ވިޔަފާރި ދިއްގަރު ބިން ހިއްކުމާ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ފަށައިފި މ. ދިއްގަރު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިންމިއަދު ފަށައިފިއެވެ. ދިއްގަރުގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް ފައްޓަވައިދެއްވީ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އާއި ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަނެވެ. މި މަޝްރޫއަށް 121.84 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އެމްޓީސީސީ އިން ލަފާ ކުރެއެވެ. މި މަޝްރޫއުގެ ދަށުން ދިއްގަރުގައި 25 ހެކްޓަރުގެ ބިން ހިއްކާނެ އެވެ. އަދި […] އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ދަރިފުޅު ލައްވައި ޖިންސީ ގުޅުން ހިންގުވައިގެން 18 އަހަރަށް ޖަލަށްލި މަންމަ މިނިވަންކޮށްފި ހދ. އަތޮޅުގެ ރަށެއްގައި ދަރިފުޅު ލައްވައި އެހެން މީހަކާ އެކު ޖިންސީ ގުޅުން ހިންގުވި މަންމައަކު 18 އަހަރަށް ޖަލަށްލާފައި ވަނިކޮށް ހައި ކޯޓުން އިއްޔެ އޭނާ މިނިވަން ކޮށްފި އެވެ. 16 އަހަރުގެ އަންހެން ދަރިފުޅު ލައްވައި، އެކި ދުވަސް މަތިން އެހެން މީހަކާ ޖިންސީ ގުޅުން ހިންގުވަން ހިިތްވަރު ދީ މަގުފަހިކުރި މައްސަލައެއްގައި އެ ކުއްޖާގެ މަންމަ 18 އަހަރާއި 6 މަހަށް ޖަލަށްލީ އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ޖިންސީ އަމަލެއް ހިންގުވުމުގެ […] ތިލަދުން · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ހއ. އަތޮޅުން ރައްޔިތު ބައްދަލުވުން ނުބާއްވަނީ 2 ކައުންސިލަކުން ހއ. އަތޮޅުން ރައްޔިތު ބައްދަލުވުން ނުބާއްވަނީ 2 ކައުންސިލަކުންކަމަށް ހއ. އަތޮޅު ކައުންސިލުން ބުނެފި އެވެ. އެކައުންސިލުން ކުރި އިއުލާނެއްގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައި ބާޔާންކޮއްފައިވާ ގޮތުގެ މަތީން މި އަހަރު ފެބުރުއަރީ މަހު ރައްޔިތުންނަށް ޢާންމުކޮށް ހުޅުވާލާފައިވާ ބައްދަލުވުމެއް ބާއްވާ، އެ ކައުންސިލަށް އެމަޢުލޫމާތު ޙިއްޞާކޮށްފައިވަނީ ހއ. އަތޮޅުގެ 12 ރަށު ކައުންސިލުން ކަމަށެވެ. އެގޮތުން ބައްދަލުވުން ބޭއްވި 12 ރަށު ކައުންސިލަކީ: 1- ތުރާ... އިބްރާހިމް އަސްވާޤް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު އުތުރުގެ އަތޮޅުތަކަށް ވައިޓް އެލާޓް ނެރެފި އުތުރުގެ އަތޮޅުތަކަށް މޫސުން ގޯސްވެ ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅަށް ވައިޓް އެލާޓް ނެރެފިއެވެ. ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ނެރުނު ސަމާލުގެ މެސެޖްގައި ބުނެފައި ވަނީ، ހއ. އަތޮޅުން ޅ. އަތޮޅަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައި ވަނީ މިއަދު ހެނދުނު 08:45 އިން ފެށިގެން މެންދުރުފަހު 13:45 އާ ހަމައަށެވެ. ރާއްޖޭގެ މޫސުން ކުރިއަށް ލަފާކޮށް މެޓް […] ޖަލްވާން ޖާދުﷲ · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު އިހަވަންދޫ ސްކޫލް ދަރިވަރުން 2 ދުވަސްތެރޭ 68 ހާހަށްވުރެ ގިނަ ޕްލާސްޓިކް ފުޅި އެއްކޮށްފި ހއ. އިހަވަންދޫ ސްކޫލްގެ ކީސްޓޭޖް 1 އަދި 2ގެ ދަރިވަރުން 2 ދުވަސް ތެރޭގައި 68 ހާހަށްވުރެ ގިނަ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ފުޅި އެއްކޮށްފިއެވެ. މިގޮތުން އެ ސްކޫލްގެ ކީސްޓޭޖް 1 އަދި 2ގެ ދަރިވަރުން ވަނީ 68،200 އަށްވުރެ ގިނަ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ފެން ހުސްކުރި ފުޅި އެއްކޮށް، ސްކޫލާއި ހަވާލުކޮށްފައެވެ. އިހަވަންދޫ ސްކޫލްގެ ލީޑިން ޓީޗަރ މުޙައްމަދު ޝުޖާޢު ”ތިލަދުން”އަށް ބުނީ، އެ ހަރަކާތަކީ، ”ޕާލޭ ފޮރ ދަ […] ޙުސައިން ޝަހުދީ · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމަށް ބީލަމަށް ހުޅުވާލައިފި 1.3 މިލިއަން މީހުންނަށް ޚިދުމަތް ދެވޭހެން ތަރައްޤީކުރުމަށް “ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް” މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްއިން ބީލަމަށް ހުޅުވާލައިފި އެވެ. މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އިން މިއަދު ނެރު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯރޓް ތަރައްޤީކުރުމުގެ މަޝްރޫއުގެ ބީލަން މަރުޙާލާގެ ފުރަތަމަ ހަރުފަތްކަމުގައިވާ ކޮންޓްރެކްޓަރުން ޕްރީކޮލިފައިވުމަށް ހުށަހެޅުމަށް އިންޑިއާގެ އެކްސްޕޯޓް އިމްޕޯޓް ބެންކުން މިއަދު ހުޅުވާލައިފި ކަމަށެއެވެ. މި މަޝްރ... އަލީ އާދިލް · 5 އަހަރު ކުރިން
ވިޔަފާރި އުރީދޫ އިން "އާޗާ ޑެއިލީ 2ޖީބީ" ތައާރަފު ކޮށްފި އުރީދޫ އިން އާޗާ ޕްރިޕެއިޑްގެ ދަށުން “އާޗާ ޑެއިލީ 2ޖީބީ” ޕްލޭނެއް ތައާރަފު ކޮށްފި އެވެ. މިއަދު ތަޢާރަފު ކުރި މި ޕްލޭނާއެކު އެއް މަސް ދުވަސް ވަންދެން ކޮންމެ ދުވަހަކު 2ޖީބީ ޑޭޓާއާއެކު އަންލިމިޓެޑް ކޯލްސް އެންމެ 750ރ. އަށް ލިބޭނެއެވެ. މި ޕްލޭން އެކްޓިވޭޓް ކުރަން ބޭނުންވާ ކަސްޓަމަރުންނަށް އުރީދޫ އެޕް މެދުވެެރިކޮށް ނުވަތަ “ޔޫޑީ 750” ޖެހުމަށްފަހު 5555އަށް އެސްއެމްއެސް ކޮށްގެން ނުވަތަ 929#1 އަށް ޑަޔަލް ކޮށްލައިގެން އެކްޓިވޭޓް ކުރެވޭނެއެވެ. މީގެ އިތުރުން އާ ކަސްޓަމަރުންނަށް […] އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ރާއްޖެ މާލޭ ރައްޔިތުންނަށް ގޯތި ހޯދައިދިނުމަށް އޮތް އެންމެ ރަނގަޅު ހައްލަކީ ގުޅީފަޅު: ޑރ. މުޢިއްޒު މާލޭގެ ރައްޔިތުންނަށް ގޯތި ހޯދައިދިނުމަށްޓަކައި އޮތް އެންމެ ރަނގަޅު ހައްލަކީ، ގުޅީފަޅު ހިއްކައި މާލޭގެ ރައްޔިތުންކުރެ ގޯތި ބޭނުންވާ މީހުންނަށް ގޯތި އަދި ފްލެޓް ބެނުންވާ މީހުންނަށް ފްލެޓް ލިބޭ ތަނަކަށް އެތަން ހެދުން ކަމަށް ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި މާލޭ ސިޓީގެ މޭޔަރު ކަމަށް ކުރިމަތިލާފައިވާ އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓް، ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ޒޫމް މެދުވެރިކޮށް މާލޭ ސިޓީގެ ރައްޔިތުންގެ އަޑުއައްސަވައި، ސުވާލުތަކަށް ޖަވާބުދެއ... އަލީ އާދިލް · 5 އަހަރު ކުރިން
ބައިނަލްއަގުވާމީ ރޮހިންޖާ ކޭމްޕުގައި އަލިފާން ރޯވެ 15 މީހުން މަރުވެއްޖެ ބަންގްލަދޭޝްގައި ހުރި ރޮހިންޖާ ރެފިއުޖީ ކޭމްޕުގަައި އިއްޔެ ހިނގި އަލިފާނުގެ ހާދިސާއެއްގައި 15 މީހުން މަރުވެއްޖެއެވެ. މި ހާދިސާގައި މިހާތަނަށް 15 މީހުން މަރުވިކަން ކަށަވަރުވެފައިވާއިރު 400 އެއްހާ މީހުން ވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ. އެހެންކަމުން މަރުވި މީހުންގެ އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެކެވެ. އދ ގެ ޔޫއެންއެޗްސީއާރުން ރިޕޯޓު ކޮށްފައިވާ ގޮތުގައި އިއްޔެ ހިނގި މި ހާދިސާގައި 560 މީހުން ވަނީ ޒަހަމްވެފައެވެ. ބަންގްލަދޭޝުގެ ކަމާ ބެހޭ ފަރާތްތަކުން މިހާރު ދަނީ މި ހާދިސާ […] އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ހދ. އަތޮޅުން ރައްޔިތު ބައްދަލުވުން ބޭއްވީ 5 ކައުންސިލަކުން މިދިޔަ ފެބްރުއަރީ މަހު ރައްޔިތުންގެ ބައްދަލުވުން ބޭއްވީ ހދ.އަތޮޅުގެ 5 ކައުންސިލަކުން ކަމަށް ހދ. އަތޮޅު ކައުންސިލުން ބުނެފި އެވެ. އެކައުންސިލުން ކުރި އިއުލާނެއްގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައި ބާޔާންކޮއްފައިވާ ގޮތުގެ މަތީން މި އަހަރު ފެބުރުއަރީ މަހު ރައްޔިތުންނަށް ޢާންމުކޮށް ހުޅުވާލާފައިވާ ބައްދަލުވުމެއް ބާއްވާ، އެ ކައުންސިލަށް އެމަޢުލޫމާތު ޙިއްޞާކޮށްފައިވަނީ ހދ.އަތޮޅުގެ 5 ރަށު ކައުންސިލުން ކަމަށެވެ. އެގޮތުން އެ 5 ރަށު ކައުންސިލަކީ : ތިލ... ޖަލްވާން ޖާދުﷲ · 5 އަހަރު ކުރިން
ރާއްޖެ 104 ބާވަތެއްގެ ދޫނި ހިމާޔަތްކޮށްފި 104 ބާވަތެއްގެ ދޫންޏަކީ ހިމާޔަތް ކޮށްފައިވާ ދޫނިތަކެއްކަމަށް ސަރުކާރުން ކަނޑައަލައި އެކަން އިޢުލާންކޮށްފިއެވެ. ހިމާޔަތްކުރި ދޫނިތަކުގެ ތެރޭގައި ކޮތަރު، ފިނދަނަ، ކިރުދޫނި، ބަކަމޫނު، ރާބޮނދި، ބޮނޑަނަ، ބާޒު، ފެންފޯއް ދޫނި އަދި ރޭރުގެ ބާވަތްތަކެވެ. އެންވަޔަރަމަންޓް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުން އެ މިނިސްޓްރީއަށް ލިބިދޭ ބާރުގެ ދަށުން މިއަދުން ފެށިގެން އެ 104 ބާވަތުގެ ދޫންޏަކީ ހިމާޔަތްކޮށްފައިވާ ތަކެތި ކަމުގައި ހަމަޖައްސާފ... އިބްރާހިމް އަސްވާޤް · 5 އަހަރު ކުރިން
ވިޔަފާރި ގަމުގައި ތަރައްގީ ކުރާ ފެނަކައިގެ އާ އޮފީހުގެ ބިންގާ އަޅައިފި ލ. ގަމުގައި ތަރައްގީ ކުރާ ފެނަކައިގެ އާ އޮފީހުގެ ބިންގާ މިއަދު އަޅައިފިއެވެ. މި އިމާރާތުގެ ބިންގާ އަޅައި ދެއްވީ ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ސައީދް އާއި ގަމު ކައުންސިލްގެ ރައީސް މުހައްމަދު ޝިޔާމް އަދި ގަމު ހޮސްޕިޓަލްގެ މެނޭޖަރުއަލީ ނަޝީދު އެވެ. އެ ކުންފުނިން އަޅާ މި އިމާރާތަކީ ދެ ބުރި އިމާރާތެކެވެ. މި އިމާރާތުގެ ތިރީގައި ލޮބީ އަކާއި ރިސެޕްޝަން ހުންނައިރު މީޓިން ރޫމެއްވެސް މި އިމާރާތުގައި ހުންނާނެއެވެ. މީގެ އިތުރުން މި […] އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ރާއްޖެ ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ގްރެޖުއޭޓް ޓްރެއިނިންގ ޕްރޮގްރާމެއް ޕެންޝަން އޮފީހުގެ މަަސައްކަތްތަކާ ގުޅޭ އެކިދާއިރާތަކުން ބެޗެލަރސް އަދި މާސްޓާރސް ޑިގްރީ ނިންމާ ފަރާތްތަކަށް އަމާޒުކޮށްގެން ޕެންޝަން އޮފީހުން ގްރެޖުއޭޓް ޓްރެއިނިންގ ޕްރޮގްރާމެއް ތައާރަފު ކޮށްފިއެވެ. މިޕްރޮގްރާމުގެ މަޤްސަދަކީ ޕެންޝަން އޮފީހުގެ މަަސައްކަތްތަކާ ގުޅޭ އެކިދާއިރާތަކުން ތައުލީމު ހާސިލުކޮށް ރަނގަޅު ނަތީޖާ ހޯދާ ފަރާތްތަކަށް މަސައްކަތުގެ ހުނަރާއި ތަޖުރިބާ ހޯދޭނެ މަަގުފަހިކޮށްދީ މިދާއިރާތަކުން މީހުން ބިނާކޮށް ކުރިމަގުގައި އޮފީހުގެ އެކި ދާއިރާތަކުގައި މަސައްކަތްކުރާނެ ގާބިލު މީހުން ތަމްރީނުކ... އަލީ އާދިލް · 5 އަހަރު ކުރިން
ވިޔަފާރި ފެނަކައިން ގަމުގައި ސޯލާ ޕީވީ ސިސްޓަމްތައް ބަހައްޓަނީ ފެނަކަ ކޯޕަރޭޝަނުން ލ. ގަމުގެ ފަސް މިސްކިތެއްގެ އިތުރުން އިގްތިމާއީ، މަރުކަޒުގައި ސޯލާރ ޕީވީ ނިޒާމް ގާއިމް ކުރުމުގެ އެއްބަސް ވުމުގައި ސޮއި ކޮށްފިއެވެ. މި އެއްބަސް ވުމުގައި ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު އެވެ. އަދި ގަމު ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް މުހައްމަދު ޝިޔާމް އެވެ. ސޮއި ކުރުމަށް ބޭއްވި ރަސްމީޔާތުގައި ވާހަކަފުޅު ދައްކަވަމުން ސައީދު ވިދާޅުވީ، މި އެއްބަސްވުމުގެ ސަބަބުން ފެނަކައަށް […] އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކުޅުދުއްފުށީގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި 17 އަހަރުގެ ކުއްޖާ ނިޔާވެއްޖެ ހދ. ކުޅުދުއްފުށީ ސިޓީގައި ޕިކަޕަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި އަނިޔާވެ ފަރުވާދެމުން ދަނިކޮށް 17 އަހަރުގެ ޒުވާނަކު ނިޔާވެއްޖެ އެވެ. އައިސީޔޫގައި ފަރުވާދެމުން ދަނިކޮން މިއަދު ނިޔާވީ މިމަހުގެ 12 ވަނަ ދުވަހު ހެނދުނުގެ ވަގުތެއްގައި ކުޅުދުއްފުށި ނިކަގަސްމަގާއި އަމީނީމަގު ގުޅުނު ހަތަރު އަނގޮޅީގައި ސައިކަލަކާއި ޕިކަޕެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ސައިކަލު ދުއްވަން އިން ކުއްޖާ އެވެ. އަދި އެކްސިޑެންޓުގައި ސައިކަލުގެ ފަހަތުގައި އިން ކުއްޖަކަށް ވެސް އަނިޔާވި އެވެ. މި އެކްސިޑެންޓުގައި ލިބު... އަލީ އާދިލް · 5 އަހަރު ކުރިން