ރާއްޖެ ނ. އަތޮޅު ހޮސްޕިޓަލުގައި ކާމިޔާބު ކަމާއި އެކު ބޮޑު އޮޕަރޭޝަނެއް ކޮށްފި ނ. އަތޮޅު ހޮސްޕިޓަލުގައި ކާމިޔާބު ކަމާއެކު ލެޕްރޮޓޮމީ އޮޕަރޭޝަނެއް ކޮށްފިކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ. ނ. އަތޮޅު ހޮސްޕިޓަލުން ބުނީ އެ ހޮސްޕިޓަލުގައި ލެޕްރޮޓޮމީ އޮޕަރޭޝަނެއް، އެ ހޮސްޕިޓަލްގެ ޑޮކްޓަރުންގެ ޓީމަކުން ކާމިޔާބު ކަމާއި އެކު ކޮށްފިކަމަށެވެ. މި އޮޕަރޭޝަނުގައި އަންހެނެއްގެ ބަނޑުގެ ތިރިން ކަފާލައި އޯވަރީ އަށް ދިމާވެފައިވާ މައްސަލަ ރަނގަޅުކޮށް އަލުން އޯވަރީ އޭގެ މަހައްލަށް ރުޖޫއަކޮށްފައި ވާކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ. އެ ހޮސްޕިޓަލުން ވަނީ މި ކާމިޔާބީ ފާހަގަކޮށް އެކަމުގައި ބައިވެރިވި... ޝިއުނާ އާދަމް · 6 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ނޭކުރެންދޫ ކަނޑޫފާ ހިމާޔަތް ކުރުމަށް، ކަމާގުޅުން ހުރި އިދާރާ ތަކާއި އެކު ރާޢީ މަޝްވަރާކޮށްފި ދިވެހިރާއްޖޭގައި އޮތް އެންމެ ބޮޑު ކަނޑޫފާ ކަމުގައިވާ ހދ.ނޭކުރެންދޫ ކަނޑޫފަލުން ގިނައަދަދެއްގެ ކަނޑޫގަސްތައް މަރުވަމުންދާތީ އެ ކަނޑޫފާއަށް ދިމާވެފައިވާ މައްސަލަތައް ދެނެގަނެ އެކަމަށް ހައްލު ހޯދުމުގެ ގޮތުން ކަމާގުޅުންހުރި ސަރުކާރުގެ އިދާރާތަކާއި މަކުނުދޫ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެމްބަރު މުހައްމަދު ރާއީ މަޝްވަރާ ކުރައްވައިފިއެވެ. މިކަން ހާމަކުރައްވައި ރާއީ މިރޭ ކުރައްވާފައިވާ ޓްވީޓްގައި ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ސަމާލުކަމަށާއި އަދި އެންވަޔަރމެންޓް މިނިސްޓަރ އަދި ފިޝަރީޒް އެންޑް އ... އިބްރާހިމް ޚަލީލް · 6 އަހަރު ކުރިން
ރާއްޖެ ލިޔުންތެރިންގެ މަސައްކަތަކީ ތަޢުލީމާއި އުފެއްދުންތެރިކަމާއި މުނިފޫހިފިލުވުމުގެ ބިންގާ: މިނިސްޓަރު ޔުމްނާ ލިޔުންތެރިންގެ އަގުހުރި މަސައްކަތަކީ ތަޢުލީމާއި އުފެއްދުންތެރިކަމާއި މުނިފޫހިފިލުވުމުގެ ބިންގާ ކަމަށް ފަންނާއި ސަގާފަތާއި ތަރިކައިގެ މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ. 2020 ވަނަ އަހަރުގެ ލިޔުންތެރިންގެ ދުވަހާއި ގުޅިގެން އެކަމަނާ ވަނީ ވިދާޅުވީ މިއަދު ފާހަގަ ކުރެވޭ ލިޔުންތެރިންގެ ދުވަހުގެ ތަހުނިޔާ އެކިއެކި ބާވަތުގެ ލިޔުންތައް ލިޔުއްވާ އެންމެހައި ލިޔުންތެރިންނަށް ދަންނަވަނަވާ ކަމަށެވެ. އަދި ލިޔުންތެރިންގެ އަގުހުރި މަސައްކަތަކީ ތަޢުލީމާއި އުފެއްދުންތެރިކަމާއި މުނިފޫހިފިލުވުމުގެ ބިންގާ ކަމ... ޝިއުނާ އާދަމް · 6 އަހަރު ކުރިން
ޚަބަރު ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުން ތަކަކަށް ޖިންސީގޯނާކުރި މައްސަލައެއް ބަލަން ފަށައިފި ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުން ތަކަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ބަލަން ފަށައިފިކަމަށް ފުލުހުން ހާމަކޮށްފިއެވެ. ފުލުހުން މިރޭ ބުނެފައިވަނީ ޓޫރިޒަމް މިނިސްޓްރީގެ އަންހެން މުވައްޒަފުން ތަކަކަށް ޖިންސީ ގޯނަ ކޮށްފައިވާ ކަމުގެ މައްސަލަ އެއް ފުލުހުންނަށް މިރޭ ހުށަހަޅާފައިވާކަމަށާއި އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގް ކުރަމުންކަމަށެވެ. ފުލުހުންބުނީ ތަހުގީގު ކުރެވެމުން ދަނީ ޖިންސީ ގޯނާގެ ތުހުމަތުގައ ކަމަށެވެ. ހުށަހެޅިފައިވާ އަޚްލާގީ މައްސަލަތަކަކާއި ގުޅޭ ޝަކުވާ ތަކަކާއި ގުޅިގެން، ޓޫރިޒަމް މިނ... ޔުމްނާ ޢަލީ · 6 އަހަރު ކުރިން
ރާއްޖެ އަވަސް ފަރުވާ ބޭނުންވާ ފަރާތްތަކަށް އިންޑިޔާއަށް ދިއުމުގެ ފުރުޞަތު ހުޅުވާލައިފި އާސަންދައިގެ ދަށުން ނޫނަސް ކްރިޓިކަލް ފަރުވާ ބޭނުންވާ ފަރާތްތަކަށް އިންޑިއާއިން ބޭސްފަރުވާކުރުމަށް އެޤައުމަށް ދިޔުމުގެ ފުރުސަތު ދިވެހި ސަރުކާރުން ހުޅުވާލައިފިއެވެ. ކްރިޓިކަލް ކެއަރ ބޭނުންވާ ފަރާތްތަކުން އިންޑިއާއަށް ދިޔުމަށް އެދުމަށް ފޮރިން މިނިސްޓްރީގެ ކޮންސިއުލަރ ޑިޕާޓްމަންޓަށް މެއިލް ކުރެއްވުމަށާއި އަދި މިކަމާއި ގުޅިގެން އިތުރު މަޢުލޫމާތެއް ބޭނުންވާނަމަ 7983400 ގުޅުއްވުމުން ދިވެހިރާއްޖޭގެ ފޮރިން މިނިސްޓްރީން އެދިލައްވައެވެ. މިއީ ރާއްޖެއިން ލިބެން ނެތް، “ކްރިޓިކަލް” ފަރުވާ ހޯދާ ފަރާތްތަކަށް ޚާ... އިބްރާހިމް ޚަލީލް · 6 އަހަރު ކުރިން
ރާއްޖެ ޓޫރިޒަމް މިނިސްޓަރު ޢަލީ ވަޙީދު އިސްތިއުފާދޭން އަންގައިފި ހުށަހެޅިފައިވާ އަޚްލާގީ މައްސަލަތަކަކާއި ގުޅޭ ޝަކުވާ ތަކަކާއި ގުޅިގެން، ޓޫރިޒަމް މިނިސްޓަރު ޢަލީ ވަޙީދު އިސްތިއުފާ ދެއްވަން ރައީސް ޞާލިޙް އަންގަވައިފިއެވެ. ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާޙީމް ހޫދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މަސައްކަތުގެ މާޙައުލުގައި ހިނގައިގެން ނުވާނެފަދަ އަޚްލާގީ މައްސަލަތަކެއް ޓުއަރިޒަމް މިނިސްޓްރީގައި ހިނގާފައި ވާކަމުގެ ޝަކުވާ އެމިނިސްޓްރީގެ މުވައްޒަފުންތަކެއް ރައީސް ޞާލިޙަށާއި، ޖެންޑަރ މިނިސްޓްރީ އަށް ހުހަޅާފައި ވާކަމަށެވެ. އެ މައްސަލައާއި ގުޅިގެން ޓޫރިޒަމް މިނިސްޓަރު... ޔުމްނާ ޢަލީ · 6 އަހަރު ކުރިން
ކޮލަމް އަލްއިޞްލާޙު: ދިވެހި ލިޔުންތެރިކަމުގެ ފެށުން އަލްއިޞްލާޙަކީ ޢަރަބި ނަމެކެވެ. އެ ނަން ލިޔެފައިވަނީ ވެސް ޢަރަބި އަކުރުންނެވެ. މަޖައްލާގެ ބޭރުގަނޑުގަނޑާ ޖެހިގެން އޮތް ގަނޑުގައި ތާނައިން ލިޔެފައިވާ ލިޔުންތަކަށް ވުރެ ގިނައީ ޢަރަބިން ލިޔެފައިވާ ލިޔުމެވެ. އެކަމުން ދޭހަކޮށްދެނީ އެ ޒަމާނުގައި ޢަރަބި ބަހުގެ ނުފޫޒު ދިވެހިބަހުގެ މައްޗަށް އޮތް މިންވަރެވެ. އެއީ ދިވެހިރާއްޖޭގައި ފުރަތަމަ ނެރުނު މަޖައްލާއެވެ. ނޫހެއްގައި ހުންނަ އެތެރޭގެ ސިފަތައް އެ މަޖައްލާއިން ފެނެއެވެ. އެހެންވީމާ އެއީ ހަމަ ރަނގަޅަށް ވެސް ނޫސް މަޖައްލާއެކެވެ. މި ޒަމާނުގައި މިކިޔާ […] ޢަބްދުﷲ ސަޢީދު · 6 އަހަރު ކުރިން
ރާއްޖެ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައިވެސް ކޯވިޑް-19އަށް ޓެސްޓްކުރަން ފަށައިފި ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައިވެސް ކޯވިޑް-19އަށް ޓެސްޓްކުރަން ފަށައިފިއެވެ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށް ހަމަޖެހިފައިވަނީ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، ޑަބްލިއު.އެޗް.އޯގެ އެހީގައި ސަރުކާރުން ރާއްޖޭގެ 6 ސަރަޙައްދެއްގައި މި ބައްޔަށް ޓެސްޓްކުރުމުގެ އިންތިޒާމް ހަމަޖެއްސުމަށް ކުރާ މަސައްކަތުގެ ދަށުން ހަދިޔާ ކޮށްފައިވާ ޖީން އެކްސްޕަރޓް ކާޓްރިޖް މެޝިން މެދުވެރިކޮންނެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި އެހޮސްޕިޓަލުންވަނީ ޓްރައަލް ޓެސްޓްތައް ހެދުމުގެ މަސައްކަތް ނިން... ޔުމްނާ ޢަލީ · 6 އަހަރު ކުރިން
ރާއްޖެ ވޭމަންޑޫ މަސް ދޯންޏެއް ބިންދައިގެން ގޮސްފި ތ. ވޭމަންޑޫ “ދިރުން-4” ކިޔާ މަސް ދޯންޏެއް ބިންދައިގެން ގޮސްގެން އެމްއެންޑީއެފްގެ ސެންޓްރަލް އޭރިއާއިން ހަރަކާތްތެރިވަމުން ދާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ. ތ. ކިނބިދޫއާއި 4 ނޯޓިކަލް މޭލު ބޭރުން 13 މީހުނާއެކު ދަތުރު ކުރި މި މަސްދޯނި ބިންދައިގެން ދިޔަ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. އެމްއެންޑީއެފުން ބުނީ އެ ދޯނީގައި ތިބީ 11 ދިވެހިންނާއި ދެ ބިދޭސީއެއް ކަމަށާއި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާއިރު ކޯސްޓްގާޑުން އެ ސަރަހައްދުގައި […] ޔުމްނާ ޢަލީ · 6 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކެލާގައި ގާއިމުކުރާ ކުނިކޮށީގެ މަސައްކަތްތައް ނިންމަން ހަވާލުކޮށްފި ހއ. ކެލާގައި ގާއިމްކުރަން ހަމަޖެހިފައިވާ، ކުނި މެނޭޖުކުރާ މަރުކަޒުގެ ނުނިމި ހުރި މަސައްކަތްތައް ނިންމުމަށް ކުންފުންޏަކާއި ހަވާލުކޮށްފިއެވެ. މި މަސައްކަތަކީ އެންވަޔަރަންމަންޓް މިނިސްޓްރީގެ ފަންނީ ބޭފުޅުންގެ ލަފައާއިއެކު ކުރިއަށްގެންދާ މަސައްކަތެކެވެ. މި މަސައްކަތް ބީލަން އުސޫލުން ހަވާލުކޮށްފައިވަނީ “މަންގަނޑު” ކުންފުންޏާކަމަށާއި އަދި މި މަސައްކަތަކީ އެރަށަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ހައްލެއް ހޯދައި ދިނުމަށް ކުރިއަށް ގެންދެވޭ މަސައްކަތެއް ކަމުގައި އެންވަޔަރަންމެންޓް މިނިސްޓްރީން މަޢުލޫމާތު... އިބްރާހިމް ޚަލީލް · 6 އަހަރު ކުރިން
ރިޕޯޓް މުގޮށި މާލޫދު މުގޮށި މާލޫދަކީ އިހުގައި ރާއްޖޭގެ މަދު ރަށްރަށެއްގައި ކިޔައި އުޅުން މާލޫދެއްކަމަށް އަދުގެ މުސްކުޅީން ބުނެއުޅެއެވެ. “ކީރިތި ރަސޫލާގެ ސިޔަރަތު” ފޮތުގައި (މުތަރުޖިމް) ފަޟީލަތުއް ޝައިޚް ޙުސައިން ޞަލާޙުއްދީން ލިޔުއްވާ ގޮތުގައި، މި މާލޫދަކީ އިތުރު އެކަލޭގެފާނު (صلى الله عليه وسلم) ގެ އަރިހުގައި ޟައްބު (ضَبّ) އެވެ ކިޔޭ ސޫތްޕެއް ބަސްދަންނަވައި ޝަހާދެއްކީ ވާހަކަ، ނަންގަންނަވައި އިހުގެ ދިވެހި ދަންނަބޭކަލަކު ޢަރަބި ބަހުން އެކުލަވާލައިފައިވާ މާލޫދެކެވެ. ދިވެހީން މި މާލޫދަށް މުގޮށި މާލޫދޭ ކިޔައި […] އަޙްމަދު ސާލިމް · 6 އަހަރު ކުރިން
ބައިނަލްއަގުވާމީ ޙައްޖު ވެރިންގެ ރައްކާތެރިކަމަށް އަޅާ ސަލާމަތީ ފިޔަވަޅުތައް އިޢުލާންކޮށްފި މި އަހަރުގެ ޙައްޖު ވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި ސައުދީގެ ކަމާބެހޭ ފަރާތްތަކުން ޙާއްސަ ގަވާއިދު ތަކެއް ވަނީ އިއުލާނުކޮށްފަ އެވެ. އެގައުމުގެ “ނެޝަނަލް ސެންޓަރ ފޯ ޑިސީސް ޕްރިވެންޝަން އެންޑް ކޮންޓްރޯލް” އިން ނެރެފައިވާ މި ގަވާއިދު ތަކުގައި ހައްޖުވެރިން ސަމާލުވާންޖެހޭ ކަންކަމުގެ އިތުރުން ތަނުގައި މަސައްކަތް ކުރާ ސައްހީ އެހީތެރިންނަށް ހާއްސަ ވަކި ގަވާއިދު ތަކެއް ވެސް ވަނީ ހިމަނާފަ އެވެ. މީގެ ދެހަފުތާ ކުރިން ސައުދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް ހައްޖް އެންޑް […] ޒިޔާން އަމްޖަދު · 6 އަހަރު ކުރިން
ރާއްޖެ ފޮއްދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު މިމަހުގެ ނިޔަލަށް ނިންމާލެވޭނެ: އެމްޓީސީސީ ނ. ފޮއްދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ މަސައްކަތް މި ހިނގާ ޖުލައި ނަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް އެމަޝްރޫޢުގެ މަސައްކަތް ކުރަމުންދާ މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ން ބުނެފިއެވެ. މިއަހަރުގެ ފެބްރުއަރީ މަހުގެ 25 ގައި އެމްޓީސީސީއާއި ހަވާލުކޮށްފައިވާ މިމަޝްރޫޢޫގެ މަސައްކަތް ހަލުވިކަމާއި ކުރެވެމުންދާއިރު، މިހާރު ކުރިއަށް ދަނީ ޖިއޯ ބޭގް ޖެހުމުގެ މަސައްކަތް ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. 7612،602.00 ރުފިޔާގެ މިމަޝްރޫޢު މަސައްކަތުގެ އީއައިއޭ ހަދ... ޔުމްނާ ޢަލީ · 6 އަހަރު ކުރިން
ރާއްޖެ މަރޮށި ހިމެނޭހެން 4 ރަށެއްގެ ބަނދަރުގެ މަސައްކަތް ކުރުމަށް ކުރިމަތިލާން ހުޅުވާލައިފި ށ. މަރޮށި ހިމެނޭހެން ހަތަރު ރަށެއްގެ ބަނދަރުގެ މަސައްކަތް ކުރުމަށް ޝައުގުވެރިކަން ހުރި ފަރާތްތަކަށް އެ މަސައްކަތްތަކަށް ކުރިމަތި ލުމުގެ ފުރުޞަތު ފިނޭންސް މިނިސްޓްރީން ހުޅުވާލައިފިއެވެ. މިގޮތުން އެ މިނިސްޓްރީއިން ހުޅުވާލާފައި ވަނީ ށ. މަރޮށީ ބަނދަރު އަޕްގްރޭޑުކުރުމުގެ މަސައްކަތުގެ އިތުރުން ބ. ހިތާދޫ ބަނދަރު ބޭރުތޮއްޓާއި އެއްގަމު ތޮށި ހެދުމުގެ މަސައްކަތާއި، މ. މުލީ ބަނދަރު ރީކޮންސްޓްރަކްޝަން މަސައްކަތް އަދި ވ. ތިނަދޫ ބަނދަރު އަޕްގްރޭޑު ކުރުމުގެ މަސައްކަތް ކުރުމަށް ކުރިމަތި ލުމަށެވެ. މިމަސައްކަތްތަކ... ޔުމްނާ ޢަލީ · 6 އަހަރު ކުރިން
ރާއްޖެ މިނިވަން ދުވަހާއި ގުޅިގެން ބާއްވާ އިޙުތިފާލުތައް މި އަހަރު ނުބާއްވާނެ ދިވެހިރާއްޖޭގެ މިނިވަންދުވަހުގެ މުނާސަބަތުގައި ކޮންމެ އަހަރަކުވެސް ބާއްވަވަމުން ގެންދަވާ އިޙުތިފާލުތައް މި އަހަރު ނުބާއްވަވާގޮތަށް ސަރުކާރުން ނިންމަވައިފިއެވެ. ސަރުކާރުގެ މިނިންމެވުމާއި ގުޅިގެން، މިނިވަން ދުވަހާއި ގުޅިގެން ކުރިން އަހަރުތަކުގައި ރައީސްގެ ދެކަނބަލުން ބާއްވަވާ ރަސްމީ ބައްދަލުކުރެއްވުމާއި، މިނިވަންދުވަހުގެ މުނާސަބަތުގައި ބާއްވަވާ ކުޅިވަރުތަކާއި އެހެނިހެން ޙަރަކާތްތައް މި އަހަރު ނުބާއްވަވާނެ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ. މިނިންމެވުމާއި ގުޅިގެން ވަޒީރުންގެ މަޖިލީހުގެ މިއަދުގ... ޔުމްނާ ޢަލީ · 6 އަހަރު ކުރިން