ތިލަދުންމަތީ ޚަބަރު ކެލާއިން މީހަކު ކޯވިޑަށް ޕޮޒިޓިވްވެއްޖެ ހއ. ކެލާގައި ހޯމް ކަރަންޓީނުގައި ހުރި މީހެއް ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ. ކެލާ ކައުންސިލުން ބުނީ އެމީހާ ޕޮޒިޓިވްވެފައި ވާކަން އެނގުނީ އެރަށު ގެއެއްގައި ހޯމް ކަރަންޓީންގައި ތިބި 7 މީހެއް ކޯވިޑަށް ޓެސްޓް ކުރުމަށް ނެގުނު ސާމްޕަލްތަކުގެ ތެރެއިން އެމީހާގެ ސާމްޕަލް ކޯވިޑަށް ޕޮޒިޓިވް ވުމުން ކަމަށެވެ. ޕޮަޒިޓިވް ވެފައިވާ މީހާއަށް އަވަސް ޝިފާއަކަށް އެދޭ ކަމަށް ކެލާ ކައުންސިލުން ބުންޏެވެ. “ހޯމް ކަރަންޓީނަށް މާލެއިން އައިސް ތިބޭ ފަރާތްތަކަށް ޒިޔާރަތް ކުރުމަކީ ރައްކާތެރި ކަމެއްނޫން […] ޝިއުނާ އާދަމް · 5 އަހަރު ކުރިން
ރާއްޖެ ކައުންސިލް އިންތިޚާބު ކޯލިޝަނަށް ހޯދުމަށް ދަނީ ބޮޑެތި ދޮގުތައް ހަދަމުން: މުޙައްމަދު ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ މެޖޯރިޓީ ވެރިކަންކުރާ ކޯލިޝަނަށް ހޯދުމަށްޓަކައި، ބޮޑެތި ދޮގުތައް ހަދަމުންދާ ކަމަށް ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވެއްޖެއެވެ. މުޙައްމަދު މިހެން ވިދާޅުވީ ކުރެއްވި ޓުވީޓެއްގައެވެ. އެ ޓުވީޓުގައި ވަނީ މަޝްރޫޢުތަކެއްގެ ދައްކުވައިދޭ ކުރެހުންތަކެއް ފެންނަ ހަތަރު ފޮޓޯވެސް ހިމަނުއްވާފައެވެ. އެ ޓުވީޓުގައި، ފޮޓޯތަކަށް އިޝާރާތް ކުރަށްވާ އޭނާ ވިދާޅުވީ އެއީ ”ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ހޯރަފުށީ ދާއިރާގެ ރައްޔިތުންނަށް ދައްކަ... އަލީ އާދިލް · 5 އަހަރު ކުރިން
ރާއްޖެ ލޮނުފެނުން މަސްފިނިކުރާ ނިޒާމުގެ ޑިއުޓީ މައާފު ކޮށްފި ރެފްރިޖަރޭޓެޑް ސީވޯޓަރ ސިސްޓަމް، ނުވަތަ އާރް.އެސް.ޑަބްލިއު ނިޒާމު ރާއްޖެ އެތެރެކުރާ ފާރާތްތަކަށް ޑިއުޓީ މައާފު ކުރުމަށްރާއްޖެ އެތެރެކުރުމަށް ނަގާ ޑިއުޓީ މާޢާފު ކުރެވޭނެ އިންތިޒާމު ފިޝަރީޒް މިނިސްޓްރީން ހަމަޖައްސައިފިއެވެ. ފިޝަރީޒް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ، ރެފްރިޖަރޭޓެޑް ސީވޯޓަރ ސިސްޓަމް، ނުވަތަ އާރް.އެސް.ޑަބްލިއު ނިޒާމު އެތެރެކުރާ ފާރާތްތަކަށް ޑިއުޓީ މައާފު ކުރުމަށް އިކޮނޮމިކް މިނިސްޓްރީއަށް ހުށަހެޅޭނެ ކަމަށެވެ. އިކޮނޮމިކް މިނިސްޓްރީ އަށް ޑިއުޓީ މާއާފު ކުރާ ފޯމާއެކު... ޝިއުނާ އާދަމް · 5 އަހަރު ކުރިން
ރާއްޖެ އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރުގެ މަސައްކަތް ފަށައިފި މޯލްޑިވްސް އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރުގެ ޚިދުމަތް ރަސްމީކޮށް ފަށައިފި އެވެ. އެ ސެންޓަރުން ނެރުނު ބަޔާނެއްގައިވަނީ އާބިޓްރޭޝަނުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އާބިޓްރޭޝަނުގެ ކަންކަމާއި ގުޅުން ހުރި ޚިދުމަތްތައް ދޭން ފަށާފައިވާ ކަމަށެވެ. ބަޔާނުގައިވަނީ އެ ސެންޓަރުގެ ވެބްސައިޓް މެދުވެރިކޮށް، މައްސަލަ ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް މިހާރު މައްސަލަ ހުށަހެޅޭނެ ކަމަށެވެ. މީގެއިތުރުން، ވާޗުއަލް ޚިދުމަތްތަކާއެކު އާބިޓްރަލް ޕްރޮސީޑިން ކުރިއަށް ގެންދިއުމުގެ އިޚްތިޔާރު މައްސަލައިގައި... ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ބައިނަލްއަގުވާމީ ލަންކާ ކޯވިޑް: މުސްލިމުންގެ ޖަނާޒާ ރާއްޖޭގައި ހަމަޖެއްސުމަށް މަޝްވަރާކުރަނީ ކޯވިޑް19 ބަލީގައި ސްރީލަންކާގައި ނިޔާވާ މުސްލިމުންގެ ޖަނާޒާގެ ކަންތައްތައް ރާއްޖޭގައި ހަމަޖެއްސުމަށް މަޝްވަރާކުރާކަމަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އިން ބުނެފި އެވެ. އެމިނިސްޓްރީ އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ކޯވިޑް-19 ޖެހިގެން ސްރީލަންކާގައި ނިޔާވާ މުސްލިމުންނަށް އިސްލާމީ އުޞޫލުތަކާ އެއްގޮތަށް ޖަނާޒާގެ ކަންތައްތައް ފުރިހަމަކުރުމަށް ސްރީލަންކާ ސަރުކާރަށް ދަތިތަކެއް ކުރިމަތިވެފައިވާކަމަށާއި، ދިވެހިރާއްޖޭގައި ސްރީލަންކާގެ މިފަދަ މުސްލިމުންނަށް އިސްލާމީ އުޞޫލުތަކާ ހަމަޖައްސަ... ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ރާއްޖެ ރައްޔިތުމީހާގެ ބޭނުންތަކަށް ބެލުމެއްނެތި ހުރިހައި ފަޅުރަށްތަކެއް ވިއްކާ ހުސްކުރުމަކީ އިންސާފުވެރި ގޮތެއް ނޫން: ޢަލީ އާންމެ ރައްޔިތު މީހާގެ ބޭނުންތަކަށް ބެލުމެއްނެތި އަތޮޅުގެ ހުރިހައި ފަޅުރަށްތަކެއް ވިއްކާހުސްކުރުމަކީ އިންސާފުވެރި ޢަދުލުވެރި ގޮތެއް ނޫން ކަމަށް ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން ވިދާޅުވެއްޖެއެވެ. ޢަލީ މިހެންވިދާޅުވީ އޭނާ ތަމްސީލު ކުރަށްވާ ދާއިރާ، ކެންދޫ ދާއިރާ ހިމެނޭ އަދި އޭނާ ނިސްބަތްވެ ވަޑައިގަންނަވާ ބ. އަތޮޅުގެ، އަތޮޅު ކައުންސިލުން އެ އަތޮޅު އެއްވެސް ރަށެއް ދަތުރުދާން ނުބާއްވާ ކުއްޔަށާއި، ވަރުވާއަށް ދޫ ކުރަމުން ދާތީ ކަންބޮޑުވެ، ވާހަކަ ދައްކަވާފައި ވަނިކޮށް ކުރެއްވި ޓުވީޓެއްގައެވެ. ޢަލީގެ... އަލީ އާދިލް · 5 އަހަރު ކުރިން
ރާއްޖެ ބީއެމްއެލް ކޮމިއުނިޓީ ފަންޑްގެ މި އަހަރުގެ ދެވަނަ ފިޔަވަހީގެ އެހީ 10 ރަށަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ފަރާތުން ހިންގާ “އަހަރެންގެ ބޭންކް ކޮމިނިއުޓީ ފަންޑު” ގެ ދަށުން މި ހިނގާ 2020 ވަނަ އަހަރުގެ ދެވަނަ ފިޔަވަހީގައި ހުށަހެޅުނު ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ޕޮރޮޕޯސަލް ހުށަހެޅި ދިހަ ފަރާތް ހޮވައިފިއެވެ. ބީއެމްއެލްގެ ފަރާތުން މި ފިޔަވަހީގައި އެހީދިނުމަށް ހަމަޖެހިފައިވާ ރަށްތަކާއި، އަދި އެ ރަށްތަކުގައި މި ފަންޑްގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫޢުތަށް އެ ބޭންކުންވަނީ އާންމުކޮށްފައެވެ. މިގޮތުން ހޮވިފައިވާ 10 މަޝްރޫޢުގެ ތެރޭގައި ހިމެނެނީ: […] އިބްރާހިމް ޚަލީލް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ފުނަދޫގައި ފުޓްބޯޅަ އަދި ހޭންޑްބޯޅަ ތަމްރީން ޕްރޮގްރާމެއް ފަށައިފި ށ. ފުނަދޫގައި ފުޓްބޯޅަ އަދި ހޭންޑްބޯޅައިގެ ތަމްރީނު ޕްރޮގްރާމެއް ފަށައިފިއެވެ. މި ތަމްރީނު ޕްރޮގްރާމަކީ ފުނަދޫ އިޖުތިމާއީ މަރުކަޒުގެ ޔޫތު ޑިވްލޮޕްމަންޓް ޕްރޮގްރާމް (ވައިޑީޕީ)ގެ ދަށުން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށް ފުނަދޫ ކައުންސިލުން ވިދާޅުވިއެވެ. މި ޕްރޮގްރާމާއި ގުޅިގެން މަޢުލޫމާތު ހިއްސާ ކުރަށްވަމުން ފުނަދޫ ކައުންސިލްގެ ރައީސް އަޙްމަދު އިބްރާޙީމްފުޅު ”ތިލަދުން”އަށް ވިދާޅުވީ، މި ޕްރޮގްރާމަކީ ރަށްރަށުގެ އިޖުތިމާއީ މަރުކަޒުތައް ހިންގުން ސަރުކާރުން ކައުންސިލް ތަކާއި ހަވާލުކުރެއްވުމާއި ގުޅިގެ... ޙުސައިން ޝަހުދީ · 5 އަހަރު ކުރިން
ރާއްޖެ އެނަރޖީ އޮތޯރިޓީ އުވާލާ "ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ" އުފައްދައިފި މޯލްޑިވްސް އެނަރޖީ އޮތޯރިޓީ އުވާލާ “ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ” އުފައްދައިފި އެވެ. މިކަން އިޢުލާނުކުރައްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިއްޔެ ނެރުއްވި ދެންނެވުމެއްގައެވެ. މި އިދާރާ ޤާއިމުކުރައްވައި، ހިންގަމުންދާނެ އިދާރާއަކީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގެ ދަށުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، ވަނީ ހަމަޖައްސަވާފައެވެ. ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ އަކީ ރައީސުލްޖުމްހޫރިއްޔާ އިއްޔެ ތަސްދީޤުކުރެއްވެވި (ޤާނޫނު ނަންބަރު 2020/26) ޔުޓިލިޓީ ރެގިއުލޭޓަރ... އިބްރާހިމް އަސްވާޤް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ބާރަށު ޒުވާނުންގެ ދިރުމުން ބޭއްވި 16 ވަނަ ވޮލީ މުބާރާތުގެ އަންހެން ޑިވިޜަންގެ ޗެމްޕިއަންކަން ރެހެންދިއަށް ހއ.ބާރަށުގައި ރަޖިސްޓްރީ ކޮށްގެން ހިންގަމުން އަންނަ ޖަމްޢިއްޔާއެއް ކަމުގައިވާ ބާރަށު ޒުވާނުންގެ ދިރުންގެ ފަރާތުން އެ ރަށުގެ ދެ ޖިންސަށް ހުޅުވާލައިގެން ބޭއްވި ވޮލީ މުބާރާތުގެ އަންހެން ޑިވިޜަންގެ ޗެމްޕިއަންކަން ރެހެންދި ޓީމުން ހޯދައިފިއެވެ. 28 ނޮވެމްބަރ 2020 އިން 13 ޑިސެމްބަރ 2020 ގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި މުބާރާތުގެ އަންހެން ކެޓަގަރީގައި ޖުމްލަ ހަ ޓީމަކުންވަނީ ވާދަކޮށްފައެވެ. އެ ޓީމްތަކަކީ ފަޔަ ބާޑްސް، ސޫރިޔާ ސްޕޯޓްސް، އައިރިޝް، ކްރިސްޓަލް، ރެހެންދި އަދި ރެހެންދި […] އިބްރާހިމް ޚަލީލް · 5 އަހަރު ކުރިން
ރާއްޖެ ކައުންސިލް އިންތިޚާބު ވެގެން ދާނީ މިހާތަނަށް ބޭއްވޭނެ އެންމެ ހުދުމުހުތާރު އިންތިޚާބަށް: ޝުޖާޢު ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަކީ ދިވެހި ތާރީޚުގައި މިހާތަނަށް ބޭއްވޭނެ އެންމެ ހުދުމުހުތާރު އިންތިޚާބަށްވާނެ ކަމަށް ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާޙީމް ޝުޖާޢު ވިދާޅުވެއްޖެއެވެ. އިދިކޮޅު ކޯލިޝަންގެ ޕީއެންސީގެ ނައިބު ރައީސްގެ މަގާމުގައިވެސް ހުންނެވި ޝުޖާޢު މިހެން ވިދާޅުވީ އޭނާ ކުރެއްވި ޓުވީޓެއްގައެވެ. މިގޮތުން ޝުޖާޢު ވިދާޅުވީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަކީ ދިވެހި ތާރީޚުގައި މިހާތަނަށް ބޭއްވޭނެ އެންމެ ހުދުމުހުތާރު އިންތިޚާބަށް ވާނެ ކަމަށެވެ. ”ރައްޔިތުންނަށް ރައްޔިތު... އަލީ އާދިލް · 5 އަހަރު ކުރިން
ރާއްޖެ ކަނޑުމަތީގައި ހާލުދެރަވެފައިވާ ބަލިމީހަކަށް އެމްއެންޑީއެފްއިން އެހީތެރިކަން ފޯރުކޮށްދީފި ހއ. ތުރާކުނުގެ ބޭރުން 34 ނޯޓިކަލް މައިލްސް ދުރުގައި އޮތް މަސްދޯންޏެއްގައި ހުރި މީހަކު ހާލު ދެރަވެގެން މޯލްޑިވްސް ނޭޝެނަލް ޑިފެންސް ފޯސްގެ ކޯސްޓުގާޑުގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދީފިއެވެ. ތުރާކުނުގެ ބޭރުން މަސްވެރިކަން ކުރަމުންއައި “ކަނޑުމަސް” ދޯނީގައި ހުރި 54 އަހަރުގެ ދިވެހި ފިރިހެނަކު ހާލު ބޮޑުވެގެން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް އެމްއެންޑީއެފްގެ ޓްވިޓަރ އެކައުންޓުން ކުރި ޓްވީޓެއްގައިވަނީ ބުނެފައެވެ. އެ ޓްވީޓުގައި އިތުރަށް ބުނެފައިވާ ގޮތުގައި، ހާލު ބޮޑުވެފައިވާ ބަލިމީހާ އެންއެންޑީއެފ... މުޙައްމަދު މާއިލް ހަސަން · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ގެވިށި އަނިޔާއާއި ދެކޮޅަށް އިހަވަންދޫ "ޔުނައިޓެޑް ޔޫތު" މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސާރވިސަސް ގެ ފާރާތުން ގެވެށި އަނިޔާއާ ދެކޮޅަށް ހިންގާ ޤައުމީ ‘ގެވެށި ގުޅުން’ ކެމްޕެއިންގައި ހއ. އިހަވަންދޫ ޔުނައިޓެޑް ޔޫތުން ބައިވެރިވާން ނިންމައިފި އެވެ. މިކަން ހާމަކޮށްފައިވަނީ އެ ޓީމުގެ ރަސްމީ ފޭސްބުކް ޕޭޖުގައި ކޮށްފައިވާ ޕޯސްޓެއްގައެވެ. މި ގޮތުން އެ ހަރަކާތާ ގުޅުމުގެ ގޮތުން ކުރިއަށް އޮތް އިހަވަން ކަޕް 2020 ގައި ޔުނައިޓެޑް ޔޫތުން ބޭނުންކުރާ ޖާޒީގެ އަތުކުރީގައި “ގެވެށި ގުޅުން” ނިޝާން ހިމަނާފައިވާނެކަމަށް އެ ޕޯސްޓުގައި ބުނެފައިވެއެވެ. މި […] ތިލަދުން · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު އުތީމު ގަނޑުވަރުގެ ޚިދުމަތް އަލުން ފަށައިފި ކޯވިޑް-19 އާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އުތީމު ގަނޑުވަރު ވަގުތީ ގޮތުން ބަންދުކުރުމަށްފަހު މިއަދު އަލުން ޚިދުމަތްދޭން ފަށައިފިއެވެ. މިގޮތުން އުތީމު ގަނޑުވަރުގެ ޚިދުމަތް ވަގުތީ ގޮތުން މެދުކަނޑާލައި، އެމަރުކަޒު ބަންދުކުރީ 2020 މާރިޗް 19 ވަނަ ދުވަހުއެވެ. އުތީމު ގަނޑުވަރުގެ ޚިދުމަތް އަލުން ފެށުމާއި ގުޅޭގޮތުން ސަގާފީތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ކުރިން ބުނީ، އުތީމު ގަނޑުވަރުގެ ޚިދުމަތް އަލުން ފަށާއިރު، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 08:30 ން މެނދުރުފަ... އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ކޮލަމް ބެލެނިވެރިންނަށް: ސްކްރީން ދޮށުގައި ކުދިން ހޭދަކުރާ ވަގުތު ކޮންޓްރޯލް ކުރުން އެކާވީސްވަނަ ޤަރުނުގެ ތަރައްޤީއިން އެކައްޗަކަށް އަޅުގަނޑުމެންނަށް އެންމެގިނައިން ލިބުނު އެއްޗަކީ ސްކުރީނެވެ. ސްކުރީނާ ނުލާ މިއަދު ކުރަންޖެހޭ ގިނަ ކަންކަން ނުކުރެވެޔޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ބިލަށް ފައިސާ ދެއްކުމާ، ޒަކާތް ދެއްކުމާ، ޤުރްއާން ކިޔެވުމާއި ފޮތް ކިޔުމުގެ އިތުރުން މުނިފޫހި ފިލުވުމަށް މިއަދު ގިނަ މީހުން ތިބެނީ ކޮންމެވެސް ސްކުރީނެއްގެ ކުރިމަތީގައެވެ. މިއާއެކު ދެން ފާހަގަވެގެންދިޔަ ކަމަކީ، ދިރިއުޅުން ފަސޭހަކުރަން ގެނައި ޓެކްނޮލޮޖީގެ މި އާއީޖާދުތަކާއެކު ދިރިއުޅުމުގެ ބިޒީކަން އިތުރުވެގ... ޝެއިޚް މުޠީޢު އިސްމާޢީލް މުޙައްމަދު · 5 އަހަރު ކުރިން