ކަނޑުގެ ހޮހޮޅައިގެތެރެއިން ބާކީ ދެ ޑައިވަރުންގެ ހަށިގަނޑު ނަގައިފި
ވ. އަތޮޅުގެ އަލިމަތާ ކައިރި އަށް ފީނަން ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ފަސް ޑައިވަރުންގެ ތެރެއިން، ނުނެގި އޮތް ދެ މީހުންގެ ހަށިގަނޑު މިއަދު ނަގާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ހަވާލާދީ ރޮއިޓާސް އިން ބުނެފިއެވެ. މިއާއެކު މި ހާދިސާގައި މަރުވި އެންމެން ހޯދުމުގެ މަސައްކަތް މިވަނީ ނިމުމަކަށް އައިސްފައިކަމަށް އެ ނޫހުން ވަނީ ބުނެފައެވެ. މި ހާދިސާ ހިނގާފައިވަނީ ކަނޑުގެ ފުން ކޭވްއެއްގެ ތެރޭގައި ސޮފްޓް ކޮރަލް ނުވަތަ މަޑު މުރަކަ ދިރާސާ ކުރުމަށް […]