މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ބ. އަތޮޅަށް (15:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
މިލަދޫ ބަނދަރުގެ 34 ޕަސެންޓް މަސައްކަތް ނިމިއްޖެ: އެމްޓީސީސީ

މިލަދޫ ބަނދަރުގެ 34 ޕަސެންޓް މަސައްކަތް ނިމިއްޖެ: އެމްޓީސީސީ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ތަރައްޤީ ކުރަމުންދާ ނ. މިލަދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 34 ޕަސެންޓް ނިމިއްޖެ ކަމަށް އެކުންފުނިން ބުނެފިއެވެ. އެމްޓީސީސީން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކުރިއަށް ގެންދާ މަޝްރޫޢުތަކުގެ އެންމެފަހު މަޢުލޫމާތު ކޮންމެ ދުވަހު ހާމަ ކުރަށްވަމުން އަންނައިރު، ނ. މިލަދޫ ގައި އެކުންފުނިން ކުރަމުން ގެންދާ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތު އެންމެ ފަހުގެ މަޢުލޫމާތު މިއަދު ވަނީ ހާމަކުރަށްވާފަ އެވެ. މިގ...

އަޙްމަދު ވަހީދު
ލަންކާގެ ނޭވީ އަދި ރައްޔިތުން ނުކުމެ 100 އަށް ވުރެ ގިނަ ބޮޑުމަސް ސަލާމަތްކޮށްފި

ލަންކާގެ ނޭވީ އަދި ރައްޔިތުން ނުކުމެ 100 އަށް ވުރެ ގިނަ ބޮޑުމަސް ސަލާމަތްކޮށްފި

ސްރީލަންކާގެ ނޭވީ އަދި އެ ޤައުމުގެ ރަށްފުށު ހިސާބުގެ ގިނަ ބަޔަކު ނުކުމެ އެ ހިސާބުގެ ގޮނޑުދޮށަށް ލައްގަމުންދިޔަ 100 އަށްވުރެ ގިނަ ބޮޑުމަސް ސަލާމަތްކޮށްފިއެވެ. ކޯވިޑް-19ގެ ބޮޑު ބިޔަ ރާޅެއް އެ ޤައުމަށް ކުރިމަތިވެ، އެ ޤައުމު ފުރަބަންދުކޮށްފައި ވަނިކޮށް އެ ޤައުމުގެ މި ހިސާބުގެ ރައްޔިތުންވަނީ ފުރަބަންދުގެ އެންގުމަށް ނުބަލައި ނުކުމެ މި ބޮޑު މަސްތައް ސަލާމަތްކުރުމުގައި ހަރަކާތްތެރިވެފައެވެ. ވެރިރަށް ކޮލަންބޯގެ ދެކުނުގައި އޮންނަ ޕާނަދުރައިގެ ގޮނޑުދޮށަށް ލައްގަމުންދިޔަ ގިނަ ޢަދަދެއްގެ ބޮޑު މަސްތައް […]

މުޙައްމަދު މާއިލް ހަސަން
ނޮވެންބަރު ތިނެއްގައި "އޮޅުނު" ދެ ނާޞިރު

ނޮވެންބަރު ތިނެއްގައި "އޮޅުނު" ދެ ނާޞިރު

1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތިންވަނަ ދުވަހު ދިވެހިރާއްޖެއަށް ކުރިމަތިވި ޢުދުވާނީ ޙަމަލާއަކީ، ދިވެހިރާއްޖޭގެ މިނިވަންކަމުގެ ބަޠަލު އަދި ދިވެހިރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް ސާހިބުއްދައުލާ ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު ރަންނަބަޑޭރި ކިލެގެފާނުގެ އަޑީގައި ހުންނަވައިގެން ގެންނަވަން މަސައްކަތް ކުރެއްވި ބަޣާވާތެއްގެ ގޮތުގައި އަޑު ފެތުރުނެވެ. ސީދާކޮށާއި ނުސީދާކޮށެެވެ. މި އަޑު ބައިނަލް އަޤްވާމީ ދުނިޔޭގައި ވަރަށް ބާރަށް ފެތުރުނެވެ. ބޭރުގެ ބޮޑެތި މީޑިއާތަކުގައި ޝައްކުގެ އިނގިލ...

ޢަބްދުﷲ ސަޢީދު
ށ. ފޭދޫ ކައުންސިލް ވެބްސައިޓް އިފުތިތާހުކޮށްފި

ށ. ފޭދޫ ކައުންސިލް ވެބްސައިޓް އިފުތިތާހުކޮށްފި

ށ. ފޭދޫ ކައުންސިލްގެ ވެބްސައިޓް އިފުތިތާހު ކޮށްފިއެވެ. ފޭދޫ ކައުންސިލްގެ ވެބްސައިޓް އިފުތިތާހު ކޮށްދެއްވީ އެކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ފޭދޫ ކައުންސިލްގެ ރައީސް މުޙައްމަދު ޝާމިރު އެވެ. މި ވެބްސައިޓް އިފުތިތާހު ކުރެވިގެން ދިއުމާއި ގުޅިގެން ފޭދޫ ކައުންސިލުން ބުނީ މިވެބްސައިޓް ހިންގަން ފެށުމާއިއެކު ފޭދޫ ކައުންސިލްގެ ޚިދުމަތްތަކަށް އިތުރު ފުރިހަކަމެއް ލިބިގެން ދާނެކަމަށެވެ. މީގެއިތުރުން އެ ކައުންސިލުން ޚިދުމަތްތައް ލިބިގަންނަ ރައްޔިތުންނަށް އެތަކެއް ލުއިފަސޭހައެއް ލިބިގެން ދާނެ ކަމ...

ޔުމްނާ ޢަލީ
ޝަހީދު ޙުސައިން އާދަމްގެ ބައްޕައަށް ރައީސް ގުޅުއްވައިފި

ޝަހީދު ޙުސައިން އާދަމްގެ ބައްޕައަށް ރައީސް ގުޅުއްވައިފި

ޝަހީދު ޙުސައިން އާދަމްގެ ލޮބުވެތި ބައްޕަ ހދ. ކުޅުދުއްފުށީ މާވާގޭ އާދަމް މުޙައްމަދަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިއަދު ފޯނުން ގުޅުއްވައިފި އެވެ. ރައީސުލްޖުމްހޫރިއްޔާ ފޯނުން ގުޅުއްވައި ވާހަކަފުޅު ދައްކަވަމުންވަނީ، ނޮވެންބަރު 3ގެ ޢުދުވާނީ ޙަމަލާގައި ޙުސައިން އާދަމް ވެވަޑައިގެންނެވި މަތިވެރި ޤުރްބާނީގެ އަގު ވަޒަން ކުރައްވައި ޝުކުރުއަދާކުރައްވައިފިއެވެ. ރައީސްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވެފައިވަނީ ، 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ދިވެހިންގެ މަދުބަޔަކާ...

އިބްރާހިމް އަސްވާޤް
ރިޓޯ ސޮލިއުޝަންގެ ފަރާތުން "ޝަހީދު ޙުސައިން އާދަމް"ގެ އާއިލާއަށް އެހީއެއް

ރިޓޯ ސޮލިއުޝަންގެ ފަރާތުން "ޝަހީދު ޙުސައިން އާދަމް"ގެ އާއިލާއަށް އެހީއެއް

ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި، ރިޓޯ ސޮލިއުޝަންގެ ފަރާތުން “ޝަހީދު ޙުސައިން އާދަމް”ގެ އާއިލާއަށް ފެން ފިލްޓަރެއް ހަދިޔާކޮށްފި އެވެ. އެފިހާރައިން ހަދިޔާކުރި ވޯޓަރ ޕިއުރިފައަރ މެޝިން އާއި ހަވާލުވެފައިވަނީ، ޝަހީދު ޙުސައިން އާދަމްގެ މަންމަ އާއި ބައްޕަ އެވެ. މި މެޝިން ހަދިޔާ ކޮށްދެއްވުމަށް، ރިޓޯ ސޮލިއުޝަންގެ ފަރާތުން ކުޅުދުއްފުށީގައި ހަރަކާތްތެރިވަމުން އަންނަ ޓީމުން ވަނީ މިއަދު މެންދުރު ފަހުގެ ވަގުތެއްގަ އެގެއަށް ޒިޔާރަތް ކޮށްފަ އެވެ. ރިޓޯ ޝޮލިއުޝަންގެ ފަރާތުން ވިޔަފާރިވެރިޔާ އަލީ ރި...

އިބްރާހިމް އަސްވާޤް
ކުޅުދުއްފުށީގައި ހުދުކޫޑި ގިނަވާތީ އެކަން ހައްލުކުރުމަށް މަޢުލޫމާތު ދެނީ

ކުޅުދުއްފުށީގައި ހުދުކޫޑި ގިނަވާތީ އެކަން ހައްލުކުރުމަށް މަޢުލޫމާތު ދެނީ

ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލުން އިސްނަގައިގެން އެ ރަށުގައި ހުދުކޫޑި (ވައިޓް ފްލައި) ކޮންޓްރޯލް ކުރާނެ ގޮތާއި ގުޅޭގޮތުން މަޢުލޫމާތުގެ ދިނުމުގެ ސެޝަނެއް ބޭއްވުމަށް ހަމަޖައްސައިފިއެވެ. ކުޅުދުއްފުށީގެ ގިނަ ގަސްރުކަށް ހުދުކޫޑި ފެތުރިފައިވާތީ އެ ގަސްރުކަށް ދިމާވެފައިވާ މިމައްސަލަ ހައްލު ކުރުމަށްޓަކައި އާންމުން ހޭލުންތެރި ކުރުމުގެ ގޮތުން ބާއްވާ މި ސެޝަން  ބޭއްވުމަށް ހަމަޖެހިފައިވަނީ 04 ނޮވެމްބަރ 2020 ވާ ބުދަ ދުވަހުގެ ހަވީރު 16:00 ގައި އަފީފުއްދީން ސުކޫލް ހޯލްގައެވެ. މިބައްދަލުވުމުގައި...

އިބްރާހިމް ޚަލީލް
އެމެރިކާގެ ރިޔާސީ އިންތިޚާބު 2020: 1 މިލިޔަން މީހުން ވޯޓު ލައިފި

އެމެރިކާގެ ރިޔާސީ އިންތިޚާބު 2020: 1 މިލިޔަން މީހުން ވޯޓު ލައިފި

މިއަދު ކުރިއަށްދާ އެމެރިކާގެ ރިޔާސީ އިންތިޚާބުގައި މިހާތަނަށް 1 މިިލިޔަން މީހުން ވޯޓު ލާފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. މިފަހަރުގެ މި އިންތިޚާބުގައި އެމެރިކާއިން 160 މިލިޔަން މީހުން ވޯޓު ލާނެ ކަމަށް ވަނީ ލަފާ ކުރެވިފައެވެ. ޔުނިވަރސިޓީ އޮފް ފްލޮރިޑާގެ ޕޮލިޓިކަލް ސައިންގެ ޕްރޮފެސަރ މައިކަލް ޕީ މެކްޑޮނާލްޑް ވިދާޅުވާ ގޮތުގައި މިއީ އެމެރިކާގެ ފަހުގެ ތާރީޚެއްގައި އެންމެ ގިނަ ބަޔަކު ވޯޓުލާ ފަހަރެވެ. އެމެރިކާގެ ވޯޓުލެވޭ މީހުންގެ ރެޖިސްޓްރީ ބުނާ ގޮތުގައި ވޯޓު […]

މުޙައްމަދު މާއިލް ހަސަން
ބާޣީ ލުޠުފީގެ އިންޓަރވިއު: "ޕްލޯޓް ޖަމާޢަތް ރާއްޖެ ގެނައި ލީޑަރުގެ ދުލުން"

ބާޣީ ލުޠުފީގެ އިންޓަރވިއު: "ޕްލޯޓް ޖަމާޢަތް ރާއްޖެ ގެނައި ލީޑަރުގެ ދުލުން"

ނޮވެމްބަރު 3، 1988 ގައި ޢަބްދުﷲ ލުޠުފީ ރާއްޖޭގައި އޭރު އޮތް ރައީސް މައުމޫން ޢަބްދުލް ގައްޔޫމްގެ ސަރުކާރު ވައްޓާލުމަށް ބޭރުގެ ބަޔަކު ގޮވައިގެން ދިޔައީ ކީއްކުރަންހެއްޔެވެ؟ “ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދަކީ އަހަރެންގެ ރަނގަޅު ރަޙުމަތްތެރިއެއް” ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލައަށް 23 އަހަރު ފުރުނު އިރު މީޑިޔާ އަކަށް އޭނާ ދިން ފުރަތަމަ އިންޓަވިއު، ސްރީލަންކާގެ ދަ އައިލެންޑް ނޫހަށް (31 އޮކްޓޯބަރު 2011) ގައި ދީފައިވާ އެކްސްކްލޫސިވް އިންޓަރވިއުގައި ބުނެފައިވެއެވެ. މި އިންޓަރވިއ...

ޢަބްދުﷲ ސަޢީދު
ޝާފިޢު ތައްޔާރުކުރި "3 ނޮވެމްބަރުގެ ހަނދާނީ ބިނާގެ މޮޑެލް" ސިފައިންނަށް

ޝާފިޢު ތައްޔާރުކުރި "3 ނޮވެމްބަރުގެ ހަނދާނީ ބިނާގެ މޮޑެލް" ސިފައިންނަށް

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގައި މަސައްކަތްކުރައްވާ ރ.ހުޅުދުއްފާރު، ކުރިކީލަގެ، އުމުރުން 28 އަހަރުގެ ޕްރައިވެޓް ޢަބްދުﷲ ޝާފިޢު ތައްޔާރުކުރި ތިނެއް ނޮވެމްބަރުގެ ހަނދާނީ ބިނާގެ މޮޑެލްއެއް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯރސް (އެމްއެންޑީއެފް) އަށް ހަދިޔާ ކޮށްފިއެވެ. މިއަދު ބޭއްވި މިނިސްޓްރީ އޮފް ޑިފެންސްގައި ކުރިއަށްދިޔަ ބައްދަލުވުމެއްގައި އެމްއެންޑީއެފްގެ ފަރާތުން މި މޮޑެލްއާ ހަވާލުވެލެއްވީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދ...

އިބްރާހިމް އަސްވާޤް
ދޫނިދޫގައި ތިބޭ ގައިދީންނަށް މިހާރު ދެނީ ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން

ދޫނިދޫގައި ތިބޭ ގައިދީންނަށް މިހާރު ދެނީ ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން

ދޫނިދޫގައި ތިބޭ ގައިދީން ބޯން ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން ލިބޭނެ އިންތިޒާމު މިހާރު ވަގުތީގޮތުން ހަމަޖައްސާފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ބުނެފި އެވެ. ފުލުހުން މިހެން ބުނެފައިވަނީ، ދޫނިދޫ ޖަލުގައި ބަންދުގައި ތިބި މީހުން ބޯން އެކަށީގެންވާ ފެން ފޯރުކޮށް ނުދޭތީ އެކަމަށް ފިޔަވަޅު އަޅަން އެޗްއާރުސީއެމް އިން ނިިންމާ އިއްޔެ ނެރުނު ނޫސް ބަޔާނެއްގަ އެވެ. މިއަދު ނެރުނު އެ ނޫސްބަޔާނުގައި ބުނެފައިވަނީ، ދޫނިދޫގައި ސާފުފެން ލިއްބައިދިނުމަށްޓަކައި އެރަށުގައި ފެން ޕްލާންޓެއް ބަހައްޓައިގެން ދަނ...

ޔުމްނާ ޢަލީ
ތިނެއް ނޮވެންބަރުގެ ހަނދާނީ ބިނާ

ތިނެއް ނޮވެންބަރުގެ ހަނދާނީ ބިނާ

ޝަހީދުންގެ ލޭ ޖެހުމުން ބިންގަނޑު ސިހިގެން ދިޔައެވެ. ވެލިފުކަކަށް ފަހު ވެލިފުކެއް އެ ލެއިން ރަތްވެ ފޯވަމުން ދިޔައެވެ. ކޯރު ދެމެމުން ގޮސް އެ ލޭ ހިނދެންފެށިއިރު ކޮންމެ ވެލި ފުކެއް ވެސް ދިޔައީ ރޮމުންނެވެ. އެ ހިނދު ދިވެހި ފަސްގަނޑު ބުންޏެވެ. ދަރިންނޭވެއެވެ. ނުރޯށެވެ. އެ ބޭފުޅުންނަށް ޓަކައި އުފާކުރާށެވެ. އެ ބޭފުޅުން އެ ދައްކައިދިނީ ދީނާއި ޤައުމަށް އޮތް ލޯތްބެވެ. މި ޤައުމުގެ ޙައްޤުގައި ޤުރުބާންވެ، ފިދާވާން ކެރޭ ދަރިން އަދިވެސް ތިބިކަމެވެ. މި […]

ޢަބްދުﷲ ސަޢީދު
ތިނެއް ނޮވެންބަރުގެ ހަނދާނީ ބިނާގައި ދިދަޖެހުމާއި ގާޑް މައުންޓް ކުރުމުގެ ރަސްމިއްޔާތު ބާއްވައިފި

ތިނެއް ނޮވެންބަރުގެ ހަނދާނީ ބިނާގައި ދިދަޖެހުމާއި ގާޑް މައުންޓް ކުރުމުގެ ރަސްމިއްޔާތު ބާއްވައިފި

32 ވަނަ ނަޞްރުގެ ދުވަހުގެ މުނާޞަބަތުގައި 03 ނޮވެންބަރުގެ ހަނދާނީ ބިނާގައި ދިދަޖެހުމާއި ގާޑް މައުންޓް ކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. މިރަސްމިއްޔާތު އޮތީ މިއަދު ހެނދުނު 06:00 ގައެވެ. 03 ނޮވެންބަރުގެ ހަނދާނީ ބިނާ ސަރަޙައްދުގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއެވެ. މިރަސްމިއްޔާތުގައި ދިދަ ޖަހައި ގާޑް މައުންޓްކޮށްފައި ވަނީ ދިދަ ޕާޓީގައި ހިމެނޭ ސިފައިންނެވެ. އަދި ހަތް ބަޑީގެ ސަލާމެއް ވަނީ އަރުވާފައެވެ. މިރަސްމިއްޔާތުގައި ސިފައިނ...

ޔުމްނާ ޢަލީ
ދައްކާލާ ވާހަކައަކުން ނުފުދޭ، އަންހެނުންނަށް ފަހި ރަނގަޅު ނިޒާމެއް ގާއިމުކޮށްދީ: އަނާރާ

ދައްކާލާ ވާހަކައަކުން ނުފުދޭ، އަންހެނުންނަށް ފަހި ރަނގަޅު ނިޒާމެއް ގާއިމުކޮށްދީ: އަނާރާ

ހަމައެކަނި ދައްކާލާ ވާހަކައަކުން ނުފުދޭ ކަމަށާއި، ދިވެހި އަންހެނުނަށް ފަހި ރަނގަޅު ނިޒާމެއް ގާއިމުކޮށްދޭން ޖެހިފައިވާ ކަމަށް މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު އަނާރާ ނައީމް ވިދާޅު ވެއްޖެއެވެ. އަނާރާ މިހެން ވިދާޅުވީ މާލޭ ސިޓީގައި ޓެކްސީ ކުރާ ކަނބަލެއް ކަމަށްވާ އާމިނަތު ވަހީދާ ދުއްވާ ކާރަށް އެކިފަހަރު މަތިން ގެއްލުން ދެމުންދާތާ ދުވަސްތަކެއް ވޭތުވެފައިވާއިރު، އެންމެ ފަހުން ދިން ގެއްލުން ތަކާއި ގުޅިގެން ރައްޔިތުންގެ މަޖިލިސްއަށް އިއްޔެ ކުއްލި މައްސަލައެއް ހުށަހެޅި ބަހުސް ކޮށްފައިވަނި ކޮށެވެ. […]

ޔުމްނާ ޢަލީ
ކުދުއްފުއްޓަށް ދަތުރުކުރާ ފަރާތްތަކުން ހޯމް ކަރަންޓީން ހުއްދައަށް އެދުމުގެ އުސޫލަށް ބަދަލުތަކެއް

ކުދުއްފުއްޓަށް ދަތުރުކުރާ ފަރާތްތަކުން ހޯމް ކަރަންޓީން ހުއްދައަށް އެދުމުގެ އުސޫލަށް ބަދަލުތަކެއް

ކޯވިޑް-19 ގެ މި ބަލިމަޑު ކަމުގެ ހާލަތުގައި ހދ.ކުޅުދުއްފުއްޓަށް ދަތުރު ކުރައްވާ ބޭފުޅުން ހޯމް ކަރަންޓީން ވުމަށް ހުއްދަ ހޯދުމަށް ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލު އިދާރާއަށް އެދުމުގެ އުސޫލަށް އެ އިދާރާއިން ބަދަލު ގެނެސްފިއެވެ. މި އުސޫލަށް ބަދަލުގެނެސް އެ ކައުންސިލުން ނެރެފައިވާ އިޢުލާނުގައި ބުނެފައިވަނީ 02 ނޮވެމްބަރ 2020 ވަނަ ދުވަހުން ފެށިގެން އެ ރަށަށް ދަތުރު ކުރުމުގެ ހުއްދައަށް އެދޭއިރު ދަތުރުކުރަން ބޭނުންވާ ތާރީޚްގެ ރަސްމީ 03 ދުވަސް ކުރިން ހާލުބެލުން ޕޯޓަލް […]

އިބްރާހިމް ޚަލީލް