ތިލަދުންމަތީ ޚަބަރު ފުނަދޫ އަލިފާނުގެ ހާދިސާ: އެއްޗެއް ގޮވައި 18 މީހަކަށް އަނިޔާވި، ތަހުގީގަށް ހާއްސަ ޓީމެއް! ށ. ފުނަދޫ ޕެޓްރޯލް ޝެޑުގައި މިއަދު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި އެއްޗެއް ގޮވައި، ޖުމްލަ 18 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބި ސިއްހީ ފަރުވާ ދޭން ޖެހިފައިވާ ކަމަށް ފުލުހުން މިރޭ ބުނެފިއެވެ. މި ހާދިސާއާ ގުޅޭގޮތުން ފުލުހުން ބުނީ، ޕެޓްރޯލް ޝެޑުގައި ރޯވި އަލިފާންގަނޑު ކައިރި ސަރަހައްދުތަކަށް ފެތުރިގެން ދިޔަ ކަމަށެވެ. އެގޮތުން އެ ސަރަހައްދުގައި ހުރި ސައިކަލާއި އިންޖީނު މަރާމާތުކުރާ ގަރާޖަކަށާއި، ގުދަނެއްގެ އިތުރުން ވެހިކަލް ޕާކްކުރާ ކުޑަ ގަރާޖަކަށް ވެސް އަލިފާން […] ޔުމްނާ ޢަލީ · 1 ހަފްތާ ކުރިން
ކުޅިވަރު ތާރީޚުގައި ފުރަތަމަ ފަހަރަށް އެލް ކްލެސިކޯގައި ވާދަކުރާ ދެ ޓީމުގެ ސްކޮޑުގައި މުސްލިމް 8 ކުޅުންތެރިން ސްޕެނިޝް ލަލީގާގެ ވާދަވެރި ދެ ބާރު ކަމަށްވާ ރެއާލް މެޑްރިޑާއި އެފްސީ ބާސެލޯނާ ބައްދަލުކުރާ އެލް ކްލެސިކޯ މެޗަށް ނެގި މެޗުޑޭ ސްކޮޑުތަކުން ޖުމްލަ 8 މުސްލިމް ކުޅުންތެރިން ފެނި، ތާރީޚީ ރެކޯޑެއް ގާއިމުވެއްޖެއެވެ. މިއީ އެލް ކްލެސިކޯގެ ދިގު ތާރީޚުގައި އެއް މެޗެއްގެ ދެ ޓީމުގެ ސްކޮޑުން އެއްފަހަރާ މިހާ ގިނަ އަދަދަކަށް މުސްލިމް ކުޅުންތެރިން ފެނުނު ފުރަތަމަ ފަހަރެވެ. މި ކުރިމަތިލުމަށް ދެ ޓީމުން އިއުލާނުކުރި ސްކޮޑަށް ބަލާއިރު، ކޮންމެ ޓީމެއްގައިވެސް މުސްލިމް ހަތަރު […] އަޙްމަދު ވަހީދު · 1 ހަފްތާ ކުރިން
ވިޔަފާރި ދިވެހި ފަންނުވެރިންގެ ކުޅަދާނަކަން އެއް ފުރާޅެއްގެ ދަށުން، އުފެއްދުންތެރިކަމުގެ ބޮޑު މައުރަޒު ހުޅުވައިފި ދިވެހި އުފެއްދުންތެރިންނާއި މަސައްކަތްތެރިންގެ ފަންނުވެރިކަން އެއް ފުރާޅެއްގެ ދަށުން ދައްކާލުމަށް ބާއްވާ “ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026” ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިރޭ ރަސްމީކޮށް ފަށައިފިއެވެ. މި މައުރަޒު އިފްތިތާޙްކޮށްދެއްވީ މިކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. ދިވެހި ސަގާފަތާ ގުޅުންހުރި އެކި ހަރަކާތްތަކާއެކު އާންމުންނަށް މި މައުރަޒު ހުޅުވާލާފައިވާއިރު، މައުރަޒު ރަސްމީކޮށް ހުޅުއްވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ... ޔުމްނާ ޢަލީ · 1 ހަފްތާ ކުރިން
ބައިނަލްއަގުވާމީ ބަންދަރު އައްބާސް މަތިން އުދުހުނު އެމެރިކާގެ ޑްރޯނެއް އީރާނުން ވައްޓާލައިފި އީރާނުގެ ދެކުނުގައި އޮންނަ ބަނދަރުމަތީ ރަށް ކަމަށްވާ ބަންދަރު އައްބާސްގެ ވައިގެ ސަރަހައްދުން ދަތުރުކުރި އެމެރިކާ އަސްކަރިއްޔާގެ ޑްރޯނެއް ވައްޓާލާފައިވާ ކަމަށް އެ ގައުމުގެ އަސްކަރިއްޔާއިން ބުނެފިއެވެ. އީރާނުގެ ދައުލަތާ ގުޅުން އޮންނަ މީޑިއާތަކާއި ތަސްނީމް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެ ގައުމުގެ ވައިގެ ދިފާއީ ނިޒާމުތަކުން އަމާޒުކޮށް ވައްޓާލާފައިވަނީ އެމެރިކާގެ “ލޫކަސް” (ލޯ-ކޮސްޓް އަންމޭންޑް ކޮމްބެޓް އެއާ ސިސްޓަމް) މަރުކާގެ ޑްރޯނެކެވެ. އީރާނުގެ އަސްކަރިއްޔާއިން ހާމަކުރި ގޮތުގައި، އެ... ނާޒިމާ އަލީ · 1 ހަފްތާ ކުރިން
ތިލަދުންމަތީ ޚަބަރު ފުނަދޫ އަލިފާނުގެ ހާދިސާގައި ގެއްލުންވި ގެއެއްގެ 11 މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ދީފި ށ. ފުނަދޫގައި މިއަދު ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ގެއެއްގައި ދިރިއުޅޭ 11 މީހަކަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމު ހަމަޖައްސައިދީފި ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ. އެންޑީއެމްއޭ އިން ހާމަކުރި ގޮތުގައި އެ އޮތޯރިޓީން ވަނީ އެ ގެއަށް ލިބުނު ގެއްލުންތަކާ ގުޅިގެން، އެ ގޭގައި ދިރިއުޅޭ 11 މީހުންނަށް ފަސް ދުވަހުގެ މުއްދަތަށް ބޭނުންވާ ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އެހީތެރިކަން ފޯރުކޮށްދީފައެވެ. ށ. ފުނަދޫ ޕެޓްރޯލް ޝެޑުގަ... ޔުމްނާ ޢަލީ · 1 ހަފްތާ ކުރިން
ރާއްޖެ އެއާފްރައިޓް ޝިޕްމަންޓެއްގައި ފޮރުވައިގެން ގެނައި 6.75 ކިލޯގެ ޑްރަގް އަތުލައިގެންފި ވައިގެމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 6.75 ކިލޯގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގެންފިއެވެ. މި ތަކެތި އަތުލައިގެންފައިވަނީ ވައިގެމަގުން ރާއްޖެ ގެނައި އެއަރފްރައިޓް ޝިޕްމަންޓެއް ބަލައިފާސްކުރުމުގެ ތެރޭގައެވެ. މޯލްޑިވްސް ކަސްޓަމްސްއިން މައުލޫމާތު ދީފައިވާ ގޮތުގައި، މި މަސްތުވާތަކެތި އަތުލައިގެންފައިވަނީ މި ހިނގާ އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހުއެވެ. ކަސްޓަމްސްއިން ބުނީ މި ތަކެތި އަތުލައިގަނެވުނީ ވައިގެމަގުން ރާއްޖެ ގެނެސްފައިވާ އެއަރފްރައިޓް ޝިޕްމަންޓެއްގެ ތެރޭގައި... ޔުމްނާ ޢަލީ · 1 ހަފްތާ ކުރިން
ކުޅިވަރު ބެލަންޑިއޯގެ ކުރިން އެލް ކްލެސިކޯގެ ހަނގުރާމަ: ޔަމާލް ނުވަތަ އެމްބާޕޭ، ކުރި ހޯދާނީ ކާކު؟ ސްޕެނިޝް ފުޓުބޯޅައިގެ އެންމެ ވާދަވެރި އަދި ފޯރިގަދަ ކުރިމަތިލުން ކަމަށްވާ އެލް ކްލެސިކޯގައި، ރެއާލް މެޑްރިޑްގެ ކޯޗުކަމާ ހަވާލުވެ ހުރި ހޯސޭ މޮރީނިއޯއާ ދެކޮޅަށް އެފްސީ ބާސެލޯނާ އާދީއްތަ ދުވަހު ނުކުންނާނެ އެވެ. ތޭރަ އަހަރަށް ފަހު މި ކުރިމަތިލުމަށް މޮރީނިއޯ އެނބުރި އަންނައިރު، ދެ ޓީމުގެ ކުރިމަތިލުމުގެ އެންމެ ބޮޑު ސަމާލުކަމެއް ހުއްޓިފައިވަނީ ބާސާގެ ޒުވާން ތަރި ލަމީން ޔަމާލް އަދި ރެއާލްގެ ފޯވާޑް ކީލިއަން އެމްބާޕޭގެ ވާދަވެރިކަމަށެވެ. މިއީ ލަންޑަނުގައި ބާއްވާ ބެލޮންޑިއޯ އެވޯޑު […] އަޙްމަދު ވަހީދު · 1 ހަފްތާ ކުރިން
ރާއްޖެ ބޯޑަރު ހުރަސްކޮށް ހިންގާ ސްކޭމްތައް ހުއްޓުވަން ދިވެހި ފުލުހުން ބައިނަލްއަގުވާމީ އިއްތިހާދަކާ ގުޅިއްޖެ ބޯޑަރު ހުރަސްކޮށް ހިންގާ ސްކޭމްގެ ކުށްތަކާ ދެކޮޅަށް ބައިނަލްއަގުވާމީ ފެންވަރުގައި ގުޅިގެން މަސައްކަތްކުރުމަށް އެކުލަވާލި “އިންޓަރނޭޝަނަލް އިންވެސްޓިގޭޓިވް ކޯޕަރޭޝަން އެލަޔަންސް” (އައިއައިސީއޭ) ގެ ރިޒޮލިއުޝަންގައި ދިވެހި ފުލުހުންގެ ޚިދުމަތުން ސޮއިކޮށްފިއެވެ. މި ރިޒޮލިއުޝަންގައި ދިވެހި ފުލުހުން ސޮއިކޮށްފައިވަނީ ދެކުނު ކޮރެއާގެ އިންޗިއޮންގައި ބޭއްވި އެ އިއްތިހާދުގެ ފުރަތަމަ އަހަރީ ފޯރަމްގައެވެ. ކޮރެއަން ނޭޝަނަލް ޕޮލިސް އެޖެންސީން އިންތިޒާމުކޮށްގެން 2026 އޮކްޓޫބަރު 21 އިން 23 އަށް ކުރިއަށްގެންދިޔަ މ... ޔުމްނާ ޢަލީ · 1 ހަފްތާ ކުރިން
ކުޅިވަރު ''އެންވެލޮޕުން ނަގާނީ ޓީމެއްގެ ނަމެއް ނޫން''، ތަށްޓެއް ނުލިބުނަސް ބެލޮންޑިއޯއަށް އެމްބާޕޭގެ އުއްމީދު ބޮޑު ނިމިދިޔަ 2025-2026 ވަނަ އަހަރުގެ ސީޒަނުގައި ކްލަބަށާއި ގައުމީ ޓީމަށް އެއްވެސް ތަށްޓެއް ނުހޯދުނު ނަމަވެސް، ފަރުދީ ގޮތުން ހޯދި ރެކޯޑު ކާމިޔާބީތަކާ އެކު މިއަހަރުގެ ބެލޮންޑިއޯ އެވޯޑު ހޯދޭނެ ކަމުގެ ފުރިހަމަ އުއްމީދު އެބައޮތް ކަމަށް ރެއާލް މެޑްރިޑާއި ފްރާންސްގެ ތަރި ކީލިއަން އެމްބާޕޭ ބުނެފިއެވެ. ބުކްމޭކަރުންގެ އެންމެ ކުރީގައި އޭނާގެ ނަން ނެތް ނަމަވެސް، އިނގިރޭސިވިލާތުގެ ލަންޑަނުގައި ހޯމަ ދުވަހު ބާއްވާ މި ރަސްމިއްޔާތުގެ ކުރިން އޭނާ އަންނަނީ އެވޯޑު ހޯދުމަށް މީޑިއާ މެދުވެރިކޮށް […] އަޙްމަދު ވަހީދު · 1 ހަފްތާ ކުރިން
ތިލަދުންމަތީ ޚަބަރު މީރު ޕޭސްޓްރީތައް ވިއްކުމުގެ ޚާއްޞަ އިވެންޓަކާއެކު، ނެއްލައިދޫގެ ޕޭސްޓްރީ ކޯސް ކާމިޔާބުކަމާއެކު ނިންމާލައިފި ހދ. ނެއްލައިދޫ ކައުންސިލާއި، އެ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އތމކ) އަދި ކްރިއޭޓިވް ޕްރޮޑަކްޓްސް ގުޅިގެން އެ ރަށުގައި ކުރިއަށްގެންދިޔަ ޕޭސްޓްރީ ކޯސް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. އޮކްޓޫބަރ މަހުގެ 14 އިން 23 އަށް ކުރިއަށްގެންދިޔަ މި ކޯހުގައި ޖުމްލަ 70 ފަރާތަކުން ބައިވެރިވެފައިވެއެވެ. މި ކޯސް ކުރިއަށްގެންގޮސްފައިވަނީ ބޮޑެތި މީހުންނަށާއި ސްކޫލް ކުދިންނަށް ވަކިންނެވެ. އެގޮތުން ބޮޑެތި މީހުންގެ ބައިގައި 38 ފަރާތަކުން ބައިވެރިވި އިރު، ސްކޫލް ދަރިވަރުންނަށް ޚާއްޞަކޮށްގެން ކު... ފާތިމަތު ސަޙާ · 1 ހަފްތާ ކުރިން
ރާއްޖެ ވަޓްސްއެޕް މެދުވެރިކޮށް ހިންގި 32،000ރ. ގެ ސްކޭމެއްގެ މައްސަލައިގައި 3 މީހަކު ހައްޔަރުކޮށްފި ވަޓްސްއެޕް މެދުވެރިކޮށް މުއާމަލާތުކޮށް، މަކަރާއި ހީލަތުން 32،000 ރުފިޔާ އަތުލި މައްސަލައަކާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށްފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކުރި ގޮތުގައި، މި މައްސަލައަކީ ވަޓްސްއެޕް މެދުވެރިކޮށް ވާހަކަދައްކައިގެން އޮންލައިންކޮށް ފައިސާ އަތުލާފައިވާ ކަމަށް ބުނެ 2026 އޮކްޓޫބަރު 13 ވަނަ ދުވަހު ހުށަހަޅާފައިވާ މައްސަލައެކެވެ. މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ ތިން ފިރިހެނުންނެވެ. އެއީ ހ. ވެލަސްފަރުގެ / މާލެ، ޙުސައިން ސާމިރު (40އ) އާއި، ދަފްތަރު. ނަންބަރު ރ... ޔުމްނާ ޢަލީ · 1 ހަފްތާ ކުރިން
ބައިނަލްއަގުވާމީ ހަނގުރާމައިގެ ރަނގަބީލާއެކު އީރާނުން އާންމުންނަށް ހަތިޔާރު ދީ، ތަމްރީނު ދެނީ އެމެރިކާއާއި އިސްރާއީލުން އީރާނާއި ދެކޮޅަށް އަލުން ހަނގުރާމަ ފެށިދާނެ ކަމުގެ ބިރުވެރިކަން ބޮޑުވެފައިވާ ދަނޑިވަޅެއްގައި، ދާޚިލީ އަދި ޚާރިޖީ ނުރައްކާތަކުން ދިފާއުވުމަށް އާންމުންނަށް ހަތިޔާރު އަޅުވައި، އަސްކަރީ ތަމްރީނު ދިނުމުގެ ބޮޑު ކެމްޕޭނަކަށް އީރާނުގައި ފަށާފައިވާކަމަށް ރިޕޯޓްތައް ބުނެފިއެވެ. “ޖަންފަދާ” ނުވަތަ ފުރާނައިން ޤުރުބާންވާ މީހުންގެ ނަމުގައި ހިންގާ މި ކެމްޕޭނަކީ، އެމެރިކާއާއި އިސްރާއީލުގެ ހަނގުރާމަ އެންމެ ވަރުގަދަވި މާރިޗު މަހުގެ ފަހުކޮޅު ފެށި، މިހާރު މުޅި ޤައުމަށް ފުޅާކޮށްފައިވާ ހަރަކާ... ނާޒިމާ އަލީ · 1 ހަފްތާ ކުރިން
ތިލަދުންމަތީ ޚަބަރު ފުނަދޫ އަލިފާނުގެ ހާދިސާ: އަލިފާނުގެ ދުމާއި ތެލުގެ އަސަރު ވައިގެ ތެރޭގައި، ވާރޭފެން ނުނެގުމަށާއި ވާރެއާ ނުތެމުމަށް އިލްތިމާސްކޮށްފި ށ. ފުނަދޫގައި މިއަދު ހިނގައިދިޔަ ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން، އެ ރަށަށް މިވަގުތު ވެހެމުންދާ ވާރޭފެން ނުނެގުމަށާއި ވާރެޔާ ނުތެމުމަށް ފުނަދޫގައި ހުންނަ ށ.އަތޮޅު ހޮސްޕިޓަލުން ރައްޔިތުންނަށް އިލްތިމާސްކޮށްފިއެވެ. ފުނަދޫ ހޮސްޕިޓަލުގެ ރަސްމީ ފޭސްބުކް ޕޭޖުގައި އާންމުކުރި މެސެޖެއްގައި ބުނެފައިވަނީ، ހިނގައިދިޔަ އަލިފާނުގެ ހާދިސާގެ ސަބަބުން އެ ރަށުގެ ވައިގެ ތެރެއަށް ބޯ ދުމާއި ތެލުގެ އަސަރު ވަރަށް ބޮޑަށް ފެތުރިފައިވާ ކަމަށެވެ. އެހެންކަމުން، މި ވަގުތު ރަށަށް ވެހެމުންދާ ވާރޭފެނުގައި ނުރައްކާތެރ... ފާތިމަތު ސަޙާ · 1 ހަފްތާ ކުރިން · 2 މިނިޓު
ތިލަދުންމަތީ ޚަބަރު ޝަންޓޭގެ މޮޅު ކުޅުމާއެކު ޑާކް ވުޑުން ފޭދޫ ކައުންސިލް ކަޕް ކާމިޔާބުކޮށްފި ށ. ފޭދޫ ކައުންސިލުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ ފޭދޫ ކައުންސިލް ކަޕްގެ ފައިނަލުގައި އެން ކްލަބް ބަލިކޮށް، މުބާރާތުގެ ޗެމްޕިއަންކަން ކްލަބް ޑާކް ވުޑުން ހޯދައިފިއެވެ. ކްލަބް ޑާކް ވުޑުން މި މުބާރާތުގެ ތަށި އުފުލައިލީ ފައިނަލް މެޗުގައި 6-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން އެން ކްލަބް ބަލިކުރުމަށްފަހުގައެވެ. މި މެޗުން ބަލިވި އެން ކްލަބަކީ ވޭތުވެދިޔަ ދެ އަހަރު ވެސް މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ޓީމެވެ. މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި، ޗެމްޕިއަންކަން ހޯދި […] ޝިއުނާ އާދަމް · 1 ހަފްތާ ކުރިން
ހާދިސާ ފުނަދޫ އަލިފާނުގެ ހާދިސާ: ފުނަދޫ ރައްޔިތުންނާއި މުއައްސަސާތަކުގެ އެއްބާރުލުމަށް ރައީސް މުޢިއްޒުގެ ތައުރީފު ށ. ފުނަދޫ ބަނދަރު ސަރަޙައްދުގައި ހުރި ތެޔޮ ޝެޑެއްގައި މިއަދު ހެނދުނު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން، އެ ރަށުގެ ރައްޔިތުންނާއި ކަމާބެހޭ މުއައްސަސާތަކުން ދެއްވި އަވަސް އެއްބާރުލުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތައުރީފު ކުރައްވައި ޝުކުރު އަދާކުރައްވައިފިއެވެ. މި ހާދިސާއާ ގުޅިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ފުނަދޫގައި ހިނގި އަލިފާނުގެ ހާދިސާގެ ޚަބަރު އެމަނިކުފާނު އަޑުއެއްސެވީ ނުހަނު ކަންބޮޑުވުމާއި ފުން ހިތާމައާއެކު ކަމަށެވެ. އަދި މިފަދަ... ޔުމްނާ ޢަލީ · 1 ހަފްތާ ކުރިން · 1 މިނިޓު