ރާއްޖެ މިފަހަރުގެ ސްޓޫޑެންޓް ލޯނު 500 އަށް ވުރެ ދަރިވަރުންނަށް! މިއަހަރުގެ ފެބްރުއަރީ މަހު އިއުލާނުކުރި ސްޓޫޑެންޓް ލޯނު ލިބޭ ދަރިވަރުންގެ ނަންތައް އިއުލާނުކޮށްފި އެވެ. މިފަހަރުގެ ފުރުޞަތުގައި 500 އަށްވުރެ ގިނަ ދަރިވަރުންނަށް ވަނީ ލޯނުގެ ފުރުޞަތު ދީފައެވެ. މިފަހަރުގެ ފުރުޞަތުގައި ވަނީ މަތީ ތައުލީމް ހާސިލްކުރުމަށް 514 ދަރިވަރުން ލޯނުގެ ފުރުޞަތު ދީފައެވެ. ރާއްޖެ އާއި ރާއްޖޭން ބޭރުން މަތީ ތައުލީމް ހާސިލްކުރަން މިފަހަރު ހުޅުވާލި 550 ފުރުސަތަށް، 1،300 އަށްވުރެ ގިނަ ދަރިވަރުން ކުރިމަތިލި އެވެ. ބުރާސްފަތި ދުވަހު ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގައި ކުރިޔަށް […] ޝިއުނާ އާދަމް · 6 އަހަރު ކުރިން
ވިޔަފާރި މޯލްޑިވިއަންއަށް ބައިނަލްއަޤްވާމީ އެވޯޑެއް ލިބިއްޖެ ރާއްޖޭގެ ޤައުމީ އެއާލައިން މޯލްޑިވިއަންއަށް ކެނެޑާގެ ޑި ހެވިލެންޑް އެއަރކްރާފްޓު އޮފް ކެނެޑާ ލިމިޓެޓް (ޑި ހެވިލެންޑް އެއަރކްރާފްޓު) ގެ އެންމެ އިތުބާރު ކުރެވޭ އެއަރލައިންގެ އެވޯޑް ލިބިއްޖެއެވެ. ކެނެޑާގެ ޑި ހެވިލެންޑް އެއަރކްރާފްޓު ގެ 2019 ވަނަ އަހަރުގެ އެންމެ އިތުބާރުކުރެވޭ އެއަރލައިންގެ އެވޯޑް ހާސިލް ކުރި އެއަރލައިން ތަކުގެ ތެރޭގައި މޯލްޑިވިއަން ހިމެނިފައިވާކަން ޢިއުލާންކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. މޯލްޑިވިއަންއަށް މި އެވޯޑު ލިބިފައިވަނީ އޯޝޭނިއާ ކެޓަގަރީގެ ޑޭޝް 8 – 100/200/300 ގެ... ޔުމްނާ ޢަލީ · 6 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ހއ. އަތޮޅު ހޮސްޕިޓަލުގެ ދިވެހި ނަރުހުން ދިއްދޫ މިސްކިތްތަކަށް އަތްދޮންނަ ފުޅި ހަދިޔާ ކޮށްފި ހއ. އަތޮޅު ހޮސްޕިޓަލުގައި މަސައްކަތް ކުރަށްވާ ދިވެހި ނަރުހުން، ހއ. ދިއްދޫ މިސްކިތްތަކަށް އަތްދޮންނަ ފުޅި ހަދިޔާ ކޮށްފިއެވެ. ހއ. އަތޮޅު ހޮސްޕިޓަލުން ބުނީ އެ ހޮސްޕިޓަލްގައި މަސައްކަތް ކުރަށްވާ ދިވެހި ނަރުހުންގެ ފަރާތުން ދިއްދޫ މިސްކިތްތަކުގައި ބޭނުން ކުރުމަށް އަތްދޮންނަ ފުޅި ހަދިޔާކޮށްފައިވާ ކަމަށެވެ. މި ތަކެތި ހަދިޔާ ކުރުން އޮތީ މިދިޔަ ބުރާސްފަތި ދުވަހު ދިއްދޫ ކައުންސިލްގައި ބޭއްވި ބައްދަލުވުމެއްގައިއެވެ. މިބައްދަލުވުމުގައި ހއ. އަތޮޅު ހޮސްޕިޓަލް ތަމްސީލުކުރާ ދިވެހި ނަރުހުން ވަނީ ބައިވެރިވެ، މިތަކ... ޔުމްނާ ޢަލީ · 6 އަހަރު ކުރިން
ރާއްޖެ ގަމު ރީޖަނަލް ހޮސްޕިޓަލަށް ގިނަ އަދަދެއްގެ ސާމާނު ފޮނުވައިފި ލ. ގަމު ރީޖަނަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ބަދަލުކުރަން ބޭނުންވާ ބައެއް ސާމާނާއި، އެ ހޮސްޕިޓަލްގައި ޤާއިމް ކުރަމުންގެންދާ މ.ފ.ދ.ތ.ލ ރީޖަނަލް ކޯވިޑް ފެސިލިޓީ އަށް ބޭނުންވާ ގިނަ މެޝިނަރީޒްއާއި އިކުއިޕްމެންޓް ހެލްތު މިނިސްޓްރީން އެ ހޮސްޕިޓަލަށް ފޮނުވައިފި އެވެ. އެ ހޮސްޕިޓަލުން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައި ވަނީ ގަމު ރީޖަނަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްޤީ ކުރުމަށާއި އެ ހޮސްޕިޓަލްގައި ޤާއިމް ކުރަމުންގެންދާ މ.ފ.ދ.ތ.ލ ރީޖަނަލް ކޯވިޑް ފެސިލިޓީ އަށް ބޭނުންވާ ގިނަ މެޝިނަރީޒްއާއި އިކުއިޕްމެނ... ޝިއުނާ އާދަމް · 6 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ދޮނަކުޅި ހުޅުވާލަނީ ސެޕްޓެމްބަރުގައި، މަނަފަރު އޮކްޓޯބަރުގައި މިފެށޭ ޖުލައިމަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ހުޅުވާލައި އަލުން ފަތުރުވެރިކަން ފަށާއިރު 37 ރިސޯޓެއް ހުޅުވާނެކަމަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ހަބަރުތައް ގެނެސްދޭ ޓްރެވަލް ޓްރޭޑް މޯލްޑިވްސް (ޓީޓީއެމް) އިން ބުނެފިއެވެ. ޓީޓީއެމްގައި ވާގޮތުން އުތުރުގެ ހއ. ގައި އޮޕަރޭޓްކުރަމުންދާ ހައިޑަވޭ ބީޗްރިސޯޓު އެންޑް ސްޕާ ހުޅުވާލަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. ހއ. އަތޮޅުގެ އަނެއް ރިސޯޓުކަމަށްވާ ޖޭއޭ މަނަފަރު ރިސޯޓު ހުޅުވާލަނީ މިއަހަރުގެ އޮކްޓޯބަރު މަހުގައެވެ. ހދ. އަތޮޅުގައި އޮންނަ ހަމައެކަނި... ޝިއުނާ އާދަމް · 6 އަހަރު ކުރިން
ރާއްޖެ ބޯޓަކުން މޫދަށް ވެއްޓުނު ބިދޭސީ މީހާ 51މ އަޑީގައި މަރުވެފައި އޮއްވާ ފެނިއްޖެ ތިލަފުށީ އުތުރުގައި އަޅާފައި އޮތް ބޯޓަކުން މޫޑަށް ވެއްޓުނުފަހުން ގެއްލިގެން ހޯދަމުން އައި ބިދޭސީ މީހާ މަރުވެފައި އޮއްވާ ފެނިއްޖެއެވެ. އެމްއެންޑީއެފްއިން ބުނެފައިވަނީ ތިލަފުށި އުތުރުގައި އަޅާފައި އޮތް “ގޭސް އެޓްލާންޓިކް” ބޯޓުން ވެއްޓުނު ބިދޭސީ މީހާ ހޯދުމަށް އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ ޑައިވަރުން ކުރި މަސައްކަތުން މިރޭ 00:22 ހާއިރު، ކަނޑުގެ 51 މީޓަރު އަޑިން އެމީހާގެ ހަށިގަނޑު ފެނިފައިވާކަމަށެވެ. އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު، މޭޖާ އިބްރާހިމް އާޒިމް ވިދާޅުވީ އެ ބިދޭސ... އިބްރާހިމް އަސްވާޤް · 6 އަހަރު ކުރިން
ރާއްޖެ ހުޅުމާލެއިން ހަތް މީހަކު ހައްޔަރުކޮށްފި މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހުޅުމާލޭގައި ހިންގި ތިން އޮޕަރޭޝަނެއްގައި ހަތް މީހަކު ހައްޔަރުކޮށްފި ކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ބުނީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހުޅުމާލޭގައި ހިންގި ތިން އޮޕަރޭޝަނެއްގައި ހަތް މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ ތިން އޮޕަރޭޝަނަކީވެސް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތުތަކަކާއި ގުޅިގެން މި ހިނގާ ޖޫން މަހުގެ 25 ވަނަ ދުވަހު (އިއްޔެ) ހިންގި ތިން އޮޕަރޭ... ޔުމްނާ ޢަލީ · 6 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު "ބްރޭކް ޓައިމް" ނަމުގައި ހަނިމާދޫގައި ޒަމާނީ، ހިތްގައިމު ކެފޭއެއް ހުޅުވައިފި ހަނިމާދޫގައި ކޮންޓްރަކްޝަން މަސައްކަތުގައި ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރަމުން އަންނަ ބީތްރީ ކޮންޓްރަކްޝަން ކޮމްޕެނީގެ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހަނިމާދޫގައި “ބްރޭކް ޓައިމް” ގެ ނަމުގައި ރަނގަޅު ފެންވަރުގެ ހިތްގައިމު ކެފޭއެއް ހުޅުވައިފިއެވެ. 26 ޖޫން 2020 ވަނަ ދުވަހުގެ ރޭ ހުޅުވައި ޚިދުމަތް ދޭން ފަށާފައިވާ މި ކެފޭއަކީ ދެ ފަންގިފިލާ ހިމެނޭގޮތަށް އިމާރާތް ކުރެވިފައިވާ ތަނެކެވެ. މިތަން ތަރައްޤީ ކުރެވިފައިވަނީ ކެފޭއަކާއިއެކު ބޭކަރީގެ ޚިދުމަތް ވެސް ހިމެނޭގޮތަށެވެ. އެއްފަހަރާ 150 މީހުންނަށް ޚިދ... އިބްރާހިމް ޚަލީލް · 6 އަހަރު ކުރިން
ރިޕޯޓް ޑރ. ފައިޞަލް: ކޮމަންޑޫގެ ފަޚުރުވެރި ދިވެހި ދަރިއެއް! ރާއްޖޭގެ ފުރަތަމަ ދިވެހި އެންޑޯކްރޮނޮލިޖިސްޓެއްގެ ގޮތުގައި ޤައުމީ މައި ހޮސްޕިޓަލް، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގައި އިއްޔެ ޚިދުމަތް ފެއްޓެވި ށ. ކޮމަންޑޫއަށް އުފަން ޑރ. އިބްރާޙީމް ފައިޞަލަކީ ކޮމަންޑޫއާއި، ޤައުމުގެ ފަޚުރުވެރި ދަރިއެއްކަން ޔަޤީނެވެ. ހޯމޯނަށް އަންނަ ބަދަލުތަކާއި ގުޅޭގޮތުންދިމާވާ އެކި ބަލިތަކަށް ފަރުވާ ދެއްވުމަށް ޚާއްސަ ސްޕެޝަލިސްޓެއްގެ ގޮތުގައި ޤައުމީ ހޮސްޕިޓަލްގައި ޚިދުމަތް ފެއްޓެވި ށ. ކޮމަންޑޫ، ފިތުރޯނުގެ، ޑރ. އިބްރާހީމް ފައިޞަލަކީ އެންޑޯކްރޮނޮލިޖިސްޓެއްގ... ޝިއުނާ އާދަމް · 6 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ސްކޫލް ވޯކްވޭ ހިޔާކުރުން: ދަރިވަރުން އަލުން ސްކޫލަށް ދާއިރު ނޭކުރެންދޫ ބެލެނިވެރިން ދޭ ހަދިޔާ! ހދ. ނޭކުރެންދޫ ސްކޫލްގެ ޕީޓީއޭއިން އިސްނަގައިގެން އެރަށު ސްކޫލް ބެލެނިވެރިންނާއި ގުޅިގެން ނޭކުރެންދޫ ސްކޫލް ގޯތި ތެރޭގެ ވޯކްވޭ ހިޔާކޮށްފިއެވެ. 163 ދަރިވަރުން ތައުލީމް ހާސިލް ކުރަމުންދާ ނޭކުރެންދޫ ސްކޫލްގެ ޕީޓީއޭއާއި، ބެލެނިވެރިންގެ މިމަސައްކަތަކީ ކޯވިޑްގެ ފުރަބަންދުގެ ހާލަތަށްފަހު އާންމު ހާލަތުގައި ސްކޫލް ހުޅުވާއިރު ދަރިވަރުންނަށްދޭ ހަދިޔާއެކެވެ. އެ ސްކޫލްގެ ޕީޓީއޭގެ ކޯޑިނޭޓަރ ޙަސަން ޢަބުދުއްރަޙްމާން ” ތިލަދުން” އަށް މަޢުލޫމާތު ދެމުން ބުނީ 128*30 ފޫޓުގެ އެ ވޯކުވޭ ހިޔާކުރުމަށް ޕީޓީއޭއިން އިސްނަގަ... ޝިއުނާ އާދަމް · 6 އަހަރު ކުރިން
ރާއްޖެ އައިޖީއެމްއެޗްގެ ކޯވިޑް ޓެސްޓަށް 100! ރާއްޖޭގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗުގައި ކޯވިޑް-19 އަށް ޓެސްޓުކުރުމުގެ ގާބިލްކަން ހުރި މިންވަރު ބެލުމަށްޓަކައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ބެލިބެލުމަށް އެ ހޮސްޕިޓަލުން ހަދާ ކޯވިޑް ޓެސްޓަށް 100 ޕަސެންޓުގެ ސްކޯއެއް ލިބިއްޖެއެވެ. އައިޖީއެމްއެޗުގައި ހަދާ ކޯވިޑް-19 ޓެސްޓަށް ޑަބްލިއުއެޗްއޯއިން 100 ޕަސެންޓް ސްކޯއެއް ދިނީ އެ ހޮސްޕިޓަލްގައި ކޯވިޑަށް ޓެސްޓުކުރުމުގެ ގާބިލްކަން ހުރި މިންވަރު ބެލުމަށްޓަކައި އެ ޖަމިއްޔާގެ އެކްސްޓާނަލް ކޮލެޓީ އެޝުއަރެންސް ޕެނަލް އިން ފޮނުވި ސާމްޕަލްތަކުގެ ނަ... ޝިއުނާ އާދަމް · 6 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު މޫސުން ގޯސްވެ ތިލަދުންމަތިން ޅ އަތޮޅަށް ވައިޓް އެލާޓް ނެރެފި މޫސުން ގޯސްވެ ހއ އަތޮޅުން ފެށިގެން ޅ އަތޮޅާއި ހަމައަށް ވައިޓް އެލާޓް ނެރެފިއެވެ. ރާއްޖޭގެ މޫސުމާއި ބެހޭ އިދާރާއިން ހާމަކޮށްފައިވަނީ މިއަދު ހެނދުނު 11:00 އިން ފެށިގެން ހަވީރު 16:00 އާއި ހަމައަށް ހއ އަތޮޅުން ފެށިގެން ޅ އަތޮޅާއި ހަމައަށް ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށް މިސަރަހައްދަށް ވައިޓް އެލާޓް ނެރޭކަމަށެވެ. ރާއްޖޭގެ އެކިހިސާބަށް ގުގުރުމާއެކު ވިއްސާރަކުރާނެކަމަށާއި އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށާއި ވިލާ ގަނޑުގައި ގަޑިއަކު 50 […] ޔުމްނާ ޢަލީ · 6 އަހަރު ކުރިން
ރާއްޖެ އެމްއެމްޕީއާރުސީގެ ޚިިޔާނާތާއި ގުޅިގެން ފުލުހުންގެ 5 މުވައްޒަފެއް މަސްއޫލިއްޔަތުން ދުރުކޮށްފި އެމްއެމްޕީއާރުސީގެ މައްސަލައާއި ގުޅިގެން ފުލުހުންގެ 5 މުވައްޒަފެއް އަދާކުރަމުން ދިޔަ މަސްއޫލިއްޔަތުން ދުރުކޮށްފައިވާ ކަމަށް މޯލްޑިވްސް ޕޮލިސްސަރވިސްއިން ބުނެފިއެވެ. ފުލުހުން ބުނީ އެމްއެމްޕީއާރުސީ މައްސަލަ އާއި ގުޅޭގޮތުން ހިގަމުން ދާ ތަހުގީގުގައި އެމްއެމްޕީއާރުސީ ގެ ފައިސާ ލިބިފާކަމަށް ފާހަގަވެފައިވާ މޯލްޑިވްސް ޕޮލިސް ސަރވިސަސްގެ ވަޒީފާގައި މިވަގުތު ތިބި 5 މުވައްޒަފެއްގެ ޖިނާއީ އަދި އިދާރީ ތަހުގީގު ހިގަމުން ދާތީ ތިބީ މަސޫލިއްޔަތުން ދުރު ކުރުވިފައި ކަމަށެވެ. މިކަމާއި ގުޅޭ އިތުރު ތަފްޞީލް ފުލުހުން... ޔުމްނާ ޢަލީ · 6 އަހަރު ކުރިން
ރާއްޖެ ޕީޕީއެމްގެ ދެވަނަ އެޑްވައިޒަރަކަށް ޑރ. ޖަމީލު ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ދެވަނަ އެޑްވައިޒރަރެއްގެ ގޮތުގައި އެ ޕާޓީއާއި ގުޅިވަޑައިގެންފި އެވެ. މިމަހުގެ 22 ވަނަ ދުވަހު ޕީޕީއެމްގެ އެޑްވައިޒަރެއްގެ ގޮތުގައި ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކުވެސް ވަނީ ހަމަ ޖައްސާފައެވެ. ރައީސް ވަހީދަކީ ކުރިންވެސް އެ ޕާޓީގެ މެމްބަރެކެވެ. ކުރީގެ ނައިބު ރައީސް ޑރ. ޖަމީލު މިރޭ އަލުން މައި އިދިކޮޅު ޕާޓީ ޕީޕީއެމާއި ގުޅިވަޑައިގަތީ ޕީޕީއެމްގެ […] ޝިއުނާ އާދަމް · 6 އަހަރު ކުރިން
ރާއްޖެ "އިގްތިސާދީ އަދި މާލީ ބާރުވެރިކަން" މިނަމުގައި ޕެނެލް ޑިސްކަޝަން އެއް މާދަމާރޭ ‘ދެމެހެއްޓެނިވި ލާމަރުކަޒީ ތަރައްގީގެ ވާހަކަ ދައްކާލަމާ” މި ޝިޔާރުގެ ދަށުން ބޭއްވޭ 2 ވަނަ ޕެނެލް ޑިސްކަޝަން 26 ޖޫން ވާ ހުކުރުދުވަހުގެ ރޭ 9.00 ގައި ފަޅުއަލިރަތްމުތް ފޭސްބުކް ޕޭޖްއިން ލައިވް ކުރާނެކަމަށް މި ޕެނަލް ޑިސްކަޝަން އިންތިޒާމްކުރާ ފަރާތުން ހާމަކޮށްފިއެވެ. މި ބަހުސްގައި ބައިވެރިވެ ވަޑައިގަންނަވަނީ ނ. ވެލިދޫ ކައުންސިލްގެ ރައީސް އަސްމާ ހުސައިން، ދިމަސްވެރިންގ އެންޖީއޯގެ ރައީސް އަޙްމަދު ޝާފިއު، ޓެންޑަރ ބޯޑުގެ ޗެއަރމަން އިސްމާއިލް ޒަރިޔަންދު އަދި ކުރީގެ މިިނިސްޓަރ އޮފް […] އިބްރާހިމް އަސްވާޤް · 6 އަހަރު ކުރިން