ކުޅިވަރު ޓޮޓެންހަމް ބަލިކޮށް ލިވަޕޫލް ގަދަ ހަތަރަކަށް އިނގިރޭސި ޕްރިމިއާ ލީގުގައި ބުރާސްފަތި ދުވަހުގެ ރޭ ޓޮޓެންހަމް އާއި ލިވަޕޫލް ބައްދަލުކުރި މެޗު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ ހަތަރު ވަނައަށް ލިވަޕޫލް ޖެހިލައިފިއެވެ. ޓޮޓެންހަމްގެ ވައިޓް ހާޓް ލޭން ސްޓޭޑިއަމްގައި ކުޅުނު މި މެޗު ލިވަޕޫލުން ކާމިޔާބު ކޮށްފައިވަނީ 3-1 ގެ ނަތީޖާއަކުންނެވެ. މިއީ ލީގުގައި މި އަހަރު ލިވަޕޫލަށް ހޯދުނު ފުރަތަމަ މޮޅެވެ. އަދި އެ ޓީމަށް ލީގުގައި އެންމެ ފަހުން ކުޅުނު ހަތަރު މެޗުގައި ލަނޑެއް ވެސް ކާމިޔާބު ކުރެވިފައި ނުވެއެވެ. މި […] އިބްރާހިމް ޚަލީލް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކެލާގައި ގެސްޓްހައުސް ތަރައްގީ ކުރަން 12 ބިމެއް، ސިޓީ ހޮޓާ އަޅަން 2 ބިމެއް ބީލަމަށް ހުޅުވާލަނީ ހއ. ކެލާގައި ގެސްޓްހައުސް ތަރައްގީކޮށް ހިންގަން 12 ބިމެއް އަދި ސިޓީ ހޮޓާ ތަރައްގީކޮށް ހިންގަން 2 ބިމެއް، ބީލަމަށް ހުޅުވާލާނަން ނިންމާފައިވާ ކަމަށް އެރަށު ކައުންސިލުން ވިދާޅުވެއްޖެއެވެ. ކެލާ ކައުންސިލުން ވިދާޅުވީ، އެ ރަށުގެ ޓޫރިޒަމް ޒޯނުން، ފަތުރުވެރިކަމަށް ހުޅުވާލާ މި ބިންތައް ކުރިއަށް އޮތް ދެ ހަފުތާއެއްހާ ދުވަސް ތެރޭގައި ބީލަމަށް ހުޅުވާލެވޭ ވަރުވަރު ވާނެ ކަމަށެވެ. އެރަށުން ގެސްޓްހައުސް ތަރައްގީކުރަން ހުޅުވާލާ ބިމެއްގެ ބޮޑު މިނަކީ، ބިމެއް 5 ހާސް އަކަފޫޓެވެ. އަދި […] ޙުސައިން ޝަހުދީ · 5 އަހަރު ކުރިން
ރާއްޖެ މަކުނުދޫއާއި ބިލެތްފަހި ހިމެނޭހެން ހަތަރު ރަށެއްގައި އެއާޕޯޓް އަޅާނެ ބަޔަކު ހޯދަނީ ިހަތަރު ރަށެއްގައި އެއާޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތްތައް ހޯދަން ސަރުކާރުން ޢިއުލާންކޮށްފިއެވެ. މިގޮތުން މިނިސްޓްރީ އޮފް ފިނޭންސްއިން ކުރި ޢިއުލާނުގައި ބުނެފައި ވަނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ އެދިލެއްވުމުގެ މަތިން ހަތަރު ރަށެއްގައި އެއާޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތްތައް ހޯދަން ބޭނުންވާ ކަމަށެވެ. ސަރުކާރުން އަލަށް އެއާޕޯޓް ތަރައްގީކުރަން ހުޅުވާލާފައިވާ ރަށްތަކަކީ އުތުރުން ހދ. މަކުނުދޫ، ށ. ބިލެތްފަހި، ބ. ތުޅާދޫ އަ... ޙުސައިން ޝަހުދީ · 5 އަހަރު ކުރިން
ރާއްޖެ ކައުންސިލް އިންތިޚާބު: ނަން އަނބުރާ ގެންދެވޭނީ ފެބުރުއަރީ 11 ގެ ނިޔަލަށް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބަށް ކުރިމަތިލާފައިވާ ކެނޑިޑޭޓުންގެ ތެރެއިން ނަން އަނބުރާ ގެންދަން ބޭނުންވާ ކެނޑިޑޭޓުން ނަން އަނބުރާ ގެންދެވޭނެ ސުންގަޑި އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައަޅައިފިއެވެ. މި ގޮތުން އީސީން ބުނީ ނަން އަނބުރާ ގެންދަން ބެނުންވާ ކެނޑިޑޭޓުން އަންނަ ފެބުރުއަރީ މަހުގެ 11 ވަނަ ދުވަހުގެ 14:00 ކުރިން ނަން އަނބުރާ ގެންދަން ޖެހޭނެ ކަމަށެވެ. ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ... ޙުސައިން ޝަހުދީ · 5 އަހަރު ކުރިން
ރާއްޖެ ކައުންސިލް އިންތިޚާބު: ސިވިލް ސާވިސް މުވައްޒަފުން މިއަދުން ފެށިގެން ސަސްޕެންޑް ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާ ސިވިލް ސާވިސް މުވައްޒަފުން މިއަދުން ފެށިގެން ސަސްޕެންޑް ވާނެ ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ބުނެފި އެވެ. ސީއެސްސީން ބުނީ އެ ކޮމިޝަންގެ މުވައްޒަފުން ތެރެއިން 2021 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާ ސިވިލް ސާވިސްގެ މުވައްޒަފުން 29 ޖެނުއަރީ 2021 ވަނަ ދުވަހުން ފެށިގެން އެ އިންތިޚާބު ރަސްމީ ނަތީޖާ ޢިއުލާން ކުރުމާއި ހަމައަށް ވަޒީފާއިން ސަސްޕެންޑްވާނެ ކަމަށެވެ. ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަ... ޙުސައިން ޝަހުދީ · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކައުންސިލް އިންތިޚާބާއި ދިމާކޮށް ބިލެތްފަށްސަށް ރައްވެހިކަން ބަދަލުކުރާ ކަމުގެ ތުހުމަތު ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި ދިމާކޮށް، ށ. އަތޮޅުގެ ބައެއް ރަށްރަށުގެ މީހުންގެ ރަށްވެހިކަން އެ އަތޮޅުގެ ބިލެތްްފަށްސަށް ބަދަލު ކުރަމުންދާ ކަމުގެ ތުހުމަތު އެ އަތޮޅުގެ ބައެއް ރައްޔިތުން ކޮށްފިއެވެ. މިގޮތުން އެ އަތޮޅުން ވާހަކަދެއްކި ބައެއް މީހުން ބުނީ، އެ އަތޮޅުގެ ބައެއް ރަށްރަށުގެ މީހުންގެ ރަށްވެހިކަން އެ އަތޮޅުގެ ބިލެތްފަށްސަށް ބަދަލު ކުރުމުގެ މަސައްކަތް ބިލެތްްފަށްސަށް ނިސްބަތްވާ ބަޔަކު ފަށައިގެން ކުރިއަށް ގެންދާ ކަމަށެވެ. މިގޮތަށް ވާހަކަ ދެއްކި މީހުން ތުހުމަތު […] އަލީ އާދިލް · 5 އަހަރު ކުރިން
ބައިނަލްއަގުވާމީ އިންޑިޔާގެ ހިލޭ އެހީގެ ދަށުން ލަންކާއަށް ކޯވިޑް ވެކްސިން ހަދިޔާކޮށްފި އިންޑިޔާ ސަރުކާރުން ސްރީލަންކާއަށް ހިލޭ އެހީގެ ގޮތުގައި ކޯވިޑް-19ގެ5 ލައްކަ ޑޯސޭޖް ހަދިޔާކޮށްފިއެވެ. އިއްޔެގެ ވަގުތެއްގައި ލަންކާގެ ރައީސް ގޮޓާބަޔާ ރާޖަޕަކްސާ ވަނީ ކޮވީޝީލްޑްގެ 5 ލައްކަ ވެކްސިން ލަންކާއަށް ލިބިއްޖެކަމަށް އިޢުލާންކޮށްފައެވެ. އަދި މިއީ އިންޑިޔާ ސަރުކާރުން “އަވައްޓެރިން ފުރަތަމަ” ޝިއާރުގެ ދަށުން ކައިރި ޤައުމުތަކަށް ވެކްސިން ހަދިޔާ ކުރުމުގެ ގޮތުން ކުރިއަށްގެންދާ ޕްރޮގުރާމްގެ ދަށުން ލަންކާއަށް ދިން ފުރަތަމަ ހިލޭ އެހީއެވެ. އިންޑިޔާއިން މިދިޔަ ހަފްތާގެ ތެރޭގައި ވަނީ ސާކުގެ ޤައުމުތައް ކ... މުޙައްމަދު މާއިލް ހަސަން · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކޮމަންޑޫގައި އައިސްޕްލާންޓެއް ގާއިމުކުރަން ބިން ދޫކުރަން ހުއްދަދީފި ށ. ކޮމަންޑޫގައި އައިސްޕްލާންޓެއް ގާއިމުކުރަން ބިން ދޫކުރަން ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން ހުއްދަދޭން ނިންމައިފިއެވެ. މި ހުއްދަ ދިނުމަށް އެލްޖީއޭއިން ނިންމީ އެ އޮތޯރިޓީ ބޯޑުގެ މި އަހަރުގެ 3 ވަނަ ބައްދަލުވުމުގަ އެވެ. އެ ބައްދަލުވުން އޮތީ ޖެނުއަރީ 24 ވަނަ ދުވަހު އެވެ. މިގޮތުން ކޮމަންޑޫގައި އައިސްޕްލާންޓެއް ގާއިމުކުރަން މިނިސްޓްރީ އޮފް ފިޝަރީޒް, މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއަށް ބިން ދޫކުރަން އެލްޖީއޭން ނިންމި ނިންމުމުގައި ބުނެފައި ވަނީ އެ ބިން ދޫކުރަން މޯލްޑިވްސް ލޭންޑް […] ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ކޮލަމް ގެވެށި އަނިޔާ: އަޅާނުލައި ދޫކޮށްލެވޭވަރަށްވުރެ ނުރައްކާތެރި ކަމެއް! ގޭބިސީ އެއްގެ ތެރޭގައި އެކަކު އަނެކަކަށް ނަފްސާނީގޮތުންނާއި، ޖިސްމާނީގޮތުން ދެވޭ ކޮންމެ ނިކަމެތިކަމަކީ ގެވެށި އަނިޔާއެކެވެ. މިފަދަ ކޮންމެ ޢަމަލަކީ އޭގެ އެންމެ ފުންމިނަށް ވާސިލްވެއްޖެނަމަ އެފަދަ ކޮންމެ ޢަމަލެއްގައި ޖިނާޢީކުށްތަކެއް ހިމެނޭނެ މައްސަލަތަކަކަށް ނޫނީ ނުވާނެއެވެ. ޢާއިލާއެއްގެ ތެރޭގައި ނުވަތަ ދިރި އުޅޭ މާޙައުލެއްގައި މީހަކަށް ނުވަތަ ބަޔަކަށް ހިންހަމަޖެހުމެއް ނުލިބޭފަދަގޮތަކަށް، ކުއްޖަކު ނުވަތަ މީހަކަށް ބުނެދީގެން ފުރައްސާރަކޮށް ދިމާކުރުމީވެސް ނަފްސާނީގޮތުން ގެވެށި އަނިޔާ ކުރުމޭވެސް ބުނެ... ތިލަދުން · 5 އަހަރު ކުރިން
ރާއްޖެ ރާއްޖޭގައި ވެކްސިން ޖެހުމުގެ ހުއްދަ އެމްއެފްޓީއޭއިން ދީފި ކޮވިޑް-19 އާ ދެކޮޅަށް އިންޑިއާގެ ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއިން އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިން ދިވެހިރާއްޖޭގައި ބޭނުންކުރުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ދީފިއެވެ. މި ހުއްދަ ދީފައިވަނީ ހާލަތަށް ރިއާޔަތްކޮށް، “ރެސްްޓްރިކްޓެޑް ޔޫސް އިން އިމަޖެންސީ ސިޗުއޭޝަން”ގައި ބޭނުންކުރުމަށެވެ. ފުޑް އެންޑް ޑްރަގް އޮޓޯރިޓީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ވެކްސިން ބޭނުންކުރުމުގެ ހުއްދަ ދީފައިވާނީ ބަލަންޖެހޭ ޓެކްނިކަލް ކަންކަމަށް ފުރިހަމައަށް ބަލައި ދިރާސާކުރުމަށްފަހު، އެ އ... ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ހދ. އަތޮޅުގެ އާބާދީ 28094 އަށް! 2020 ވަނަ އަހަރު ނިމުން އިރު ހދ. އަތޮޅުގެ އާބާދީގެ ގޮތުގައި 28،094 (އަށާވީސް ހާސް ނުވަދިހަ ހަތަރެއް) މީހުން ރަޖިސްޓްރީ ކުރެވިފައިވާކަމަށް ހދ. އަތޮޅު ކައުންސިލުން އެންމެ ފަހުން ނެރެފައިވާ ހިސާބުތަކުން ދައްކައިފި އެވެ. އެކައުންސިލުން ނެރެފައިވާ ހިސާބުތަކަށް ބަލާއިރު ހދ. އަތޮޅުގައި އެންމެ އާބާދީ ބޮޑީ ހދ. ކުޅުދުއްފުށި ސިޓީގައެވެ. އެސިޓީގައި 1475 ގޭބީސީއެއް ހުންނައިރު، އެރަށުގައި 10،399 މީހުން ރަޖިސްޓްރީ ކުރެވިފައިވާކަމަށް ބުނެފައިވެއެވެ. އެއީ ހދ. އަތޮޅުގެ އާބާދީގެ 37% އެވެ. ދެވަނައަށް އެންމެ […] ޙުސައިން ޘަޤީފް · 5 އަހަރު ކުރިން
ރާއްޖެ ހައްޔަރު ކުރީ ކަކުލަށް ތަދުވާތީ އިށީނދެ އިންދާ: އަދުރޭ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން މިހާރު މާލޭ ސިޓީގައި ކުރަމުންދާ ސިލްސިލާ އިހުތިޖާޖުތަކުގެ ތެރެއިން އިއްޔެ ހައްޔަރުކުރި އެ ކޯލިޝަންގެ ވަގުތީ ލީޑަރ އަދި ޕީއެންސީގެ ރައީސް އަބްދުއްރަޙީމް ޢަބުދު ﷲ (އަދުރޭ) އާއި، އެޕާޓީގެ ނައިބު ރައީސް އިބްރާޙީމް ޝުޖާއު ފުލުހުންގެ ބަންދުން ދޫކޮށްލާފައިވާއިރު، އިއްޔެ އަދުރޭ ހައްޔަރު ކުރީ ކަކުލަށް ތަދުވާތީ މަގުމަތީ އިށީނދެ ވަޑައިގެން އިންނަވަނިކޮށް ކަަމަށް އޭނާ ވިދާޅުވެއްޖެ އެވެ. އަދުރޭއާއި ޝުޖާއު ހައްޔަރު ކުރީ އިންޑިއާއިން ރާއްޖެއަށް ހަދިޔާ ކުރި ވެކްސިންއާ […] އަލީ އާދިލް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު މާރަންދޫ ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން އަލުން ޢިއުލާންކޮށްފި ހއ. މާރަންދޫ ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތް އެޅުމުގެ މަސައްކަތް އަމިއްލަ ޚަރަދުގައި ކޮށްދޭނެފަރާތެއް ހޯދަން އަލުން ޢިއުލާން ކޮށްފިއެވެ. އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އަލުން މި ޢިއުލާން ކުރީ 16 މާޗް 2020 ގައި އެކަމަށް ކުރި ޢިއުލާން ބާޠިލު ކުރުމަށްފަހު އެވެ. މިގޮތުން މާރަންދޫ ކައުންސިލުން ކޮށްފައިވާ ޢިއުލާނެއްގައި ބުނެފައިވަނީ މާރަންދޫ ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތް އެޅުމުގެ މަސައްކަތް އަމިއްލަ ޚަރަދުގައި ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިމަހުގެ 27 އިނ... ޙުސައިން ޝަހުދީ · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކެލާގައި މެޑިކަލް ފެސިލިޓީއެއް ގާއިމްކޮށް ހިންގައި ދޭނެ ފަރާތެއް ހޯދަނީ ހއ. ކެލާ ކައުންސިލުން ދޭ މައުލޫމާތާއި އެއްގޮތަށް އެރަށުގައި މެޑިކަލް ފެސިލިޓީއެއް ގާއިމްކޮށް ހިންގައި ދޭނެ ފަރާތެއް ހޯދަން ޢިއުލާން ކޮށްފިއެވެ. މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 14 ފެބްރުއަރީ 2021 އިން 23 ފެބްރުއަރީ 2021 އަށް، ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު 09:00 އިން 14:00 އާއި ދެމެދު ކެލާ ކައުންސިލަށް ދިޔުމުން އެކަމަށްއެދި ރަޖިސްޓްރީ ކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާނެ ކަމަށް އެ ކައުންސިލުން ބުނެއެވެ. އަދި ޕްރޮޕޯސަލް ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީކުރާ ފަރާތްތަކަށް […] ޙުސައިން ޝަހުދީ · 5 އަހަރު ކުރިން
ރާއްޖެ ކައުންސިލް އިންތިޚާބު: އަންނަމަހުގެ 1 ގައި ފޯކަލް ޕޮއިންޓުންގެ މަސައްކަތް ފަށަނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ އިންތިޚާބު 2020ގެ ފޯކަލް ރަށު/ސިޓީ ފޯކަލް ޕޮއިންޓުން އިންތިޚާބުގެ މަސައްކަތްތައް ފެބުރުވަރީ މަހުގެ 1 ވަނަ ދުވަހު ފަށާނެކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފި އެވެ. އީސީއިން މިއަދު ބުނެފައިވަނީ އިންތިޚާބާ ގުޅިގެން ރަށްރަށުގައި ކުރަންޖެހޭ ހުރިހާ ކަމެއްގައި އެންމެ އިސްކޮށް ހަރަކާތްތެރި ވާނީ އެރަށަކަށް ނުވަތަ ސިޓީ އަކަށް އައްޔަނުކޮށްފައިވާ ފޯކަލް ޕޮއިޓުންކަމަށެވެ. ފޯކަލް ޕޮއިޓުން ކުރާނެ މައިގަނޑު މަސައްކަތުގެ ތެރޭގަ... އިބްރާހިމް އަސްވާޤް · 5 އަހަރު ކުރިން