ކެލާއިން ދަނޑުބިންތަކާއި، ހުސް ބިންތައް ދޫކުރުމާ ބެހޭ ޤަވާއިދަށް ޚިޔާލު ހޯދަނީ
ހއ. ކެލާގެ ދަނޑުބިން ބޭނުން ކުރުމާއި، ގޯތިން ބޭރުގައި ރުއްގަސް އިންދުމާއި، އަދި ރަށުތެރޭ ހުރި ހުސްބިންތައް ދޫކުރުމާއި ބެހޭ ޤަވައިދަށް ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު އެ ރަށު ކައުންސިލުން ހުޅުވާލައިފިއެވެ. ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލް އިދާރާއިން ގެޒެޓު ކޮށްފައިވާ ޢާންމު އިޢުލާނެއްގައިވަނީ، މި ޤަވައިދަށް ޚިޔާލު ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކުން 25 އޮކްޓޯބަރުން ފެށިގެން 7 ދުވަސް ތެރޭގައި އެ އިދާރާއަށް ލިޔުމުން ހުށަހެޅުމަށެވެ. ޚިޔާލު ހުށަހެޅުމަށް ބޭނުންފުޅުވާ ފަރާތްތަކުން އެ ކައުންސިލް އިދާ...