ސަރަހައްދީ ބަނދަރު ވިޔަފާރީ ގެ ވާދަވެރިކަމުގެ ތެރޭން މުދަލުގެ އަގުތިރިވާނެ
ސަރަހައްދީ ބަނދަރު ވިޔަފާރީ ގެ ވާދަވެރިކަމުގެ ތެރޭން މުދަލުގެ އަގުތިރިވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެ އެވެ. އިއްޔެ ކުރި ޓުވީޓެއްގައި ބޮންޑޭ ވިދާޅުވެފައިވަނީ ބޭރު ގައުމުތަކުން މުދާ ބަރުކޮށްގެން ރާއްޖެ ވަންނަ ކާގޯ ބޯޓުފަހަރު އަތޮޅުތައް ހުރަސްކޮށް، މާލޭ ގުރާބު ތުނޑިޔަށް މަރުކަޒު ކޮށްގެން ބާލާ ވިޔަފާރި މުދަލުގެ އަގު ކޮންޓްރޯލް ކުރާނީ މާލޭ ގުރާބު ތުނޑިންކަމަށެވެ. ބޮންޑޭގެ މިޓުވީޓްއަށް ރައްދު ދެއްވަމުން އަތޮޅުތައް ބާރުވެރިކުރުވ...