މައި ޚަބަރަށް ދިޔުމަށް

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
ކުށެއްގެ ތުހުމަތު ކުރެވޭ ބަންގްލަދޭޝް މީހެއް ތަހުގީގަށް ހާޒިރުވާން އަންގައިފި

ކުށެއްގެ ތުހުމަތު ކުރެވޭ ބަންގްލަދޭޝް މީހެއް ތަހުގީގަށް ހާޒިރުވާން އަންގައިފި

އުމުރުން 18 އަހަރު ނުފުރޭ ކުޑަކުއްޖަކާމެދު ބަދުއަޚުލާޤީ އަމަލު ހިންގާފައިވަކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ތަހުގީގަށް ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގި ފިލައިގެން އުޅޭ ބަންގްލަދޭޝް މީހެއް ތަހުގީގަށް ހާޒިރުވާން އަންގައި، އެކަން ފުލުހުން ޢިއުލާން ކޮށްފިއެވެ. އެމީހާ ތަހުގީގަށް ހާޒިރުވާން އަންގައި ފުލުހުން މިއަދު ކުރި ޢިއުލާންގައި ބުނީ އައްޑޫ ސިޓީ ޕޮލިހުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވާ ކަމަށެވެ. މިމައްސަލައާއި ގުޅިގެން ފުލުހުން ފޮޓޯ...

ޔުމްނާ ޢަލީ
ފިއްލަދޫން މަސްތުވާ ތަކެއްޗާއިއެކު މީހަކު ހައްޔަރުކޮށްފި

ފިއްލަދޫން މަސްތުވާ ތަކެއްޗާއިއެކު މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ހއ. ފިއްލަދޫއިން މަސްތުވާ ތަކެއްޗާއިއެކު މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ އެމީހާ ހައްޔަރުކުރީ ހއ. ދިއްދޫގައި މަސައްކަތްކުރާ ފުލުހުންނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. ފިއްލަދޫގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި ޖޫން މަހުގެ 23 ވަނަ ދުވަހުގެ 12:35 އެހާކަންހާއިރު ހިންގި އޮޕަރޭޝަނެއްގައި ހައްޔަރ...

ޔުމްނާ ޢަލީ
ޖަލުތަކުގެ ޖާގައަށް ވުރެ ގައިދީން ތިބި ޢަދަދު އިތުރު: ހޯމް މިނިސްޓަރު

ޖަލުތަކުގެ ޖާގައަށް ވުރެ ގައިދީން ތިބި ޢަދަދު އިތުރު: ހޯމް މިނިސްޓަރު

ރާއްޖޭގެ ޖަލުތަކުގައި ހުރި ޖާގަތަކަށްވުރެ 40 އިންސައްތަ އިތުރަށް ޖަލުތަކުގައި ގައިދީން އެބަތިބިކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލިސްގެ މިއަދުގެ ޖަލްސާގައި އެޖެންޑާ ކޮށްފައިވާ ހޯމް މިނިސްޓަރާއި ސުވާލު ކުރުމުގެ ވަގުތުގައި ރާއްޖޭގެ ޖަލުތަކުގެ އާބާދީ އާއި ޖަލުތަކުގެ މިހާރުގެ ހާލަތާއި ގުޅޭގޮތުން މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަޙްމަދު ހައިތަމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުން ރާއްޖޭގ...

ޝިއުނާ އާދަމް
ސަފީރުން ކަނޑަައެޅުމަށް ފޮނުވި ނަންތައް ކޮމެޓީއަށް

ސަފީރުން ކަނޑަައެޅުމަށް ފޮނުވި ނަންތައް ކޮމެޓީއަށް

ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ދ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ބޭރު ޤައުމުތަކަށް ރާއްޖެއިން ސަފީރުން ކަނޑައެޅުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލިސްއަށް ފޮނުއްވާފައިވާ ނަންތައް ދިރާސާ ކުރުމަށް މަޖިލީހުގެ ގައުމީ ސަލާމާތާއި ޚާރިޖީ ގުޅުންތަކާއި ބެހޭ ކޮމިޓީއަށް ފޮނުވައިފިއެވެ. މިނަންތައް ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވީ މިއަދު އޮތް މަޖިލީހުގެ 2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 11 ވަނަ ޖަލްސާގައެވެ. މިމައްސަލައިގެ ދަށުން 5 ސަފީރެއް ކަނޑައެޅުމަށް ރައީސުލް ޖުމްހޫރިއްޔާވަނީ މަ...

ޝިއުނާ އާދަމް
ވީއެސްއާރްސީ ވޮލީ މުބާރާތް މިއަހަރު ނުބާއްވަން ނިންމައިފި

ވީއެސްއާރްސީ ވޮލީ މުބާރާތް މިއަހަރު ނުބާއްވަން ނިންމައިފި

ހދ. ފިނޭގެ އަމިއްލަ ޖަމުއިއްޔާ އެއް ކަމަށްވާ ވައި ސްޕޯޓްސް އެންޑް ރެކްރިއޭޝަންއިން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ވޮލީބޯޅަ މުބާރާތް މިއަހަރު ނުބާއްވަން އެ ޖަމުއިއްޔާއިން ނިންމައިފިއެވެ. އެ ޖަމިއްޔާގެ ރައީސް މުޙައްމަދު ޝިހާމް ސޮއިކުރައްވާ ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ދުނިޔޭގައި ފެތުރެމުންދާ ކޯވިޑް19 އާއި ގުޅިގެން ރާއްޖޭގެ އިޤްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައި ވުމުންނާއި ކަމާބެހޭ ފަރާތްތަކުން އެއްތަނަކަށް އެއްވެ ނޫޅުމަށާއި ޢިޖްތިމާއީ ގައިދުރުކަން ދެމެހެއްޓުމަށް އިލްތިމާސްކ...

ޖަލްވާން ޖާދުﷲ
ނޭކުރެންދޫ ޖަލު މިދައުރުގައި ނިމޭނެ: ހޯމް މިނިސްޓަރ

ނޭކުރެންދޫ ޖަލު މިދައުރުގައި ނިމޭނެ: ހޯމް މިނިސްޓަރ

ކޯވިޑް19 އާއި ގުޅިގެން ނޭކުރެންދޫގައި އެޅުމަށް ހަމަޖެހިފައިވާ ޖަލުގެ މަސައްކަތް ހުއްޓިފައިވީ ނަމަވެސް، އަލުން މަސައްކަތް ފަށައި މިދައުރުގެ ތެރޭގައި އެރަށުގައި ޖަލެއް އަޅާނެކަމުގައި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ. ހދ.ނޭކުރެންދޫގައި އެޅުމަށް ހަމަޖެހިފައިވާ ޖަލުގެ މަސައްކަތް ކުރިއަށް ނުގޮސް ހުއްޓިފައިވުމާއި ގުޅޭގޮތުން މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ، ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އާއި ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ، މިޖަލަކީ ރައީސުލްޖުމްހޫރިއްޔ...

ޔުމްނާ ޢަލީ
ދުލާ ކަރު ތަލިން ކުޅު މަގޭ ހިކި ދަނިއްޔޭ

ދުލާ ކަރު ތަލިން ކުޅު މަގޭ ހިކި ދަނިއްޔޭ

“ދުލާ ކަރު ތަލިން ކުޅު މަގޭ ހިކި ދަނިއްޔޭ ތުރާ ހިތްމަ ކޮށްފާ އަދަން ނެތި ދަނިއްޔޭ” އިހުގެ ދިވެހި ފަރިހި ފަރިއްސަކީ ގިނަ ފަހަރަށް އެހެދި މީހެއް ސާފުކޮށް އެނގޭ އެއްޗެއްސެއް ނޫނެވެ. އެގޮތަށް އެކަން ދިމާވާން މެދުވެރިވާ ބައިވަރު ސަބަބުތައް ވެސް ހުރެއެވެ. ދިވެހީންގެ މަޝްހޫރު ފަރިއްސެއް ކަމުގައިވާ “ދުލާ ކަރު ތަލިން ކުޅު މަގޭ ހިކި ދަނިއްޔޭ. ތުރާ ހިތްމަ ކޮށްފާ އަދަން ނެތި ދަނިއްޔޭ” ގެ އަސްލު ފަރިއްސާ މެދުގައި ވެސް  […]

އަޙްމަދު ސާލިމް
ބްރެޒިލްގެ ރައީސް، މާސްކު އަޅުއްވަން ކޯޓުން އަމުރުކޮށްފި

ބްރެޒިލްގެ ރައީސް، މާސްކު އަޅުއްވަން ކޯޓުން އަމުރުކޮށްފި

ބްރެޒިލްގެ ރައީސް ޖައިރު ބޮލްސެނާރޯ އާންމުންގެ ތެރެއަށް ނުކުންނަވާއިރު މާސްކު އެޅުއްވުމަށާއި، އެގޮތަށް މާސްކު ނާޅުއްވާ ނަމަ ޖޫރިމަނާއާއި ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާނެ ކަމަށް ބްރެޒިލްގެ ވެރިރަށް ބްރެސީލިއާގެ މަރުކަޒީ ފަނޑިޔާރަކު، ބްރެޒިލްގެ ރައީސަށް އަމުރު ކުރައްވައިފިއެވެ. ފަނޑިޔާރު ރިނާޓޯ ކޮއެލްހޯ ބޮރެއްލީ، ރައީސްގެ މައްޗަށް ކުރެއްވި އަމުރުގައިވަނީ، ވެރިރަށް ބްރެސީލިއާގައި ގެއިން ބޭރަށް، އާންމުންގެ ތެރެއަށް ނުކުމެވަޑައިގަންނަވާއިރު ފޭސްމާސްކް އަޅުއްވައިގެން ނުކުމެވަޑައި ގަތުމަށެވެ. އެ އ...

ހުސައިން ހަބީބް
ފަތުރުވެރިކަން އަލުން ފަށާއިރު ވަޒީފާ ގެއްލުނު މީހުންނަށް އިސްކަންދޭން އިލްތިމާސްކޮށްފި

ފަތުރުވެރިކަން އަލުން ފަށާއިރު ވަޒީފާ ގެއްލުނު މީހުންނަށް އިސްކަންދޭން އިލްތިމާސްކޮށްފި

ކޯވިޑް-19 ގެ ހާލަތުގެ ސަބަބުން، ރާއްޖޭގެ ބޯޑަރު ބަންދުކުރުމާއި ގުޅިގެން ހުއްޓުމަކަށް އައިސްފައިވާ ފަތުރުވެރިކަން އަލުން ފަށާއިރު، ކޯވިޑް-19 އާއި ގުޅިގެން ވަޒީފާ ގެއްލުނު ނުވަތަ ވަޒީފާއިން ސަސްޕެންޑްކުރި މުވައްޒަފުންނަށް އިސްކަންދިނުމަށް ފަތުރުވެރިކަމުގެ ޚިދުމަތްދޭ ހުރިހާ ތަންތަނަށް ޓޫރިޒަމް މިނިސްޓްރީއިން އިލްތިމާސްކޮށްފިއެވެ. ރާއްޖޭގެ ފަތުރުވެރިކަމާއި ބެހޭ މިނިސްޓްރީއިން މިގޮތަށް އިލްތިމާސްކުރީ ފަތުރުވެރިކަމުގެ ޚިދުމަތްދޭ ހުރިހާ ތަންތަނަށް ފޮނުއްވި ސަރކިއުލަރ އަކުންނެވެ. ކޯވިޑް-19 އާ ގުޅިގެން ރ...

ޔުމްނާ ޢަލީ
ޕްރޮފެޝަނަލްކޮށް ޣައިރު ޤާނޫނީ އެއްވުންތައް ރޫޅާލެވޭނެ ޤާބިލުކަން ފުލުހުންގެ ކިބައިގައި ހުއްނަތަން ދެކެން ބޭނުން: މިނިސްޓަރ

ޕްރޮފެޝަނަލްކޮށް ޣައިރު ޤާނޫނީ އެއްވުންތައް ރޫޅާލެވޭނެ ޤާބިލުކަން ފުލުހުންގެ ކިބައިގައި ހުއްނަތަން ދެކެން ބޭނުން: މިނިސްޓަރ

އިންސާނީ ކަރާމަތަށް އިސްކަންދީގެން ޕްރޮފެސަނަލްކޮށް ޣައިރު ޤާނޫނީ އެއްވުންތައް ރޫޅާލެވޭނެ ޤާބިލުކަން ފުލުހުންގެ ކިބައިގައި ހުއްނަތަން ދެކެން ބޭނުންވާކަމަށް ހޯމް މިނިސްޓަރު އިމްރާން ޢަބުދު ﷲ ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިންސާނީ ކަރާމަތަށް އިސްކަންދީގެން ޕްރޮފެސަނަލްކޮށް ޣައިރު ޤާނޫނީ އެއްވުންތައް ރޫޅާލެވޭނެ ޤާބިލުކަން ފުލުހުންގެ ކިބައިގައި ހުއްނަތަން ދެކެން ބޭނުންވާކަމަށެވެ. އަދި ފުލުހުއްނަށް ދެވޭ ތަޢުލީމާއި ތަމްރީން ތަކުގެ ތެރެއިން ކުރިޔަށް އޮތްތާގައި އެކަނ...

ޝިއުނާ އާދަމް
މެކްސިކޯއަށް 7.4 ބާރުގަދަ ބިންހެލުމެއް އައުމާއިއެކު ސުނާމީގެ އިންޒާރު ނެރެފި

މެކްސިކޯއަށް 7.4 ބާރުގަދަ ބިންހެލުމެއް އައުމާއިއެކު ސުނާމީގެ އިންޒާރު ނެރެފި

މެކްސިކޯއަށް 7.4 މެގްނިޓިއުޑުގެ ބާރުގަދަ ބިންހެލުމެއް އައުމާއިއެކު ސުނާމީގެ އިންޒާރު ނެރެފިއެވެ. މި ބިނއހެލުން އައިސްފައިވަނީ މެކްސިކޯގެ ދެކުނުގައި އޮންނަ ސަންޓާ މާރިއާ ހުއަޓުލްކޯ ސަހަރުގެ ބިމު އަޑިން 32 ކިލޯމީޓަރު އަޑިއަށް 7.4 މެގްނިޓިއުޑުގައި ކަމަށް ޔޫއެސް ޖިއޮލޮޖިކަލް ސާވޭ އިން ބުނެފައިވެއެވެ. އެންމެ ފުރަތަމަ މި ބިންހެލުން ރިޕޯޓުކޮށޤފައިވަނީ  7.7 މެގްނިޓިއުޑްގެ ބާރުމިނުގައެވެ. ނަމަވެސް ފަހުން ވަނީ މިއަދަދު ދަށްކޮށްފައެވެ. މި ބިންހެލުން އައި ސަރަހައްދުން ވަށައިގެން 1000 ކިލޯމީޓަށް ސަރަހައްދަށް...

ޔުމްނާ ޢަލީ
ކައުންސިލް އިންތިހާބުގައި ވާދަކުރާ ފަރާތްތަކުން ނަން ނެގުމުގެ ފުރުޞަތު ހުޅުވާލައިފި

ކައުންސިލް އިންތިހާބުގައި ވާދަކުރާ ފަރާތްތަކުން ނަން ނެގުމުގެ ފުރުޞަތު ހުޅުވާލައިފި

ފަސްކޮށްފައިވާ ލޯކަލް ކައުންސިލް އިންތިހާބަށް ނަން ހުށަހެޅި ކެނޑިޑޭޓުންގެ ތެރެއިން ނަން އަނބުރާ ގެންދިއުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުސަތު މިއަދުން ފެށިގެން ހުޅުވާލައިފި އެވެ. އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ނެރުނު އިއުލާނުގައި ބުނީ އޭޕްރީލް 4 ވަނަ ދުވަހު ބޭއްވުމަށް ކުރިން ނިންމި ލޯކަލް ކައުންސިލް އިންތިހާބުގައި ލޯކަލް ކައުންސިލްތަކާއި އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް ވާދަކުރުމަށް ފޯމު ހުށަހެޅި ކެނޑިޑޭޓުންގެ ތެރެއިން ނަން އަނބުރާ ނެގުމަށް ބޭނުންވާ ފަރާތްތަކަށް އެފުރު...

ޔުމްނާ ޢަލީ
ފަލަސްތީނު ރައްޔިތުންގެ ހައްޤުތައް ހިމާޔަތްކުރުމަށް ރާއްޖެއިން ގޮވާލައިފި

ފަލަސްތީނު ރައްޔިތުންގެ ހައްޤުތައް ހިމާޔަތްކުރުމަށް ރާއްޖެއިން ގޮވާލައިފި

ފަލަސްތީނު ރައްޔިތުންގެ ހައްޤުތައް ހިމާޔަތްކުރުމަށް މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާޙިދު ގޮވާލައްވައިފި އެވެ. މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާޙިދު މިހެން ގޮވާލެއްވީ ފަލަސްތީނުގެ ރެފިއުޖީންނާ ބެހޭ އދގެ އެޖެންސީ، “ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވަރކްސް އެޖެންސީ ފޮރ ޕަލަސްޓައިން ރެފިއުޖީސް އިން ދަ ނިއަރ އީސްޓް” (އަންރުވާ) އަށް ފަންޑު ހޯދުމާ ބެހޭ ވަޒީރުންގެ ފެންވަރުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ. ވަރޗުއަލްކޮށް ބޭއްވި މި ބައްދަލުވުމުގެ ރިޔާސަ...

ޔުމްނާ ޢަލީ
ހާލުގައިި ޖެހިފައިވާ ކުދިންނަށް ތަޢުލީމް ދިނުމުގެ މާތް ފުރުސަތެއް!

ހާލުގައިި ޖެހިފައިވާ ކުދިންނަށް ތަޢުލީމް ދިނުމުގެ މާތް ފުރުސަތެއް!

ފާއިތުވެގެންދިޔަ 9 އަހަރުގެ ތެރޭގައި ސީރިއާގައި ހިނގަމުންދާ ހަމަނުޖެހުމުގެ ތެރޭގައިތަޢުލީމުގެ އަސާސީ ޙިދުމަތުން މަޙްރޫމްވެފައި ތިބި އެތައް ހާސް ކުދިންނެއް ސީރިއާގައި ދިރިއުޅެމުންދެއެވެ. މިފަދަ ކުދިންނަށް ތަޢުލީމް ފޯރުކޮށްދިނުމުގެ މަގްސަދުގައި އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) ގެ އިސްނެގުމުގެ ދަށުން ދިވެހި ރައްޔިތުންގެ އެހީތެރިކަމާއިއެކު އަލޫކާ ނަމަކަށް ކިޔާ ސްކޫލެއް ސީރިއާގެ އިދްލީބުގައި ވަނީ ހުޅުވާފައިވެއެވެ. އެކި އުމުރުފުރާގެ ކުދިންނަށް ތަޢުލީމް ފޯރުކޮށްދޭ މި ބިންގާގައިމިވަގުތުވެސް 249...

އަލީ އާދިލް
ގެސްޓްހައުސްއެއްގައި ކުޑަކުއްޖަކު ރޭޕްކުރިކަމަށް ތުޙުމަތު ކުރެވޭމީހާ ޝަރީޢަތް ނިމެންދެން ބަންދު

ގެސްޓްހައުސްއެއްގައި ކުޑަކުއްޖަކު ރޭޕްކުރިކަމަށް ތުޙުމަތު ކުރެވޭމީހާ ޝަރީޢަތް ނިމެންދެން ބަންދު

އުމުރުން 18 އަހަރު ނުފުރޭ ކުއްޖަކު ގެސްޓްހައުސްއެއްގައި ރޭޕްކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލަ އާއި ޝަޙްސު އޮޅުވާލައި މަކަރާއި ހީލަތުން ކުއްޖާ މާލެ ގެނެސް ޖިންސީގޯނާކޮށްފައިވާ މައްސަލައާ ގުޅިގެން 2020 މެއި 28 ވަނަ ދުވަހުގެ ވަގުތެއްގައި ހައްޔަރުކޮށްފައިވާ ބ.ތުޅާދޫ / ހިޔާވަހި، އުނައިސް އަޙްމަދު (25އ) ޝަރީޢަތުން ގޮތެއް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ. މި މައްސަލަ އާއި ގުޅިގެން ހައްޔަރުކޮށްފައިވާ އުނައިސް އަޙްމަދު، ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިމަށ...

ޔުމްނާ ޢަލީ