ރާއްޖެ މާލެ ސަރަހައްދުގެ ބައެއް ފިޔަވަޅުތައް ވަކިމުއްދަތެއް ނެތްގޮތަށް ދައްމާލައިފި ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް މާލެ ސަރަހައްދު (މާލެ، ހުޅުމާލެ، ވިލިނގިލި، ގުޅީފަޅު، ތިލަފުށި، ހުޅުލެ)ގައި ބައެއް ފިޔަވަޅުތައްއަޅައި، އެ ފިޔަވަޅުތައް ވަކިމުއްދަތެއްނެތް ގޮތަށް ދަންމާލައިފިއެވެ. އެ ނިންމުން ހާމަކޮށްފައި ވަނީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރަށްވާ މިއަދު ނެރުނު އެންގުމުގަ އެވެ. މިގޮތުން މިއަދުން ފެށިގެން ވަކިގޮތެއް އަންގަންދެއް ޑޭ ކެއާ ސެންޓަރުތަކާއި، ޓިއުޝަން ކްލާސްތަކާއި އަދި ޤުރުއާން ކްލާސް ބަންދުކުރަން ވަނީ އަންގާފަ އެވެ. މީގެއިތުރުން... ޖަލްވާން ޖާދުﷲ · 5 އަހަރު ކުރިން
ރާއްޖެ ދަތުރުފަތުރާ ގުޅިގެން ކަރަންޓީނުވާން ޖެހޭ މުއްދަތު އިތުރުކޮށްފި ދަތުރުފަތުރާ ގުޅިގެން ކުރެވޭ ކަރަންޓީނުގެ މުއްދަތަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބަދަލު ގެނެސް، ކަރަންޓީންވާން ޖެހޭ މުއްދަތު އިތުރުކޮށްފިއެވެ. އެކަން ބަޔާންކޮށް، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރަށްވާ މިއަދު ނެރުނު އެންގުމުގައި ބުނީ ވަކި ގޮތެއް އަންގަންދެން، ދަތުރުފަތުރާ ގުޅިގެން ކަރަންޓީނުކުރާ ފަރާތްތައް 14 ދުވަހުގެ މުއްދަތަށް ކަރަންޓީނު ކުރުމަށް އަންގާ ކަމަށެވެ. މިބަދަލު ގެނައުމުގެ ކުރީން ކަރަންޓީނުވާން ޖެހޭ މުއްދަތަކީ 10 ދުވަހެވެ. މިފިޔަވަޅަކީ... ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ހިރިމަރަދޫގައި ހޯމް ކަރަންޓީނުގައި ހުރި ބިދޭސީ ޓީޗަރެއް ޕޮޒިޓިވްވެއްޖެ ހދ. ހިރިމަރަދޫގައި ހޯމް ކަރަންޓީނުގައި ހުރި ބިދޭސީ ޓީޗަރެއް ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ. އެއީ އިންޑިއާއަށް ނިސްބަތްވާ ޓީޗަރެކެވެ. އޭނާ ޕޮޒިޓިވްވިކަން އެނގުނީ އިއްޔެ އެވެ. ހިރިމަރަދޫ ކައުންސިލްގެ ރައީސް މުޙައްމަދު ވަޙީދު “ތިލަދުން”އަށް ވިދާޅުވީ، އެމީހާ ޓެސްޓް ކުރީ ބަލީގެ އަލާމަތް ހުރިކަމުގެ މައުލޫމާތު ލިބިގެންނެވެ. “އެއީ ހަނިމާދޫ މަގުން މިކޮޅަށް އައިސް ކަރަންޓީނުގައި ހުރި އިންޑިއާ ޓީޗަރެއް، ކަރަންޓީނުވިތާ ދެތިން ދުވަސްފަހުން ބަލީގެ އަލާމަތް ހުރިކަމަށް މައުލޫމާތު ލިބިގެން ޓެސްޓް ކުރީ، އޭނާ... ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ރާއްޖެ ރާއްޖޭގައި ކޯވިޑް ބަލީގައި މަރަކަށްފަހު މަރެއް، ޢަދަދު 81 އަށް އަރައިފި ރާއްޖެއިން ކޯވިޑަށް ފަރުވާދެމުންދިޔަ އިތުރު މީހަކު ނިޔާވެ، މިބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ ޢަދަދު 81 އަށް އަރައިފި އެވެ. އިއްޔެ ވެސް ވަނީ މިބަލީގައި 6 މީހަކު ނިޔާވެފަ އެވެ. މިއަދު ނިޔާވީ ކ. މާފުށީގައި އައިސޮލޭޝަނުގައި ހުރި އުމުރުން 37 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ. އިއްޔެ ނިޔާވީ މާލޭ ސިޓީން ނިޔާވި 3 މީހަކާއި ޅ. ނައިފަރުން ނިޔާވި 2 ދެ މީހަކު އަދި އއ. ރަސްދޫގައި ނިޔާވި މީހަކެވެ. ރާއްޖެއިން މިހާތަނަށް 33،368 […] ޝިއުނާ އާދަމް · 5 އަހަރު ކުރިން
ރާއްޖެ ޝައްކުވާ ގޮތަކަށް އަމަލުތައް ހުރި ހަތަރު މީހަކު ދެނެގަނެވިފައިވޭ: ފުލުހުން ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ރޭ ދިން ހަމަލާގައި ގުޅިގެން އެ ހަމަލާ ދިން ސަރަހައްދުން ޝައްކުވާ ގޮތަކަށް އަމަލުތައް ހުރި ހަތަރު މީހަކު ދެނެގަނެވިފައިވޭކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވިދާޅުވީ، އެ ހަމަލާ ދިން ސަރަހައްދުން ބައެއް މީހުން ޝައްކުވާ ގޮތަކަށް އަމަލުތައް ހުރެގެން އޭގެ ތެރެއިން ހަތަރު މީހަކު ދެނެގަނެވިފަވާ ކަަމަށެވެ. ސީޕީ ވިދާޅުވީ، އެ […] ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ރާއްޖެ ރައީސް ނަޝީދުގެ ސާޖަރީތައް ކާމިޔާބު: އޭޑީކޭ ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ރޭ ދިން ހަމަލާގައި، އެމަނިކުފާނުގެ ހަށިކޮޅަށް ލިބުނު އަނިޔާތަކާ ގުޅިގެން މިހާތަނަށް ކުރެވުނު ސާޖަރީތައް ކާމިޔާބު ކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެފިއެވެ. އެ ހޮސްޕިޓަލުން ބުނީ، ސާޖަރީތައް ކާމިޔާބު ނަމަވެސް އަދި އަދިވެސް މުހިއްމު އެއް ޕްރޮސީޖަރ ހަދަންޖެހޭކަމަށެވެ. ނަމަވެސް އެ ސާޖަރީތަކުގެ ތަފްސީލެއް އެ ހޮސްޕިޓަލުން އަދި ހާމައެއް ނުކުރަށްވަ އެވެ. ރައީސް ނަޝީދުގެ ގެކޮޅު، ގ. ކެނެރީގެ ކައިރީރޭ ކައިރިން ކާރަށް […] އަލީ އާދިލް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ފޯކައިދޫ މާކަރީ ބޯޓުގެ އިތުރު ފަޅުވެރިއަކު ޕޮޒިޓިވްވެއްޖެ ށ. ފޯކައިދޫ މާކަރީ ބޯޓުގެ އިތުރު ފަޅުވެރިއެއް ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެ އެވެ. މިފަހަރު ޕޮޒިޓިވްވީ އެ ބޯޓުގައި މަސައްކަތްކުރާ ބިދޭސީ ފަޅުވެރިއެކެވެ. އޭނާ ޕޮޒިޓިވްވިކަން އެނގުނީ އިއްޔެ އެވެ. ފޯކައިދޫ މާކަރީ ބޯޓުގެ ފަޅުވެރިއެއް ކޯވިޑް-19އަށް ޕޮޒިޓިވްވިކަން މިހިނގާ މޭމަހުގެ 5 ވަނަ ދުވަހުއެވެ. އެ ބޯޓު އެ އަތޮޅު ފީވަކުގައި އޮއްވައި އެ ބޯޓުގައި ބައްޔަށް ޝައްކުވާ މީހަކު ހުރިކަން ފޯކައިދޫ ސިއްހީ މަރުކަޒަށް ރިޕޯޓްކުރީ އާންމުންގެ މީހެކެވެ. އެ ބޯޓު ފޯކައިދޫއަށް ބަނދަރުކުރިއިރު ފޯކައިދޫ ސިއްހީ […] ޝިއުނާ އާދަމް · 5 އަހަރު ކުރިން
ރާއްޖެ ރޭގެ ހަމަލާއަކީ ރައީސް ނަޝީދަށް އަމާޒުކޮށް ހިންގި ޓެރަރިޒަމްގެ އަމަލެއް: ފުލުހުން ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ރޭ ދިން ހަމަލާއަކީ، އެމަނިކުފާނަށް އަމާޒުކޮށް ހިންގި ޓެރަރިޒަމްގެ އަމަލެއް ކަމަށް ފުލުހުން ވިދާޅުވެއްޖެ އެވެ. ފުލުހުން މިހެން ވިދާޅުވީ، ރޭ މާލޭ ސިޓިގެ ނީލޯފަރު ހިނގުމުގައި އެއްޗެއް ގޮއްވާލައި، ރައީސް ނަޝީދަށް އަމާޒުކޮށް ދީފައިވާ ހަމަލާއާ ގުޅޭގޮތުން ނެރުނު ނޫސް ބަޔާނެއްގަ އެވެ. އެ ހަމަލާ އެންމެ ބޮޑު އިސްކަމެއްދީގެން ތަހުގީގުކުރަމުން ގެންދަވާކަން ހާމަކޮށް ފުލުހުން ވިދާޅުވީ، ތަހުގީގު ދާއިރާއިންނާއި ފޮރެންސިކްސްގެ ތ... އަލީ އާދިލް · 5 އަހަރު ކުރިން
ރާއްޖެ އޮސްޓްރޭލިއަން ފެޑަރަލް ޕޮލިސް ރާއްޖެ ގެންނަނީ ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ރޭ ދިން ހަމަލާގެ ފުރިހަމަ ތަޙުޤީޤެއް ހިންގުމަށްޓަކައި ބައިނަލްއަޤްވާމީ ތަޖުރިބާކާރުންގެ އެހީތެރިކަން ހޯދަމުން އަންނަކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެ އެވެ. ރައީސް ނަޝީދުގެ ގެކޮޅު، ގ. ކެނެރީގެ ކައިރީރޭ ކައިރިން ކާރަށް އަރާވަޑައި ގަންނަވަން ވަޑައިގަންނަވަނިކޮށް ރޭ ވަނީ އެއްޗެއް ގޮއްވާލާފައެވެ. މި ހާދިސާއާ ގުޅިގެން ލިބުނު ޒަހަމުތަކަށް ފަރުވާއަށް ރައީސް ނަޝީދު އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް... ޝިއުނާ އާދަމް · 5 އަހަރު ކުރިން
ރާއްޖެ މިރޭގެ ހަމަލާއަކީ ދިވެހިރާއްޖޭގެ ޑިމޮކްރަސީއަށާއި، އިޤްތިޞާދަށް ދިން ޙަމަލާއެއް: ރައީސް ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިރޭ ދީފައިވާ ހަމަލާއަކީ ރާއްޖޭގެ ޑިމޮކްރަސީ އާއި އިގްތިސާދަށް ދިން ހަމަލާއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް މިރޭ ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ރައީސް މުޙައްމަދު ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށް މިރޭ ދެވުނު ޙަމަލާއާއި ގުޅިގެން ޤައުމާ މުޚާޠަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ. ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު މުލީއާގޭގައި ހުންނަވައި، ޤައުމާ މުޚާޠަބު ކުރައްވަމުން އެމަނި... ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ރާއްޖެ އަތޮޅުތެރޭގެ 5 ރަށެއްގައި ހަވީރު 4 ކުން ފަތިހު 4 ކަށް ކާފިއު ހިންގަނީ އަތޮޅު ތެރޭގެ 5 ރަށެއްގައި ކާފިއު ހިންގުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނިންމައިފިއެވެ. އެޗްޕީއޭއިންދެންމެ ނެރުނު އެންގުމެއްގައި ވިދާޅުވެފައިވަނީ ކާފިއު ހިންގުމަށް ނިންމާފައިވަނީ ޅ.ނައިފަރާއި، ކ.މާފުށްޓާއި، އއ.މަތިވެރިއާއި، އއ.އުކުޅަހާއި، ބ. އޭދަފުށީގައިކަމަށެވެ. ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ ނެރުއްވި އިއުލާނެއްގައި ވިދާޅުވެފައިވަނީ 2021 މޭ 7 ވަނަ ދުވަހުން ފެށިގެން، ވަކިގޮތެއް އަންގަންދެން އެރަށްރަށުގައި ހަވީރު 4:00 އިން ފެށިގެން ފަތި... އިބްރާހިމް އަސްވާޤް · 5 އަހަރު ކުރިން
ރާއްޖެ ކޮވިޑް-19: ރާއްޖެއިން މިއަދު ނިޔާވި މީހުންގެ އަދަދު 5 ކަށް! ކޮވިޑް-19 ޖެހިގެން މިއަދު ރާއްޖެއިން ނިޔާވި މީހުންގެ އަދަދު ފަހަކަށް އަރައިފިއެވެ. މިއަދަކީ މި ބަލީގައި ރާއްޖޭގައި އެއް ދުވަހެއްގައި އެންމެ ގިނަ އަދަދަކަށް މީހުން ނިޔާވި ދުވަހެވެ. އެއާއެކު ރާއްޖެއިން ނިޔާވި މީހުންގެ އަދަދު ވަނީ 79 އަށް އަރާފައެވެ. ރާއްޖޭގެ ކޮވިޑުގެ ހާލަތު ގޯސްވަމުން އަންނަ އިރު ދުވާލެއްގެ މައްޗަށް ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މިވަނީ 700 އިން މަތީގައެވެ. އިއްޔެ އެކަނިވެސް 703 މީހުން ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ. ރާއްޖޭގައި މިވަގުތުވެސް […] އިބްރާހިމް އަސްވާޤް · 5 އަހަރު ކުރިން
ރާއްޖެ އެލާޓް ސްޓޭޓަސް މަތިކޮށް، ހާއްސަ އިސްކަމެއްދީގެން ތަހުގީގުގެ މަސައްކަތް ފަށައިފި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ކާރަށް އަރާވަޑައިގަންނަވަނިކޮށް އެމަނިކުފާނަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން ސިފައިންގެ އެލާޓް ލެވެލް މަތިކޮށްފިއެވެ. މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މިރޭ ކުރި ޓުވީޓެއްގައި ބުނީ، އެ ހާދިސާއާ ގުޅިގެން އެމްއެންޑީއެފްގެ ސެކިއުރިޓީ ވަރުގަދަކޮށް، އެލާޓް ސްޓޭޓަސް މަތިކޮށްފައިވާ ކަމަށެވެ. އެމްއެންޑީއެފްގެ އެލާޓް ލެވެލް މަތިކޮށްފައިވާ އިރު، މިރޭގެ ހަމަލާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ނޭޝަނަލް ސ... އަލީ އާދިލް · 5 އަހަރު ކުރިން
ރާއްޖެ އެއްޗެއް ގޮއްވާލުމުން ރައީސް ނަޝީދަށް އަނިޔާވެއްޖެ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ގެކޮޅު، ގ. ކެނެރީގެ ކައިރީގައި އެއްޗެއް ގޮއްވާލައި، އެމަނިކުފާނަށް އަނިޔާވެއްޖެ އެވެ. އެ ހާދިސާ ހިނގާފަވަނީ، ނަޝީދުގެ ގެކޮޅު ކަމަށްވާ ކެނެރީގެ ހުންނަ، ކެނެރީ މަގުގެ ކޮޅުން މަޖީދީމަގާ ވީ ކޮޅުގަ ކަމަށް މައުލޫމާތު ލިބެއެވެ. ހަމަލާގައި ރައީސް ނަޝީދުގެ ހަށިފާރަވެރިއަކަށާއި، ބިދޭސީއަކަށް ވެސް އަނިޔާވި ކަމަށް މައުލޫމާތު ލިބެއެވެ. މީގެ އިރުކޮޅެއް ކުރިން ދިން ހަމަލާއަށް ފަހު ރައީސް ނަޝީދު މިހާރު ވަނީ ފަރުވާ އަށް އޭޑީކޭ […] ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ދިއްދޫއިން އިތުރު 8 މީހަކު ޕޮޒިޓިވްވެއްޖެ ހއ. ދިއްދޫއިން އިތުރު 8 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. ދިއްދޫގައި ހުންނަ ފްލޫ ކްލިނިކަށް ދެއްކި މީހަކު ޕޮޒިޓިވްވީ މެއި 1 ވަނަ ދުވަހު އެވެ. އެއީ އަލާމާތްތައް ހުރެގެން ދެއްކި މީހެކެވެ. މިކޭހާއި ގުޅިގެން މިހާތަނަށް 61 މީހެއް ވަނީ ޕޮޒިޓިވްވެފަ އެވެ. އެއީ ފްލޫ ކްލިނިކަށް ދެއްކިއިރު ޕޮޒިޓިވްވި މީހާގެ އިތުރުން ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ނެގި ސާމްޕަލްތަކުން ޕޮޒިޓިވްވި މީހުންނެވެ. އެރަށުން ވަނީ ހޯމް ކަރަންޓީނުގައި ތިބި 4 މީހެއް ވެސް ޕޮޒިޓިވްވެފައެވެ. […] ޙުސައިން ޝަހުދީ · 5 އަހަރު ކުރިން