މައި ޚަބަރަށް ދިޔުމަށް

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
ފީވަށް ބަނދަރުގެ 55 އިންސައްތަ މަސައްކަތް ނިންމާލެވިއްޖެ: އެމްޓީސީސީ

ފީވަށް ބަނދަރުގެ 55 އިންސައްތަ މަސައްކަތް ނިންމާލެވިއްޖެ: އެމްޓީސީސީ

ށ.ފީވަށް ބަނދަރު މަރާމާތުކުރުމުގެ މަސައްކަތުގެ %55 ނިމިފައި ވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެމްޓީސީސީއިން ބުނީ މި މަޝްރޫޢުގެ ތެރެއިން ބަނދަރު ފުން ކުރުމުގެ %72 މަސައްކަތް ވަނީ ނިމިފައިކަމަށެވެ. މީގެ އިތުރުން ބޭރުތޮށިލުމުގެ މަސައްކަތުގެ %97 ނިމިފައިވާކަމަށާއި މިހާރު ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ފެށިފައިވާ ކަމަށްވެސް އެކުންފުނިން ހާމަކޮށްފައިވެއެވެ. މި މަޝްރޫޢުގެ ދަށުން 55،163 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި،...

ޖަލްވާން ޖާދުﷲ
ދޮނައެރިކަނޑޫދޫ ފަޅުވި ހާދިސާ

ދޮނައެރިކަނޑޫދޫ ފަޅުވި ހާދިސާ

ދޮނައެރިކަނޑޫދޫ އަކީ ނ. އަތޮޅުގެ ދެކުނު ބިތުގައި އޮންނަ ފަޅުރަށެކެވެ. ކުރިން މީހުން ދިރިއުޅުނު ކަމަށްބުނެވޭ އަދި އެކަމުގެ އަސަރުތައް ފެންނަން ހުރި ރަށެކެވެ. އެ ރަށާ އެންމެ ކައިރީގައި އޮންނަ މީހުން ދިރިއުޅޭ ރަށަކީ ނ.އަތޮޅު ވެލިދޫ އެވެ. ދޮނައެރިކަނޑޫދޫއާ ވެލިދޫއާ ދޭތެރޭގައި އެހެން ފަޅުރަށެއް އޮވެއެވެ. އެއީ ރާފުށްޓެވެ. ދޮނައެރިކަނޑޫދޫ ފަޅުވި ތާރީޚެއް ނޭނގެއެވެ. އެ ރަށް ފަޅުވި ގޮތްކަމަށް ބުނާ ދެ ފޯކުލޯރެއް އޮވެއެވެ. އެއް ފޯކުލޯރަކީ މަނަދޫގައި އުޅުއްވިކަމަށް ބުނާ ހާޖީ […]

ޢަބްދުﷲ ސަޢީދު
މާލެއިން ބޯހިޔާވަހިކަން ފޯރުކޮށް ދިނުމުގައި މާލޭގެ ރައްޔިތުންނަށް އިސްކަން ދޭންޖެހޭ: ޝިފާޢު

މާލެއިން ބޯހިޔާވަހިކަން ފޯރުކޮށް ދިނުމުގައި މާލޭގެ ރައްޔިތުންނަށް އިސްކަން ދޭންޖެހޭ: ޝިފާޢު

މާލެއިން ބޯހިޔާވަހިކަން ފޯރުކޮށް ދިނުމުގައި މާލޭގެ ރައްޔިތުންނަށް އިސްކަން ދޭންޖެހޭ ކަމަށް އިހަވަންދޫ ދާއިރާގެ މަޖިލިސް މެމްބަރު މުޙައްމަދު ޝިފާޢު ވިދާޅުވެއްޖެއެވެ. ޝިފާޢު މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާ ޕީއެސްއެމް ނިއުސްގެ “ރާއްޖެ މިއަދު” ޕްރޮގްރާމްގައި ރޭ ވާހަކަ ދައްކަވަމުންނެވެ. ޝިފާޢު ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައާއި ގުޅިގެން ފާހަގަކޮށްލަން ޖެހޭ އެއްކަމަކީ މާލޭ ސަރަޙައްދުގައި މާލޭ ރައްޔިތުންނަށް ގެދޮރުގެ ގޯތި ނުދެވޭތާ ވަރަށް ގިނަ ޒަމާންވެއްޖެ ކަމަށާ...

އަލީ އާދިލް
އިންޑިއާގެ މަހާރާޝްތްރާގެ އިމާރާތެއް ވެއްޓި 15 މަރު

އިންޑިއާގެ މަހާރާޝްތްރާގެ އިމާރާތެއް ވެއްޓި 15 މަރު

އިންޑިއާގެ މުންބާއި ނިސްބަތްވާ މަހާރާޝްތްރާގައި ހުރި 5 ފަންގިފިލާގެ އިމާރާތެއް ވެއްޓީ 15 މީހުން މަރުވެއްޖެއެވެ. އިންޑިއާސް ނެޝަނަލް ޑިޒާސްޓަރ ރެސްޕޮންސް ފޯސް (އެންޑީއާރްއެފް) ގެއިސްވެރިޔާ އަނޫޕަމް ޝްރިވާސްތަވް ބުނެފައިވަނީ 4 މީހަކު އަދިވެސް ނުފެންނަކަމަށާއި ލަފާކުރެވޭގޮތުގައި އެމިހުންތިބީ އިމާރާތުގެ ދަށުގައި ތާށިވެފައެި ކަމަށެވެ. ވެއްޓުނު މިއިމާރާތުގެ ދަށޫން 4 އަަހަރުގެ ކުއްޖަކު ސަލާމަތް ކޮށްފައިވާއިރު، އެ ސަރަޙައްދުގެ ފުލުހުންނާއި ހަވާލާދީ ބިޒްނަސް ސްޓޭންޑާޑްގައި ބުނެފައި ވަނީ އެ ހާދިސާގައި 15...

އައިމިނަތު ޔުމްނާ
މާފަރު އެއާޕޯޓުގައި ބޯޑަ ކޮންޓްރޯލް ނިޒާމް ގާއިމުކޮށްފި

މާފަރު އެއާޕޯޓުގައި ބޯޑަ ކޮންޓްރޯލް ނިޒާމް ގާއިމުކޮށްފި

މާފަރު އިންޓަނޭޝަނަލް އެއާރޕޯޓުގައި ބޯޑާ ކޮންޓްރޯލް ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތް އެއްކޮށް ނިންމާލެވިފައިވާ ކަމަށް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީން ހާމަކުރައްވައިފިއެވެ. މާފަރު ވައިގެ ބަނދަރުގައި މި ނިޒާމު ގާއިމުކުރުމާއިއެކު ރާއްޖޭގެ އިންޓަނޭޝަނަލް ފެންވަރުގެ ހުރިހާ ވައިގެ ބަނދަރަކާއި ކަނޑުގެ ބަނދަރުތަކުގައި މި ޚިދުމަތް ގާއިމް ކުރެވުނީ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައިވެއެވެ. މާފަރުގައި ތަރައްޤީ ކޮށްފައިވާ އިންޓަނޭޝަނަލް އެއާޕޯޓުގައި މި ނިޒާމް ޤާއިމް ކުރުމުގެ މަސައް...

އިބްރާހިމް ޚަލީލް
ކުމުންދޫގެ ތަރައްޤީއަށް ސަރުކާރުން ހިންގާ މަޝްރޫޢުތައް

ކުމުންދޫގެ ތަރައްޤީއަށް ސަރުކާރުން ހިންގާ މަޝްރޫޢުތައް

އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ހދ. ކުމުންދޫގައި ވަނީ އެ ރަށުގެ ތަރައްޤީއަށް ބޭނުންވާ މުހިންމު މަޝްރޫޢުތަކެއް ހިންގާފައެވެ. އަދި ބައެއް މަޝްރޫޢުތައް ހިނގަމުންދާއިރު، އިތުރު މަޝްރޫޢުތައް ވަނީ ފެށުމުގެ މަގު މަތީގައެވެ. ރަށެއްގެ ތަރައްޤީއަށް ވަރަށް ގިނަ ކަންކަން ބޭނުންވާނެ ކަންގައިމެވެ. އަދި ކޮންމެ ރަށެއްގެ ރައްޔިތުންވެސް ވީ އެންމެ އަވަހަކަށް އެކަންކަން ވާންވެސް އެދޭނެއެވެ. ނަމަވެސް ރާއްޖޭގެ ވަކި ޖަޒީރާ 189 ރަށުގައި ސަރުކާރުން މަޝްރޫޢުތައް ހިންގާއިރު، އެ ރަށްރަށުގެ ރަށްޔިތުން އެދޭ ފަދަ […...

އަޙްމަދު ވަހީދު
ފަތުރުވެރިންނަށް އިތުރު މެސެޖެއް ދެވޭނީ ނަމްބަރު ތިރިކުރެވިގެން: ޑރ. މައުސޫމް

ފަތުރުވެރިންނަށް އިތުރު މެސެޖެއް ދެވޭނީ ނަމްބަރު ތިރިކުރެވިގެން: ޑރ. މައުސޫމް

ފަތުރުވެރިން ރާއްޖެއަށް ގެނައުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށާއި، ނަމަވެސް ފަތުރުވެރިން ގެނައުމަށް އިތުރު މެސެޖެއް ދެވޭނީ ރާއްޖޭގައި ދުވާލެއްގެ މަށްޗަށް ކޯވިޑް-19 އަށް މީހުން ޕޮޒިޓިވްވާ ނިސްބަތް ދަށް ކުރެވިގެންކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. ޢަބުދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ. ރާއްޖެ ޓީވީގެ “ފަލަސުރުޚީ” ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ކޯވިޑްގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު އަލުން ބޯޑަރު ހުޅުވާލިއިރުން ފެށިގެން ވެސް ރާއްޖެއަށް ފަތުރު...

ޝިއުނާ އާދަމް
ދިއްދޫއިން ދޫކޮށްފައިވާ 110 ހައުސިންގ ޔުނިޓްގެ މަރާމާތު ފައިސާ ދޫކުރަނީ

ދިއްދޫއިން ދޫކޮށްފައިވާ 110 ހައުސިންގ ޔުނިޓްގެ މަރާމާތު ފައިސާ ދޫކުރަނީ

ހއ. ދިއްދޫއިން ދެވަނަ ބުރުގައި ދޫކޮށްފައިވާ 110 ހައުސިންގ ޔުނިޓްގެ މަރާމާތު ފައިސާ ދޫކުރަން ފަށަން ހަމަޖެހިފައިވާކަމަށް ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާ އިން ބުނެފިއެވެ. ދިއްދޫ ކައުންސިލުން ކޮށްފައިވާ އިޢުލާން ގައި ބުނެފައިވަނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެދަށުން ދިއްދޫގައި އިމާރާތްކޮށްފައިވާ 250 ހައުސިންގ ޔުނިޓުގެ ތެރެއިން ދެވަނަ ބުރުގައި ދޫކޮށްފައިވާ 110 ހައުސިންގ ޔުނިޓުގެ މަރާމާތު ފައިސާ، އެކައުންސިލަށް ވަނީ ލިބިފައިކަމަށެވެ. ހައުސިން ޔުނިޓް ލިބިލެއްވި ފަރާތުގެ އަމި...

އިބްރާހިމް އަސްވާޤް
ތަކަންދޫ ކުޅީގެ ދިރުންތައް ހިމާޔަތް ކުރުމަށް ޚާއްޞަ ފިޔަވަޅެއް

ތަކަންދޫ ކުޅީގެ ދިރުންތައް ހިމާޔަތް ކުރުމަށް ޚާއްޞަ ފިޔަވަޅެއް

ހއ. ތަކަންދޫ ކުޅީގެ ދިރުންތައް ހިމާޔަތް ކުރުމަށް އެ ރަށުގެ ކައުންސިލުން ޚާއްޞަ ފިޔަޅެއް އަޅައިފިއެވެ. މިގޮތުން އެ ކައުންސިލުން ވަނީ އިއްޔެއިން ފެށިގެން އެރަށުގެ ކުޅިއާއި، ކުޅިއާއި ގުޅިފައިވާ ފާ އަދި ފެންގަނޑުތަކުން މަސް ހިފުން މަނާ ކޮށްފައެވެ. ތަކަންދޫ ކައުންސިލްގެ މި ނިންމުމާއި ގުޅިގެން ތަކަންދޫ ކައުންސިލްގެ ނައިބު ރައީސް ޢާއިޝަތު އާޞިފާ “ތިލަދުން” އަަށް ވިދާޅުވީ އެ ނިންމުމަކީ އެރަށުގެ ކުޅީގެ ދިރުންތައް އާލާ ކުރުމަށް ފުރުޞަތު ހޯދުމަށް ނިންނި ނިންމުމެއް ކަމަށެވެ. […]

ޙުސައިން ޝަހުދީ
ހއ. އަތޮޅުގެ 3 ރަށެއްގައި ސްކޭންގެ ހާއްސަ ޑޮކްޓަރެއް ޚިދުމަތް ދެނީ

ހއ. އަތޮޅުގެ 3 ރަށެއްގައި ސްކޭންގެ ހާއްސަ ޑޮކްޓަރެއް ޚިދުމަތް ދެނީ

ހއ.އަތޮޅުގެ 3 ރަށެއްގައި ސްކޭންގެ ހާއްސަ ޑޮކްޓަރ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާކަމަށް ހއ. އަތޮޅު ހޮސްޕިޓަލުން ބުނެފިއެވެ. ހއ. އަތޮޅު ހޮސްޕިޓަލުން ކުރި ޢިއުލާންނެއްގައި ބުނެފައިވަނީ ހދ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި މަސައްކަތްކުރައްވާ ރޭޑިއޯލޮޖިސްޓް (ސްކޭންގެ ހާއްސަ ޑޮކްޓަރ) “ޑޮކްޓަރ ކައިލާޝް ކުމާރު 2،1 އަދި 03 ސެޕްޓެމްބަރ 2020 މި ތިންދުވަހު ސްކޭންގެ ޚިދުމަތް އެހޮސްޕިޓަލްގައި ދެމުންގެންދާނެކަމަށެވެ. ސްކޭން ޑޮކްޓަރަށް ދެއްކުމަށް ބޭނުންވާ ފަރާތްތަކުން މެންދުރުފަހު 15:00 ން ރޭގަނޑު 20:00ށް އ...

އިބްރާހިމް އަސްވާޤް
ޅައިމަގު ރައްޔިތުންގެ ރުއްގަސް ކުއްޔަށް ދޫކުރަނީ

ޅައިމަގު ރައްޔިތުންގެ ރުއްގަސް ކުއްޔަށް ދޫކުރަނީ

މިލަދުންމަޑުލު އުތުރު ބުރީ ޅައިމަގުގެ ރައްޔިތުންގެ ރުއްގަސްތައް އެއްއަހަރުގެ މުއްދަތަށް ކުއްޔަށް ހިފާނެ ބަޔަކު ހޯދުމަށް އިޢުލާންކޮށްފިއެވެ. މިކަމާއި ގުޅިގެން ޅައިމަގު ކައުންސިލުގެ އިދާރާއިން ކޮށްފައިވާ އިޢުލާނުގައި ބުނެފައިވަނީ ޅައިމަގު ރައްޔިތުންގެ ރުއްގަސް 18 ސެޕްޓެމްބަރ 2020 އިން ފެށިގެން މީލާދީ ގޮތުން އެއްއަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ބޭނުންވާ ކަމަށެވެ. މި ރުއްގަސްތައް ކުއްޔަށް ހިފުމަށް ހުށައެޅޭނެ އެންމެ ކުޑަ އަގަކީ  އަހަރަކު 2500.00 (ދެހާސް ފައްސަތޭކަ ރުފިޔާ ) ކަމަށް އެ ކައ...

އިބްރާހިމް ޚަލީލް
އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ބިލު ބަދަލު ތަކަކާއިއެކު ފާސްކޮށްފި

އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ބިލު ބަދަލު ތަކަކާއިއެކު ފާސްކޮށްފި

ކޯވިޑް-19 ބަލިމަޑުކަމުގެ ސަބަބުން އެކަހެރިވެ ތިބެންޖެހޭ މީހުންނަށް ހާއްސަ ޗުއްޓީއެއް ހަމަޖައްސައި ދޭންޖެހޭގޮތަށް ހިމަނައި، އަދިވެސް އިތުރު ބަދަލުތަކާއިއެކު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ބިލު އިޖުތިމާއީ ކޮމިޓީއިން ފާސްކޮށްފި އެވެ. އެ ބިލުގައި ބުނެފައި ވަނީ ކޯވިޑްއާއި ގުޅިގެން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި ވަނިކޮށް އެއްވެސް ހާލަތެއް ދިމާވެގެން ކަރަންޓީނުގައި ހުންނަން ޖެހޭ މުވައްޒަފަކަށް މެޑިކަލް ސެޓްފިކެޓް ހުށަހެޅުމަކާ ނުލައި މުސާރަ ލިބޭގޮތަށް ހާއްސަ ޗުއްޓީއެއް ވަޒީފާދޭ ފަރާތ...

އިބްރާހިމް ޚަލީލް
ތިލަދުންމަތީ ބޮޑު ތަކުރުފާނަށް ނިސްބަތްވާ ބައެއް ޝަރަފު

ތިލަދުންމަތީ ބޮޑު ތަކުރުފާނަށް ނިސްބަތްވާ ބައެއް ޝަރަފު

ރާއްޖޭގައި 15 އަހަރާއި ހަ މަސްދުވަސް ވަންދެން އަނިޔާވެރި ވެރިކަމެއް ކުރި ޕޯޗްގީޒުންގެ އަތްދަށުން ގައުމު މިނިވަންކޮށްދެއްވި ބަޠަލަކީ ތިލަދުންމަތީ އުތީމު ބޮޑުތަކުރުފާނެވެ. އަޅުވެތިކަމުން މިނިވަންކަމަށް ދިވެހި ރާއްޖޭ ގެނައުމަށް ކުރެއްވި ޖިހާދުގެ ސަބަބުން އެތަކުރުފާނަށް ދިވެހިންގެ ލޯތްބާއި ޤަދަރު އަބަދުވެސް ލިބިފައިވެއެވެ. މިނިވަން ކަމުގެ ފަޚުރު ދިވެހީންނަށް ހާސިލުކޮށްދެއްވުމަށް ކުރެއްވި މަސައްކަތުގެ ސަބަބުން އެތައް ޝަރަފެއް ދިވެހިން ވަނީ އެތަކުރުފާނަށް އަރުވާފައެވެ. އަދި މިހާރުވެސް ދަނީ އެޝަރަފު އަ...

އަލީ އަހުސަން
ކުމުންދޫ ނޭޗާ ޕާކަށް އަވި ޓެކްނޮލިޖީގެ ފަރާތުން އެހީއެއް

ކުމުންދޫ ނޭޗާ ޕާކަށް އަވި ޓެކްނޮލިޖީގެ ފަރާތުން އެހީއެއް

ކުމުންދޫ ރިވައިވަލް އިނިޝިއޭޓިވް (ކުރެވި) ޖަމްޢިއްޔާއާއި އެ ޖަމްޢިއްޔާގެ ދަށުން އުފެދިފައިވާ ޓީމެއްކަމުގައިވާ ޒީރުގެ ސްޕޯޓްސް ކުލަބްގެ ފަރާތުން އިސްނަގައިގެން، އެ ރަށުގެ ކަނޑޫފަލުގައި ތަރައްޤީ ކުރަމުން އަންނަ ނޭޗާ ޕާކުގެ ބޭނުން ރޭގަނޑު ވެސް ކުރެވޭނޭ އިންތިޒާމް ހަމަޖެއްސުމަށް ބޭނުންވާ ކަރަންޓް އުފެއްދުމަށްޓަކައި ސޯލާޕެނަލްއާއި އޭގެ ބެޓްރީސެޓް އަވިޓެކްނިލޮޖީގެ ފަރާތުން ހަދިޔާކޮށްފިއެވެ. މިކަމާއި ގުޅިގެން ކުރެވި ޖަމިއްޔާއިން މައުލޫމާތު ދީފައިވާ ގޮތުގައި އަވިޓެކްނޮލޮޖީގެ ފަރާތުން އެ ޕާކަށް ހަދިޔާކޮށ...

އިބްރާހިމް ޚަލީލް
ނެއްލައިދޫ ބަނދަރުގެ 32 ޕަސެންޓު މަސައްކަތް ނިމިއްޖެ

ނެއްލައިދޫ ބަނދަރުގެ 32 ޕަސެންޓު މަސައްކަތް ނިމިއްޖެ

ހދ. ނެއްލައިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ 32 ޕަސެންޓު މަސައްކަތް ނިމިއްޖެކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެމްޓީސީސީން ބުނީ މި މަޝްރޫޢުގެ ތެރެއިން އެއްގަމު ތޮށިލުމަށް ބޭނުންވާ ގައު އިއްޔެ އެ ރަށަށް ގެންގޮސްފައިވާ ކަމަށެވެ. މި މަޝްރޫއުގެ ދަށުން 22،860 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ބޭސިން ފުންކުރުމާއި،10،294 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކޮށް މަރާމާތު ކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މި މަޝްރ...

އަލީ އާދިލް