މައި ޚަބަރަށް ދިޔުމަށް

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
މާލޭގައި ބޮޑު އަލިފާނުގެ ހާދިސާއެއް

މާލޭގައި ބޮޑު އަލިފާނުގެ ހާދިސާއެއް

ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)ގެ ރާއްޖޭގެ އޮފީހާ އިންވެގެން ހުންނަ އިމާރާތެއްގައި ރޯވެ އަނދަމުން އެބަދެ އެވެ. އަލިފާން ރޯވެފައި ވަނީ ބޮޑުތަކުރުފާނު މަގުގައި އާޓިފިޝަލް ބީޗާ ކައިރިން ހުންނަ ބެންކު އޮފް މޯލްޑިވްސް ސެލްފްސާވިސް ސެންޓަރާ ޖެހިގެން “ޓީއޯލޯ” ގެ ނަމުގައި ހިންގަމުން އައި އުސް އިމާރާތުގަ އެވެ. އޭގެ ފަހުން ކައިރިން ހުންންނަ ސްޓޭޓް ބޭންކް އޮފް އޮންޑިއާގެ އިމާރާތުގެ ބައެއްގައި ވެސް އަލިފާން ރޯވެފަ އެވެ. އެސްބީއައި އިމާރާތަަކީ ހަބުރީގެ އިމާރާތެކެެވެ. […]

އިބްރާހިމް އަސްވާޤް
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ވެބްސައިޓެއް ލޯންޗު ކޮށްފި

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ވެބްސައިޓެއް ލޯންޗު ކޮށްފި

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) އިން ވެބްސައިޓެއް ލޯންޗު ކޮށްފި އެވެ. ކޭއާރުއެޗްއިން ބުނީ މިއަދު ވާނީ ހޮސްޕިޓަލުގެ މައުލޫމާތު ވީހާ ވެސް ރައްޔިތުންނާ ގާތުން ފޯރުކޮށްދިނުމުގެ ގޮތުން ހޮސްޕިޓަލުގެ ވެބްސައިޓެއް ލޯންޗު ކޮށްފައި ކަމަށެވެ. އިތުރަށް އެހޮސްޕިޓަލުން ބުނީ މިއާއެކު އޮންލައިންކޮށް އެޕޮއިންޓްމަންޓް ހެއްދުމުގެ ފުރުސަތު ހިދުމަތް ހޯދާ ފަރާތްތަކަށް ފަހިވެގެން ދާނެކަމަށާއި އަދި އެޕޮއިންޓްމަންޓް ނަންބަރު 6528864 އާއި ގުޅައިގެން އެޕޮއިންޓްމަންޓް ހައްދާ ގަޑި ކޮންމެ ދުވަހެއްގެ ވެސް ހަވީރު...

އިބްރާހިމް އަސްވާޤް
ބަންގްލަދޭޝްގެ އިތުރު 200 މީހުން ފޮނުވާލައިފި

ބަންގްލަދޭޝްގެ އިތުރު 200 މީހުން ފޮނުވާލައިފި

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ އަދި އެނބުރި ގައުމަށް ދާން ބޭނުންވާ ބަންގްލަދޭޝްގެ މީހުން ޤައުމަށް ފޮނުވާލުމަށް ސަރުކާރުން ކުރަށްވާ މަސައްކަތުގެ ތެރެއިން އިތުރު 200 މީހުން މިއަދު ފޮނުވާލައިފި އެވެ. މި މީހުން ފޮނުވާލާފައި ވަނީ ބަންގްލަބަންގްލަދޭޝްގެ ވެރިރަށް ޑާކާ އަށް މިއަދު ދިޔަ މޯލްޑިވިއަންގެ ފްލައިޓެއްގައެވެ. ބިދޭސީން އެ މީހުންގެ ގައުމަށް އަނބުރާ ފޮނުވާލުމަށް މިހާރު ކުރާ މަސައްކަތުގައި މި އަހަރު 20،000 ބިދޭސީން ފޮނުވާލެވޭނެ ކަމަށް، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މިދިޔަ […]

ޔުމްނާ ޢަލީ
އިންޒާރު ދިނަސް ދިވެހި ޤައުމުގެ ހައްގުގައި ދިވެހިން ތެދުވާނެ: އަދުރޭ

އިންޒާރު ދިނަސް ދިވެހި ޤައުމުގެ ހައްގުގައި ދިވެހިން ތެދުވާނެ: އަދުރޭ

ކިތަންމެ އިންޒާރެއް ދިނަސް ދިވެހިން ދިވެހި ޤައުމުގެ ހައްގުގައި ތެދުވާނެ ކަމަށް ޕީއެންސީގެ ރައީސް، ކުރީގެ ފޮނަދޫ ދާއިރާގެ މެންބަރު ޢަބުދުއްރަޙީމް ޢަބުދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ. އަދުރޭ މިހެން ވިދާޅުވީ އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި ސައިކަލް ބުރުގައި އެޗްޕީއޭގެ މިންގަނޑުތަކާއި ހިލާފުވި މައްސަލަ ބަލާނެ ކަމަށް ފުލުހުން ބުނެފައި ވަނިކޮށް ކުރެއްވި ޓުވީޓެއްގައި އެވެ. “މިއަދު ބޭއްވި ސައިކަލް ބުރުގެ ބައިވެރިންނާއި މެދު ފިޔަވަޅު އަޅާނަން: ފުލުހުން” މި ސުރުޚީގެ ދަށުގައި ނޫހެއްގައި ލިޔެފައިވާ ލިޔުމެއް...

އަލީ އާދިލް
ސިއްހީ ރައްކާތެރިކަން ނަގާލުމާއި، ޚިޔާލުފާޅު ކުރުމުގެ މިނިވަންކަމަކީ ތަފާތު ދެކަމެއް: މިނިސްޓަރު އިމްރާން

ސިއްހީ ރައްކާތެރިކަން ނަގާލުމާއި، ޚިޔާލުފާޅު ކުރުމުގެ މިނިވަންކަމަކީ ތަފާތު ދެކަމެއް: މިނިސްޓަރު އިމްރާން

ރައްޔިތުންގެ ސިއްހީ ރައްކާތެރިކަން ނަގާލުމާއި، ޚިޔާލުފާޅު ކުރުމުގެ މިނިވަންކަމާއި ދެމެދު ވަރަށް ބޮޑު ފަރަޤެއްވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން ޢަބުދުﷲ ވިދާޅުވެއްޖެއެވެ. އިމްރާން މިހެން ވިދާޅުވީ އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން މިއަދު މާލޭގައި ސައިކަލެއް ބުރެއްބާވައި، ރާއްޖޭގެ ގިނަ ރަށްތަކެއްގައި މުޒާހަރާ ކޮށްފައި ވަނިކޮށް ކުރެއްވި ޓުވީޓެއްގައި އެވެ. މިނިސްޓަރު އިމްރާން ވިދާޅުވީ ރައްޔިތުންގެ ސިއްހީ ރައްކާތެރިކަން ނަގާލުމާއި، ޚިޔާލުފާޅު ކުރުމުގެ މިނިވަންކަމާއި ދެމެދު ވަރަށް ބޮޑު ފަރަޤެއްވާ ކ...

އަޙްމަދު ވަހީދު
ޤާނޫނާއި ޤަވާޢިދު ހިންގުމުގައި ތަފާތެއް ނުކުރެވޭނެ: އަޙްމަދު ޢަބުދުﷲ

ޤާނޫނާއި ޤަވާޢިދު ހިންގުމުގައި ތަފާތެއް ނުކުރެވޭނެ: އަޙްމަދު ޢަބުދުﷲ

ކޯވިޑް-19ގެ ހާލަތުގައި އެޅި ރަށްކާތެރި ފިޔަވަޅުތަކުގެ ދަށުން އާންމުކުރި އުސޫލުތަކާއި ޚިލާފުވެގެން އެތައް ބަޔަކު ވަނީ ޖޫރިމަނާކޮށްފައި ކަމަށާއި، ޤާނޫނާއި ޤަވާޢިދު ހިންގުމުގައި ވަކިބަޔަކު ތަފާތު ކުރުމަށްނެތި ފިޔަވަޅުއެޅެން ވާނެ ކަމަށް ބާރަށު ދާއިރާގެ މެންބަރު އަޙްމަދު ޢަބުދުﷲ ވިދާޅުވެއްޖެއެވެ. އަޙްމަދު މިހެން ވިދާޅުވީ އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި ސައިކަލް ބުރުގައި އެޗްޕީއޭގެ މިންގަނޑުތަކާއި ހިލާފުވި މައްސަލަ ބަލާނެ ކަމަށް ފުލުހުން ބުނެފައި ވަނިކޮށް ކުރެއްވި ޓުވީޓެއްގައި އެވެ. އިދިކޮޅު ޕީޕީއެމ...

އަލީ އާދިލް
"1ހާސް1ހާސް" ޕްރޮމޯޝަންގެ ތިންވަނަ ހަފުތާގެ ނަސީބުވެރިން ހޮވައިފި

"1ހާސް1ހާސް" ޕްރޮމޯޝަންގެ ތިންވަނަ ހަފުތާގެ ނަސީބުވެރިން ހޮވައިފި

މާލެ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)ގެ ޑޮމެސްޓިކް ކަސްޓަމަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ “1ހާސް1ހާސް” ޕްރޮމޯޝަނުގެ ތިންވަނަ ހަފުތާގެ ނަސީބުވެރިން ހޮވައިފި އެވެ. މި ޕްރޮމޯޝަނުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ އެމްޑަބްލިއުއެސްސީީގެ މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ އިތުރުން އެ ކުންފުނިން ހިދުމަތްދޭ ކ. މާފުށި، ރ. ދުވާފަރު އަދި ހދ. ކުޅުދުއްފުށީގެ ޑޮމެސްޓިކް ކަސްޓަމަރުންނަށް ވެސް ހުޅުވާލާފަ އެވެ. އެމްޑަބްލިއުއެސްސީގެ މޮބައިލް އެޕްލިކޭޝަން، އޮންލައިން ޕޯޓަލް، ޗެކު ނުވަތަ ނަގުދު...

އަޙްމަދު ވަހީދު
އުރީދޫ އަތޮޅު ދުވުން: އުތުރުގެ ބައެއް މޫނުތައް

އުރީދޫ އަތޮޅު ދުވުން: އުތުރުގެ ބައެއް މޫނުތައް

އުރީދޫ މޯލްޑިވްސްގެ 15 ވަނަ އަހަރީ ދުވަހާ ގުޅިގެން “އަތޮޅު ރަން”ގެ ނަމުގައި ބާއްވާ ވާޗުއަލް ރަން، މުޅި ރާއްޖޭގައި މިއަދު ވަނީ ފަށާފައެވެ. މިއަދު ހެނދުނު މުޅިރާއްޖޭގައި ފެށި މި ދުވުމަކީ މިގޮތަށް ރާއްޖޭގައި ބޭއްވޭ ފުރަތަމަ ވާޗުއަލް ރަންއެވެ. 5517 ދުވުންތެރިންނާއިއެކު މިއަދު ފެށި މި ދުވުން ރާއްޖޭގެ 200 އަށް ވުރެން ގިނަ ރަށަކުންނާއި، ބޭރުގެ ކަންކޮޅުތަކުގައި ތިބި ދިވެހިން ވެސް ވަނީ ދުވަމަށް ރަޖިސްޓްރީ ވެފަ އެވެ. މި ދުވުމުގެ އެންމެ ހާއްސަ […]

ޝިއުނާ އާދަމް
ކޮމަންވެލްތް ގޭމްސްގައި އަލުން ބައިވެރިވުމުގެ ފުރުސަތު ރާއްޖެއަށް

ކޮމަންވެލްތް ގޭމްސްގައި އަލުން ބައިވެރިވުމުގެ ފުރުސަތު ރާއްޖެއަށް

ކޮމަންވެލްތު ގޭމްސް ފެޑެރޭޝަން (ސީޖީއެފް) ގެ މެމްބަރުކަން އަލުން އަނބުރާ ރާއްޖެއަށް ދީފިކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިޙް ވިދާޅުވެއްޖެއެވެ. އެ ޖަމާއާތުގެ މެމްބަރު ގައުމުތަކުގެ މި ނިންމުމާ އެކު، ރާއްޖެއަށް އަލުން ކޮމަންވެލްތު ގޭމްސްގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެ އެވެ. އެ ޖަމާއަތުން އެކަން އަންގާފައި ވަނީ، އެ އިދާރައިގެ ރައީސް ލޮއިސް މާޓިން ރާއްޖޭގެ ރައީސް އިބްރާހިމް މުހައްމަދު ސާލިޙް އަށް ފޮނުއްވި ސިޓީފުޅެއްގަ އެވެ. “މިއަދަކީ ރާއްޖޭގެ ކުޅިވަރަށް ނުހަނު އުފާވެރި ދުވަހެއް. […]

ޝިއުނާ އާދަމް
ބެސްޓް ބަޑީ އިން ވިޔަފާރިކުރާ ކަސްޓަމަރުންނަށް މާސްކް ހިލޭ

ބެސްޓް ބަޑީ އިން ވިޔަފާރިކުރާ ކަސްޓަމަރުންނަށް މާސްކް ހިލޭ

ބެސްޓް ބަޑީ ފިހާރައިން ވިޔަފާރިކުރާ ކަސްޓަމަރުންނަށް މާސްކް ހިލޭ ދިނުމަށް ނިންމައިފި އެވެ. ބެސްޓް ބަޑީގެ އޮފިސަލަކު މި ނޫހަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ މިއީ ކޯވިޑް19 ގެ ބަލިމަޑުކަން ރާއްޖެއަށް ފެތުރި މިބައްޔަށް ޕޮޒިޓިވް ވާ މީހުންގެ ޢަދަދު ދުވަހަކަށްވުރެ ދުވަހެއް އިތުރުވަމުން އައުމާއި ގުޅިގެން މާސްކު އެޅުން މަޖުބޫރުކޮށްފައިވާ ދަނޑިވަޅަކަށް ވުމާއިއެކު ބެސްޓްބަޑީގެ ފިހާރަތަކުން ވިޔަފާރިކުރައްވާ ކަސްޓަމަރުންނަށް ދޭ ހަދިޔާއެއް ކަމަށެވެ. މިގޮތުން ބެސްޓް ބަޑީއިން 6000 މާސްކު ކަސްޓަމަރުންނަށް ބަހަނ...

އިބްރާހިމް އަސްވާޤް
ވިޔަފާރިތައް ހުއްޓުމުން އެކަމުގެ އަސަރު ހުރިހާ ރައްޔިތުންނަށް ކުރާނެ: ނާޒިމް

ވިޔަފާރިތައް ހުއްޓުމުން އެކަމުގެ އަސަރު ހުރިހާ ރައްޔިތުންނަށް ކުރާނެ: ނާޒިމް

ރޭގަނޑު 8 ފަހުން މާލޭ ސަރަހައްދުގައި ވެހިކަލް ދުއްވުން މަނާ ކުރުމުން ވިޔަފާރިތައް ހުއްޓުމުން އެކަމުގެ އަސަރު ހުރިހާ ރައްޔިތުންނަށް ކުރާނެ ކަމަށް ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ. ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) ގެ ޗެެއާމަންގެ މަގާމުގައި ވެސް ހުންނެވި ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމް މިހެން ވިދާޅުވީ ކުރެއްވި ޓުވީޓެއްގައި އެވެ. ވިޔަފާރިތައް ހުއްޓިއްޖެނަމަ އޭގެ އަސަރު ހުރިހާ ރައްޔިތުންނަށް ކުރާނެކަން ފާހަގަ ކުރަށްވާ ނާޒިމް ވިދާޅުވީ ކުދި އަދި […]

އަލީ އާދިލް
މަކުނުދޫއާއި ހަނިމާދޫގައި ފުލުހުން ހިންގި އޮޕަރޭޝަންތަކެއްގައި ދެ މީހަކު ހައްޔަރުކޮށްފި

މަކުނުދޫއާއި ހަނިމާދޫގައި ފުލުހުން ހިންގި އޮޕަރޭޝަންތަކެއްގައި ދެ މީހަކު ހައްޔަރުކޮށްފި

ހދ. މަކުނުދޫ އާއި ހަނިމާދޫގައި ފުލުހުން ހިންގި މަސްތުވާތަކެއްޗާއި ގުޅުހުން ހުރި އޮޕަރޭޝަން ތަކެއްގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ. މަސްތުވާ ތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން އެ ދެރަށުގައި ފުލުހުން މި އޮޕަރޭޝަންތައް ހިންގާފައި ވަނީ މިމަހުގެ 27 ވަނަ ދުވަހުއެވެ. އެކަން ހާމަކުރަށްވައި ފުލުހުން ބުނީ އެގޮތުން މަކުނުދޫގައި ހިންގި ދެ އޮޕަރޭޝަނުގެ ތެރެއިން އެއް އޮޕަރޭޝަނުގައި 18 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށް، ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ...

ޖަލްވާން ޖާދުﷲ
މުއްދަތު ހަމަވެފައިވާ އައިޑީ ކާޑު ބޭނުން ކުރެވޭ މުއްދަތު އިތުރުކޮށްފި

މުއްދަތު ހަމަވެފައިވާ އައިޑީ ކާޑު ބޭނުން ކުރެވޭ މުއްދަތު އިތުރުކޮށްފި

ކޯވިޑް-19 އާއި ގުޅިގެން ދެމުން އަންނަ ލުއިތަކުގެ ތެރެއިން މި އަހަރުގެ ޖެނުއަރީ 1 އިން ފެށިގެން މުއްދަތު ހަމަވެފައިވާ އައިޑީ ކާޑު ބޭނުންކުރެވޭ މުއްދަތު އަނެއްކާވެސް އިތުރުކޮށްފިއެވެ. މިކަން ހާމަކޮށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނުން ބުނެފައި ވަނީ މުއްދަތު ހަމަވެފައިވާ އައިޑީ ކާޑު މިއަހަރުގެ ޑިސެމްބަރު މަހުގެ 31 ގެ ނިޔަލަށް ބޭނުން ކުރެވޭނެ ކަމަށެވެ. މިގޮތަށް މުއްދަތު އިތުރުކުރި ނަމަވެސް އޮންލައިންކޮށް (ވެބްސައިޓް މެދުވެރިކޮށް) ކާޑު ހެއްދުމަށް ހުށަހެޅޭނެ ކަމަށް އެ ޑިޕާޓްމެންޓުން […]

ޔުމްނާ ޢަލީ
ކަންޖާ އަޅާ ކިރީ ކޮން ކުދިންނެއް؟

ކަންޖާ އަޅާ ކިރީ ކޮން ކުދިންނެއް؟

މިފަހަރު މިއޮތީ ތީގެ ތެރެއިން ބައެއް ކުދިންނާ ވަރަށް ގުޅުން ހުރި ކެއުމުގެ ބާވަތެކެވެ. އަޅުގަނޑުމެންގެ ދިވެހިންގެ އިހުގެ އާދަކާދަ ތަކުގެ ތެރޭގައި ކަނދި ދުވަހެއް ފާހަގަކޮށް، އެ ދުވަހު ކުދިން ކަންޖާ އަޅާ ކިރުން އޮވެއެވެ. މިދެންނެވި އާދަކާދަ ގުޅިފައިވަނީ މާ ކުރީ ޒަމާނަކާއި ނޫނެވެ. މީގެ ފަންސަވީހަކަށް އަހަރު ކުރިއާއިއެވެ. އެހެން ކަމުން ކަންޖާ އަޅާ ކިރުން ހަނދާންވާ ކުދިން ތީގެ ތެރޭގައި ތިބޭނެ ކަމާއިމެދު ޝައްކެތް ނެތެވެ. އެ ދުވަސް ފާހަގަ ކުރިކަމާއި، […]

ޝިއުނާ އާދަމް
އިހުގައި ދިވެހީން ފާހަގަކުރި ދުވަސްތައް: ކަނދި ދުވަހާއި ބޯފޮޅި ދުވަސް

އިހުގައި ދިވެހީން ފާހަގަކުރި ދުވަސްތައް: ކަނދި ދުވަހާއި ބޯފޮޅި ދުވަސް

އަހަރެއްގެ ތެރޭގައި އަޅުގަނޑުމެން ވަރަށް ގިނަ ދުވަސްތައް ފާހަގަ ކުރަމުއެވެ. ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރަން ޖެހިގެންނާއި ޤައުމީ ގޮތުންނާއި ދީނީ ގޮތުން ފާހަގަ ކުރަން ޖެހޭތީ އެވެ. ބައެއް ދުވަސްތައް ފާހަގަ ކުރަނީ ޒިކްރާ އައުކުރުމަށްޓަކައެވެ. ހަނދާންކޮށް އަޒުމްވަރުގަދަކޮށް ސާބިތުވެ ތިބެންޖެހޭ ގޮތުގައި ސާބިތުވެ ތިބުމަށްޓަކައެވެ. އެއިން އެއްވެސް ދުވަހަކީ، މާނައެއްނެތް ގޮތެއްގައި ފާހަގަކުރެވޭ ދުވަހެއް ނޫނެވެ. މުނާސަބަތަކާ ގުޅޭ ކާމިޔާބަކާ ގުޅޭ ނޫންނަމަ ހަދާންކުރަންޖެހޭ، ދުވަސްދުވަހެވެ. އާދޭހެވެ. ފާ...

ހުސައިން ހަބީބް