ރާއްޖެ ނޫސްވެރިކަމުގެ އިނާމު 10 ފަރާތަކަށް ނޫސްވެރިން ކުރާ ބުރަ މަސައްކަތުގެ އަގުވަޒަންކޮށް، ނޫސްވެރިކަމުގެ ދާއިރާއިން ކުރިއަށްދިއުމަށް ހިތްވަރު ދިނުމުގެގޮތުން މީޑިއާ ކައުންސިލުން ރޭ ބޭއްވި 2019 ވަނަ އަހަރުގެ ނޫސްވެރިކަމުގެ އިނާމް ދިނުމުގެ ޖަލްސާގައި 10 ފަރާތަކުން އިނާމް ޙާޞިލުކޮށްފި އެވެ. މޯލްޑިވްސް މީޑިއާ ކައުންސިލް އިން ދޭ ނޫސްވެރިކަމުގެ އިނާމް ހާޞިލުކުރި ފަރާތްތަކަށް އެވޯޑާއި އިނާމުތައް ހަވާލުކޮށްފައިވަނީ އެކަމަށްޓަކާ ރޭ ޓީވީއެމްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މީޑިއާ ކައުންސިލުން ދެމުން އަންނަ މި އެވޯޑަށް މިއަހަރު 11 ދާއިރާއ... ޝިއުނާ އާދަމް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ''ސާރާ އާއިއެކު މަކުނުދޫ'': ނަމޫނާ ހަރަކާތެއް، ލިބުނު ފައިސާގެ އެހީ ޢާއިލާއާއި ހަވާލުކޮށްފި ހދ. މަކުނުދޫގައި ދަރުމައަށް މަސައްކަތް ކުރާ ޖަމްޢިއްޔާއެއް ކަމަށްވާ މަކުނުދޫ ޔޫތު މޫވްމަންޓް (އެމްވައިއެމް)ގެ ފަރާތުން އިސްނަގައިގެން ކުރިއަށް ގެންދިޔަ ”ސާރާއާއިއެކު މަކުނުދޫ” ހަރަކާތް ނަމޫނާ ހަރަކާތެއް ގޮތުގައި ނިންމާލައި، އެ ހަރަކާތުން ލިބުނު ފައިސާގެ އެހީ ޢާއިލާއާއި ހަވާލު ކޮށްފިއެވެ. މި ހަރަކާތަކީ މައިބަދާގައި ޓިއުމަރެއް އުފެދިފައި ވުމުގެ ސަބަބުން އިންޑިއާގައި ފަރުވާ ހޯދަމުންދާ ހދ. މަކުނުދޫ، އުމުރުން 1 އަހަރުގެ ސާރާ ޝުރައިހް މުޙައްމަދަށް އެހީތެރިވުމުގެ ގޮތުން އެ ޖަމްޢިއްޔާއިން ކުރިއަށް ގެންދ... Thiladhun · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ސައުތުލިންކް ނިޔާ އެކަޑަމީ ޕޭރެންޓްސް ފުޓްސަލް ޓޯނަމަންޓްގެ ޗެމްޕިއަންކަން ލޭޑީ އީގަލްސްއަށް ހއ.މުރައިދޫގައި ހިންގަމުން އަންނަ ނިޔާ އެކަޑަމީގެ ފަރާތުން އިންތިޒާމު ކޮށްގެން އެ އެކަޑަމީގައި ތަމްރީނު ހަދަމުންދާ ކުދިންގެ އަންހެން ބެލެނިވެރިންނަށް ހާއްޞަ ކޮށްގެން “ސައުތުލިންކް ނިޔާ އެކަޑަމީ ވުމެންސް ޕޭރެންޓްސް ފުޓްސަލް ޓޯނަމަންޓް 2020” ގެ ނަމުގައި ކުރިއަށްގެންދިޔަ ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ޓީމް ލޭޑީ އީގަލްސްއިން ހޯދައިފިއެވެ. 07 ޑިސެމްބަރ 2020 ވީ ހޯމަ ދުވަހުގެ ރޭ މުރައިދޫ ފުޓްސަލް ދަނޑުގައި ކުޅުނު ވާދަވެރި ފޯރިގަދަ ފައިނަލްމެޗު ލޭޑީ އީގަލްސްއިން ކާމިޔާބު ކޮށްފައިވަނީ، ޓީމް ބިޒީ […] އިބްރާހިމް ޚަލީލް · 5 އަހަރު ކުރިން
ޚަބަރު ގެސްޓްހައުސްތައް ހުޅުވަން ކައުންސިލުގެ ހުއްދަ ބޭނުން ނުވާ ގޮތަށް އުސޫލަށް ބަދަލެއް ކޯވިޑާއި ގުޅިގެން ބަންދުކުރި ސިޓީތަކާއި، ރަށްރަށުގައި ހިންގާ ގެސްޓްހައުސްތައް އަލުން ހުޅުވާލަން ހުއްދަ ދިނުމުގައި ކައުންސިލްތަކުގެ އާނބަސް ބޭނުންވާގޮތަށް ކުރިން އޮތް އުސޫލަށް ބަދަލުގެނެސް، ގެސްޓްހައުސްތައް ހުޅުވަން ކައުންސިލުގެ ހުއްދަ ބޭނުން ނުވާ ގޮތަށް މިނިސްޓްރީ އޮފް ޓޫރިޒަމްއިން ހަމަޖައްސައިފިއެވެ. ޓޫރިޒަމް މިނިސްޓްރީއިން އަލަށް މިގެނައި ބަދަލުގެ ދަށުން، އެ އުސޫލަށް އަމަލު ކުރަން ނިންމާފަިއވަނީ މި ހިނގާ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ. ކުރިން އަމަލު ކުރަމުންއައިގޮތް ބަދަލުކޮށް... އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު އުތީމު ގަނޑުވަރުގެ ޚިދުމަތް އަލުން ފަށަނީ ކޯވިޑް-19 އާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ވަގުތީ ގޮތުން ބަންދުކޮށްފައިވާ އުތީމު ގަނޑުވަރު 2020 ޑިސެމްބަރު 13 ވާ އާދިއްތަ ދުވަހުން ފެށިގެން އަލުން ހުޅުވާލަން ނިންމައިފިއެވެ. އެކަން ހާމަކޮށް ސަގާފީތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ބުނީ، އުތީމު ގަނޑުވަރުގެ ޚިދުމަތް އަލުން ފަށާއިރު، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 08:30 ން މެނދުރުފަހު 13:30 އަށް ކަނޑައެޅިފައިވާ އުޞޫލުގެ ދަށުން ގަނޑުވަރު ދެއްކުން ކުރިއަށްދާނެ ކަމަށެވެ. ގަނޑުވަރަށް ޒިޔާރަތްކުރައްވާ ފަރާތްތަކަށ... ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ރާއްޖެ މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަނެއްގައި މާލެއިން 10 މީހަކު ހައްޔަރުކޮށްފި މާލޭގައި ފުލުހުން ކުރިއަށް ގެންދާ މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަނެއްގައި 10 މީހަކު ހައްޔަރުކޮށްފި ކަމަށް ފުލުހުން ބުނެފި އެވެ. ފަރީދީ މަގު ބަންދުކޮށްގެން ކުރިއަށް ގެންދާ އޮޕަރޭޝަނާއި ބެހޭގޮތުން ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފުލުހުންގެ ޑްރަގް އެންފޯސް ޑިޕާޓްމަންޓަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ފަރީދީ މަގުގެ ވަކި ސަރަޙައްދެއް ބަލާ ފާސްކުރުމުގެ ތެރޭގައި ކާރެއްގެ ހުރި ގިނަ ޢަދަދެއްގެ މަސްތުވާތަކެތި އަތުލައިގަނެވިފައިވާކަމަށެވެ. މިމައްސަލައިގައި ތުހުމަތު ކު... އިބްރާހިމް އަސްވާޤް · 5 އަހަރު ކުރިން
ރާއްޖެ ރައީސް މައުމޫންގެ ބަސް: ދެ ފަރާތަކުން މަޝްވަރާކޮށްގެން ނިޒާމެއް ބަދަލެއް ނުކުރެވޭނެ ރާއްޖޭގައި މިއޮތް ވެރިކަމުގެ ނިޒާމަކީ ދިވެހި ރައްޔިތުންގެ ވޯޓަކުން ނިންމާފައިވާ ނިޒާމެއްކަމަށާއި ދެފަރާތަކުން މަޝްވަރާ ކޮށްލައިގެން މިނިޒާމު ބަދަލެއް ނުކުރެވޭނެކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ. ކުރީގެ ރައީސް މައުމޫން މިހެން ވިދާޅުވީ، “އާސްކް ސްޕީކާ” ޕްރޮގްރާމްގައި ރޭ މީހަކު ކުރެއްވި ސުވާލަކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ދެއްވި ޖަވާބައް ރައްދުދެއްވާ މިއަދު ކުރެއްވި ޓުވީޓެއްގަ އެވެ. ރައީސް ނަޝީދު ރޭ ވިދާޅުވީ، ރާއްޖެއަށް ބ... ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ވިޔަފާރި "މޫލީ އިޔާ އެންޑް ކާނިވަލް 2020" ގެ ނަމުގައި ޑިޖިޓަލް ކާނިވަލެެއް އުރީދޫގެ އީކޮމާސް ޕްލެޓްފޯމް މޫލީ އިން މިއަރުގެ ބޮޑު ޗުއްޓީ އާއި ދިމާކޮށް “މޫލީ އިޔާ އެންޑް ކާނިވަލް 2020” ގެ ނަމުގައި ޑިޖިޓަލް ކާނިވަލެެއް ފަށައިފި އެވެ. އޫރިދޫއިން ބުނީ، މި ކާނިވަލްގައި އެ ޕްލެޓްފޯމްގައި ތަކެތި ވިއްކާ 10 ފަރާތެއްގެ ތަކެތިން 50 ފަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށެވެ. ޑިސްކައުންޓްގެ އިތުރުން ކޮންމެ ދުވަހަކު، ކޮންމެ ހަފުތާއަކު އަދި ކާނިވަލުގެ މުއްދަތުގައި ވިޔަފާރިކުރާ މީހުންގެ ތެރެއިން، ނަސީބުވެރި ފަރާތްތަކަށް އަގުހުރި އެތައް އިނާމެއް […] ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ބައިނަލްއަގުވާމީ ޕާކިސްތާން ހޮސްޕިޓަލެއްގައި އޮކްސިޖަން ނުލިބުމުގެ ސަބަބުން 5 މީހުން މަރުވެއްޖެ ޕާކިސްތާނުގެ ހޮސްޕިޓަލެއްގައި އޮކްސިޖަން ގޭސް ނުލިބުމުގެ ސަބަބުން 5 މީހުން މަރުވެއްޖެކަމަށް އެ ޤައުމުން ހާމަކޮށްފިއެވެ. ޕާކިސްތާނުގެ މި ހޮސްޕިޓަލުގައި ކޯވިޑް-19 ގެ ބަލިމަޑުކަމާއި ދެކޮޅަށް ހަނގުރާމަ ކުރަމުން އައި މި ބަލި މީހުންނަށް އެ ހޮސްޕިޓަލުގެ އިހުމާލުން އޮކްސިޖަން ނުލިބުމުގެ ސަބަބުން ނޭވާލުމަށް ދަތި ވުމުގެ ސަަބަބުން ވަނީ މަރުވެފައިއެވެ. އަދި މި ކަމުގެ އިހުމާލުގައި އެ ހޮސްޕިޓަލުން 7 ފަރާތެއް މިހާތަނަށް ސަސްޕެންޑް ކޮށްފައިވާކަމަށްވެސް އެ ހޮސްޕިޓަލުން ވަނީ ހާމަކޮށްފައެވެ. “މިހާތަނަށް ބެލި ބެލުމ... މުޙައްމަދު މާއިލް ހަސަން · 5 އަހަރު ކުރިން
ރާއްޖެ މީޑިއާ ކައުންސިލްގެ އިނާމު ދިނުމުގެ ހަފުލާ މާދަމާ ރޭ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އިން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ނޫސްވެރިކަމުގެ އިނާމު ދިނުމުގެ ހަފުލާ މާދަމާ ރޭ ބާއްވަން ނިންމައިފިއެވެ. މިއަދު މީޑިއާ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިކަމުގެ އިނާމު 2019ގެ ކޮމިޓީގެ މުގައްރިރު އަހުމަދު އަމީން މުހައްމަދު ވިދާޅުވީ މިއަހަރުގެ ނޫސްވެރިކަމުގެ އިނާމު ދިނުމުގެ ހަފްލާ މާދަމާ ރޭ އޮންނާނެ ކަމަށެވެ.އަދި ހަފުލާ ބޭއްވުމަށް ހަމަޖެހިފައިވަނީ ޕީއެސްއެމްގެ މަލްޓި ޕާޕޯސް ހޯލްގައި ކަމަށްވެސް އަމީން ވިދާޅުވި އެވެ. މީގެ އިތ... ޖަލްވާން ޖާދުﷲ · 5 އަހަރު ކުރިން
ރާއްޖެ ދަތުރުވެރިންނަށް ވީހާވެސް ތަކުލީފު ކުޑަވާނެހެން އެއާޕޯޓުތަކުގައި ކަންކަން ފަހިކުރަން އިތުރަށް މަސައްކަތްޖެހޭ: ނައިބު ރައީސް ދަތުރުވެރިންނަށް ވީހާވެސް ތަކުލީފު ކުޑަވާނެ ގޮތަކަށް އެއާޕޯޓުތަކުގައި، އިންތިޒާމުތައް ހަމަޖެއްސުމަށް އިތުރަށް މަސައްކަތް ކުރަން ޖެހިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. ނައިބު ރައީސް ފައިޞަލް މިހެންވިދާޅުވީ، އެއަރޕޯޓުތަކުގައި ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން ކަމާގުޅޭ އިދާރާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވާ ބޭއްވި މަޝްވަރާ ބައްދަލުވުމުގައިއެވެ. ރައީސް އޮފީހުން ވިދާޅުވީ މި މަޝްވަރާތައް ކުރިއަށްދިޔައީ މިއަދު ހެނދުނު ރައ... ޔުމްނާ ޢަލީ · 5 އަހަރު ކުރިން
މަޖިލިސް ސަލާމަތްކުރަން ފުލުސް މީހާ އަންނާނޭ ބުނެވޭވަރުގެ ބަޔަކަށް ދިވެހި ފުލުހުން ވާންޖެހޭ: ޝިފާޢު ސަލާމަތްކުރަން ފުލުސް މީހާ އަންނާނޭ ބުނެވޭވަރުގެ ބަޔަކަށް ދިވެހި ފުލުހުން ވާންޖެހޭކަމަށް އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު ވިދާޅުވެއްޖެއެވެ. ޝިފާޢު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލިސްގެ 2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 27 ވަނަ ޖަލްސާގައި ”މ.އުޖާލާގެ ބަލައި ފާސްކުރުމަށް ފުލުހުން ހިންގި އޮޕަރޭޝަނާ ގުޅިގެން ފުލުހުންގެ ތެރެއިން ބަޔަކު އިޙްތިޖާޖުކުރަމުންދިޔަ މައްސަލަ، ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު”އަށް ބަހުސް ކުރަށް ވަމުންނެވެ. ޝިފާޢު ވިދާޅުވީ ދ... އަލީ އާދިލް · 5 އަހަރު ކުރިން
ރާއްޖެ ފަތުރުވެރިކަމުގެ ދާއިރާއިން އިންޓަރންޝިޕްއަށް އެޕްރޫވަލްދިނުމުގެ އުޞޫލަށް ބަދަލުތަކެއް ފަތުރުވެރިކަމުގެ ދާއިރާއިން ދިވެހިންނަށް ފުރުޞަތު ފަހިކުރުމުގެ ގޮތުން އިންޓަރންޝިޕްއަށް އެޕްރޫވަލްދިނުމުގެ އުޞޫލަށް މިނިސްޓްރީ އޮފް ޓޫރިޒަމުން ބަދަލުތަކެއް ގެނެސްފި އެވެ. މިނިސްޓްރީ އޮފް ޓޫރިޒަމްއިން ބުނެފައިވަނީ މިބަދަލުތައް މިހާރުވާނީ ވަނީ ފަތުރުވެރިކަމުގެ ޚިދުމަތްދޭ ތަންތަނަށް ސަރކިއުލަރ (ލިންކް) އެއް ފޮނުވާ އަންގާފަ ކަމަަށެވެ. ދިވެހިރާއްޖޭގައި ފަތުރުވެރިންނަށް ޚިދުމަތްދޭ ތަންތަނުގައި ބޭރުގެ ފަރާތްތަކަށް އިންޓަރންޝިޕް ފުރިހަމަކުރުމަށް ސްޕެޝަލް ވިސާދޫކުރުމަށް މިނިސްޓްރީ އޮފް ޓޫރިޒަމްއިން ހަދާފ... އިބްރާހިމް އަސްވާޤް · 5 އަހަރު ކުރިން
ރާއްޖެ ދެމިތިބޭނީ ދިވެހި ޒުވާނުންނަށް ފަހި ފުރުޞަތުތައް ހޯދައިދޭ ބައެއްގެ ގޮތުގައި: ނަހުލާ ދެމިތިބޭނީ ދިވެހި ޒުވާނުންނަށް ފަހި ފުރުޞަތުތައް ހޯދައިދޭ ބައެއްގެ ގޮތުގައިކަމަށް މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އާޢިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ. ސިވިލް އޭވިއޭޝަން އޮތޯރިޓީގެ މިނިސްޓަރ، ޓްރާންސްޕޯޓް މިނިސްޓަރު ނަހުލާ މިހެން ވިދާޅުވީ ބައިނަލްއަޤުވާމީ މަދަނީ ވައިގެ ދަތުރު ފަތުރުގެ ދުވަހާއި ގުޅިގެން މިއަދު ފޮނުއްވި ޚިޠާބެއްގައެވެ. މިއަދު، 7 ޑިސެމްބަރުއަކީ ބައިނަލްއަޤުވާމީ މަދަނީ ވައިގެ ދަތުރު ފަތުރުގެ ދުވަހުގެ ގޮތުގައި ކޮންމެ އަހަރަކުވެސް ފާހަގަކުރާ ދުވަހެވެ. މިނިސްޓަރު ވިދާޅ... އަޙްމަދު ވަހީދު · 5 އަހަރު ކުރިން
މަޖިލިސް ދާއިރާގެ ސިއްހީމަރުކަޒުތަކުގެ ހާލަތު ދަށްވެފައިވަނީ އޭރުގެ ހެލްތު މިނިސްޓަރުގެ އިހުމާލުން: ރާޢީ މަކުނުދޫ ދާއިރާގެ ތިން ރަށުގެ ސިއްހީމަރުކަޒުތަކުގެ ހާލަތު ދަށްވެފައިވަނީ އޭރުގެ ހެލްތު މިނިސްޓަރު ޢަބުދުﷲ އަމީންގެ އިހުމާލުން ކަމަށް މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ވިދާޅުވެއްޖެއެވެ. ރާޢީ މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލިސްގެ 2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 27 ވަނަ ޖަލްސާގައި ”މިނިސްޓަރ އޮފް ހެލްތް ޢަބްދުﷲ އަމީން މަޖިލީހަށް ސައްޙަ ނޫން މަޢުލޫމާތު ދެއްވާފައިވާކަމަށް އޮޑިޓް ރިޕޯޓުގައި ބަޔާންކޮށްފައިވާތީ އެ މައްސަލަ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު”އަށް ބަހުސް ކުރަށް ވަމުނ... އަލީ އާދިލް · 5 އަހަރު ކުރިން