ކޭވައިއެސް ވިމެންސް ފުޓްސަލް ލީގާއިއެކު ކުމުންދޫ ކަނބަލުންނަށް ޢީދެއް
ހދ.ކުމުންދޫގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ޖަމްޢިއްޔާއެއް ކަމުގައިވާ ކުމުންދޫ ޔޫތު ސްޕޯޓްސްގެ ފަރާތުން އިންތިޒާމް ކޮށްގެން ދިވެހިރާއްޖޭގެ ނަސްރުންގެ ދުވަހުގެ މުނާސަބަތުގައި، އެ ރަށުގެ ކަނބަލުންނަށް ހާއްޞަ ކޮށްގެން “ކޭވައިއެސް ވިމެންސް ފުޓްސަލް ލީގު 2020” ނަމުގައި ފުޓްސަލް ލީގެއް ފަށައިފިއެވެ. 03 ނޮވެމްބަރ 2020 ވީ އަންގާރަ ދުވަހު މި މުބާރާތް ކުމުންދޫ ފުޓްސަލް ދަނޑުގައި ކުޑަ ރަސްމިއްޔާތަކާއިއެކު ފަށާފައިވާއިރު، ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯ...