ރާއްޖެ ކުރީގެ މެމްބަރު އަމީތު ޖަޕާނުގައި ހުންނަ ރާއްޖޭގެ ޑެޕިއުޓީ އެމްބެސެޑަރުގެ މަގާމަށް! ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުންނަ އެމްބެސަޑަރުގެ ނައިބުގެ މަގާމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަމީތު އައްޔަނު ކުރަށްވައިފިއެވެ. އަމީތު ޑެޕިއުޓީ އެމްބެސަޑަރުގެ މަގާމަށް އައްޔަނު ކޮށްފައިވަނީ 29 ޖޫންގައި އެވެ. އަމީތަކީ މިހާރުގެ ހެލްތު މިނިސްޓަރު ޢަބުދު ﷲ އަމީންގެ ކޮށްކޮއެކެވެ. އަމީތަކީ ނިމިދިޔަ 18 ވަނަ މަޖިލީހުގައި އޭރު ވެރިކަމުގައި އޮތް ޕީޕީއެމުން ފެޔަށް ޖެހިވަޑައިގަނެ، އޭރު ހިނގަމުން ދިޔަ އިސްލާހީ ހަރަކާތާއި ގުޅިވަޑައިގަތުމުގެ ސަބަބުން ގޮނ... ޝިއުނާ އާދަމް · 6 އަހަރު ކުރިން
ރާއްޖެ ނައިބު ރައީސް ތެލެސީމިއާ ސެންޓަރަށް ޒިޔާރަތްކުރައްވައި ހާލަތު ބައްލަވާލައްވައިފި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ނެޝަނަލް ތެލެސީމިއާ ސެންޓަރަށް މިއަދު ޒިޔާރަތްކުރައްވައި، އެތަނުގެ މުވައްޒަފުންނާއި ބައްދަލުކުރައްވައި ތަނުގެ ހާލަތު ބައްލަވާލައްވައިފިއެވެ. މި ޒިޔާރަތުގައި، އެމަނިކުފާނު ވަނީ، އެ ސެންޓަރުން އެކިއެކި ޚިދުމަތްތައް ފޯރުކޮށްދެއްވާ ގޮތް ބައްލަވާލައްވައި އެ ސެންޓަރުގެ ޚިދުމަތް ހޯދާ ބައެއް ފަރާތްތަކާއި އަދި ސެންޓަރުގެ މެނޭޖްމަންޓާވެސް ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެެއްވުމުގައި، ތެލެސީމިއާ ސެންޓަރުގެ މެނޭޖްމަންޓުން ވަނީ އެ ސެންޓަރަށް ކުރިމަތިވެފައި... އަލީ އާދިލް · 6 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކުޅުދުއްފުށި ސިޓީ ފަޅުގައި އަޅާފައިއޮތް ޑިންގިއަކުން އައުޓްބޯޑު އިންޖީނެއް ވަގަށް ނެގި ދެމީހުން ހައްޔަރުކޮށްފި ހދ. ކުޅުދުއްފުށި ސިޓީގެ ފަޅުގައި އަޅާފައިއޮތް ޑިންގީއެއްގައި ހަރުކޮށްފައިހުރި އައުޓްބޯޑު އިންޖީނެއް ވަގަށްނަގާފައިވަނިކޮށް އެއިންޖީނު ހޯދައި، ދެ މީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލައާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ 32 އަހަރުގެ ފިރިހެނަކާއި 27 އަހަރުގެ ފިރިހެނެކެވެ. މިމައްސަލައާއި ގުޅިގެން ފުލުހުން ބުނެފައިވަނީ، އެދެ މީހުން ހައްޔަރުކޮށްފައިވަނީ ކުޅުދުއްފުށި ފަޅުތެރޭގައި އަޅާފައި އޮތް ޑިންގީއެއްގައި ހަރުކޮށްފައިހުރި 25 ހޯސްޕަވަރުގެ ސުޒުކީ އިންޖީނެއް ވަގަށް ނަގާފައިވާކަމަ... އަލީ އާދިލް · 6 އަހަރު ކުރިން
ރާއްޖެ ފްލެޓް އެޅުމަށާއި މަސްވެރިކަމަށް ސައުދީން 50 މިލިއަން ޑޮލަރު ސަރުކާރުން ހިންގާ ގެދޮރުވެރިކަމުގެ މަޝްރޫއު އާއި މަސްވެރިކަމުގެ ސިނާއަތު ތަރައްގީކުރުމުގެ މަސައްކަތަށް 771 މިލިއަން ރުފިޔާގެ އެހީ ސައުދީ ފަންޑް ފޮ ޑިވެލޮޕްމަންޓުން ދިނުމާ ބެހޭ އެއްބަސްވުމުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ސޮއިކުރައްވައިފި އެވެ. މި ދެ މަޝްރޫއާ ގުޅޭ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓަރު ޝާހިދު ސޮއިކުރެއްވީ މިކަމަށްޓަކައި މިއަދު ފޮރިން މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޝާހ... އަލީ އާދިލް · 6 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ކޯވިޑް-19 އަށް ޓެސްޓް ކުރެވޭނެ އިންތިޒާމް ހަމަޖައްސައިފި ސަރުކާރުން ރާއްޖޭގެ އެކި ހިސާބުތަކުގައި ކޮރޯނާ ވައިރަސްއަށް ޓެސްޓް ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރއެޗް) ގައި ތައްޔާރު ކުރާ ޕީސީއާރު ލެބްގެ މަސައްކަތް ނިމި މިހާރު ޓެސްޓް ކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވާކަމަށް އެހޮސްޕިޓަލުން ހާމަކޮށްފިއެވެ. އެހޮސްޕިޓަލުން ބުނެފައިވަނީ އާރުއެޗުގެ ލެބް ޓެކްނޮލޮޖިސްޓުން އައިޖީއެމްއެޗުގައި ތިން ހަފްތާގެ ތަމްރީނު ޕްރޮގުރާމެއް ފުރިހަމަ ކޮށްފައިވާކަމަށާއި ކޭއާރުއެޗުގައި ބޭނުންކުރާ ޕީސީއާރ... އިބްރާހިމް އަސްވާޤް · 6 އަހަރު ކުރިން
ރާއްޖެ ކޯޓުން ބޭރުގައި ކުއްޖަކާއި ކައިވެނިކޮށް، ބަލިވެއިން މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި މީހާ ޝަރީއަތް ނިމެންދެން ބަންދު ކޮށްފި ޝަރުއީ އުސޫލުތަކާ ހިލާފަށް ކޯޓުން ބޭރުގައި އުމުރުން 17 އަހަރުގެ ކުއްޖަކާ ކައިވެނިކޮށް، އެ ކުއްޖާ ބަލިވެއިން މައްސަލައާ ގުޅިގެން ކުއްޖާއާ މެދު ޖިންސީ ގޯނާކޮށް ކުއްޖާ ރޭޕްކޮށްފައިވާ ކަމުގެ ތުހުމަތުގައި، ކޯޓު އަމުރެއްގެ ދަށުން 2020 ޖުލައި 03 ވަނަ ދުވަހު ހައްޔަރުކޮށްފައިވާ ހއ. ފިއްލަދޫ / ޝޭޑޯޒް، އުމުރުރުން 23 އަހަރުގެ، އަހުމަދު ޢައްޠަފް ޝަރީއަތުން ގޮތެއް ނިމެންދެން ބަންދުގައި ބެހެއްޓުމަށް މ. މުލި މެޖިސްޓްރޭޓް ކޯޓުން އަމުރުކޮށްފިއެވެ. ފުލުހުން ބުނީ މިމައްސަލައާ ގުޅިގެން 2020 ޖުލައި 04 […] ޝިއުނާ އާދަމް · 6 އަހަރު ކުރިން
ރާއްޖެ ރާއްޖެއިން ކޯވިޑް ބަލީގައި 11 ވަނަ މީހަކު މަރުވެއްޖެ ރާއްޖެއިން ކޯވިޑް-19 ބަލީގައި 11 ވަނަ މީހަކު މަރުވެއްޖެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ. މިފަހަރު މިބަލީގައި މަރުވެފައި ވަނީ އުމުރުން 77 އަހަރުގެ ދިވެހި އަންހެނެކެވެ. މި މީހާ މަރުވީ ދަރުމަވަންތަ ހޮސްޕިޓަލް ޑީއެޗް-11 ގައި ފަރުވާ ދެނިކޮށް ރޭ މެންދަމު 1:52 ގައި ކަމަށް އެޗުޕީއޭ އިން ބުންޏެވެ. ރޭ މަރުވި އަންހެން މީހާއަކީ މިމަހުގެ 2 ވަނަ ދުވަހު ހަމަ މި ބަލީގައި މަރުވި އުމުރުން 92 އަހަރުގެ […] ޔުމްނާ ޢަލީ · 6 އަހަރު ކުރިން
ބައިނަލްއަގުވާމީ ކޯވިޑް-19: ބަންގްލަދޭޝްގައި ބަލި ކޮންޓްރޯލް ނުވެ ލިސްޓްގެ 18 ވަނާގައި! ދުނިޔޭގެ ކަންކޮޅުތަކުގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ކޯވިޑް19 ކޮންޓްރޯލް ނުވެ، 18 ވަނައަށް އެންމެ ގިނަ މީހުން ޕޮޒިޓިވް ވި ގައުމުގެ ގޮތުގައި ބަންގްލަދޭޝް ވެއްޖެއެވެ. ކޯވިޑް-19 އާއި ގުޅޭ އެންމެ ފަހުގެ މަޢުލޫމާތުތައް ގެނެސްދޭ މަސްދަރުތައް ހާމަކުރާ ގޮތުން ބަންގްލަދޭޝް މިހާރު ހިމެނިފައިވަނީ މިބަލި ޖެހުނު މީހުން، އެންމެ ގިނައިން ތިބި 18 ވަނަ ޤައުމުގެ ގޮތުގައިއެވެ. އެ ޤައުމުން އިއްޔެވެސް ވަނީ 3,288 މީހުން ޕޮޒިޓިވް ވެފައެވެ. އަދި މިމަހުގެ 3 ވަނަ ދުވަހުވެސް އެ […] ހުސައިން ހަބީބް · 6 އަހަރު ކުރިން
ރާއްޖެ މަރުޙަބާ ޑރ އަލީ ނިޔާފް: ކާމިޔާބުކަމާއި އެކު 1000 މޭޖަރ ސާޖަރީ! މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަންގެ ރައީސް ޑޮކްޓަރ އަލީ ނިޔާފް ގެ ކެރިއަރުގައި 1000 މޭޖަރ ސާޖަރީ ކާމިޔާބުކަމާއި އެކު ކޮށްފިއެވެ. މިއީ ރާއްޖޭގެ ޑަކްޓަރުންގެ ނިސްބަތުން ބޮޑު އަދަދެއް ކަމަށްވާ އިރު އޭނާގެ ކެރިއަރުގައި މިހާތަނަށް ކާމިޔާބު ކޮށްފައިވާ ސާޖަރީގެ ޖުމުލަ އަދަދަކީ 1700 އެވެ. ޑރ. ނިޔާފް އަކީ މިވަގުތު ރާއްޖޭގައި ހުރި އެންމެ ތަޖުރިބާކާރު އެއް ނިއުރޯ ސާޖަން ކަމަށްވާއިރު ބަލި މީހުން ބެއްލެވުމުގައި ގެންގުޅުއްވާ އޯގާތެރިކަމާއި، ކެތްތެރިކަމަކީ ގިނަ ދިވެހިންގެ ހިތްތަކުގައި ނިޔާފަށް […] ޒިޔާން އަމްޖަދު · 6 އަހަރު ކުރިން
ވިޔަފާރި ޞިއްޙީ އެތައް ފައިދާއެއް ލިބޭ "މުރަނގަ" ހައްދާނެގޮތާއި އާމްދަނީ ހޯދިދާނެ ގޮތްތައް! ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގައި ކާބޯތަކެތީގެ އުފެއްދުން އިތުރުކޮށްގެން ކާނާގެ ރައްކާތެރިކަން ލިބޭނެ މަގު ތަނަވަސް ކޮށްދިނުމުގެ ސިޔާސަތަކަށް ޤައުމު މިވަނީ ބޭނުންވެފައެވެ. ރާއްޖޭގައި އުފެއްދޭ ކާނާގެ ބާވަތްތައް އާލާކޮށް، ފުޑް ސެކިއުރިޓީ ނުވަތަ ކާނާގެ ޔަޤީންކަން ރައްޔިތުންނަށް ހޯދައި ދިނުން މިވަނީ އިހުނަށްވުރެއް މުހިންމުވެފައެވެ. މިފަދަ ޕްރޮގްރާމް ތަކެއް ރާއްޖޭގެ އެކި ރަށްރަށުގައި ހިންގަން ޖެހެއެވެ. ކައުންސިލްތަކުން ރަށްރަށުގައި ގޭބިސީތަކުގަޔާއި ހުސް ބިން އޮތް ތަންތަނުގައި ރާއްޖޭގައި ފަސޭހައިން... ޙުސައިން ޘަޤީފް · 6 އަހަރު ކުރިން
ރާއްޖެ އެޗްއީއޯސީގެ ތަރުޖަމާނަކަށް ޑރ ނަޒްލާ ހަމަޖައްސައިފި ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) ގެ ތަރުޖަމާނަކަށް ޑރ. ފާތިމަތު ނަޒްލާ ރަފީޤު ހަމަޖައްސައިފިއެވެ. ހެލްތު މިނިސްޓްރީން މިކަން ހާމަކުރައްވައި މިރޭ ކުރައްވާފައިވާ ޓްވީޓްގައިވަނީ އެޗްޕީއޭގެ ސީނިއާރ މެޑިކަލް އޮފިސަރ ޑރ.ފާތިމަތު ނަޒްލާ ރަފީޤް އެޗްއީއޯސީގެ ތަރުޖަމާނަޖަށް ހަމަޖައްސަވައިފާވާކަމަށެވެ. ސަރުކާރުންވަނީ ކުރިން ހިންގަމުން އައި ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) ޖުލައި މަހުގެ އެކަކުން ފެށިގެން އުވާލައި އެ ސެންޓަރުގެ މަސައްކަތް އެޗްއީއޯސީ ގެ ދަށަށް ބަދަލުކޮށްފައ... އިބްރާހިމް ޚަލީލް · 6 އަހަރު ކުރިން
ރާއްޖެ ހުޅުމާލެ ސުކޫލެއްގެ ޕްރިންސިޕަލްއަކު ކޯވިޑް19 އަށް ޕޮޒިޓިވް ވެއްޖެ ސްކޫލެއްގެ ސީނިއާ މެނޭޖްމަންޓު ސްޓާފަކު ކޯވިޑަށް ޕޮޒިޓިވް ވެއްޖެއެވެ. ހެލްތު އިމަޖެންސީ އޮޕްރޭޝަން ސެންޓަރ (އެޗްއީއޯސީ)ގައި މިރޭ ކުރިއަށްދިޔަ ނޫސްކޮންފަރެންސްގައި ޑރ. ނަޒްލާ ވިދާޅުވީ އެ މުއައްޒަފު ވަޒީފާއަށް ނުކުމެފައިވާ ކަމަށެވެ. ނަމަވެސް އެޗްޕިއޭ އިން ކަނޑައަޅާފައިވާ މިންގަނޑާ އެއްގޮތަށް ގައިދުރުކުރުކަން ބެހެއްޓުމާއި، މާސްކް އަޅައިގެން ހުންނެވުމުން އެ މުއައްޒަފާ މާގިނަ މީހުން ކޮންޓެކްޓް ވެފައި ނުވާ ކަމަށެވެ. އެ މުއައްޒަފާ ކޮންޓެކްޓްވީ ތިން މުއައްޒަފެއް ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އެ ތިން މ... ޝިއުނާ އާދަމް · 6 އަހަރު ކުރިން
ރާއްޖެ ކުޑަ ކުއްޖަކު ބްލެކްމެއިލްކޮށް، ރޭޕްކުރިކަމަށް ތުހުމަތު ކުރެވޭ މީހާ ޝަރީއަތް ނިމެންދެން ބަންދު އިތުރުބާރުކުރެވޭ މަގާމެއްގައިހުރެ 13 އަހަރުގެ އަންހެން ކުއްޖަކު ބްލެކްމެއިލްކޮށް، އެކުއްޖާ ރޭޕްކޮށް އަދި ޖިންސީ ގޯނާކޮށްފައިވާ މައްސަލައިގެ ތުހުމަތުކުރެވޭ ތ. ގުރައިދޫ/މިޔަވާލި، އުމުރުން 33 އަހަރުގެ، ޙުސައިން ޒާހިނު ޝަރީއަތުން ގޮތެއް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ. މިރޭ ފުލުހުން ބުނީ އެމައްސަލައިގެ ތުހުމަތުގައި ޙުސައިން ޒާހިނު ހައްޔަރު ކުރީ 4 ޖުލައި 2020 ވަނަ ދުވަހު (މިއަދު) ކަމަށެވެ. އަދި މިއަދު ކްރިމިނަލް ކޯޓަށް އޭނާ ހާޒިރުކުރުމުން ވަނީ ތުހުމަތުކުރެވޭ މައް... ޝިއުނާ އާދަމް · 6 އަހަރު ކުރިން
ރާއްޖެ ބިދޭސީންނަށް މުސާރަ ނުދީގެން ދިމާވެދާނެ ގޮތް، މާކުރިން ޔޫސޭ ވަނީ ސަމާލުކަމަށް ގެނެސްފައި މާކުރިންވެސް މަޝްހޫރު ކޮމޭޑިއަން ޔޫސުފް ރަފީޢު (ޔޫސޭ) ވަނީ ބިދޭސީންނަށް މުސާރަ ނުދީ މަސައްކަތް ކުރުވުމުން ވެދާނެގޮތް ސަމާލުކަމަށް ގެނެސްދީފައި ކަމަށް ކެންދޫ ދާއިރާގެ މަޖްލިސް މެމްބަރު ޢަލީ ޙުސައިން ވިދާޅުވެއްޖެއެވެ. މުސާރައިގެ މައްސަލާގައި ބ. އަތޮޅުގައި ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަމުން އަންނަ ބޮޑުފިނޮޅުގައި ބިދޭސީންތަކެއް ހަމަނުޖެހުން ހިންގައި 13 ދިވެއްސަކު ރަހީނު ކުރި މައްސަލަ ފެންމަތިވެފައި މިވާ ދަނޑި ވަޅުގައި މެމްބަރު ޢަލީ ވަނީ، ޔޫސޭ މީގެ އަހަރުތަކެއް ކުޅެފައިވާ ޑްރާމާއެއްގެ ތަންކޮޅެއް ހި... ޝިއުނާ އާދަމް · 6 އަހަރު ކުރިން
ރާއްޖެ "އެޗް.އާރް. ޕަރސްޕެކްޓިވް ޝެއަރ" ޕްރޮގްރާމްގައި ނައިބް ރައީސް ބައިވެރިވެ ވަޑައިގެންފި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، “އެޗް.އާރް. ޕަރސްޕެކްޓިވް ޝެއަރ” ޕްރޮގްރާމްގައި ހާއްސަ މެހެމާނެއްގެ ގޮތުގައި ބައިވެރިވެ ވަޑައިގެންފިއެވެ. މިއަދު މެންދުރު ލައިވްކޮށް ކުރިއަށް ގެންދިޔަ މި ޕޮރޮގުރާމުގައި ބައިވެރިވެ ވަޑައިގެން އެ މަނިކުފާނުވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއާއި ބެހޭގޮތުން އެ މަނިކުފާނު ގެންގުޅުއްވާ ބައެއް ވިސްނުންފުޅުތައް ޙިއްޞާ ކުރައްވާފައެވެ. މިއަދު އެ ޕޮރޮގުރާމުގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ ފަތުރުވެރިކަމުގެ ދާއިރާގައި އެމަނިކުފާނު ދިގު މުއްދަތެއ... އިބްރާހިމް ޚަލީލް · 6 އަހަރު ކުރިން