މައި ޚަބަރަށް ދިޔުމަށް

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
ރާއްޖެއިން އިތުރު 22 މީހަކު ޕޮޒިޓިވްވެ ޖުމްލަ 1872އަށް

ރާއްޖެއިން އިތުރު 22 މީހަކު ޕޮޒިޓިވްވެ ޖުމްލަ 1872އަށް

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުރެވްވި ޓްވީޓެއްގައި ބުނެފައިވަނީ މިއަދު އިރުއޮއްސި 18:00 އާއި ހަމައަށް އިތުރު 22 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާކަމަށެވެ. މީގެ ތެރޭގައި ހިމެނެނީ 9 ދިވެހިންނާއި ބަންގްލަދޭޝްގެ 10 މީހަކާއި އިންޑިއާގެ 3 މީހެކެވެ. މިއާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 1872އަށް އިތުރު ވެފައެވެ. ✳️ COVID-19 Case Updates Confirmed an additional 22 cases of COVID-19 infections in […]

އަލީ އާދިލް
އެމްޕީ ނާޒިމް މެދުވެރި ވެގެން އަނެއްކާވެސް ލިންބާގްގެ ވެރިޔާގެ އެހީއެއް

އެމްޕީ ނާޒިމް މެދުވެރި ވެގެން އަނެއްކާވެސް ލިންބާގްގެ ވެރިޔާގެ އެހީއެއް

މެލޭޝިޔާގެ ލިންބާގް ހޯލްޑިންގެ ވެރިޔާ ވިރާ ލިން ކަ ޗޮކް ފަރާތުން ރާއްޖެއަށް 1،000 ޕީޕީއީ ކިޓު ހަދިޔާ ކޮށްފި އެވެ. މެލޭޝިޔާގެ ވިޔަފާރިވެރިޔާ ވިރާ ލިން ކަ ޗޮކް ފަރާތުން މިއެހީތެރިކަން ރާއްޖެއަށް ހަވާލުކޮށް ދެއްވީ އޭނާގެ އެކުވެރި، ދަނގެތީ ދާއިރާގެ މެމްބަރު މުޙައްމަދު ނާޒިމެވެ. ނާޒިމަކީ ލިންބަގްގެ ފައުންޑާގެ ހިއްސާ އޮވެގެން ރާއްޖޭގަައި ފަތުރުވެރިކަމުގެ ދާއިރާގައި އިންވެސްޓް ކުރުމަށް އުފައްދާފައިވާ ކުންފުންޏެއް ކަމަށްވާ ގްރޭންޑާ އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓަރެއްވެސް މެއެވެ. ސަރުކާރުގެ...

ޝިއުނާ އާދަމް
ހިޔާ މަޝްރޫއުގެ ފްލެޓްތައް އަންނަ މަހުގެ ފަހުކޮޅު ހަވާލުކުރަން ފަށަނީ

ހިޔާ މަޝްރޫއުގެ ފްލެޓްތައް އަންނަ މަހުގެ ފަހުކޮޅު ހަވާލުކުރަން ފަށަނީ

ޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ހިޔާ މަޝްރޫއުގެ 7000 ފްލެޓްތައް ލިބޭ ފަރާތްތަކާއި އެ ފްލެޓްތައް ހަވާލުކުރުމުގެ މަސައްކަތް އަންނަ މަހުގެ ފަހުކޮޅު ފެށޭނެކަމަށް ސަރުކާރުން އިއުލާންކޮށްފިއެވެ. މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމެޓީގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރ އޮފް ހައުސިންގ އެންޑް އާބަން ޑިވެލޮޕްމެންޓް އާތިފާ ޝުކޫރު ވިދާޅުވީ ކުރިއަށް އޮރް ދެހަފްތާއެއްހާ ދުވަހުގެ ތެރޭގައި ފްލެޓް ލިބޭ ފަރާތްތަކުގެ ލިސްޓް އިއުލާން ކުރެވޭވަރު ވާނެކަ...

ޔުމްނާ ޢަލީ
ހަނދުކޭތަ ނަމާދު ކުރުން މާދަމާ ރޭ 00:15 ގައި

ހަނދުކޭތަ ނަމާދު ކުރުން މާދަމާ ރޭ 00:15 ގައި

ރާއްޖޭގެ ހުރިހާ ރަށެއްގައި ހަނދުކޭތަ ނަމާދު ކުރުން މާދަމާ ރޭ 22:45 ގައި އޮންނާނެކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން ބުނެފިއެވެ. އިސްލާމިކް މިނިސްޓްރީން ނެރުނު ސާރކިއުލައެއްގައި ބުނެފައިވަނީ މާދަމާ ރޭ ރާއްޖޭގެ ގަޑިން 22:45 އިން ފެށިގެން ފަނޑު ހިޔަނީގެ ހަނދުކޭތައެއް ހިފާނެކަމަށާއި މި ހަނދުކޭތަ ހިފަންފަށާނީ 22:45 ގައި ކަމަށާއި އަދި ހަނދުކޭތަ އެންމެ ބޮޑަށް ހިފާފައި ހުންނާނީ، އެރޭގެ މެންދަމު 00:24 ގައި ކަމަށާއި ހަނދުކޭތަ ވީއްލާނީ އެރޭ މެންދަމު 02:04 ގައި […]

އިބްރާހިމް އަސްވާޤް
އެމްޓީސީސީ ކަށަވަރު ޝޯރޫމްގެ ޚިދުމަތް މިހާރު ލިބޭނެ

އެމްޓީސީސީ ކަށަވަރު ޝޯރޫމްގެ ޚިދުމަތް މިހާރު ލިބޭނެ

ކޯވިޑް-19 ގެ ސަބަބުން މާލެ ސަރަހައްދު ފުރަބަންދު ކުރުމުން މެދުކަނޑާލަން ޖެހުނު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ކަށަވަރު ޝޯރޫމްގެ ޚިދުމަތްތައް އަލުން ފަށައިފިއެވެ. ފުރަބަންދުގެ ސަބަބުން އެމްޓީސީސީ ކަށަވަރު ޝޯރޫމްގެ ޚިދުމަތް ވަގުތީގޮތުން ކަސްޓަމަރުންނަށް މެދުކަނޑާލި ނަމަވެސް ފުރަބަންދުގެ ތެރޭގައިވެސް އެ ޝޯރޫމުން ވަނީ ޑެލިވަރީގެ ހިދުމަތް ކަސްޓަމަރުންނަށް ފޯރުކޮށްދީފައެވެ. އެ ޝޯރޫމު މި ޖޫން މަހުގެ 13 ވަނަ ދުވަހާއި ހަމައަށް ހުޅުވަން ހަމަޖައްސާފައިވާ ގަޑި ތަކަކީ ހ...

ޔުމްނާ ޢަލީ
ލޯތްބާއިއެކު ކެމްޕޭނަށް 4.7 މިލިއަން ރުފިޔާގެ ބޮޑު ތަރްޙީބެއް!

ލޯތްބާއިއެކު ކެމްޕޭނަށް 4.7 މިލިއަން ރުފިޔާގެ ބޮޑު ތަރްޙީބެއް!

ބަރަކާތްތެރި ރަމަޟާން މަހާއި ދިމާކޮށް އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އިން ކުރިޔަށް ގެންދިޔަ ލޯތްބާއިއެކު 2020 ޕެންޑެމިކް ރިލީފް ކެމްޕޭން ކާމިޔާބު ކަމާއިއެކު ނިންމާލައިފިއެވެ. ޖުމުލަ 4.7 މިލިއަން ރުފިޔާގެ އެހީ ލިބިފައިވާ ލޮތްބާއިއެކު ކެމްޕޭން ކާމިޔާބުކަމާއި އެކު ނިންމާލާފައިވަނީ ޝައްވާލް މަހުގެ 6 ރޯދައަށް ފަހުއެވެ. އައިއޭސީއިން މަޢުލޫމާތުދޭގޮތުގައި ޑޮނޭޝަންގެ ގޮތުގައި 4.7 މިލިއަން ރުފިޔާ ލިބިފައިވަނީ ދުނިޔޭގެ 6 ސަރަހައްދެއްގެ ނިކަމެތިންނަށް އެއް މަސް ދުވަހައަށް ވާވަރަށް ކާބޯތަކެތީގެ އެ...

އިބްރާހިމް އަސްވާޤް
އަމާޒު ބޯޓުގެ ދަތުރުތައް އަލުން ފަށައިފި

އަމާޒު ބޯޓުގެ ދަތުރުތައް އަލުން ފަށައިފި

އަމާޒު ބޯޓުގެ ކެޕްޓަން ކޯވިޑް-19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެން ދަތުރުތައް މެދުކަނޑާލި ށ. ނަރުދޫ އަމާޒު ބޯޓުގެ ދަތުރުތައް އަލުން ފަށައިފިއެވެ. އާންމު ހާލަތަށް ބަދަލުވުމުން އެ ބޯޓުގެ ދަތުރުތައް މާލެއަށް ފަށާފައިފަނީ އިއްޔެއެވެ. ނަރުދޫ ކައުންސިލް މެމްބަރު މުޙައްމަދު ނިޒާރު “ތިލަދުން” އަށް ބުނީ އަމާޒު ބޯޓުގެ ދަތުރުތައް އަލުންފެށީ ކަމާބެހޭ އިދާރާތަކުގެ އިރުޝާދު ހޯދުމަށް ފަހުގައި ކަމަށެވެ. އަމާޒު ބޯޓުގެ ކެޕްޓަން ކޯޑަށް ޕޮޒިޓިވްވިކަން އެނގުނީ 25 އޭޕްރިލް 2020 ވަނަ ދުވަހުއެވެ. އެ […]

ޔުމްނާ ޢަލީ
މީމްސް ތަ؟ ޓިކްޓޮކް ތަ؟

މީމްސް ތަ؟ ޓިކްޓޮކް ތަ؟

ލޮކްޑައުންގައި މިހެން ތިބޭއިރު ހާވާނުލާ އެއްޗެއް މަދުވާނެއެވެ. އެއްދުވަހު ޔޫޓިއުބުގައި ހޭދަ ކޮށްލާއިރު ޖެހިގެން އަންނަ ދުވަހު ހާކާނި ފޮތް އަލަމާރިއެވެ. ކިޔާލަން ރަނގަޅު ފޮތެއް އަތުޖެހޭތޯއެވެ. ލިޔުންގަނޑު ދިގު ކަމުން ފޫހިވެގެން ފޮތް އޮތްތަނުގައި ބާއްވާފައި ފޯނާއި ކުޅެން ފެށޭ ދުވަސްތައް ހައްތަހާ ވީ ގިނައެވެ. ގޭގައި ވައި ވެގެން ތިބެން ޖެހުމުން ބޮޑަށް ސާރޗް ކޮށްލެވެނީ މަޖާއެއްޗެއް ފެނޭތޯއެވެ. ހަމަ ކުއްލިއަކާ ރައްޓެއްސެއް ޓެގްކޮށްލަފާނެއެވެ. ބަލާލާއިރު އޮންނާނި ދުވަސްވަރާއި ގުޅޭ މަޖާ މީމްސެކެވެ. ދެން...

އަލީ އިބްރާހިމް
ރިޔާސީ ވައުދުތައް ފުއްދުމުގެ މަސައްކަތްތައް ވަރަށް ބާރަށް ކުރިއަށްދޭ: ޓްރާންސްޕޯޓް މިނިސްޓަރ

ރިޔާސީ ވައުދުތައް ފުއްދުމުގެ މަސައްކަތްތައް ވަރަށް ބާރަށް ކުރިއަށްދޭ: ޓްރާންސްޕޯޓް މިނިސްޓަރ

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުތަކުގެ ތެރެއިން ޓްރާންސްޕޯޓް ދާއިރާއިން ވައުދު ފުއްދުމުގެ މަސައްކަތްތައް ވަރަށް ބާރަށް ކުރިއަށްދާކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ މިރޭ ވިދާޅުވެއްޖެ އެވެ. ކޯވިޑް-19 ގެ ހާލަތުގައި މަސައްކަތްތައް ތަރުތީބު ކުރެވިފައިވާ ގޮތާއި ގޮންޖެހުންތަކާ ބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން މިރޭ ބޭއްވި ވާޗުއަލް ބައްދަލުވުމެއްގައި ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސް...

ޔުމްނާ ޢަލީ
ހއ ކެލާއިން މަސްތުވާތަކެއްޗާއިއެކު މީހަކު ހައްޔަރުކޮށްފި

ހއ ކެލާއިން މަސްތުވާތަކެއްޗާއިއެކު މީހަކު ހައްޔަރުކޮށްފި

ހއ ކެލާއިން މަސްތުވާތަކެއްޗާއިއެކު 30 އަހަރުފެ ފިރިހެނަކު ހައްޔަރުކޮށްފި އެވެ. ޕޮލިސް އިންޓެލިޖެންސްއާއި ހއ ކެލާ ޕޮލިސް ގުޅިގެން، މަސްތުވާތަކެއްޗާއި ދެކޮޅަށް މިރޭ އިރާކޮޅު 19:45 ހާއިރު ހިންގި އޮޕަރޭޝަންއެއްގައި މަސްތުވާތަކެތި ކަމަށް ބެލެވޭ ބުލެޓް ސައިޒް ޕެކެޓްއަކާއި އެކު 30 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުންވަނީ ބުނެފައެވެ. ފުލުހުން ބުނީ އޭނާ ހައްޔަރު ކޮށްފައިވަނީ، އޭނާ މަސްތުވާތަކެތި ގެންގުޅޭކަމަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ކަމަށާއި އެމައްސަލަ އިތުރަށް ތަޙްޤީގު ކު...

އަލީ އާދިލް
ނައިބު ރައީސް ހިތްވަރު ދެއްވުމުން އަޝްހަމަށް އިތުރު ހިތްވަރެއް!

ނައިބު ރައީސް ހިތްވަރު ދެއްވުމުން އަޝްހަމަށް އިތުރު ހިތްވަރެއް!

ރާއްޖޭގައި އަމިއްލައަށް ވެންޓިލޭޓަރެއް އުފެއްދި އެންމެ އުމުރުން ހަގު ޒުވާނާގެ ގޮތުގައި ދިވެހި ތާރީޚުގެ ތެރެއިން ފަޚުރުވެރި ޖާގައެއް ހޯދާފައިވާ ށ. ގޮއިދޫއަށް އުފަން، އުމުރުން 19 އަހަރުގެ އަހްމަދު އަޝްހަމަށް ދިވެހިރާއްޖޭގެ ނައިބު ރައީސް ފައިޞަލް ނަސީމް ގުޅުއްވައި ހިތްވަރު ދެއްވައިފިއެވެ. އަޝްހަމް “ތިލަދުން” އަށް ބުނީ ރޭގައި ނައިބު ރައީސް އަޝްހަމަށް ގުޅުމުން ލިބިގެން ދިޔައީ ހައިރާން ކަމާއި، އުފާވެރިކަން ކަމަށެވެ. އަދި ނައިބު ރައީސް އަޝްހަމްގެ މަސައްކަތަށް ހިތްވަރުދެއްވުން ވެގެން ދިޔައީ ކުރިމަގަށް އ...

ޝިއުނާ އާދަމް
ދަރިވަރުންނަށް އޮންލައިންކޮށް ކިޔަވައިދޭން ފެށުމުގެ ކުރިން މިކަންކަމަށް ވިސްނާލެއްވުން މުހިއްމު

ދަރިވަރުންނަށް އޮންލައިންކޮށް ކިޔަވައިދޭން ފެށުމުގެ ކުރިން މިކަންކަމަށް ވިސްނާލެއްވުން މުހިއްމު

ކޮރޯނާ ވައިރަސްގެ ސަބަބުން މިއަދު މިވަނީ އަޅުގަނޑުމެން ދިރިއުޅުމުގައި ވަރަށް މުހިއްމު ގިނަ ކަންތައްތައްކެއް ހުއްޓި، އަދި އޭގެ ބަދަލުގައި އެހެން ގޮތްގޮތުން އެކަންކަން ކުރެވޭނެ މަގުހޯދަން މަޖުބޫރުވެފައެވެ. ސްކޫލުތަކަށް ދަރިވަރުން ގެންގޮސް ކިޔަވައިދިނުންވެސް މެއެވެ. ކިޔަވައި ނުދެވި ދަރިވަރުން ގޭގައި ތިބޭތާ އެތައް މަހެއް ފާއިތުވެގެން ގޮސްފައިވާއިރު، ކަމާބެހޭ އިދާރާތަކުން ދަނީ މިކަމުގައި ދެން ކަންކުރެވޭނެ ގޮތަކީ ކޮބާއިތޯ ބަލާއި އެގޮތަކަށް މަސައްކަތް ކުރަމުންނެވެ. މިކުޑަ ކުޑަ ދިވެހިރާއްޖޭގައިވެސް މިވަ...

އަބްދުލް މުޙައްމަދު
ޚިޔާލު ފާޅުކުރި މީހެއްގެ ވަޒީފާ ގެއްލިއްޖެ

ޚިޔާލު ފާޅުކުރި މީހެއްގެ ވަޒީފާ ގެއްލިއްޖެ

ރައީސް އިބްރާހީމް މުހައްމަދު ޞާލިޙަށާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް މީސް މީޑިއާގައި ފާޑުކިޔައި އަބުރާ ބެހޭ ކަމަށް ބުނެ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ދަށުން ހިންގަމުން އަންނަ ހިތަދޫ ޕޯޓް ލިމިޓެޑް (އެޗްޕީއެލް) ގެ މުވައްޒަފަކު ވަޒީފާ އިން ވަކިކޮށްފި އެވެ. އޭނާ ވަޒީފާއިން ވަކިކުރިކަން އަންގާ ފުރަތަމަ ފޮނުވި ޗިޓުގައި، ވަޒީފާއިން ވަކިކުރި ސަބަބެއް ކަމުގައި ބުނެފައި ވަނީ ރައީސުލްޖުމްހޫރިއްޔާއަށާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ އަބ...

އަލީ އާދިލް
މެމްބަރު ޝިޔާމުގެ ދިފާއުގައި ނައިފަރުގައި އަޑު އުފުލައި

މެމްބަރު ޝިޔާމުގެ ދިފާއުގައި ނައިފަރުގައި އަޑު އުފުލައި

ކައުންސިލްތަކުގެ ދައުރު ދަންމާލަން ހޯމަ ދުވަހުގެ ރޭ ބޭއްވި މަޖިލިސް ޖަލްސާގައި ހިނގި ހަމަނުޖެމުގައި ނައިފަރު ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު ޝިޔާމަށް އެމްޑީޕީގެ މަޖިލިސް މެމްބަރުން ތަކެއް އަނިޔާކޮށްފައި ވާކަމަށް ބުނާ މައްސަލާގައި ޝިޔާމް ނިސްބަތްވެ ވަޑައިގަންނަވާ ނައިފަރުގައި އަޑުއުފުލައިފިއެވެ. ހޯމަ ދުވަހުގެ ބޭއްވި މަޖިލިސްގެ 2020 ވަނަ އަހަރުގެ 2 ވަނަ ދައުރުގެ 2 ވަނަ ޖަލްސާ ފެއްޓެވުމާއި އެކު، ރިޔާސަތުގައި އިންނެވި މަޖިލިސް ރައީސް، ރައީސް މުޙައްމަދު ނަޝީދު ދެއްކެވި ވާހަކާފުޅުގައި ގާނޫނު […]

އަލީ އާދިލް
އަޔަލޭންޑުގެ ބޮޑުވަޒީރާއި ރައީސް މަޝްވަރާ ކުރައްވައިފި

އަޔަލޭންޑުގެ ބޮޑުވަޒީރާއި ރައީސް މަޝްވަރާ ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް، އަޔަރލޭންޑުގެ ބޮޑުވަޒީރު ލިއޯ ވަރަޑްކާ އާއި ކޯވިޑު-19 އާއި ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފިއެވެ. ރައީސް ސޯލިހް ބޮޑުވަޒީރު ލިއޯ އާއި މަޝްވަރާ ކުރެއްވީ މިއަދު މެންދުރުފަހުން ފޯނުންނެވެ. އަދި ރާޢްޖޭގެ ހާލަތު ހިއްސާ ކުރައްވައި، މިހާރު ރާއްޖޭގައި މަރުވި މީހުންގެ އަދަދާއި ބަލި ޖެހުނު މީހުންގެ އަދަދުގެ ތަފްސީލު ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ބަލިން ފަސޭހަވާ މީހުންގެ ޢަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނައިރު ދުވާލެއްގެ މައްޗަށް ބަލިޖެހޭ […...

ޔުމްނާ ޢަލީ