ތިލަދުންމަތީ ޚަބަރު ސިވިލްކޯޓުގެ ރަޖިސްޓްރާރގެ މަޤާމަށް އަލްއުސްތާޛް ޢަބްދުއްސަލާމް ސިވިލްކޯޓުގެ ރަޖިސްޓްރާރގެ މަޤާމަށް ށ. މާއުނގޫދޫ ރޯޒްލީން، އަލްއުސްތާޛް ޢަބްދުއްސަލާމް ޢައްޔަންކުރައްވައިފިއެވެ. އަލްއުސްތާޛް އަބްދުއްސަލާމަށް މަޤާމާއި ހަވާލުކުރުމުގެ ލިޔުން ހަވާލު ކޮށްފައިވަނީ މިއަދު ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަންގައި މިއަދު ބޭއްވި ހަފްލާއެއްގައެވެ. މި ޙަފްލާގައި ރަޖިސްޓްރާރ އަލްއުސްތާޛް އަބްދުއްސަލާމަށް މަޤާމުގެ ލިޔުން ޙަވާލުކޮށްދެއްވާފައިވަނީ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އަލްއުސްތާޛާ ޢާއިޝަތު ރިޒްނާއެވެ. ސިވިލް ކޯޓަށް އައު ރަޖިސްޓްރާރއެއް ޢައްޔަންކޮށްފައި މި... މުޙައްމަދު މާއިލް ހަސަން · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ހދ. އަތޮޅު ކައުންސިލްއިން "ތިލަދެކުނު ވެށި ޓުއާ" ފަށަނީ “ތިލަދެކުނު ވެށި ޓުއާ”ގެ ނަމުގައި ހދ. އަތޮޅުގެ ރައްޔިތުން ތިލަދުންމަތީގެ ރަށްތަކަށް ޒިޔާރަތް ކުރުމުގެ ފުރުޞަތުލިބޭ ދަތުރުތަކެއް ފެށުމަށް ހދ. އަތޮޅު ކައުންސިލުން ނިންމައިފިއެވެ. މިގޮތުން އަންނަ ހޮނިހިރު ދުވަހު މި ޓުއާގެ ފުރަތަމަ ދަތުރުކުރަން ނިންމައި، މިހާރު ވަނީ ޓިކެޓް ވިއްކަން ފަށާފައެވެ. މި ދަތުރުތައް ކުރުމަށް ހަމަޖެހިފައި ވަނީ އަތޮޅު އަތޮޅު ކައުންސިލްގެ “މާރެސް” ލޯންޗްގައެވެ. މި ލޯންޗްގެ ޖާގައަކީ 20 އެވެ. މި ޓުއާގެ ފުރަތަމަ ދަތުރު އަންނަ ހޮނިހިރުގައި ކުރުމަށް ހަމަޖެހިފައިވަނީ […] ޝިއުނާ އާދަމް · 5 އަހަރު ކުރިން
ރާއްޖެ ސަފާރީ ކޭސްއާއި ގުޅިގެން ތިން މީހެއްގެ މައްޗަށް ދައުވާކުރަން ފޮނުވައިފި ހުޅުމާލޭ ފަޅުގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ތިން މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ފުލުހުންގެ ފަރާތުން މައްސަލަ ފޮނުވާފައިވާކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ހާމަކޮށްފި އެވެ. އެ ހާދިސާ ހިނގާފައި ވަނީ މިއަހަރުގެ ޖޫން 26 ވަނަ ދުވަހުގެ ރޭ ފަތިހުއެވެ. އެ ހާދިސާގައި ޖިންސީގޯނާ ލިބުނީ ކެންޔާއަށް ނިސްބަތްވާ، ރާއްޖޭގައި ވަޒީފާ އަދާކުރަން އައިސްއުޅުނު އަންހެނަކަށް ކަމަށް މީޑިއާގައި ވަނީ އޭރު ރިޕޯޓުކޮށްފައެވެ. އެމައްސަލައިގެ ތުހުމަތު... ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ރާއްޖެ ތިން ސިޔާސީ ޕާޓީއަކަށް ފައިސާ ދޫކޮށްފި އިލެކްޝަން ކޮމިޝަން (އީސީ)އިން ރާއްޖޭގެ ތިން ސިޔާސީ ޕާޓީއަކަށް 11 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ. އީސީގެ ރައީސް އަޙްމަދު ޝަރީފާއި ހަވާލާދީ، ދައުލަތުގެ މީޑިއާ ޕީއެސްއެމް ނިއުސްގައި ރިޕޯޓުކޮށްފައިވާ ގޮތުން އީސީއިން މިފަހަރު ފައިސާ ދޫކޮށްފައި ވަނީ އެކޮމިޝަންގެ ދަފުތަރުގައި މެންބަރުންގެ ޢަދަދު ވެސް އެންމެ ގިނަ 3 ޕާޓީކަމަށްވާ ވެރިކަންކުރާ މައި ޕާޓީ (އެމްޑީޕީ)އާއި، އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށެވެ. […] އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ރާއްޖެ އެމްއެމްސީގެ ރައީސްއަކަށް ޝަހުބާން، ނައިބަކަށް ޘަޤީފް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ ރައީސް ކަމުގެ މަޤާމަށް ސަންގް ޓީވީގެ ޝަހުބާން ފަހުމީ އަދި ނައިބު ރައީސް އަކަށް ތިލަދުންގެ ޙުސައިން ޘަޤީފް(ސަގީ) އިންތިޚާބު ކޮށްފިއެވެ. އެމްއެމްސީގެ ރައީސްސާއި، ނައިބު ރައީސް އިންތިޚާބު ކުރުމަށް ވޯޓު ނެގުން އޮތީ މިއަދު ހެނދުނު 11 ޖަހާއިރުއެވެ. މިގޮތުން އެ ކައުންސިލްގެ ރައީސް ކަމަށް ތިން ބޭފުޅަކު ވާދަ ކުރެއްވިއެވެ. އެ ތިން ބޭފުޅުންނަކީ ޕަބްލިކް ސާވިސް މީޑިއާގެ ޢަލީ ޙުސައިނާއި، ސަންގް ޓީވީގެ ޝަހުބާން ފަހުމީއާއި އަދި އަމިއްލަ […] Thiladhun · 5 އަހަރު ކުރިން
ރާއްޖެ ފޯކައިދޫ ބަނދަރުގެ 15% އަދި ފީވަކު ބަނދަރުގެ 65% މަސައްކަތް ނިމިއްޖެ: އެމްޓީސީސީ މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އިން ތަރައްޤީ ކުރުމުގެ މަސައްކަތް ކުރަމުންދާ ށ. ފޯކައިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތުގެ 15 އިންސައްތަ އަދި އެ އަތޮޅު ފީވަކު ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތުގެ 65 އިންސައްތަ މަސައްކަތް ނިމިފައިވާކަމުގައި އެ ކުންފުނިން ބުނެފިއެވެ. ފޯކައިދޫ ބަނދަރުގެ މަޝްރޫޢުއާއި ގުޅޭގޮތުން އެމްޓީސީސީއިން މިއަދު ހާމަކޮށްފައިވާ މަޢުލޫމާތުގައިވަނީ އެ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށްދަނީ ބަނދަރަށް އަލަށް... އިބްރާހިމް ޚަލީލް · 5 އަހަރު ކުރިން
ރާއްޖެ މިސަރުކާރުން ނޭކުރެންދޫ ރައްޔިތުންގެ އުއްމީދުތަކުގައި ކުލަޖައްސައިދޭނެ: ރާޢީ ރައީސް ޞާލިޙްގެ ސަރުކާރުން ހދ. ނޭކުރެންދޫ ރައްޔިތުންގެ އުއްމީދުތަކުގައި ކުލަޖައްސައިދޭނެ ކަމަށް މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ވިދާޅުވެއްޖެއެވެ. ރާޢީ ތަމްސީލް ކުރަށްވާ މަކުނުދޫ ދާއިރާގައި ހިމެނޭ ނޭކުރެންދޫ ރައްޔިތުންގެ އުއްމީދުތަކުގައި މި ސަރުކާރުން ކުލަޖައްސައިދޭނެ ކަމަށް އޭނާ ވިދާޅުވީ ކުރެއްވި ޓުވީޓެއްގައެވެ. ރާޢީ ވިދާޅުވީ 2008 ވަނަ އަހަރު އޮތް ރައީސް ނަޝީދުގެ ސަރުކާރުން ނޭކުރެންދޫގައި އަޅަން ނިންމި ޖަލުގެ މަސައްކަތް މި ސަރުކާރުން ފުރިހަމަ ކުރާނެ ކަމަށެވެ. އަދި ރައީސް ޞާލިޙްގެ ސަރު... ޙުސައިން ޝަހުދީ · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ފުނަދޫއަކީ ފުޅާދާއިރާއެއްގައި ދަނޑުވެރިކަން ކުރެވޭނެ ރަށެއްކަން ދަނޑުވެރިން ދަނީ ސާބިތުކޮށްދެމުން: ކައުންސިލް ށ. ފުނަދޫއަކީ ފުޅާދާއިރާއެއްގައި ދަނޑުވެރިކަން ކުރެވޭނެ ރަށެއްކަން ފުނަދޫގެ ހިތްވަރުގަދަ ދަނޑުވެރިން ސާބިތުކޮށްދެމުން ދާކަމަށް ފުނަދޫ ކައުންސިލުން ބުނެފިއެވެ. ފުނަދޫ ކައުންސިލުން ވަނީ ކޯވިޑް-19ގެ ބަލިމަޑުކަން ފެށުނުފަހުން، އެރަށުގައި ދަނޑުވެރިކަމުގެ މަސައްކަތް ކުރުމަށް އެރަށުން ބިން ދޫކޮށްފައެވެ. ފުނަދޫގައި ކުރެވެމުންދާ ދަނޑުވެރިކަމުގެ މަސައްކަތްތަކާއި ގުޅިގެން ފުނަދޫ ކައުންސިލްގެ ރައީސް އަޙްމަދު އިބްރާޙީމްފުޅު ”ތިލަދުން”އަށް ވިދާޅުވީ، އެރަށުގައި ދަނޑުވެރިކަމުގެ މަސައްކަތް ފެށިގެން ދިޔައީ މުޅިން... ޙުސައިން ޝަހުދީ · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ހަނދުން ވެއްޓުނު ދޮލަނގު ތަނަކީ ޖަޕާނުގެ ވެރިރަށް ޓޯކިޔޯއެވެ. ދުވަސްވަރަކީ ޖަޕާނު މީހުން ޖައްވުގައި ޓޫރިސްޓު ހޮޓަލެއް އަޅަން އުޅޭކަމުގެ ޚަބަރުތައް ރޭޑިޔޯ މެދުވެރިކޮށް ފެތުރިގެން ދިޔަ ދުވަސްވަރެކެވެ. ޖައްވުގައި 64 ކޮޓަރީގެ ޓޫރިސްޓު ހޮޓަލެއް އަޅައި، އެތަނަށް ޓޫރިސްޓުން ގެންގޮސް ހެދުމަކީ ޖަޕާނުގެ ކޮންސްޓްރަކްޝަން ކޮމްޕެނީ، ޝިމީޒޫގެ ވަރަށް ބޮޑު ތަސައްވަރެކެވެ. ތަނަކީ ދިވެހިރާއްޖޭގެ ތިލަދުންމަތި ތަކަންދޫގެ މާރަންމަގު އަތިރިމައްޗެވެ. އަތިރިމަތި ޖޯލީގައި ތިބި ހަރުފުރައިގެ މީހުންނަކަށް ޖަޕާނު މީހުންގެ މިޚިޔާލެއް ކަމަކު ނުދިޔައެ... އަޙްމަދު ސާލިމް · 5 އަހަރު ކުރިން
ރާއްޖެ ސުޕްރީމް ކޯޓަށް ރައްޔިތުންގެ އިތުބާރު ހޯދުނަސް އެހެން ކޯޓުތަކުން އިންސާފު ލިބުން ލަސް: ޢަލީ ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުން މައްސަލަތައް އަވަހަށްބެލި، ރައްޔިތުންގެ އިތުބާރު ހޯދުނަސް، ޖުމްލަކޮށް ބަލާއިރު އަދިވެސް ރާއްޖޭގެ އެހެން ކޯޓުތަކުން އެކަށީގެންވާ އަވަސް މިނެއްގައި އިންސާފެއް ލިބުން ލަސްކަމަށް ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން ވިދާޅުވެއްޖެއެވެ. ޢަލީ ޙުސައިން މިހެން ވިދާޅުވީ ތަޖުރިބާކާރު އާބިޓްރޭޓަރުން މެދުވެރިކޮށް ވިޔަފާރީގެ މުޢާމަލާތްތަކާއި މަދަނީ އިލްތިޒާމްތަކުން އުފެދޭ މައްސަލަތަކަށް އަވަހަށް އަދި ޚަރަދު ކުޑަކޮށް ހައްލު ލިބުމުން، ކޮންމެ މައްސަލައެއްގައި ކޯޓުން ހައްލު ހޯދުމު... އަލީ އާދިލް · 5 އަހަރު ކުރިން
ރާއްޖެ ލަންކާގައި ކޯވިޑް ބަލީގައި ނިޔާވާ މުސްލިމުން ރާއްޖެ ގެނެސް ވަޅުލުމަކީ ވަރަށް މުހިންމުކަމެއް: އިސްލާމިކް މިނިސްޓަރު އަވަށްޓެރި ސްރީލަންކާގައި ކޯވިޑް-19 ބަލީގައި ނިޔާވާ މުސްލިމުން ރާއްޖެ ގެނެސް ވަޅުލުމަކީ މިވަގުތަށް ވަރަށް މުހިންމުކަމެއް ކަމަށް އިސްލާމިކް މިނިސްޓަރު އަޙްމަދު ޒާހިރު ޢަލީ ވިދާޅުވެއްޖެއެވެ. މިނިސްޓަރު އަޙްމަދު ޒާހިރު ޢަލީ މިހެން ވިދާޅުވީ ކޯވިޑް ބަލީގައި ސްރީލަންކާގައި ނިޔާވާ މުސްލިމުންގެ ޖަނާޒާގެ ކަންތައްތައް ރާއްޖޭގައި ހަމަޖެއްސުމަށް މަޝްވަރާކުރާކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީއިން އިއްޔެ ބުނެފައި ވަނިކޮށް ރޭ ކުރަށްވާފައިވާ ޓުވީޓެއްގައެވެ. މިނިސްޓަރު ވިދާޅުވީ ސްރީލަންކާގެ މުސްލިމުންގެ ތެރެއިން... އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ބައިނަލްއަގުވާމީ އެމެރިކާގައި އެންމެ ފުރަތަމަ ވެކްސިން ދީފައިވަނީ ނަރުހަކަށް! ދުނިޔޭގައި މިހާތަނަށް ކޯވިޑް-19 ގެ ބަލިމަޑުކަމުގައި އެންމެ ގިނަ ބަޔަކު މަރުވެފައިވާ އެމެރިކާއިން އެ ބަލިމަޑުކަމާއި ދެކޮޅަށް ބޭނުން ކުރާ ވެކްސިން އެންމެ ފުރަތަމަ ނަރުހަކަށް ދީފިއެވެ. ނިޔު ޔޯކުގައި މަސައްކަތް ކުރަމުންދާ މި ނަރުސް ވެގެންގޮސްފައިވަނީ، އެމެރިކާގައި މި ވެކްސިން އެންމެ ފުރަތަމަ ލިބިފައިވާ ފަރާތަށެވެ. ލޯންގް އައިލެންޑްއަށް ނިޞްބަތްވާ ސަންޑްރާ ލިންޑްސޭއަށް މި ވެކްސިން ދީފައިވަނީ މިއަދު ހެނދުނު އެމެރިކާ ގަޑިން 9:30 ގަ އެވެ. މިކަމާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްވަނީ […] މުޙައްމަދު މާއިލް ހަސަން · 5 އަހަރު ކުރިން
ރާއްޖެ މުސްލިމުންގެ ހަށިތައް އެންދިޔަ ދީގެން ނުވާނެ: ޝަހީމް ކޮވިޑް ޖެހިގެން ލަންކާގައި މަރުވާ މީހުން ވަޅުލުމުގެ ބަދަލުގައި އަންދާތީ އެމައްސަލަ ބޮޑުވެފައިވާ ދަނޑިވަޅެއްގައ،ި މުސްލިމުންގެ ހަށިތައް އެންދިޔަ ދީގެން ނުވާނެކަމަށާއި ގާތުގައި އޮތް މުސްލިމު ޤައުމަކުން އެހީވެވިދާނެކަމަށް ޑރ މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ. ކޯވިޑް19 ބަލީގައި ސްރީލަންކާގައި ނިޔާވާ މުސްލިމުންގެ ޖަނާޒާގެ ކަންތައްތައް ރާއްޖޭގައި ހަމަޖެއްސުމަށް މަޝްވަރާކުރާކަމަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއިން މިއަދު ބުނެފައިވުމަށް އަލިއަޅުއްވާލައްވާ ޝަހީމް ކުރެއްވި ޓުވީޓެއްގައި ވިދ... ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ރާއްޖެ ދިވެހިންނަށް ފުރުޞަތު ނުދީ އެމްއޭސީއެލްގެ އިސްމަގާމަކަށް ބިދޭސީއެއް ހަމަޖެއްސުމުން ކަންބޮޑުވުން ފާޅުކޮށްފި ދިވެހިން ވަޒީފާގެ ފުރުޞަތުތަކަށް އެދިއެދި ތިބި މި ދަނޑިވަޅުގައި ދިވެހިންނަށް ފުރުޞަތު ނުދީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ އިސް މަގާމަކަށް ބިދޭސީއެއް ހަމަޖެއްސުމުން ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ކަންބޮޑުވުން ފާޅުކުރަށްވައިފިއެވެ. އިދިކޮޅު ކޯލިޝަންގެ މައި ޕާޓީ ޕީޕީއެމްގެ ނައިބު ރައީސް ކަމުގައި ވެސް ހުންނެވި ޝިޔާމް ކަންވޮޑުވުން ފާޅުކުރެއްވީ ކުރެއްވި ޓުވީޓެއްގައެވެ. އެޓުވީޓުގައި އޭނާ ވަނީ އެމްއޭސީއެލްގެ އެކަމާއިގުޅޭ “ދެންނެވުމެއް” ހިމަނުއްވާފައެވެ. މުވައްޒަފުން... އަލީ އާދިލް · 5 އަހަރު ކުރިން
ރާއްޖެ ކޮވިޑްގައި މަރުވާ މީހުން ރާއްޖެ ގެންނަން ރައީސް މައުމޫން ތާއީދެއް ނުކުރި ކޯވިޑް19 ގައި މަރުވާ މީހުން ރާއްޖެ ގެނެސް ޖަނާޒާގެ ކަންތައްތައް ހަމަޖެއްސުމުގައި ސަރުކާރުން މަޝްވަރާތައް ކުރަމުން ދާކަމަށް ބުުނެފައިވަނިކޮން އެކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ތާއީދެއް ނުކުރެއްވި އެވެ. ރާއްޖޭގައި ލަންކާ މުސްލިމުން ވަޅުލުމުގެ އިންތިޒާމެއް ހަމަޖައްސައިދޭން އެގައުމުން އެދިފައި ވަނިކޮށް މިރޭ ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެހެން ގައުމުތަކުގެ އެކި ދީންތަކުގެ މީހުން ރާއްޖެ އައިސް އުފާވެރިކަމާ އެކު ރާއްޖޭގައި އުޅެން ރާއްޖޭން މަރުހަބާ ކިޔާ ކަމަށެވެ. “އެކަމަ... ޔުމްނާ ޢަލީ · 5 އަހަރު ކުރިން