ހަނިމާދޫ ސްކޫލް ގޯތިތެރޭގައި ފެންބޮޑުވުން ހައްލުކުރުމަށް ވެލިއަޅަންް ފަށައިފި
ހަނިމާދޫ ސްކޫލް ގޯތިތެރޭގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް ގޯތި ތެރެއަށް ވެލިއެޅުމުގެ މަސައްކަތް ފަށައިފިއެވެ. މީގެ ދެދުވަސް ކުރިން ފަށާފައިވާ މި މަސައްކަތް ކުރަމުން ދަނީ އެމްޓީޓީސީގެ އެހީތެރިކަމާއިއެކު، ހަނިމާދޫ ކައުންސިލުންނެވެ. ހަނިމާދޫ ކައުންސިލްގެ ރައީސް ޢަބުދުއްސަލާމް ޢަލީ “ތިލަދުން” އަށް ވިދާޅުވީ ހަނިމާދޫ ސްކޫލްގެ ގޯތި ތެރޭގައި ފެން ބޮޑުވުމުގެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް، އެ މަސައްކަތަށް ބޭނުންވާނެ ވެލި ރަށުގެ ބަނދަރު އިތުރަށް ތަރައްޤީ ކުރުމަށް ކޮންނަ ސަރަޙައްދުން ހަމަޖައްސަވ...