ އެންމެ މީހެއްގެ ފަރާތުންވެސް އެތައް ބައެއް، ބައްޔަށް ހުށަހެޅުމުގެ ފުރުޞަތު އޮތް ބައްޔަކަށް ވާއިރު، އަދިވެސް ރައްކާތެރިކަން އޮތީ އިޖުތިމާއީ ގައިދުރުކަން އިސްކޮށް ސިއްހީ މާހިރުންގެ އިރުޝާދުތަކަށް ފުރިހަމައަށް ބޯލަނބައިގެންނެވެ. އެޔާއިއެކު ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުގެ އަމު...

ހުސައިން ހަބީބް
ހޯރަފުށީ ބަނދަރު ބެލެހެއްޓުމާއި ބެހޭ އުޞޫލަށް އަމަލު ކުރުމަށް ނަސޭހަތްތެރި ވެއްޖެ

ހޯރަފުށީ ބަނދަރު ބެލެހެއްޓުމާއި ބެހޭ އުޞޫލަށް އަމަލު ކުރުމަށް ނަސޭހަތްތެރި ވެއްޖެ

ހއ. ހޯރަފުށީ ބަނދަރު ބޭނުން ކުރާ ފަރާތްތަކުން އެ ބަނދަރު ބެލެހެއްޓުމާއި ބެހޭ އުޞޫލަށް އަމަލު ކުރުމަށް ހޯރަފުށީ ކައުންސިލުން ނަސޭހަތްތެރި ވެއްޖެއެވެ. ހޯރަފުށީ ބަނދަރު ބެލެހެއްޓުމާއި ބެހޭ އުޞޫލަށް އަމަލު ކުރުމާބެހޭ ގޮތުން ހޯރަފުށި ކައުންސިލުން ކޮށްފައިވާ ޢިއުލާނެއްގައި ބުނީ ޤާނޫނު ނަންބަރު: 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 151 ވަނަ މާއްދާގެ (1) އިން ބާރުލިބިގެން އެކުލަވާލާފައިވާ “ބަނދަރު ބެލެހެއްޓުމާއި ބެހޭ ޤަވާއިދު” (122-R/2013) ގެ 28 […]

ޝިއުނާ އާދަމް
ކޮވިޑް-19: ކަމާބެހޭ ފަރާތްތަކުގެ އެންމެ ފަހުގެ އިރުޝާދު ތަކަކީ ކޮބާ؟

ކޮވިޑް-19: ކަމާބެހޭ ފަރާތްތަކުގެ އެންމެ ފަހުގެ އިރުޝާދު ތަކަކީ ކޮބާ؟

ރާއްޖޭގައި ކޮވިޑް-19 ފެތުރުނަނުދީ ހިފެހެއްޓިފައި މިއޮތީ ސަރުކާރާއި، ކަމާއި ބެހޭ ފަރާތްތަކުން އަޅުއްވަމުން ގެންދެވި ފިޔަވަޅުނަތަކުގެ ނަތީޖާއިން ކަމަށް ދެއްނެވުން ދޮގަކަށް ނުވާނެއެވެ. ހަމައެޔާއިއެކު މިނަތީޖާ މިގޮތަށް ހިފެހެއްޓުމުގައި ކަނުލައި އަޑުއަހައި ކިޔަމަންވި ރައްޔިތުންތަކެއް ތިބިކަންވެސް ޔަޤީނެވެ. ރާއްޖޭގައި އެޅިފައި ހުރި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ކުޑަ ދުލެއް ދިންނަމަވެސް އަދިވެސް ސިއްހީ ކަމާއި ބެހޭ ފަރާތްތަކުގެ އިރުޝާދަށް ބަދަލެއް ނާދެއެވެ. ރިސޯޓުތަކަށް އަރާފައިބަން ލުއި ދިނީ އެ ރިސޯޓ...

އަލީ އާދިލް
ކޮވިޑް-19: އެމެރިކާއިން އިއްޔެ އެކަނިވެސް 1900 މަރު

ކޮވިޑް-19: އެމެރިކާއިން އިއްޔެ އެކަނިވެސް 1900 މަރު

  އެމެރިކާއިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން ގިނަ ޢަދަދެއްގެ މީހުން އިއްޔެ މަރުވެއްޖެއެވެ. އެ ޤައުމުން އިއްޔެ އެކަނިވެސް ވަނީ 1900 މީހުން އެބަލީގައި މަރުވެފައެވެ. އިއްޔެ އެ ޤައުމުން 33،536 މީހުން ވަނީ އަލަށް އެބައްޔަށް ފައްސިވެސް ވެފައެވެ. ކޮވިޑް-19 އެމެރިކާ ،10 އޭޕްރިލް 2020، ދިވެހިރާއްޖެ ގަޑި، ހެނދުނު 6:00 (މައުލޫމާތު ހިމެނި ތާރީޚާއި ވަގުތު) ފައްސިވި މީހުންގެ ޢަދަދު: 468,566 މަރުވި މީހުންގެ ޢަދަދު: 16,691 ރަނގަޅުވި މީހުންގެ ޢަދަދު: 25,928 އެމެރިކާގެ […]

ޝިއުނާ އާދަމް
ކުށުގެ ރެކޯޑާއި ދަރަނީގެ ރެކޯޑު އީމެއިލް މެދުވެރިކޮށް ސާފުކުރެވޭނެގޮތް ހަދައިފި

ކުށުގެ ރެކޯޑާއި ދަރަނީގެ ރެކޯޑު އީމެއިލް މެދުވެރިކޮށް ސާފުކުރެވޭނެގޮތް ހަދައިފި

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ފޯރުކޮށްދެމުން އަންނަ ކުށާއި ދަރަނީގެ ރެކޯޑު އީމެއިލް މެދުވެރިކޮށް ސާފުކުރެވޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ. ޑީޖޭއޭ އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރުމުގެ ކަންކަމަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށްޓަކައި، ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން ފޯމު ފުރިހަމަ ކުރެއްވުމަށްފަހު އައި.ޑީ ކާޑުގެ ކޮޕީއަކާއިއެކު records@judiciary.gov.m...

އަލީ އާދިލް
އަންނަ ހަފުތާގައި ގްރޭޑް 1-6 އަށް ވެސް ޓެލިކިލާސްތައް ފަށަނީ

އަންނަ ހަފުތާގައި ގްރޭޑް 1-6 އަށް ވެސް ޓެލިކިލާސްތައް ފަށަނީ

އަންނަ ހަފުތާގައި ގްރޭޑު 1،2،3،4،5 އަދި 6 ގެ ދަރިވަރުންނަށް ޓެލިކިލާސް ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިރޭ ވިދާޅުވެއްޖެ އެވެ. ކީ ސްޓޭޖު 1 އަދި 2 ގައި ހިމެނޭ ގްރޭޑު 1،2،3،4،5 އަދި 6 ގެ ދަރިވަރުންނަށް އަންނަ ހަފުތާގައި ޓެލިކިލާސްތައް ފަށާނެ ކަމަށް މިނިސްޓަރު ވިދާޅުވީ މިރޭ ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި ބޭއްވި ނިއުސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުންނެވެ. މިނިސްޓަރު ވިދާޅުވީ، ކޮވިޑް-19 އަށް […]

ޝިއުނާ އާދަމް
އީޔޫ އިން ރާއްޖެ އަށް 3 މިލިއަން ޔޫރޯގެ ހިލޭ އެހީ އެއް!

އީޔޫ އިން ރާއްޖެ އަށް 3 މިލިއަން ޔޫރޯގެ ހިލޭ އެހީ އެއް!

ކޮވިޑް-19 އާ ގުޅިގެން ރާއްޖެ އަށް އެހީތެރިވުމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން 3 މިލިއަން ޔޫރޯ (50.5 މިލިއަން ރުފިޔާ) ގެ ހިލޭ އެހީ ދިނުމަށް ނިންމައިފި އެވެ. އީޔޫ އިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، މި އެހީގެ ތެރޭގައި ހިމެނެނީ، ރާއްޖޭގެ ސިއްހީ ދާއިރާ އަށް ދޭ 1 މިލިއަން ޔޫރޯ (16.8 މިލިއަން ރުފިޔާ) އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ދޭ 2 މިލިއަން ޔޫރޯ (33.7 މިލިއަން ރުފިޔާ) ގެ […]

ޝިއުނާ އާދަމް
މަކުނުދޫންވެސް ދަނޑުވެރިކަަމަށް ބިން ދޫކުރަނީ

މަކުނުދޫންވެސް ދަނޑުވެރިކަަމަށް ބިން ދޫކުރަނީ

ކޮވިޑް -19 ރޯގާ އާއި ގުޅިގެން ދަނޑުވެރިކަމުގެ އުފެއްދުންތައް އިތުރުކުރުމުގެ މަޤްޞަދުގައި ހދ. މަކުނުދޫއިން ވަގުތީ ދަނޑުބިންތަކެއް ދޫކުރުމަށް އެރަށު ކައުންސިލުން ވަނީ ނިންމައިފިއެވެ. އެގޮތުން އެރަށުގެ ކޮންމެ ގޭބިސީއަކަށް ދަނޑުވެރިކަމަށް ވަގުތީ ބިމެއް ދޫކުރަން ނިންމާފައިވާއިރު، އެބިންތައް ދޫކުރެވޭނީ އެއްވެސް ކުއްޔަކާއި ނުލައި 01 އަހަރު ދުވަހުގެ މުއްދަތަށް ކަމަށް މަކުނުދޫ ކައުންސިލުން ބުނެފައިވެއެވެ. އެކަމާއި ގުޅިގެން މަކުނުދޫ ކައުންސިލުން އާންމުކުރި ހާއްސަ ދެންނެވުމެއްގައި ވަނީ އެރަށުން ޓްރެކްދަނޑެ...

ޝިއުނާ އާދަމް
ގޭގައި ތިބޭ ކުދިންނަށް މިއޮތީ ”މަވެށި“

ގޭގައި ތިބޭ ކުދިންނަށް މިއޮތީ ”މަވެށި“

ކަރަންޓީނުގެ މި ދުވަސްވަރު އެންމެ ބޮޑު ބަދަލެއް އައީ ކުޑަކުދިންގެ ދިރިއުޅުމަށެވެ. އަބަދު ގޭގައި ތިބެ ފޫހިވެގެން ޝަކުވާ ކުރާ ކުޑަކުދިންނަށް މިފަހަރު މިއޮޮތީ ހައްލެކެވެ. ކުޅުމާއި ސަކަރާތްޖެހުމާ ދުރަށް، އެ ކުދިންނަށް ދެވިދާނެ ހަދިޔާ އެއް އެބަަ އޮތެވެ. ހުސައިން ޝަހުދީ އުފައްދާފައިވާ “މަވެށި” ސީރީޒްގެ މި ފަސް ފޮތަކީ ކަރަންޓީނު ދުވަސްވަރު ކުޑަކުދިންނަށް ކިޔައިދެވިދާނެ ވާހަކަ ތަކެކެވެ. އަހަރުމެންގެ ވެށީގެ ވާހަކަތައް އުފެއްދުންތެރި ގޮތަކަށް ޝަހުދީ ގެނެސްދީފައިވަނީ ފަސް ފޮތަށް ބިނާ ކޮށްފައެވެ. އެކުވެރި [...

އިބްރާހިމް އަސްވާޤް
ނޮޅިވަރަމް ކައުންސިލުންދޭ އައިޑީކާޑު ހެއްދުމުގެ ޚިދުމަތް މެދުކަނޑާލައިފި

ނޮޅިވަރަމް ކައުންސިލުންދޭ އައިޑީކާޑު ހެއްދުމުގެ ޚިދުމަތް މެދުކަނޑާލައިފި

ހދ. ނޮޅިވަރަމް ކައުންސިލުން ދެމުންދިޔަ އައިޑީކާޑު ހެއްދުމުގެ ޚިދުމަތް މެދުކަނޑާލައިފިއެވެ. އެކަމާއި ގުޅިގެން ނޮޅިވަރަމް ކައުންސިލުން އާންމު ކުރި އެންގުމެއްގައި ބުނެފައިވަނީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ސަރުކާރުން މުހިންމު ފިޔަވަޅުތަކެއް އަޅުވަމުން ގެންދަވާ މިދަނޑިވަޅުގައި އައިޑީކާޑު ހެދުމުގެ ޚިދުމަތް މެދުކަނޑާލާފައި ވާކަމަށް ޑިޕާރޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން އިން އިޢުލާނު ކުރައްވާކަމަށެވެ. މިގޮތުން، އައިޑީކާޑު ނެތުމުން، އައިޑީކާޑު މެދުވެރިކޮށް ދެވޭ އެކިއެކި ޚިދުމަތްތައް...

ޔުމްނާ ޢަލީ
މާލެސިޓީގައި ހިންގި ކާފިއު އުވާލައިފި

މާލެސިޓީގައި ހިންގި ކާފިއު އުވާލައިފި

މާލެ ސިޓީގެ މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ކޮންމެ ދުވަހެއްގެ ހަވީރު 5 ން 8 އަށް ހިންގި ކާފިއު މިއަދުން ފެށިގެން ބާޠިލް ކޮށްފިއެވެ. އެޗްޕީއޭއިން ކުރި އާންމު ޢިއުލާނެއްގައި ބުނީ މާލެއާއި، ވިލިމާލެއާއި، ހުޅުމާލޭގައި، ކޮންމެ ދުވަހެއްގެ ހަވީރު 6:00 އިން ރޭގަނޑު 8:00 އަށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމަތީ މީހުން އުޅުން ހުއްޓައިލުމާއި ޕަބްލިކް ޓްރާންސްޕޯޓު (ބަހާއި ފެރީ) ގެ ޚިދުމަތް ދިނުން ހުއްޓައިލުމަށް އެންގި އެންގުން އޭޕްރީލް 9 ވަނަ […]

ޔުމްނާ ޢަލީ
ކޮވިޑް-19: މެލޭޝިޔާގައި ދިވެއްސަކު ޕޮޒިޓިވް ވެއްޖެ

ކޮވިޑް-19: މެލޭޝިޔާގައި ދިވެއްސަކު ޕޮޒިޓިވް ވެއްޖެ

މެލޭޝިޔާގައި ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާކަމަށް އެގައުމުގެ ހެލްތު މިނިސްޓްރީން ހާމަކޮށްފިއެވެ. މިއަދު މެލޭޝިޔާގެ ހެލުތު މިނިސްޓްރީއިން ހާމަ ކޮށްފައިވާ އެ ޤައުމުން ކޮވިޑް-19 އަށް މިހާތަނަށް ޕޮޒިޓިވްވީ މީހުންގެ މައުލޫމާތުތަކުގައި ދިވެއްސަކު އެ ޤައުމުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް ދައްކައެވެ. https://twitter.com/KKMPutrajaya/status/1248176707766349833?s=19 އެ މަޢުލޫމާތުތަކުން ރާއްޖެގެ އިތުރުން އަވަށްޓެރި އިންޑިއާގެ37 މީހަކުވެސް މެލޭޝިޔާގައި ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ...

ޝިއުނާ އާދަމް
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި 18 އަހަރުގެ މީހަކު ހައްޔަރުކޮށްފި

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި 18 އަހަރުގެ މީހަކު ހައްޔަރުކޮށްފި

އުމުރުން 13 އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި މީހަކު ރާއްޖޭގެ ދެކުނު ރަށަކުން ހައްޔަރުކޮށްފި އެވެ. މީޑީޔާތަކަށް މަޢުލޫމާތުދެމުން ފުލުހުން މިއަދު ބުނީ ދެކުނު ޕޮލިސް ޑިވިޝަންގެ ރަށެއްގައި 13 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލަ އިއްޔެ ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށާއި މި މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކުރީ 18 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުނެފައިވެއެވެ. ދެކުނު ޕޮލިސް ޑިވިޝަންގެ ރަށެއްގައި ޖިންސީ […]

ޝިއުނާ އާދަމް
ޓްރިވެންޑްރަމް އަދި ކޮޗިންގައި އުޅޭ ދިވެހިންނަށް ތަކެތި ފޮނުވޭނެ އިންތިޒާމް ހަމަޖައްސައިފި

ޓްރިވެންޑްރަމް އަދި ކޮޗިންގައި އުޅޭ ދިވެހިންނަށް ތަކެތި ފޮނުވޭނެ އިންތިޒާމް ހަމަޖައްސައިފި

ޓްރިވެންޑްރަމް އަދި ކޮޗިންގައި ދިރިއުޅޭ ދިވެހިންނަށް އެހީގެ ތަކެތި ހިލޭ ފޮނުވައިދެވޭނެ އިންތިޒާމްތައް ފޮރިންމިނިސްޓްރީ އިން ހަމަޖައްސައިފިއެވެ. 11 އޭޕްރީލް 2020 ވަނަ ދުވަހު ތިރިވަނަންތަޕޫރަމްއަށް މޯލްޑިވިއަން އިން ދަތުރުކުރުމަށް ހަމަޖެހިފައިވާ ފްލައިޓުގައި ދިވެހި ޢާއިލާތަކުން ފޮނުވަން ބޭނުންވާ ތަކެތި ހިލޭ ފޮނުވައިދިނުމަށް ސަރުކާރުން ވަނީ ނިންމަވާފައިކަމަށް ފޮރިންމިނިސްޓްރީ އިން ހާމަ ކުރަށްވައެވެ. އެމިނިސްޓްރީއިން ބުނީ މިއިންތިޒާމް ހަމަޖެއްސީ ކޮވިޑް-19 އާއި ގުޅިގެން ތިރިވަނަންތަޕޫރަމް އާއި ކޮޗިން...

ޝިއުނާ އާދަމް
އަންނަ ހަފްތާގައިވެސް އެމްއެމްއޭ އަދި ބޭންކުތަކުން ޚިދުމަތްދޭނީ 3 ދުވަހު

އަންނަ ހަފްތާގައިވެސް އެމްއެމްއޭ އަދި ބޭންކުތަކުން ޚިދުމަތްދޭނީ 3 ދުވަހު

ކޮވިޑް-19 އާއި ގުޅިގެން އަންނަ ހަފްތާގައިވެސް ސަރުކާރު ބަންދުކުރަން ސަރުކާރުން ނިންމާފައިވީނަމަވެސް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއާއި ބެންކުތައް 3 ދުވަހު ހުޅުވާނެކަމަށް އެމްއެމްއޭއިން ހާމަކޮށްފިއެވެ. އެމްއެމްއޭއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ 12 އިން 16 އޭޕްރިލްއަށް ސަރުކާރު ބަންދުކޮށްފައި ހުންނަ ދުވަސްތަކުގެ ތެރެއިން 13، 14 އަދި 16 އޭޕްރިލް މި ތިން ދުވަހު، ހެދުނު 9:30 އިން ފެށިގެން މެންދުރު 12:30 ގެ ނިޔަލަށް އެމްއެމްއޭއާއި ބެންކުތައް ހުޅުވާފައި ހުންނާނެކަމަށެވެ. އަދި މިގަޑިތަކުގައި މަރު...

ޔުމްނާ ޢަލީ