މަސްތުވާތަކެތި އެތެރެކުރަން އުޅުނު ފަސް ބިދޭސީން އަތުލައިގެންފި
އެތެރެހަށީގައި ފޮރުވައިގެން މަސްތުވާތަކެތި އެތެރެކުރަން އުޅުނު ފަސް ބިދޭސީން އަތުލައިގަނެފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސަސްއިން ބުނެފިއެވެ. އެ މައްސަލައިގައި އަތުގަނެފައި ވަނީ ޕާކިސްތާނަށް ނިސްބަތްވާ ހަތަރު ފިރިހެނުންނާއި ކެންޏާގެ އަންހެނެއް ކަމަށް ކަސްޓަމްސްއިން ބުންޏެވެ. ކަސްޓަމްސްއިން އަތުލައިގަތް ޕާކިސްތާނުގެ ހަތަރު ފިރިހެނުންނަކީ މިދިޔަ މަހު 11 ވަނަ ދުވަހު ރާއްޖެއައި އީކޭ 656 ފްލައިޓުން ރާއްޖެ އައި ބައެކެވެ. އެމީހުންގެ އުމުރަކީ 34،30،22 އަދި 41 އަހަރެވެ. އެ ހަތަރު މީހުންގެ ހަރަކާ...