މައި ޚަބަރަށް ދިޔުމަށް

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
އައިއޭސީގެ ސަވައިވިންގް ވިންޓަރ ނިމެނީ

އައިއޭސީގެ ސަވައިވިންގް ވިންޓަރ ނިމެނީ

އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) ގެ ފަރާތުން މި ފިނި މޫސުމާ ދިމާކޮށް ކުރިޔަށްގެންދާ ސަވައިވިންގް ވިންޓަރ 2020 ނިމުމަކަށް އައުމަށް ކައިރިވެއްޖެއެވެ. ފިނި މޫސުމާދިމާކޮށް ހާލުގައި ޖެހިފައިވާ ޤައުމުތަކުގެ ރައްޔިތުންނަށް އެހީވުމަށްޓަކައި ސަވައިވިންގް ވިންޓަރ ކެމްޕޭން އައިއޭސީގެ ފަރާތުން ލޯންޗުކޮށްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 20 ވަނަ ދުވަހުއެވެ. އިންޓަނޭޝަނަލް އެއިޑް ކެމްޕޭނުން ހާމަކުރާ ގޮތުގައި، ކޮވިޑް 19 ގެ ބަލިމަޑުކަމުގެ ތެރޭގައި ދިވެހިންގެ ޖުމުލަ މާލީ ހާލަތު ދަށްވެފައިވީނަމަ...

އަލީ އާދިލް
ހަނިމާދޫ ބަނދަރު ތަރައްގީ ކުރުމުގެ 30 އިންސައްތަ މަސައްކަތް ނިމިއްޖެ

ހަނިމާދޫ ބަނދަރު ތަރައްގީ ކުރުމުގެ 30 އިންސައްތަ މަސައްކަތް ނިމިއްޖެ

ހދ. ހަނިމާދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 30 އިންސައްތަ މަސައްކަތް ނިމިއްޖެއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނިގޮތުގައި މި މަޝްރޫއުގެ މަސައްކަތް ދަނީ ހަލުވިކަމާއެކު ކުރިއަށެވެ. އެގޮތުން، ބަނދަރަށް އަލަށް އިތުރު ކުރާ ބައިގެ ބަނދަރު ފުން ކުރުމުގެ 68 އިންސައްތަ އާއި ކުރީގެ ބަނދަރު އަލުން ފުން ކުރުމުގެ 90 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން 53،522.50 ކިއުބިކް މީޓަރު ސަރަހައްދެއްގެ ބަނދަރު ފުން […]

އަޙްމަދު ވަހީދު
ސްޓެލްކޯގެ "ރަށް ފެހި" ޕްރޮގްރާމް މިއަހަރުވެސް ކުރިއަށް

ސްޓެލްކޯގެ "ރަށް ފެހި" ޕްރޮގްރާމް މިއަހަރުވެސް ކުރިއަށް

ރާއްޖޭގެ ރަށްތަށް ފެހި ކުރުމަށް ސަރުކާރުން ފެށި “ރަށް ފެހި” ޕްރޮގްރާމު މި އަހަރުވެސް ސްޓެލްކޯއިން ކުރިއަށްގެންދާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ. ސްޓެލްކޯއިން ވަނީ 2019ވަނަ އަހަރުން ފެށިގެން މެދުނުކެނޑި ކޮންމެ އަހަރަކު މި ޕްރޮގްރާމުގެ ދަށުން އެ ކުންފުނީގެ އޮފީސްތައް ހުންނަ ރަށްރަށުގައި ގަސްތައް އިންދާފައެވެ. އެގޮތުން 2019ވަނަ އަހަރު 2000 ގަސް އިންދާފައިވާއިރު މިދިޔަ އަހަރު 3000 ގަސް ވަނީ އިންދާފައެވެ. އެ ކުންފުނިން މިއަހަރު އަމާޒު ހިފާފައިވަނީ 5000 ގަސް އިންދުމަށެވެ. […]

އަޙްމަދު ވަހީދު
އަލީ އަޝްފާޤް "21 ވަނަ ގަރުނުގެ ރާއްޖޭގެ އަލިރަސްގެފާނު"

އަލީ އަޝްފާޤް "21 ވަނަ ގަރުނުގެ ރާއްޖޭގެ އަލިރަސްގެފާނު"

“އަލި ރަސްގެފާނު” މިއީ ދިވެހިރާއްޖޭގެ މިނިވަންކަން ދިފާއު ކުރުމަށް ޕޯޗުގީޒުންނާއި އެންމެ ފަހުނޭވާއާއި ޖެހެންދެން ހަނގުރާނަ ކުރެއްވި ޤައުމީ ބަޠަލަކެވެ. އެއީ ހިތްވަރުގަދަ ލީޑަރެކެވެ. އަމިއްލަ ފުރާނައަށްވުރެ ވެސް ޤައުމަށާއި ޤައުމުގެ މިނިވަންކަމަށް ލޯބި ކުރެއްވި ދިވެހި ދަރިއެކެވެ. ހުރިހާ ދިވެހިންގެ ހިތްތަކުގެ ރަސްގެފާނެކެވެ. ފުޓްބޯޅައަކީ ދިވެހިރާއްޖޭގެ ޤައުމީ ކުޅިވަރެވެ. މިއީ ދިވެހިން ވަރަށް ލޯބިކުރާ ކުޅިވަރެކެވެ. ދިވެހިން ފުޓްބޯޅައަށް ލޯބިކުރާ ފަދައިން އެ ކުޅިވަރުކުޅޭ މަތީ ފަންތީގެ ނުވަތަ ޤައުމު ތަ...

އިބްރާހިމް ޚަލީލް
ވެލެންސިއާ ބަލިކޮށް ރެއާލް ތާވަލުގެ ދެވަނައަށް ޖެހިލައިފި

ވެލެންސިއާ ބަލިކޮށް ރެއާލް ތާވަލުގެ ދެވަނައަށް ޖެހިލައިފި

އާދީއްތަ ދުވަހުގެރޭ ސްޕެނިޝް ލީގުގައި ވެލެންސިއާ އަދި ރެއާލް މެޑްރިޑް ބައްދަލުކުރި މެޗްގައި ވެލެންސިއާގެ މައްޗަށް ކުރިހޯދައި ތާވަލުގެ ދެވަނަ މަގާމަށް ރެއާލް ޖެހިލައިފިއެވެ. އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް މި މެޗް ކާމިޔާބު ކުރީ އަމިއްލަ ދަނޑުގައި ކުޅުނު މެޗުންގައި 2-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ރެއާލުންޖެހި ދެ ލަނޑުވެސް ޖަހާފައިވަނީ މެޗްގެ ފުރަތަމަ ހާފުގައެވެ. އެގޮތުން މެޗުގެ 12 ވަނަ މިނެޓުގައި އެ ޓީމުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ ފޯވާޑް، ފްރާންސްގެ ކަރިމް ބެންޒެމާއެވެ. […]

ހުސައިން ހަބީބް
އެމްޑީޕީގެ އާ އެސްޖީއަކަށް ޝާޒްލީ

އެމްޑީޕީގެ އާ އެސްޖީއަކަށް ޝާޒްލީ

ރާއްޖޭގައި އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ އާ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ޝާޒްލީ ޝަފީގް ހަމަޖައްސައިފި އެވެ. އެޕާޓީގެ އެސްޖީގެ މަގާމަށް ޝާޒްލީ ޝަފީގް އައްޔަންކުރީ ރޭ އޮންލައިންކޮށް ކުރިއަށް ގެންދިޔަ އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާގަ އެވެ. އެމްޑީޕީގެ އެސްޖީގެ މަގާމަށް މީހަކު ހޯދަން ކުރިން އެ ޕާޓީން ވަނީ ހުޅުވާލާފައެވެ. މައުލޫމާތު ލިބިފައިވާގޮތުގައި އެ މަގާމަށް މިފަހަރު ކުރިމަތިލީވެސް، 2012 ވަނަ އަހަރު ވެސް އެ […]

އަލީ އާދިލް
ތަކަންދޫގެ ފެނަކަ އާ އޮފީސް އިމާރާތް ކުރަން ބަޔަކު ހޯދަން އަލުން ޢިއުލާންކޮށްފި

ތަކަންދޫގެ ފެނަކަ އާ އޮފީސް އިމާރާތް ކުރަން ބަޔަކު ހޯދަން އަލުން ޢިއުލާންކޮށްފި

ހއ. ތަކަންދޫގެ ފެނަކަ އާ އޮފީސް އިމާރާތް ކުރާނެ ބަޔަކު ހޯދަން ދެވަނަ ފަހަރަށް އިއުލާން ކޮށްފިއެވެ. ފެނަކަ ކޯޕަރޭޝަނުން ނެރުނު އިއުލާނުގައި ބުނީ އެ ކުންފުނިން ހޯދަނީ އެ ކުންފުނިން ދޭ ކުރެހުމާއި ބީ.އޯ.ކިޔު އަދި މައުލޫމާތާ އެއްގޮތަށް އަމިއްލަ ތަކެތި ބޭނުންކޮށްގެން މަސައްކަތް ކޮށްދޭނެ ފަރާތެއް ކަމަށެވެ. މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 14 އިން 16 އަށް ފެނަކަ އޮފީހަށް ގޮސް ރަޖިސްޓްރީވާން ޖެހޭނެއެވެ. މި ޕްރޮޖެކްޓާ ގުޅޭ އަންދާސީ […]

އަޙްމަދު ވަހީދު
ކައުންސިލްތަކަށް ދީފައިވާ ބާރުވެރިކަން، ފުރިހަމައަށް ގެނެވޭނީ އެމްޑީޕީއަށް: ރައީސް

ކައުންސިލްތަކަށް ދީފައިވާ ބާރުވެރިކަން، ފުރިހަމައަށް ގެނެވޭނީ އެމްޑީޕީއަށް: ރައީސް

ކައުންސިލްތަކަށް ދީފައިވާ އިދާރީ އަދި މާލީ ބާރުވެރިކަން ފުރިހަމައަށް ގެނެވޭނީވެސް އެމްޑީޕީއަށްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމްޑީޕީގެ އޮފީހުގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަންނަވަމުން ރައީސް ވިދާޅުވީ ރައިސް ވިދާޅުވީ، ލާމަރުކަޒީ ނިޒާމަށް ގެނައި ބަދަލުތަކާއި އެކު ލިބުނު އިދާރީ ބާރުވެރިކަމާއި މާލީ ބާރުވެރިކަމުގެ ފުރިހަމަ ފޮނި މ...

އަލީ އާދިލް
އައިކޮމްގެ އެސްޖީއަކަށް އިދުރީސް އިސްމާޢީލް

އައިކޮމްގެ އެސްޖީއަކަށް އިދުރީސް އިސްމާޢީލް

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) ގެ ސެކްރެޓަރީ ޖެނެރަލް (އެސްޖީ) ގެ މަގާމަށް މ. ދިއްގަރު އަނީސާމަންޒިލް، އަލްފާޟިލް އިދުރީސް އިސްމާޢީލް އައްޔަނުކުރައްވައިފި އެވެ. މިއީ އައިކޮމް އަށް އެސްޖީގެ މަގާމަށް ބޭފުޅަކު އައްޔަންކުރި ފުރަތަމަ ފަހަރެވެ. މި މަޤާމަށް އައްޔަން ކުރައްވާފައިވަނީ، މި މަގާމަށް ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކަށް ބޭއްވި އިންޓަރވިއުއިން އެންމެ މަތިން މާކުސް ލިބިވަޑައިގެންނެވިފަރާތްކަމަށް އައިކޮމްއިން ބުނެފައިވެއެވެ. އަލްފާޟިލް އިދުރީސް އިސްމާޢީލ...

އިބްރާހިމް އަސްވާޤް
އިދިކޮޅު މުޒާހަރާގެ ތެރެއިން 13 މީހަކު ހައްޔަރުކޮށްފި

އިދިކޮޅު މުޒާހަރާގެ ތެރެއިން 13 މީހަކު ހައްޔަރުކޮށްފި

އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިއަދު ހަވީރު މާލޭގައި ބޭއްވި މުޒާހަރާގެ ތެރެއިން 13 މީހަކު ހައްޔަރުކޮށްފިއެވެ. އިދިކޮޅު ކޯލިޝަނުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ އެއްވުމުގެ ތެރެއިން ހައްޔަރުކުރި މީހުންގެ ތެރޭގައި ހޯރަފުށި ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް އާއި މިލަންދޫ ދާއިރާގެ ކުރީގެ މެމްބަރު ހަސަން މުފީދު އާއި ސްޓިއަރިން ކޮމިޓީތަކުގެ ރައީސުންނާއި ނައިބު ރައީސުން ހިމެނޭ ކަމަށެވެ. ކޮވިޑް-19 އާއި ގުޅިގެން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ގިނަ ފިޔަވަޅުތަކެއް އަޅާފަ...

އަލީ އާދިލް
އުރީދޫ އެކްސްޕީރިއެންސް ސެންޓަރުތައް ހުޅުވާފައި ހުންނަ ގަޑިތަކަށް ބަދަލެއް

އުރީދޫ އެކްސްޕީރިއެންސް ސެންޓަރުތައް ހުޅުވާފައި ހުންނަ ގަޑިތަކަށް ބަދަލެއް

ކޮވިޑް-19ގެ ތިންވަނަ ރާޅާއެކު އުރީދޫ އެކްސްޕީރިއެންސް ސެންޓަރުތައް ހުޅުވާ ވަގުތުތަކަށް ބަދަލު ގެނެސްފިއެވެ. އެ ކުންފުނިން ކުރި ޓްވީޓެއްގައި ބުނީ މިއަދުން ފެށިގެން އެކްސްޕީރިއެންސް ސެންޓަރުތައް ހުޅުވާފައި ހުންނާނީ ހެނދުނު 9:00 އިން 12:00 އަށް އަދި މެންދުރު 2:00 އިން ހަވީރު 4:00 އަށް ކަމަށެވެ. އުރީދޫ އިން މި ބަދަލުތައް ގެނައީ ކޮވިޑް-19 ތިންވަނަ ފަހަރަށް ފެތުރެން ފެށުމާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އަޅާފައިވާ ފިޔަވަޅުތަކާ ގުޅިގެންނެވެ. އަދި މިއީ […]

އަޙްމަދު ވަހީދު
ޖަމިއްޔާތަކަށް ދޫކުރާ އެހީއަށް އެދުމުގެ މުއްދަތު އިތުރުކޮށްފި

ޖަމިއްޔާތަކަށް ދޫކުރާ އެހީއަށް އެދުމުގެ މުއްދަތު އިތުރުކޮށްފި

މަދަނީ ޖަމްޢިއްޔާތަކުން ހިންގާ މުޖުތަމަޢު ބާރުވެރިކުރުމުގެ މަޝްރޫޢުތަކަށް ފައިސާގެ އެހީއަށް އެދި ޕްރޮޕޯސަލް ހުށަހެޅުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްއިން ހުޅުވާލި ފުރުޞަތުގެ މުއްދަތު އިތުރުކޮށްފިއެވެ. ޔޫތު މިނިސްޓްރީ އިން ވިދާޅުވީ، މަދަނީ ޖަމްޢިއްޔާތަކުން ހިންގާ މުޖުތަމަޢު ބާރުވެރިކުރުމުގެ މަޝްރޫޢުތަކަށް ފައިސާގެ އެހީއަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގައި، ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތާއި ގުޅޭ ގޮތުން ސަރުކާރުން މިހާރު އަޅުއްވާފައިވާ ފިޔަވަޅުތަކާއި ގުޅިގެން، މަ...

ޙުސައިން ޝަހުދީ
ނައިވާދޫއާއި ދިމާ ބޭރުން ލަންކާގެ މަސްބޯޓެއް އަތުލައިގަނެފި

ނައިވާދޫއާއި ދިމާ ބޭރުން ލަންކާގެ މަސްބޯޓެއް އަތުލައިގަނެފި

ހދ. ނައިވާދޫއާއި ދިމާ ބޭރުން ލަންކާގެ މަސްބޯޓެއް އަތުލައިގަނެފި އެވެ. ޝަދީޝާ މަރިން 6 ނަމަކަށް ކިޔާ މިމަސް ބޯއްޓު އަތުލައިގަނެފައިވަނީ ނައިވާދޫއާއި ދިމާ ބޭރުން 3 ނޯޓިކަލް މޭރު ބޭރުން ނެވެ. މި ބޯއްޓުގައި ލަންކާގެ ދިދަ ޖަހާފައިވެއެވެ. މިބޯޓު ފެނިފައިވަނީ ހދ. މަކުނުދޫ ރަންދި ނަމަކަށްކިޔާ މަސް ދޯންޏަކަށް މިއަދު ހަވީރު 17:27 ހާއިރު އެވެ. އެދޯނިން “ތިލަދުން” އަށް މަޢުލޫމާތު ދެމުންބުނީ އެބޯޓުގައި 6 ނޫނީ 5 މީހުން ތިބި ކަމަށާއި އެދޯންޏަށް […]

އިބްރާހިމް އަސްވާޤް
މިނިމަމްވޭޖް ކަނޑައަޅައި ތަންފީޒުކުރުން އަވަސްކުރަން ގޮވާލައިފި

މިނިމަމްވޭޖް ކަނޑައަޅައި ތަންފީޒުކުރުން އަވަސްކުރަން ގޮވާލައިފި

ދިވެހިރާއްޖޭގައި މަސައްކަތްކުރާ މުވައްޒަފުންނަށް ދެވޭނެ އެންމެ ކުޑަ އުޖޫރަ، ”މިނިމަމްވޭޖް” ކަނޑައަޅައި، ތަންފީޒުކުރުން އަވަސްކޮށްދިނުމަށް މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސް (އެމްޓީޔޫސީ)އިން ގޮވައިލައިފިއެވެ. އެމްޓީޔޫސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ 2008 ވަނަ އަހަރު ފާސކުރެވުނު ވަޒީފާއާއި ބެހޭ ޤާނޫނުގައި މިނިމަމްވޭޖް ކަނޑައެޅުމަށް ބަޔާންކޮށްފައިވީ ނަމަވެސް މިހާތަނަށް ވެސް އެކަން ތަންފީޒުކުރެވިފައި ނުވުމަކީ އެޖަމިއްޔާއިން ނުހަނު ކަންބޮޑުވާ ކަމެއް ކަަމަށެވެ. އެ ޖަމިއްޔާއިން ބުނީ ސިޔާސީ ބައެއ...

އަލީ އާދިލް
މިރޭ މާފަންނުގެ ބައެއް ގެތަކުން ފެނުގެ ހިދުމަތް މެދުކެނޑޭނެ

މިރޭ މާފަންނުގެ ބައެއް ގެތަކުން ފެނުގެ ހިދުމަތް މެދުކެނޑޭނެ

މިރޭ  11:00ން ދަންވަރު 2:00އަށް  މާފަންނުގެ ވަކި ހިސާބަކުން ފެނުގެ ހިދުމަތް ކެނޑޭނެކަމަށް މޯލްޑީވްސް ވޯޓާ އެންޑް ސުވަރެޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ބުނެފިއެވެ. އެ ކުންފުނިން މިރޭ ކުރި އިއުލާނެއްގައި ބުނީ ފެނުގެ ހިދުމަތް މެދުކެނޑޭނީ ފްލޫނިޔާ ގޯޅީގައި ހިމެނޭ ހުރިހާ ގެތަކާއި ހަވީރީ ހިނގުމާއި ފްލޫނިޔާ މަގާ ދެމެދުން، ޝަހީދު އަލީ ހިނގުމުގައި ހިމެނޭ ހުރިހާ ގެތަކަކުން ކަމަށެވެ. ެފެނުގެ ހިދުމަތް މެދުކަނޑާލަނީ މާލޭގެ “ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓު”ގެ ދަށުން ޝަހީދު އަލީ ހިނގުމުގައި ކުރިން […]

އަޙްމަދު ވަހީދު