ހާލަތު ބަލަން ނުގުޅޭ މީހުންގެ ލިސްޓެއް އަނެއްކާވެސް އާންމުކޮށްފި
ހިޔާ މަޝްރޫގެ ފްލެޓްތަކަށް އެދި ފޯމު ލާފައިވާ މީހުންގެ ތެރެއިން ހާލަތު ބަލަން ނުގުޅޭ މީހުންގެ ލިސްޓު ރައީސް އޮފީހުން މިއަދު އާންމުކޮށްފި އެވެ. ހިޔާ ފްލެޓްތައް ދޫކުރުމުގެ ކުރިން އެ ފްލެޓްތަކަށް އެދި ހުށަހަޅާފައިވާ މީހުންގެ ތެރެއިން ޝަރުތު ހަމަވާ މީހުންގެ ދިރިއުޅުމުގެ ހާލަތު ބަލަން ގުޅައި އެމީހަކު ދިރިއުޅޭ ތަނަކަށް ޒިޔާރާތް ކުރެ އެވެ. ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީން އާންމުކޮށްފައި ވަނީ މިގޮތަށް ގުޅި ގުޅުމުން ދީފައިވާ ނަންބަރަށް ނުގުޅޭ މީހުންގެ ނަންތަކެވެ. […]