ޔޫއެފާ ޗެމްޕިއަންސް ލީގު: ޔުވެންޓަސް އަދި ބާސާވެސް މޮޅުވެއްޖެ
ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގުރޫޕް ޖީގައި ހިމެނޭ ސްޕެއިންގެ ބާސެލޯނާ އަދި އިޓަލީގެ ޔުވެންޓަސް އަންގާރަ ދުވަހުގެ ރޭ ކުޅުނު މެޗުތައް ކާމިޔާބުކޮށްފިއެވެ. ބާސެލޯނާ ކުޅުނު މެޗް ފެރެންސްވަރޯސް އާއި ބައްދަލުކޮށް ކާމިޔާބުކުރީ 5-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ ގޯލް މެޗުގެ 27 ވަނަ މިނިޓްގައި ލިބުނު ޕެނެލްޓީއަކުން ކާމިޔާބުކޮށްދިނީ އާޖެންޓީނާގެ ތަރި ލިއޮނަލް މެސީއެވެ. މެސީގެ ގެގޯލަކީ އޭނާ ޗެމްޕިއަނސްލީގުގެ 16 ވަނަ މުބާރާތުގައި ކާމިޔާބުކުރި ގޯލެވެ. މެސީގެ އިތުރުން މިރެކޯޑް […]