މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ބ. އަތޮޅަށް (15:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
އަންނަ އަހަރު މަކުނުދޫ ދާއިރާއަށް ބަޖެޓުކުރާނެ ކަންކަމާމެދު މަޝްވަރާކޮށްފި

އަންނަ އަހަރު މަކުނުދޫ ދާއިރާއަށް ބަޖެޓުކުރާނެ ކަންކަމާމެދު މަޝްވަރާކޮށްފި

މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯރޓްސް އިން 2021 ވަނަ އަހަރު، މަކުނުދޫ ދާއިރާއަށް ބަޖެޓުކުރާނެ ކަންކަމާމެދު އެދާއިރާގެ މެންބަރު މުޙައްމަދު ރާއީ އާއި ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފި އެވެ. މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯރޓްސްގެ މިނިސްޓަރ އަހުމަދު މަހުލޫފް އަދި މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ބައްދަލުކުރައްވައި، އެ ދާއިރާގެ ޒުވާނުންނަށާއި ކުޅިވަރާއި ބެހޭގޮތުން ކުރިއަށްދާ މަޝްރޫޢުތަކާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވަނީ މިއަދު ޔޫތު މިނިސްޓްރީގަ އެވެ. ޔޫތް މިނިސްޓްރީއިން ކުރެއްވ...

މުޙައްމަދު މާއިލް ހަސަން
ނިއު ޒިލެންޑް އިން އަނެއްކާވެސް ކޯވިޑް-19 އާއި ދެކޮޅަށް ބޮޑު ކާމިޔާބީއެއް!

ނިއު ޒިލެންޑް އިން އަނެއްކާވެސް ކޯވިޑް-19 އާއި ދެކޮޅަށް ބޮޑު ކާމިޔާބީއެއް!

ނިއު ޒިލެންޑް އިން އަނެއްކާވެސް ކޮރޯނާ ވައިރަސް އާއި ދެކޮޅަށް ބޮޑު ކާމިޔާބީއެއް ހޯދައިފި އެވެ. ނިޔު ޒިލެންޑްއިން ކޮރޯނާ ވައިރަސްއާއި ދެކޮޅަށް މަސައްކަތްކޮށް ހޯދި ކާމިޔާބީ އިޢުލާންކޮށްފައި މިވަނީ އެ ޤައުމަށް ކޯވިޑް-19 ގެ ދެވަނަ ރާޅެއް ބިންދާލުމަށްފަހު އެ ޤައުމުގެ އެންމެ ބޮޑު އެއް ސިޓީ އެއްކޮށް ފުރަބަންދު ކުރުމަށް ފަހުގައެވެ. ނިޔު ޒިލެންޑްގެ ބޮޑު ވަޒީރު ޖަސިންޑާ އާރޑަން މިއަދު ވިދާޅުވި ގޮތުގައި، އެ ޤައުމު އަނެއްކާވެސް ކޯވިޑް-19 އާއި ދެކޮޅަށް ހަނގުރާމަކޮށް […]

މުޙައްމަދު މާއިލް ހަސަން
ދެން އޮތީ އަދީބަށް ހުކުމް ކުރުން، 20 އަހަރުގެ ޖަލު ހުކުމެއް

ދެން އޮތީ އަދީބަށް ހުކުމް ކުރުން، 20 އަހަރުގެ ޖަލު ހުކުމެއް

ކުރީގެ ސަރުކާރުގައި ހިނގާފައިވާ، އެމްއެމްޕީއާރުސީގެ ޚިޔާނާތާއި ގުޅިގެން ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބުގެ މައްޗަށް ދައުލަތުން އުފުލި ހަތް ދައުވާގެ ހުކުމް އިއްވުން މިއަދު ހަވީރު 6 ޖަހާއިރަށް ތާވަލުކޮށްފިއެވެ. މިހިނގާ އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި އަދީބުގެ މައްޗަށް އިއްވި ހަތް ދައުުވާއަށް އޭނާ ވަނީ އިއުތިރާފުވެވަޑައިގެންފަ އެވެ. އަދީބުގެ މައްޗަށް އުފުލި ދައުވާތައް އުފުލާފައި ވަނީ އޭނާ ޓްއަރިޒަމް މިނިސްޓަރުގެ މަޤާމުގައި ހުންނެވި ދުވަސްވަރާ...

އަލީ އާދިލް
އެންއައިސީއަށް އައްޔަން ކުރުމަށް ގާސިމްގެ ނަން

އެންއައިސީއަށް އައްޔަން ކުރުމަށް ގާސިމްގެ ނަން

ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ)ގެ މެންބަރު ކަމަށް އައްޔަނު ކުރުމަށް، ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް އެންމެ އިސްކަމެއް ދެއްވާ ނަމެއްގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސްގެ ފ. ނިލަންދޫ ބްރާންޗުގެ ކުރީގެ މެނޭޖަރު ގާސިމް އަބްދުލްކަރީމްގެ ނަން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ. ހުސްވެފައިވާ އެންއައިސީގެ މެންބަރު ކަމަށް، އައްޔަނު ކުރުމަށް ރައީސް ޞާލިޙް އިސްކަން ދެއްވައި، މަޖިލިސްއަށް ނަން ފޮނުއްވި ޤާސިމަކީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތް ފަޅާއަރުވާލި ފަރާތެވެ. މިގޮތުން ރައީސް ޞާ...

އަލީ އާދިލް
މުދައްރިސުން ކުރަށްވާ މަސައްކަތުގެ އަގު ދުވަހަކުވެސް އަދާނުކުރެވޭނެ: ނައިބު ރައީސް

މުދައްރިސުން ކުރަށްވާ މަސައްކަތުގެ އަގު ދުވަހަކުވެސް އަދާނުކުރެވޭނެ: ނައިބު ރައީސް

މުދައްރިސުން ކުރަށްވަމުން ގެންދަވާ ހިތްވަރާއި، ކުރަށްވާ މިންނެތް މަސައްކަތުގެ އަގު ދުވަހަކުވެސް އަދާ ނުކުރެވޭނެމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިގޮތަށް ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ މުދައްރިސުންގެ ދުވަހުގެ މުނާސަބަތާއި ގުޅުވައިގެން ކުރެއްވި ޓުވީޓެއްގައެވެ. ނައިބު ރައީސް ފައިޞަލް ވަނީ ކޯވިޑް-19ގެ މި ޙާލަތުގައިވެސް ދަރިވަރުންނަށް ތަޢުލީމު އުނގަންނައި ދިނުމުގައި މުދައްރިސުން ކުރަށް އަގުހުރި މަސައްކަތް ފާހަގަ ކުރަށްވައި، މުދައްރިސުންނަށް، މުދައްރި...

ޔުމްނާ ޢަލީ
ހޯރަފުށީ އެއާޕޯޓުގައި ފާލަމެއް އެޅުމަށް ވަނީ ނިންމިފައި: އަސްލަމް

ހޯރަފުށީ އެއާޕޯޓުގައި ފާލަމެއް އެޅުމަށް ވަނީ ނިންމިފައި: އަސްލަމް

ހއ. ހޯރަފުށީގައި ސަރުކާރުން ތަރައްޤީ ކުރަމުންދާ އެއާޕޯޓަށް އަރާފައިބާނެ ފާލަމެއް އެޅުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ. މިނިސްޓަރު އަސްލަމް މިހެން ވިދާޅުވީ މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލިސްގެ 2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 1 ވަނަ ޖަލްސާގައި ސުވާލުކުރުމުގެ ވަގުތުގައި އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. މެންބަރު ޝިފާޢު ވަނީ ހއ....

ޝިއުނާ އާދަމް
މަސްތުވާތަކެތި އެތެރެކުރި ހަތަރު މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތި އެތެރެކުރި ހަތަރު މީހަކު ހައްޔަރުކޮށްފި

އެތެރެހަށީގައި ރައްކާކޮށްގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ އެ ހަތަރު މީހުން ހައްޔަރުކޮށް، އެ މައްސަލަ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އަހްސަން އުލް ހަސަން (30އ) އާއި، މުހައްމަދު އަލީ ބާއިގް (41އ) އާއި، މުހައްމަދު ސާދު ވަރްސީ (22އ) އަދި އަބްދުﷲ އަލީ ހަސަން (34އ) އެވެ. މި ހަތަރު މީހުންނަކީވެސް ޕާކިސްތާން ފިރިހެނުންނެވެ. މި ހަތަރު […]

ޔުމްނާ ޢަލީ
ރައީސްގެ ޝުކުރު މުދަށްރިސުންނަށް

ރައީސްގެ ޝުކުރު މުދަށްރިސުންނަށް

ދިރިއުޅުމުގައި ލިބޭ ކާމިޔާބީގެ ފަހަތުގައި މުދައްރިސުންގެ ދައުރު ވަރަށް ބޮޑުކަމަށާއި، މުދައްރިސުންގެ މަސައްކަތަކީ ޝުކުރު ޙައްޤު މަސައްކަތްތަކެއްކަމަށް ވިދާޅުވެ، ހުރިހާ މުދަށްރިސުންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ޝުކުރު އަދާކުރަށްވައި ފިއެވެ. އެމަނިކުފާނު މުދައްރިސުންނަށް ޝުކުރު އަދާކުރެއްވީ މިއަދު ފާހަގަކުރަމުންދާ މުދައްރިސުންގެ ދުވަހުގެ މުނާސަބަތާއި ގުޅުވައިގެން ކުރެއްވި ޓުވީޓެއްގައެވެ. ރައީސް ޞާލިޙް ވިދާޅުވީ، ދިރިއުޅުމަށް ހެޔޮބަދަލުތަކެއް ގެނައުމަށް ކުރާ މަސައްކަތުގައި ބެ...

އަޙްމަދު ވަހީދު
ރިސޯޓެއްގައި ކަރަންޓުގައި ޖެހިގެން މީހަކު މަރުވެއްޖެ

ރިސޯޓެއްގައި ކަރަންޓުގައި ޖެހިގެން މީހަކު މަރުވެއްޖެ

ކ. އަތޮޅު އަދާރަން ރަންނާޅި ރިސޯޓުގައި ބިދޭސީއަކު ކަރަންޓުގައި ޖެހިގެން މަރުވެއްޖެ ކަމަށް ފުލުހުން ބުނެފިއެވެ. ފުުލުހުން މިއަދު ބުނީ އިއްޔެ ރަންނާޅި ރިސޯޓުގައި ކަރަންޓުގައި ޖެހިގެން މީހަކު މަރުވި މައްސަލަ ރޭ 8:00 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. ރަންނާޅި ރިސޯޓުގައި ހިނގި އެ އެހާދިސާ ހިނގާފައި ވަނީ އިއްޔެ އިރުއޮއްސި 6:30 އެހާކަންހާއިރު ކަމަށް ފުލުހުން ބުންޏެވެ. އެ ހާދިސާގައި މަރުވެފައި ވަނީ ސްރީލަންކާގެ ރައްޔިތެއް ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ. އެ […]

ޔުމްނާ ޢަލީ
ޝުކުރިއްޔާ މުދައްރިސުން

ޝުކުރިއްޔާ މުދައްރިސުން

މުދައްރިސުންގެ ދުވަހުގެ ތަހުނިޔާ އެންމެހާ މުދައްރިސުންނަށް އަރިސްކުރަމެވެ. ތިޔަ ލޮބުވެތި މުދައްރިސުންގެ ޤައުމީ ޚިދުމަތަކީ ފާހަގަކުރެވޭ ”ދުވަހަކުން” ނުވަތަ ލިޔެލެވޭ ލަފުޒަކުން އަގުވަޒަން ކުރެވޭ ވަރަށްވުރެ މާ މަތިވެރި ޤައުމީ ޚިދުމަތެކެވެ. މުދައްރިސުންނަކީ މި ޤައުމިއްޔު ބިނާކުރުމުގެ އެންމެ އިސް މޭސްތިރިންނެވެ. މުދައްރިސުންގެ ޚިދުމަތަކީ، ސިކުންތަކަށް ވިޔަސް ފަނޑުނުވާނޭ ޚިދުމަތެކެވެ. މުޖުތަމަޢެއް އެންމެ ބޮޑު ދަރަންޏަކުން ދަރާފައިވާ ބަޔަކީ ވެސް މުދައްރިސުންނަށެވެ. މުދައްރިސުން މުޅިދުވަސް ހޭދަކުރަނީ ޤަ...

ޙުސައިން ޝަހުދީ
ފިނޭގެ އައު އިންޖީނުގޭގެ މަސައްކަތް ނިމުމަކާއި ކައިރިއަށް

ފިނޭގެ އައު އިންޖީނުގޭގެ މަސައްކަތް ނިމުމަކާއި ކައިރިއަށް

ހދ. ފިނޭގައި އިމާރާތް ކުރަމުންދާ އައު އިންޖީނު ގޭގެ 96 އިންސައްތަ މަސައްކަތް ފުރިހަމަ ކުރެވިފައި ކަމަށް ފެނަކައިން ބުނެފިއެވެ. މިމަޝްރޫޢުގެ މަސައްކަތްކުރާ ކޮންޓެކްޓަރާއިއެކު ފެނަކައިން މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރ މަހުގެ 13 ވަނަ ދުވަހުއެވެ. ފިނޭ އިންޖީނުގޭގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނުން ހަވާލު ކޮށްފައިވަނީ، އެލް.އެފް ކޮންސްޓްރަކްޝަންއާއި އެވެ. އަދި މި ޕްރޮޖެކްޓްގެ އަގުގެ ގޮތުގައި ބަޖެޓު ކޮށްފައިވަނީ، 5249479.62 ރުފިޔާއެވެ. މި މަސައްކަތް ނިންމުމަށް ދ...

މުޙައްމަދު މާއިލް ހަސަން
ވެމްކޯގެ ކުނި އުކާލުމުގެ ގަޑިތަކަށް ބަދަލެއް

ވެމްކޯގެ ކުނި އުކާލުމުގެ ގަޑިތަކަށް ބަދަލެއް

ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) އިން ގްރޭޓަރ މާލެ ސަރަހައްދުގައި ދެމުންދާ ކުނި އުކާލުމުގެ ޚިދުމަތުގެ ގަޑިތަކަށް ބަދަލު ގެނެސްފިއެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން، ކޯވިޑް-19 އާއި ގުޅިގެން ގްރޭޓަރ މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން އެއްގަމު އުޅަނދު ދުއްވޭ ވަގުތަށް ލުއިދީ، ކާރފިޔު ގަޑިތަކަށް ބަދަލު ގެނައުމާއި އެކު، ވެމްކޯއިން ވަނީ އެ ކުންފުނިން މާލެ ސަރަހައްދުގައި ކުނި އުކާލުމަށް ހަމަޖެހިފައިވާ ގަޑިތަކަށްވެސް ބަދަލުތަކެއް ގެނެސްފައެވެ. މިބަދަލާއި ގުޅިގެން...

މުޙައްމަދު މާއިލް ހަސަން
ސްރީލަންކާގެ ސްކޫލުތައް އަނެއްކާވެސް ބަންދު

ސްރީލަންކާގެ ސްކޫލުތައް އަނެއްކާވެސް ބަންދު

އަވަށްޓެރި ސްރީލަންކާއިން ކޯވިޑް-19 ގެ ކޭހެއް ފެނުމުގެ ސަބަބުން އަނެއްކާވެސް އެ ޤައުމުގެ ސްކޫލުތައް ބަންދުކޮށްފިއެވެ. ލަންކާގެ ހެލްތު މިނިސްޓަރ ޕަވީތްރާ ވަންނިއަރައްޗި ނެރުއްވި ބަޔާނެއްގައި ވިދާޅުވި ގޮތުގައި، ލަންކާގެ ސްކޫލުތައް އޮކްޓޯބަރ 5 ވަނަ ދުވަހުން ފެށިގެން ބަންދުކުރަން ވަނީ ނިންމާފައެވެ. މި ނިންމުން މި ގޮތަށް ނިންމާފައިވަނީ، ގަމްޕަހާ ސަރަހައްދުން ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހަކު ފެނުމާއި އެކުއެވެ. މިދިޔަ އާދިއްތަ ދުވަހު މި ކޭސް ފެނުމާއި އެކު ކަމާބެހޭ ފަރާތްތަކުން ވަނީ ގަމްޕަހާ […]

މުޙައްމަދު މާއިލް ހަސަން
އުމްރާގެ އަޅުކަމަށް ހަރަމްފުޅު ހުޅުވާލުން، މުސްލިމުންގެ ދިގު އިންތިޒާރެއް

އުމްރާގެ އަޅުކަމަށް ހަރަމްފުޅު ހުޅުވާލުން، މުސްލިމުންގެ ދިގު އިންތިޒާރެއް

ދުނިޔެއަށް ހަލުވިކަމާއެކު ފެތުރެމުންދިޔަ ކޯވިޑް-19 ގެ ސަބަބުން އަޅުކަމަށް ބަންދުކުރި، މުސްލިމުންގެ އެންމެ މުގައްދަސް ބިނާކަމުގައިވާ މަސްޖިދުލް ޙަރަމް، އުމްރާގެ އަޅުކަމަށާއި، ނަމާދަށް އިއްޔެއިން ފެށިގެން ހުޅުވާލައިފިއެވެ. ސައޫދީގެ މިނިސްޓްރީއޮފް ހައްޖު އެންޑް އުމްރާއާއި، ކަމާއި ގުޅުން ހުރި އިދާރާތަކުން އެކަށަހަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ގައިޑްލައިނަކާއިއެކު އަލުން ހަރަމްފުޅު އާންމުކޮށް ހުޅުވާލާފައި މިވަނީ ހަތް މަސްދުވަސް ވަންދެން ބަންދުކޮށްފައި ބެހެއްޓުމަށްފަހު ފަހުގައެވެ. ކޯވިޑް ފެ...

ހުސައިން ހަބީބް
އިހަވަންދޫގައި ޒަމާނީ ބޮޑު މިސްކިތެއް އެޅުމާއި ގުޅޭގޮތުން މަޝްވަރާކޮށްފި

އިހަވަންދޫގައި ޒަމާނީ ބޮޑު މިސްކިތެއް އެޅުމާއި ގުޅޭގޮތުން މަޝްވަރާކޮށްފި

ހއ. އިހަވަންދޫގައި ޒަމާނީ ބޮޑު މިސްކިތެއް އެޅުމާއި ގުޅޭގޮތުންނާއި، އެރަށުގައި ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުގެ ގޮތްޕެއް ގާއިމު ކުރުމާއި ގުޅޭގޮތުން މަޝްވަރާ ކޮށްފިއެވެ. މިމަޝްވަރާ ކުރައްވާފައިވަނީ އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު އާއި އިހަވަންދޫ ކައުންސިލްގެ މެމްބަރުންނާއެކު އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ޢަލީ މިއަދު ކުރިއަށް ގެންދެވި އޮންލައިން ބައްދަލު ވުމެއްގައި އެވެ. މިއަދު ހެނދުނު 9:30 ގައި ބޭއްވި އެ ބައްދަލުވުމާއި ގުޅޭގޮތުން އިހަވަންދޫ ކައުންސިލުން ބުނީ އެ ބައްދަލުވ...

އަޙްމަދު ވަހީދު