ކުޅިވަރު ރޮނާލްޑޯގެ ދެ ލަނޑުން އިންޓަ އަތުން ޔުވެންޓަސް މޮޅުވެއްޖެ އިޓާލިއަން ކަޕްގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި އިންޓަރ މިލާނާއި ޔުވެންޓަސް ބައްދަލުކުރި މެޗުގައި ރޮނާލްޑޯ ކާމިޔާބު ކުރި ދެ ލަނޑުން ފަހަތުން އަރައި ޔުވެންޓަސް މޮޅުވެއްޖެއެވެ. އަންގާރަ ދުވހިގެ ރޭ އިންޓަގެ ދަނޑުގައި ކުޅުނު މި މެޗު ޔުވެންޓަސް ކާމިޔާބު ކޮށްފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ. ދެ ޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ އިންޓަ މިލާނުނެނެވެ. މެޗުގެ ނުވަވަނަ މިނެޓުގައި ބަރެއްލާ ޔުވެންޓަސްގެ އޭރިއާގެ ތެރެއަށް ހުރަސްކޮށްދިން ބޯޅަ... އިބްރާހިމް ޚަލީލް · 5 އަހަރު ކުރިން
ވިޔަފާރި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނާއި ފިހާރަތައް ރޭގަނޑު 10:30ގައި ބަންދު ކުރާނެ ކޯވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ބަދަލު ގެނައުމާގުޅިގެން، ކާބީތަކެތޯގެ ހިދުމަތްދޭ ތަންތަނާއި ފިހާރަތައް ހުޅުވާފައި ބެހެއްޓޭނެ ވަގުތު ކުޑަކޮށްފިއެވެ. އިކޮނޮމިކް މިނިސްޓްރީން ބުނީ މިއަދުން ފެށިގެން، ފިހާރަތަކާއި، ސައި ހޮޓާ، ރެސްޓޯރަންޓުތަކާއި ކެފޭތައް ހުޅުވާފައި ބެހެއްޓޭނީ ފަތިހު 5:00 އިން ރޭގަނޑު 10:30 ކަމަށެވެ. މި ބަދަލާއެއްގޮތަށް ފިހާރަ ހުޅުވާ ގަޑިތައް ބަދަލުކޮށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ކަނޑައަޅާ އުސޫލުތަކާއި އެއްގޮތަށް އަމަލުކުރަން މިނިސްޓްރީން ވަނީ... އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ބައިނަލްއަގުވާމީ މި ޔޮޓު ދުއްވާނީ ޕްލާސްޓިކުން ކަނޑަށް އުކާލާ ޕްލާސްޓިކް ނައްތާލައި، ތެލުގެ ގޮތުގައި ޕްލާސްޓިކް ބޭނުން ކުރެވޭ ޔޮޓެއް ހަދަން ފްރާންސުގެ ޓީމަކުން ތައްޔާރުވެއްޖެ އެވެ. ފްރާންސުގެ “ޔޮޓްސްމަން”އެއް ކަމަށްވާ ޔުވޯން ބާރނޮން އާއި އޭނާގެ ޓީމުން ހަދާ މި ޔޮޓު 2024ގައި ތައާރަފު ކުރެވޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. މި ޔޮޓަށް އެޓީމުން ދީފައިވާ ނަމަކީ “މަންތާ”އެވެ. މަންތާއެއްގެ ބައްޓަމަށް ތައްޔާރުކުރާ މި ޔޮޓަކީ ދެމެހެއްޓެނިވި ގޮތެއްގައި ޕްލާސްޓިކް އަލުން ބޭނުން ކުރުމަށް އޮތް ހައްލެއް ކަމަށް ތިމާވެށްޓާ ބެހޭ ގިނަ […] އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ރާއްޖެ އަތޮޅުތަކުގެ ޕްރީސްކޫލްތައް ބަންދެއް ނުވާނެ: އެޑިޔުކޭޝަން ރާއްޖޭގައި ކޯވިޑް ބަލީގެ ހާލަތު އިތުރަށް ގޯސްވަމުންދާތީ އަޅާފައިވާ ރައްކާތެރިމަކުގެ ފިޔަވަޅުތައް ވަރުގަދަކޮށް، ގްރޭޓާ މާލޭގެ ޕްރީސްކޫލްތައް ބަންދު ކުރި ނަމަވެސް އަތޮޅުތަކުގެ ޕްރީ ސްކޫލްތައް ބަންދު ނުވާނެ ކަމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަންއިން ވިދާޅުވެއްޖެއެވެ. އެޑިޔުކޭޝަން މިނިސްޓްރީއިން ވިދާޅުވީ ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވަކިގޮތެއް އަންގަންދެން، މާލޭ ސަރަޙައްދު (މާލެއާއި ހުޅުމާލެއާއި ވިލިމާލެ) ގައި، ޕްރީ ސްކޫލުތަކާއި ނާސަރީ ކްލާސްތަކުގެ ދަރިވަރުން ސްކޫލަށް ހާޟިރުކޮށްގެން ކިޔ... ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ބައިނަލްއަގުވާމީ ގަދަޔަށް ސްނޯ ފޭބުމުގެ ސަބަބުން ދުނިޔޭގެ އެންމެ ބާރުބޮޑު ސިޓީ ހުއްޓުމަކަށް ގަދަޔަށް ސްނޯ ފޭބުމުގެ ސަބަބުން އެމެރިކާގެ ނިއުޔޯކް ސިޓީ ހުއްޓުމަކަށް އަތުވެއްޖެއެވެ. ނިއުޔޯކަކީ ދުނިޔޭގައި ވެސް އެންމެ ކާރުބާރު ބޮޑު ސިޓީ އެވެ. އެ ސިޓީ ޓައިމް ސްކޮޔާ ވެސް އިއްޔެއިން ފެށިގެން އޮތީ ހަމަހިމޭންވެފަ އެވެ. މިއީ ނިއުޔޯކުގެ އެންމެބާރުބޮޑު ސަރަހައްދެވެ. އެމެރިކާގެ އުތުރު އިރުމަތީ ސަރަހައްދުގެ ސިޓީތަކަށް އަންނަނީ ހޯމަ ދުވަހުން ފެށިގެން ބޯކޮށް ސްނޯ ފައިބަމުންނެވެ. އެގޮތުން މިހާތަނަށް ނިއުޔޯކް ސިޓީއަށް އެކަނި 16.8 އިންޗިއާ ހަމައަށް ސްނޯ ވަނީ ވެހިފައެވެ. އެ […] އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ރާއްޖެ ބައިނަލްއަޤްވާމީ ތިން މުޢާހަދާއެއްގައި ބައިވެރިވާން ލަފާދެއްވައިފި އެއްގަމު އުޅަނދުފަހަރާ ގުޅޭ ބައިނަލްއަޤްވާމީ ދެ މުޢާހަދާއެއްގައިއާއި، ޓީ.އޭ.ސީ މުޢާހަދާގައި ދިވެހިރާއްޖެއިން ބައިވެރުވުމަށް ވަޒީރުންގެ މަޖިލީހުން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ލަފާދެއްވައިފިއެވެ. މި މުއާހަދާތަކަކީީ “ވިއެނާ ކޮންވެންޝަން އޮން ރޯޑް ޓްރެފިކް 1968” އާއި “ވިއެނާ ކޮންވެންޝަން އޮން ރޯޑް ސައިން އެންޑް ސިގްނަލްސް 1968” އަދި ”ޓްރީޓީ އޮފް އެމިޓީ އެންޑް ކޯޕަރޭޝަން އިން ސައުތު އީސްޓް އޭޝިއާ“ (ޓީ.އޭ.ސީ) މުޢާހަދާ އެވެ. ވަޒީރުންގެ މަޖިލީހުން މިގޮތަށް ލަފާދެއްވާފައިވާތީ، އެ... އަލީ އާދިލް · 5 އަހަރު ކުރިން
ދީން ދަރިފުޅުގެ ހިތުގައި ޤުރްއާނަށް ލޯބި ޖައްސާނީ ކިހިނެތް؟ (4) 9. ޤުރްއާނުގައިވާ އަޚްލާޤީ ރިވެތި ސިފަތަކުގެ ވާހަކަތައް އުނގެނި، ކުދިންނަށް ކިޔައިދޭށެވެ. އިސްލާމީ އަޚްލާޤުގެ އުސޫލުތައް ނެގިފައިވަނީވެސް ކީރިތި ޤުރްއާނުންނެވެ. ހަމައެހެންމެ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޚުލުޤުފުޅާ ބެހޭގޮތުން ޢާއިޝާ ރަޟިޔަﷲ ޢަންހާއާ ސުވާލު ދެންނެވުމުން އެކަމަނާގެ ޖަވާބަކަށްވެސް ވީ: ((كَانَ خُلُقُهُ الْقُرْآنَ)) އެވެ. މާނަ: ” އެކަލޭގެފާނުގެ ޚުލުޤުފުޅަކީ ޤުރްއާނެވެ. ” ޤުރްއާނުގައިވާ އާޔަތްތައް ކުދިންނަށް ކިޔައިދީ އެއާޔަތްތަކުން ލިބޭ އަޚްލާޤީ ފައިދާތައް ކުދިންނަށް ކިޔައިދިނ... ޝެއިޚް މުޠީޢު އިސްމާޢީލް މުޙައްމަދު · 5 އަހަރު ކުރިން
ރާއްޖެ އިންތިޚާބު ބާތިލު ކުރަން ކޯޓަށް ހުށަހެޅި ކަމަށް ބުނެ ފަތުރަނީ ދޮގު ޚަބަރެއް: އޭޕީ އަދާލަތު ޕާޓީ (އޭޕީ)ގެ ރިޔާސީ އިންތިޚާބު ބާތިލު ކުރަން ކޯޓަށް ހުށަހެޅި ކަމަށް ބުނެ ފަތުރަނީ ދޮގު ޚަބަރެއް ކަމަށް އެ ޕާޓީން ބުނެފިއެވެ. އޭޕީގެ އިންތިޚާބު ބާތިލުކުރަން ކޯޓަށް ހުށަހަޅައިފި ކަމަށް އޮންލައިން ނޫހަކުން ގެނެސްދީފައިވާ ޚަބަރަކާއި ގުޅިގެން އެ ޕާޓީން ބުނީ، އެ ޚަބަރަކީ ދޮގު ޚަބަރެއް ކަމަށެވެ. “އޭޕީގެ ބަހެއް ނުހޯދާ ރިޕޯޓް ކުރެއްވުމަކީ އޭޕީއިން ހިތާމަ ކުރާ ކަމެއް، އެއީ ޕްރޮފެޝަނަލް ޖާނަލިޒަމެއް ވެސް ނޫން” އޭޕީން ބުނެފަ ވެއެވެ. އޭޕީގެ […] އަލީ އާދިލް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކޭއާރުއެޗްއިން 83 މީހެއްގެ ގަޔަށް ކޯވިޑް ވެކްސިން ޖަހައިފި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)އިން މިއަދުގެ ނިޔަަލަށް 83 މީހެއްގެ ގަޔަށް ކޯވިޑް ވެކްސިން ޖަހައިފިއެވެ. ކޭއާރުއެޗް އިން ވިދާޅުވީ މިއަދު އެ ހޮސްޕިޓަލުން 53 މީހަކަށް ކޮވިޝީލްޑް ވެކްސިން ދީފައިވާ ކަމަށެވެ. އަދި މިއަދުގެ ނިޔަަލަށް މިހާތަނަށް 83 މީހަކަށް ވަނީ އެ ވެކްސިންގެ ފުރަތަމަ ޑޯޒް ދެވިފައި ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ. ރާއްޖޭގައި އިއްޔެ ކޯވިޑް ވެކްސިން ދިނުމުގެ ގައުމީ ހަރަކާތް ”ކޯވިޑް-19 ދިފާޢު” ފަށާފައިވާއިރު، މި ވެކްސިންގެ ފުރަތަމަ ޑޯޒު ދިނީ އައިޖީއެމްއެޗްގެ […] ޙުސައިން ޝަހުދީ · 5 އަހަރު ކުރިން
ވިޔަފާރި ވެމްކޯގެ ވޭސް ޓްރާންސްފާ ސްޓޭޝަންތައް ހުޅުވާފައި ހުންނަ ގަޑިތަކަށް ބަދަލެއް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ ވޭސްޓް ޓްރާންސްފާ ސްޓޭޝަންތައް ހުޅުވާފައި ހުންނަ ގަޑިތަކަށް ބަދަލު ގެނެސް އިއުލާން ކޮށްފިއެވެ. މި ބަދަލާއެކު ތިލަފުއްޓާއި މާލެއާއި ވިލިމާލެއާއި ހުޅުމާލޭގެ ސްޓޭޝަންތައް ހުކުރު ދުވަސް ފިޔަވައި އެހެން ހުރިހާ ދުވަހަކު ހުޅުވާފައި ހުންނާނީ ހެނދުނު 8:30ން ރޭގަނޑު 8:00 އަށެވެ. އަދި ހުކުރު ދުވަހު ހުޅުވާފައި ހުންނާނީ ހެނދުނު 8:30ން މެންދުރު 11:00އަށް އަދި މެންދުރު 2:00ން ރޭގަނޑު 8:00 އަށެވެ. މީގެ އިތުރުން އެ ކުންފުނީގެ ކޯލް ސެންޓަރުތައް […] އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކުޅުދުއްފުށީ ސިޓީން ދެ މީހަކު އަދި މަކުނުދޫން އެކަކު ކޯވިޑަށް ޕޮޒިޓިވްވެއްޖެ ކުޅުދުއްފުށީ ސިޓީން ދެ މީހަކު އަދި ހދ. މަކުނުދޫން އެކަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެ އެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)އިން ވިދާޅުވީ ކުޅުދުއްފުށީ ސިޓީން ޕޮޒިޓިވްވި ދެ މީހުންނަކީ ނިމުނު ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު މާލެއިން އެ ސިޓީއަށް ދިޔަ ދެމީހުން ކަމަށެވެ. އެ ދެމީހުން ކޯވިޑް ޓެސްޓްކުރީ މާލެއިން ޕޮޒިޓިވްވި ބަޔަކާ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ހިމެނުމުން ކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެ އެވެ. އަދި އެ ދެމީހުންގެ ސާމްޕަލް ޕޮޒިޓިވް ވެފައިވާ […] ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ރާއްޖެ ރާއްޖޭގައި ކޯވިޑްގެ ހާލަތު ގޯސްވެ، ފިޔަވަޅުތައް ވަރުގަދަކޮށްފި ރާއްޖޭގައި ކޯވިޑް ބަލީގެ ހާލަތު އިތުރަށް ގޯސްވަމުންދާތީ އަޅާފައިވާ ރައްކާތެރިމަކުގެ ފިޔަވަޅުތައް ވަރުގަދަކޮށްފިއެވެ. ރާއްޖޭގައި ކޯވިޑް ބަލީގެ ހާލަތު އަނެއްކާ ވެސް ގޯސްވެ، ނަމްބަރުތައް މައްޗަށް ދާން ފަށާފައިވާއިރު، ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން ވަނީ ގިނަ ފިޔަވަޅުތަކެއް ކުރިއަށްވުރެ ވަރުގަދަކޮށް މިއަދު އާންމު ކޮށްފައެވެ. ހުރިހާ ރަށެއްގައި މާސްކު އަޅަން މަޖުބޫރު މިފިޔަވަޅުތަކުގެ ދަށުން ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިވެ... ޝިއުނާ އާދަމް · 5 އަހަރު ކުރިން
ވިޔަފާރި ސުޒުކީ 20 ހޯސްޕަވަރު އިންޖީނުން 10،000ރ. ކުޑަކޮށްފި އެމްޓީސީސީން ރާއްޖެއަށް އެތެރެ ކުރާ ސުޒުކީ ބްރޭންޑުގެ 20 ހޯސްޕަވަރުގެ އިންޖީނުން 10،000ރ. ކުޑަކޮށްފިއެވެ. މިއަދު އެމްޓީސީސީން ކުރި ޓްވީޓެއްގައި ބުނީ މިހާރު މި އިންޖީނުތައް ލިބެން ހުންނާނީ 71،600ރ. އަށްކަމަށެވެ. ކުރިން މި އިންޖީނު ވިއްކަމުން އައީ 82،000ރ. އަށެވެ. ސުޒުކީ ބްރޭންޑުގެ އިންޖީނަކީ ތެލުގެ ޚަރަދު ކުޑަވެފައި އަށު މަޑު އިންޖީނުތަކެކެވެ. އަދި އެހެން އިންޖީނުތަކާ އަޅާ ބަލާއިރު ސުޒުކީ އިންޖީނު ލުއިކަންވެސް ފާހަގަކުރެވެއެވެ. ސުޒުކީ 20 ހޯސްޕަވަރުގެ އިންޖީނު މާބޮޑަށް ވެސް އަގުހެޔޮވެއްޖެ! […] އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ށ. ފޭދޫއަށް ހޭންޑްބޯލް ތަޢާރުފުކުރުމުގެ ޕްރޮގްރާމެއް ފަށަނީ ށ. ފޭދޫއަށް ހޭންޑްބޯލް ތަޢާރުފުކުރުމުގެ ޕްރޮގްރާމެއް ފަށަން، އެރަށު ކައުންސިލުން ނިންމައިފިއެވެ. މިގޮތުން ކުރިއަށް ގެންދާ މި ޕްރޮގްރާމަކީ ފޭދޫ ކައުންސިލާއި، ހޭންޑްބޯލް މޯލްޑިވްސްއާއި ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެއް ކަމަށް ފޭދޫ ކައުންސިލުން ވިދާޅުވިއެވެ. ހަ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ޕްރޮގްރާމާއި ގުޅޭގޮތުން ފޭދޫ ކައުންސިލްގެ ރައީސް މުޙައްމަދު ސާމިރު ”ތިލަދުން”އަށް ވިދާޅުވީ، މި ޕްރޮގްރާމަކީ އެރަށަށް ހޭންޑް ބޯލް ތައާރަފްކޮށް، އެރަށުގެ ކަނބަލުންގެ މެދުގައި މަގްބޫލް ކުޅިވަ... ޙުސައިން ޝަހުދީ · 5 އަހަރު ކުރިން
ރާއްޖެ ބޫޓާއި ފައިވާން ވަގައްނެގި 2 ވަގުން ހޯދަނީ ވެރިރަށް މާލޭގެ ގެއަކުން ވައްކަން ކުރި 2 މީހަކު ހޯދުމަށް ފުލުހުން އިއުލާންކޮށް އާންމުންގެ އެހީތެރިކަމަށް އެދިއްޖެ އެވެ. ފުލުހުން ވިދާޅުވީ އެ 2 މީހުންނަކީ މާފަންނު ގެއަކުން ވައްކަންކުރި މައްސަލައަކާ ގުޅިގެން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަމުންދާ 2 މީހުން ކަމަށެވެ. މީގެ އިތުރުން ފުލުހުން ވަނީ މި 2 މީހުން ވައްކަން ކުރާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް އާންމުކޮށްފަ އެވެ. މި ވީޑިއޯ އިން ފެންނަ ގޮތުން އެ 2 […] ޖަލްވާން ޖާދުﷲ · 5 އަހަރު ކުރިން