ކޮލަމް ނިދުމުގެ ކުރިން އެއްޗެއް ކާލީމާ ހާރުކޭކަމަށް ވާނެތަ؟ ހާރުކެއުމަކީ ހަމަ އެހާ މުހިންމު ކަމެއް ހެއްޔެވެ؟ ބާރަ ޖަހާއިރު ނިދަން އޮށޯންނަމުން އެއްޗެއް ކާލީމާ ހާރުކެއި ކަމަށް ވާނެހެއްޔެވެ؟ ކޮންމެހެން އެގަޑީގައި ހާރުކާށޭ ކިޔާފައި ތެދުވާން ޖެހޭހެއްޔެވެ؟ މިސުވާލުތަކަކީ މިހާރަކަށްއައިސް އަޅުގަނޑުމެންގެ ހިތަށް ވެރިވާ ސުވާލުތަކެކެވެ. މިފަދަ ސުވާލުތައް ޙަޤީޤަތުގައި އުފެދެން ދިމާވާ މައިގަނޑު ސަބަބަކީ ދީނީ މަޢުލޫމާތު ގެ ޚަޒާނާ އެހާ ތިޔާގި ނުވުމެވެ. އެހެންކަމުން އަދުގެ ޓެކްނޮލޮޖީތަކުގެ ފަސޭހަތަކާއެކު، ދީނީ ޢިލްމު ހޯދުމަށް ފަހިވެފައިވާ ފަސޭހަ މަގުތަކުގެ ބޭނުންހިފައ... ޝެއިޚް މުޠީޢު އިސްމާޢީލް މުޙައްމަދު · 5 އަހަރު ކުރިން
ރާއްޖެ ކޯވިޑްގެ އާ ރާޅެއް، މިއަދު 601 މީހަކު ޕޮޒިޓިވްވެއްޖެ! ރާއްޖޭގެ ކޯވިޑްގެ ހާލަތު ގޯހުން ގޯހަށް ގޮސްފައިވާއިރު މިއަދު 601 މީހެއް ޕޮޒިޓިވްވެއްޖެ އެވެ. މިއަދު މާލެ އޭރިއާއިން 440 މީހަކު ޕޮޒިޓިވްވިއެވެ. ރަށްތަކުން 141 މީހެއް ޕޮޒިޓިވްވިއެވެ. އަދި ރިސޯޓްތަކުން 19 މީހެއް ޕޮޒިޓިވްވިއެވެ. މިއާއިއެކު ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ޢަދަދު 31،931 އަށް އެރީއެވެ. ރާއްޖޭގެ ކޯވިޑްގެ ހާލަތާއިގުޅޭ ހާސްކަން ބޮޑު އިތުރު ޚަބަރަކަށް ވެގެން ދިޔައީ، ކޯވިޑް-19 ގައި ހާލުބޮޑުވާ ބަލިމީހުންނަށް ފަރުވާ ދިނުމަށް ހާއްސަކޮށްފައިވާ ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް11 […] ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ވިޔަފާރި އެސްޓީއޯއިން ބިސް ކޭހެއް 100 ރުފިޔާއަށް އެސްޓީއޯއިން ބިސް ކޭހެއްގެ އަގު 100 ރުފިޔާއަށް ކުޑަކޮށްފިއެވެ. ރޯދަ މަސް ފެށުނުއިރު އެސްޓީއޯ އިން ބިސް ކޭހެއް ވިއްކަމުން އައީ 255ރ. އަށެވެ. އެ ކުންފުނީގެ ސުޕަމާޓުން ވަކިން ބިހެއް ވިއްކަނީ 1.40 ރުފިޔާ އަށެވެ. އެސްޓީއޯއިން ވަނީ މިދިޔަ މަހު ފިޔާގެ އަގުވެސް ހެޔޮ ކޮށްފައެވެ. އެގޮތުން، އެ ކުންފުނިން ފިޔާ ބަސްތާއެއްވެސް މިހާރު ވިއްކަނީ 100 ރުފިޔާއަށެވެ. އެސްޓީއޯއިން ބުނެފައިވާ ގޮތުގައި މި ރޯދަ މަސް ނިމެންދެން ފިޔާ، ބިސް އަދި އަލުވި […] އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ދިއްދޫގެ ދެ އިދާރާއަކަށް މިޑްލް ސްޕޯޓްސް ކްލަބްއިން އެހީތެރިވެއްޖެ ހއ. ދިއްދޫ މިޑްލް ސްޕޯޓްސް ކްލަބްގެ ފަރާތުން އެރަށުގައި ހުންނަ ދެ އިދާރާއަކަށް ފޭސް މާސްކާއި، ސެނިޓެއިޒާ ހަދިޔާކޮށްފިއެވެ. ދިއްދޫ ފްލޫ ކްލިނިކަށް ދެއްކި މީހަކު ކޯވިޑަށް ޕޮޒިޓިވްވެ، އެ ކޭހާއި ގުޅިގެން ޑައިރެކް ކޮންޓެންޓުންގެ ގޮތުގައި 231 މީހެއް ފާހަގަވެ، ދިއްދޫ ހާސްކަމުގައި އޮތް މި ދަނޑިވަޅުގައި މިޑްލް ސްޕޯޓްސް ކްލަބުން މި ތަކެތި ހަދިޔާ ކުރީ، ހއ. ދިއްދޫގައި ހުންނަ ހއ. އަތޮޅު ހޮސްޕިޓަލަށާއި، ދިއްދޫ ޕޮލިސް ސްޓޭޝަނަށެވެ. މިގޮތުން އެ ދެ އިދާރާއަށް […] ޙުސައިން ޝަހުދީ · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ފުނަދޫ ސޯސަން އެކްސްޕްރެސް ބޯޓުން ދެ މީހަކު ޕޮޒިޓިވްވެއްޖެ ށ. ފުނަދޫ ސޯސަން އެކްސްޕްރެސް ބޯޓުން ދެ މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ. ފުނަދޫއާއި އެ އަތޮޅު ބައެއް އެހެން ރަށްރަށާއި، މާލެ އާއި ދެމެދު ދަތުރުކުރާ އެ ބޯޓުން ޕޮޒިޓިވްވީ ފަޅުވެރިއަކާއި، ކޭޝިޔަރެވެ. ފަޅުވެރިޔާއަކީ ބިދޭސީއެކެވެ. ކޭޝިޔަރަކީ ފުނަދޫއަށް ނިސްބަތްވާ މީހެކެވެ. ފުނަދޫ ކައުންސިލްގެ ރައީސް އަޙްމަދު އިބްރާޙީމްފުޅު “ތިލަދުން”އަށް ވިދާޅުވީ، އެމީހުން ކޯވިޑްއަށް ޓެސްޓްކުރީ އެތަނުން އެކަކުގެ ކިބައިން އަލާމާތް ފެނިގެން ކަމަށެވެ. “ރަށަށް އައިސް އެ ބޯޓުން ކުއްޖަކު ގުޅީ އަލާމާތް […] ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދަމަހައްޓައިފި ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގައި ޢިއުލާން ކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު 13 ވަނަ ފަހަރަށް އިތުރުކޮށްފިއެވެ. މިފަހަރު ކުއްލި ނުރައްކަލުގެ މުއްދަތު އިތުރު ކުރީ އަންނަ ޖޫން މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށެވެ. ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ސޮއިކުރަށްވާ މިއަދު މެންދުރު އާންމުކުރެއްވި ”އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިތުރަށް ދެމެހެއްޓުމަށް ޢިއުލާން ކުރާ ގަރާރު” ވިދާޅުވެފައި ވަނީ ރާއްޖޭގައި ކޯވިޑް-19 ފެތުުރުމުގެ ނުރައްކާ އަދިވެސް އެބައޮތް ކަމަށާއި 12 މާޗުގަ... ޖަލްވާން ޖާދުﷲ · 5 އަހަރު ކުރިން
ރާއްޖެ ވެންޓިލޭޓަރު ގަންނަން ހެދި އެއްބަސްވުން ބާތިލު! ކޯވިޑް-19 އާއި ގުޅިގެން ވެންޓިލޭޓަރުތަކެއް ގެންނަން ޑުބާއީގެ ކުންފުޏަކާއެކު ދިވެހި ސަރުކާރުން ހަދާފައިވާ އެއްބަސްވުން ބާތިލުކޮށްފިއެވެ. މިނިސްޓްރީ އޮފް ހެލްތާއި ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާއެކު ވެފައިވާ އެއްބަސްވުން މި ބާތިލުކުރީ އެ ކުންފުންޏަކަށް އެޑްވާންސްކޮށް ފައިސާ ދައްކައި، އެ ވެންޓިލޭޓަރުތައް ނުލިބިވާ މައްސަލާގައި، އެ ފައިސާ އަނބުރާ ހޯދަން އެމައްސަލަ އާބިޓްރޭޝަނަށް ހުށައެޅުމަށް ސަރުކާރުން ނިންމާފައި ވަނިކޮށެވެ. މިއަދު އެޓާނީ ޖެނެރަލްގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފަވަނީ... އާއިޝަތު ރަފާހް ޢަލީ · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކުޅުދުއްފުށީ ސިޓީގައި މިއަދު ރެންޑަމް ސާމްޕަލް ނަގަނީ ކުޅުދުއްފުށީ ސިޓީގައި ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް މިހާރު ފެށިގެން ކުރިއަށްދާކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)އިން ވިދާޅުވެއްޖެއެވެ. ކޭއާރުއެޗްއިން ވިދާޅުވިގޮތުގައި މިއަދު ހަވީރު 18:00 އާއި ހަމައަށް އެ މަސައްކަތް ކުރިއަށް ދާނެއެވެ. މިގޮތުން އެ ހޮސްޕިޓަލްގެ މުވައްޒަފުން ދަނީ ރަށުގެ އެކި ހިސާބުތަކުގައި ތިބެ، ރެންޑަމް ނެގުމުގެ މަސައްކަތް ކުރަމުންނެވެ. އެ ސަރަހައްދުތަކަށް ގޮސް، އެ މަސައްކަތަށް އެއްބާރުން ދިނުމަށް އެ ސިޓީގެ ރައްޔިތުން ކިބައިން ކޭއާރުއެޗްއިން ވަނީ އެދިފަ އެ... ޝިއުނާ އާދަމް · 5 އަހަރު ކުރިން
ވިޔަފާރި އުރީދޫއަށް ފުރަތަމަ ކުއާޓާގައި 112.3 މިލިއަން ރުފިޔާގެ ފައިދާއެއް މިއަހަރުގެ ފުރަތަމަ ކުއާޓާގައި އުރީދޫއަށް 112.3 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިއްޖެ އެވެ. މިއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާ ބަލާއިރު ދަށް އަދަދެެކެވެ. ކަމަށް އެ ކުންފުނީގެ މާލީ ރިޕޯޓުން ދައްކައިފި އެވެ. މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާގައި އެކުންފުންަޏަށް ލިބުނީ 159.7 މިލިއަން ރުފިޔާއެވެ. ޓެކްސްއަށް ކެނޑުމުގެ ކުރިން މިއަހަރުގެ ފުރަތަމަ ކުއާޓާގައި އެ ކުންފުނީގެ ފައިދާ ހުރީ 142.99 މިލިއަން ރުފިޔާގައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އެ ކުންފުންޏަށްލިބުނީ 189.5 […] އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކުމުންދޫ އޮފީސްތަކުގެ ފުޓްސަލް މުބާރާތް ޢީދުދުވަހު ފަށަނީ ފިތުރު ޢީދު ދުވަހާއި ގުޅުވައިގެން ހދ.ކުމުންދޫ ކައުންސިލާއި، އެ ރަށު ބީޗް ސިޓީ ސްޕޯޓްސް ކުލަބް ގުޅިގެން “ބީސީއެސްސީ އޮފީސް ފުޓްސަލް ޗެލެންޖް 2021” ގެ ނަމުގައި ފުޓްސަލް މުބާރާތެއް ބޭއްވުމަށް ވާންޖެހޭ ތައްޔާރީތަށް ވާންފަށައިފިއެވެ. މި މުބާރާތަކީ ކުމުންދޫގައި ހުރި ސަރުކާރުގެ އޮފީސްތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ. މޭމަހުގެ 13 ވަނަ ދުވަހު (ފިތުރު ޢީދުދުވަސް) ކުމުންދޫ ފުޓްސަލް ދަނޑުގައި ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ކުމުންދޫގައި ހުރި ސަރުކާރުގެ ފަސް އޮފ... އިބްރާހިމް ޚަލީލް · 5 އަހަރު ކުރިން
ރާއްޖެ މިނިސްޓަރު ޒަހާ އޮފީހުގައި، މަގާމުން ވަތްކެއް ނުކުރަށްވާ! ފިޝަރީޒް އެންޑް އެގްރިކަލްޗަރ މިނިސްޓަރުކަމުން ޒަހާ ވަހީދު މަގާމުން ވަކިކޮށް ރައީސް އޮފީހުގެ މިނިސްޓަރުކަމަށް ބަދަލުކުރައްވައިފިކަމަށް ރޭ ޚަބަރު ފެތުރުނު ނަމަވެސް އަދި މިނިސްޓަރު ޒަހާ އެމަގާމުން ވަކިކުރަށްވާފައި ނުވާކަމަށް މައުލޫމާތު ލިބިއްޖެއެވެ. މިނިސްޓަރު ޒަހާ މަގާމުން އަދި ވަކިކުރަށްވާފައި ނުވާއިރު މިއަދު އޮފީހަށް ވެސް ނުކުންނަވައި، ރަސްމީ މަސައްކަތުގައި އުޅުއްވިއެވެ. ޒަހާ މަގާމުން ވަކިކުރެއްވި ކަމަށް އަޑު ފެތުރުނީ، ރޭގައެވެ. އިތުބާރު ހުރި މަސްދަރަކާ ހަވާލާދީ ކަމަށްބުނެ، ފެތުރުނު އެ ޚަބަރުގަ... ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ވިޔަފާރި ފެހެންދޫ ބަނދަރުގެ 85 އިންސައްތަ މަސައްކަތް ނިމިއްޖެ ބ. ފެހެންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 85 އިންސައްތަ ނިމިއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ(އެމްޓީސީސީ) އިން ބުނެފިއެވެ. އެމްޓީސީސީއިން ބުނީ މަސައްކަތުގެ 85 އިންސައްތަ ނިމިފައި ވާއިރު، މިހާރު ވަނީ ރިވެޓްމެންޓް ޖެހުމަށް ބޭނުންވާ ބޮޑުހިލަތައް ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިކަމަށެވެ. މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ އާ ހާބަރ ބޭސިންގެ ޕޭވްމަންޓް މަސައްކަތްތަކެވެ. މި މަޝްރޫއުގެ ދަށުން، 18،500 ކިއުބިކް މީޓަރުގެ އާ ހާބަރ ބޭސިން ފުންކުރުމާއ... އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ރާއްޖެ ސަސްޕެންޝަންގައި ތިބި ޝިޔާމާ އާއި ނިޝާމާ ވަކިކޮށްފި ކޯވިޑް-19 އާއި ގުޅިގެން މިނިސްޓްރީ އޮފް ހެލްތުއިން ވެންޓިލޭޓަރ ގަތުމުގައި ހިނގި ޚިޔާނާތާއި ގުޅިގެން މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފައިވާ ހެލްތު މިނިސްޓްރީގެ ދެ ޑެޕިއުޓީ މިނިސްޓަރުން ކަމުގައިވާ ޝިޔާމާއި މުހައްމަދާއި ނިޝާމާ މުހައްމަދު މަގާމުން ވަކިކޮށްފި އެވެ. މި ދެ ބޭފުޅުން މަގާމުން ވަކިކޮށްފައިވަނީ ވެންޓިލޭޓަރު ހިޔާނާތާ ގުޅިގެން ފިނޭންސް މިނިސްޓްރީން ކުރިއަށް ގެންދިޔަ ހާއްސަ އޮޑިޓަށް ފަހު އެކުލަވާލާފައިވާ ރިޕޯޓްގައި އެ ދެ ބޭފުޅުން މަގާމުން ވަކިކުރުމަށް ލަފާ ދީފައި ވަނިކޮށެވެ. މި ދެ ބޭފުޅުން ސ... ޝިއުނާ އާދަމް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ހޯރަފުށީގައި ގެސްޓްހައުސް އަޅައި، ހިންގާނެ ބަޔަކު ހޯދަނީ ތިލަދުންމަތި ހޯރަފުށީގައި ގެސްޓު ހައުސް އަޅައި، ހިންގާނެ ބަޔަކު ހޯދަން އިއުލާން ކޮށްފިއެވެ. ހޯރަފުށި ކައުންސިލް އިދާރާއިން ކުރި އިއުލާނެއްގައި ބުނީ އެ ރަށުގެ ލޭންޑް ޔޫސް ޕްލޭނާ އެއްގޮތަށް ރަށުގެ ޓޫރިޒަމް ޒޯނުން ގެސްޓްހައުސް އަޅަން ބިންތަކެއްކުއްޔަށް ދޭން ނިންމާފައިވާ ކަމަށެވެ. އެގޮތުން ލީޒް، ޑިވެލޮޕްމެންޓް އެންޑް އޮޕަރޭޝަން އުސޫލުން ހިންގުމަށް ހަ ގެސްޓްހައުސް ތަރައްގީ ކުރަން ހުޅުވާލާ ކަމަށް ވަނީބުނެފައެވެ. ގެސްޓްހައުސް ތަރައްގީ ކުރަން ޝައުގުވެރިވާ ފަރާތްތަކަށް މި މަހުގެ 18 ވަނަ ދުވަހު […] އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ރާއްޖެ ވިލިމާލެ ކުޑަކުދިންގެ ހިޔާގައި އަލިފާނުގެ ހާދިސާއެއް ވިލިމާލެ ކުޑަކުދިންގެ ހިޔާގައި އަލިފާނުގެ ހާދިސާއެއް ހިނގައި، އެ އިމާރާތުގައި ރޯވި އަލިފާން ނިއްވާލައިފިއެވެ. އެމްއެންޑީއެފްއިން ވިދާޅުވީ، ވިލިމާލެ ކުޑަކުދިންގެ ހިޔާގައި ރޯވި އަލިފާން އެ އިދާރާގެ ފަޔަރ އެންޑް ރެސްކިއު ސަރވިސް އިން ހަރަކާތްތެރިވެ ނިއްވާލާފައިވާ ކަމަށެވެ. ކުޑަކުދިންގެ ހިޔާގައި އަލިފާން ރޯވީ އެ އިމާރާތުގެ ފުރަތަމަ ފަންގިފިލާގަ އެވެ. އެ ހާދިސާގެ މަޢުލޫމާތު ލިބި، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް އަލިފާން ނިއްވުމުގެ މަސައްކަތް ފެށީ މިއަދު 10:04 ހާއިރު އެވެ. “ފަޔަރފައިޓަރުނ... ޔުމްނާ ޢަލީ · 5 އަހަރު ކުރިން