ރާއްޖެ މިމަސް ނިމުމުގެ ކުރިން ފުލެޓް ހަވާލުކޮށް، ކުލި ކުޑަކުރުމަށް ގޮވާލާ 2177 ސޮޔާއެކު ޕެޓިޝަން ހުށައަޅައިފި ހިޔާ ފްލެޓްތަކުގެ ކުލިކުޑަކޮށް، ފިނިޝިންގެ މަސައްކަތް ނިންމާ މުއްދަތު އިތުރުކޮށް، މި ފެށުނު ޖޫން މަސް ނިމުމުގެ ކުރީން ފްލެޓްތަކަށް ވަދެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ގޮވާލާ ތައްޔާރުކުރި ޕެޓިޝަން ކަމާއި ގުޅޭ އިދާރާތަކަށް ހުށަހަޅައިފި އެވެ. މިޕެޓިޝަނަކީ ހިޔާ ފްލެޓު ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ބަޔަކު އިސްނަގައިގެން، “ހިޔާ ފްލެޓު ޔޫނިއަން” ގެ ނަމުގައި އެފަރާތުގެ ކަންބޮޑުވުންތަށް ދައުލަތުގެ ކަމާއި ގުޅޭ އިދާރާތަކަށް ހުށަހެޅުމަށް މިދިޔަ މަހުގެ 21 ވަނަ ދުވަހު ފެށި ޕެޓިޝަނެކެވެ. މި ޕެޓިޝަނުގެ މަސައް... ތިލަދުން · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ދިއްދޫ ފުރަބަންދުގައި 1 މަސް: މުޅި އަތޮޅުގެ ދުޢާ އަކީ މިހާލަތުން ވީއްލުން ދޭތެރެ ދޭތެރެއިން ހޯމް ކަރަންޓީނުގައި ތިބޭ މީހުން ޕޮޒިޓިވްވި ނަމަވެސް، ކަރަންޓީނުގައި ތިބޭ މީހުން ކަރަންޓީނު އުސޫލުތަކަށް ތަބާވެތިބުމާއި، ކަމާގުޅުންހުރި ފަރާތްތަކުން އެފަދަ މީހުންގެ ކަންކަން ކައިރިން ބަލަމުންދާތީއާއިއެކު ދިއްދޫ އޮތީ މާބޮޑު ހާސްކަމެއްނެތިއެވެ. ނަމަވެސް ހުސްވި މޭމަހުގެ 1 ވަނަ ދުވަސް ވެގެން ދިޔައީ މުޅި ދިއްދޫ ސިހުނު ދުވަހަކަށެވެ. އެ ދުވަހަކީ އެރަށު ފްލޫ ކުލިނަކަށް ދެއްކި މީހަކު ކޯވިޑަށް ޕޮޒިޓިވްވި ދުވަހެވެ. އެ މީހާއަކީ ފަހުގެ ތާރީޚެއްގައި ރަށުން ބޭރަށް ދަތުރެއްވެސް ނުކޮށް ހުރިމީހެއ... ޙުސައިން ޝަހުދީ · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކުޅުދުއްފުށީގައި ހިނގި މާރާމާރީ: 2 މީހަކު ހައްޔަރުކޮށްފި މިދިޔަ މެއި މަހުގެ 29 ވަނަ ދުވަހުގެ ރޭ ކުޅުދުއްފުށި ސިޓީގައި ޒުވާނަކު ކާރަކަށް އަރުވައިގެން ގެންގޮސް އަނިޔާތަކެއް ދީ ޒަހަމްކޮށްލި މައްސަލައިގައި ތުހުމަތުގައި ދެ މީހަކު ހައްޔަރު ކޮށްފި އެެވެ. ފުލުހުން ވިދާޅުވީ، އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 24 އަހަރާއި 25 އަހަރުގެ ދިވެހި ދެ ފިރިހެނުން ރޭ ހައްޔަރު ކޮށްފައިވާ ކަމަށެވެ. އޭގެ އިތުރުން ޒަހަމްކޮށްލި މީހާ އެރުވި ކަމަށް ބެލެވޭ ކާރު ވެސް ފުލުހުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް […] ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ހަނިމާދޫ ޑްރަގް ޑިޓޮކްސިފިކޭޝަން ސެންޓަރ: ރަށަށް ފޫނުބެދޭވަރު ގެއްލުމެއް ވެދާނެ! ހދ. ހަނިމާދޫގައި ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ރިހެބިލިޓޭޝަން ސެންޓަރ ރަސްމީކޮށް ހުޅުވާފައިވަނީ 31 މާޗް 2019 ގައެވެ. އެ ސެންޓަރު ރަސްމީކޮށް ހުޅުއްވައި ދެއްވާފައިވަނީ ދިވެހިރާއްޖޭގެ ރައީސުލް ޖުމްޙޫރިއްޔާ އިބްރާހީމް މުޙައްމަދު ޞޯލިހެވެ. އެދުވަސްވަރު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ކެމްޕެއިންގައި ތިލަދުން މައްޗަށް ކުރެއްވި ދަތުރުފުޅުގައި ހަނިމާދޫއަށް ވަޑައިގެން އެ ސެންޓަރ ރަސްމީކޮށް ހުޅުއްވައި ދެއްވި ނަމަވެސް އެތަނުގައި ޚިދުމަތް ދޭން ފަށާފައިވަނީ އޭގެ އެތައް ދުވަހެއް ފަހުންނެވެ. ހަނިމާދޫގައި... އިބްރާހިމް ޚަލީލް · 5 އަހަރު ކުރިން
ރާއްޖެ ކޯވިޑް ބަލީގައި ހުޅުދުއްފާރު މީހަކު ބ. އަތޮޅު ހޮސްޕިޓަލުގައި ނިޔާވެއްޖެ ކޯވިޑް ބަލީގައި ޒޯން “ބީ” ރީޖަނަލް ކޯވިޑް މެނޭޖްމަންޓް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ ރ. ހުޅުދުއްފާރު މީހަކު ނިޔާވެއްޖެއެވެ. ބ. އަތޮޅު ހޮސްޕިޓަލުން ވިދާޅުވީ، އެ ހޮސްޕިޓަލްގައި ޤާއިމްކޮށްފައިވާ ޒޯން “ބީ” ރީޖަނަލް ކޮވިޑް މެނޭޖްމަންޓް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ ރ. ހުޅުދުއްފާރަށް ނިސްބަތްވާ މީހަކު ނިޔާވެފައިވާ ކަމަށެވެ. އެއީ 87 އަހަރުގެ ފިރިހެނެކެވެ. އޭނާ ނިޔާވީ މިއަދު ފަތިހު 04:40 ގައެވެ. މިއީ ކޯވިޑް ބަލީގައި މިއަދު ނިޔާވި 3 ވަނަ މީހާއެވެ. މިއަދު ދެން ނިޔާވީ […] ޙުސައިން ޝަހުދީ · 5 އަހަރު ކުރިން
ރާއްޖެ ކޯވިޑް ބަލީގައި އިތުރު ދެމީހަކު ނިޔާވެއްޖެ ނުރައްކާތެރި ކޯވިޑް-19 ބަލީގައި ރާއްޖެއިން އިތުރު ދެ މީހަކު ނިޔާވެއްޖެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވެފައި ވަނީ، 70 އަހަރުގެ ފިރިހެނަކާއި، 59 އަހަރުގެ އަންހެނެކެވެ. މި ދެ މީހުން ވެސް ނިޔާވެފައި ވަނީ ހުޅުމާލޭ ކޯވިޑް ފެސިލިޓީގައެވެ. މިބަލީގައި އިތުރު ދެ މީހަކު ނިޔާވުމުން ރާއްޖެއިން މިބަލީގައި ނިޔާވި މީހުންގެ ޢަދަދު މިވަނީ 163 އަށް އަރާފައެވެ. އިއްޔެ ވެސް މިބަލީގައި ތިން މީހަކު ނިޔާވިއެވެ. މިބަލީގައި މިމަހު ނިޔާވި މީހުންގެ ޢަދަދަކީ 3 އެވެ. […] ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ވިޔަފާރީގެ އުސޫލުން "ނަމަކަށް" އީއައިއޭ ރިޕޯޓް ހެދުން ހުއްޓާލަން ޖެހޭ: ޔާސިރު ގުދުރަތީ ކާރިސާތަކުން ލިބޭ ގެއްލުން ވީހާވެސް ކުޑަކުރުމަށްޓަކައި، ތަރައްގީގެ މަޝްރޫޢުތަކަށް ހެދޭ އެންވަޔަރމެންޓް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) ރިޕޯޓު ވާންޖެހޭނީ ވިޔަފާރީގެ އުސޫލުން “ނަމަކަށް” ހެދޭ ރިޕޯޓަކަށް ނޫންކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު ޢަބްދުއްލަތީފް ވިދާޅުވެއްޖެއެވެ. ޔާސިރު މިހެން ވިދާޅުވީ އިއްޔެގެ ރައްޔިތުންގެ މަޖިލިސްގެ ޖަލްސާގައި ކ. ދިއްފުށްޓަށް އުދައެރުމުގެ ސަބަބުން ދިމާވެފައިވާ ގެއްލުންތަކާ ގުޅިގެން އެ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމް ހުށަހަޅުއްވާފައިވާ ކ... އަލީ އާދިލް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ނޭކުރެންދޫއިން އިތުރު 16 މީހަކު ޕޮޒިޓިވްވެ، ހދ. އަތޮޅުގެ ޖުމްލަ 87 ކަށް އިއްޔެގެ ނިޔަލަށް ހދ. އަތޮޅުގެ 7 ރަށެއްގައި ކޯވިޑް ބަލީގެ 87 އެކްޓިވް ކޭސް އެބަތިބި ކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) އިން ވިދާޅުވެއްޖެއެވެ. މިގޮތުން އެ ހޮސްޕިޓަލް އާންމު ކުރެއްވި މައުލޫމާތަށް ބަލާއިރު އެންމެ ގިނަ ބަޔަކު ޕޮޒިޓީވްވެފައިތިބީ ހދ. ނޭކުރެންދޫގަ އެވެ. އެގޮތުން އިއްޔެ ނޭކުރެންދޫން ވަނީ އަލަށް 16 މީހަކު ޕޮޒިޓިވްވެފައެވެ. އޭގެ ތެރޭގައި ފުރަބަނދުގައި ހުރި އެކަކާއި ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ޕޮޒިޓިވްފައިވާ 15 މީހަކު ހިމެނެއެވެ. މިއާއި އެކު އެރަށުގެ […] ތިލަދުން · 5 އަހަރު ކުރިން
ރާއްޖެ ކޯވިޑް ބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ އަދަދު 161އަށް އަރައިފި ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19 ބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ ޢަދަދު 161 އަށް އަރައިފިއެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވިދާޅު ގޮތުގައި ކޯވިޑް ބަލީގައި ރާއްޖެއިން ނިޔާވި 161 ވަނަ މީހާ ނިޔާވީ މިއަދު މެންދުރުފަހު 3 ޖަހާއިރުއެވެ. އެމީހާއަކީ އައިޖީއެމްއެޗްގެ އެމާޖެންސީއަށް ގެންދިޔަ އުމުރުން 58 އަހަރުގެ ފިރިހެނެކެވެ. އެ މީހާ ވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ. މިއީ މިބަލީގައި މިއަދު ނިޔާވި 3 ވަނަ މީހާއެވެ. އަދި މިމަހު ނިޔާވި 89 ވަނަ މީހާއެވެ. ކޯވިޑް […] ޔުމްނާ ޢަލީ · 5 އަހަރު ކުރިން
މަޖިލިސް އިސްލާމް ދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުމަކީ ކުށަކަށް ހަދަން ހުށަހަޅައިފި އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ޚިލާފަށް އުޅޭ ނުވަތަ އިސްލާމް ދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުމަކީ ކުށެއްކަމަށް ހިމަނައި، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތަށް އިޞްލާޙު ގެނައުމުގެ ބިލެއް މަޖިލީހަށް ހުށަހަޅައިފިއެވެ. ސަރުކާރުގެ ފަރާތުން ހުށަހެޅި މި ބިލު ސްޕޮންސާ ކުރަށްވާފައި ވަނީ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިންއެވެ. މިއަދު ކުރިއަށް ދިޔަ މަޖިލިސް ޖަލްސާގައި މި ބިލުގެ ފުރަތަމަ ކިޔުން ވަނީ އިއްވާފައެވެ. މި ބިލުގައި ވަނީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 123 ވަނަ […] ތިލަދުން · 5 އަހަރު ކުރިން
ވިޔަފާރި ރާއްޖޭގައި ގޮދަން ފުށް ފެކްޓްރީއެއް ހެދުމަކީ އަމާޒެއް: އަމްރު ރާއްޖޭގައި ގޮދަން ފުށް އުފައްދާ ފެކްޓަރީއެއް ގާއިމުކުރުމަކީ އަމާޒެއް ކަމަށް އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިން ޑިރެެކްޓަރު ހުސައިން އަމްރު ވިދާޅުވެއްޖެއެވެ. އެސްޓީއޯ އިން މިއަދު ބޭއްވި އެ ކުންފުނީގެ މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި އަމްރު ވިދާޅުވީ ކޯވިޑް-19ގެ ސަބަބުން ރާއްޖެ އަށް ފުޑް ސެކިއުރިޓީގެ ޔަގީންކަންބޮޑު ކުރަން ޖެހިފައިވާކަން ވަރަށް ބޮޑަށް ހާމަ ވެގެން ދިޔަ ކަމަށެވެ. އަދި ފުޑް ސެކިއުރިޓީ ޔަގީން ކުރަން އެސްޓީއޯއިން މަސައްކަތް ކުރަމުން އަންނަ ކަމަށްވެޒް އޭނާވިދާޅުވިއެވެ. އަމްރު […] އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު އިހަވަންދޫ ބަނދަރުގެ 50 އިންސައްތަ މަސައްކަތް ނިމިއްޖެ ހއ. އިހަވަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 50 އިންސައްތަ މަސައްކަތް ނިންމާލައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ މި މަޝްރޫއުގެ 50 އިންސައްތަ މަސައްކަތް ނިމިފައިވާ އިރު، އެއްގަމުތޮށި ލުމަށްބޭނުންވާ ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތް މިއަދު ފަށާފައިވާ ކަމަށެވެ. މި މަޝްރޫއުގެ ދަށުން، 30،509 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 95 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމާއި، 284 މީޓަރުގެސަރަހައްދެއްގައި ބޭރު ތޮށިލުމާ... އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ވިޔަފާރި އޮންލައިންކޮށް ކިޔަވާ ކުދިންނަށް އުރީދޫ އިން ހާއްސަ ޕެކޭޖުތަކެއް އޮންލައިންކޮށް ކްލާސްތައް ކުރިއަށްގެންދިއުމަށް ޓީޗަރުންނާއި ދަރިވަރުންނަށް ހާއްސަ ޕެކޭޖުތަކެއް އުރީދޫ އިން ތައާރަފު ކޮށްފިއެވެ. އުރީދޫ އިން ބުނީ މި އެޑްއޮންތައް އެ ކުންފުނީގެ ސުޕަނެޓް އާއި ފަސޭހަ ހޯމް ބްރޯޑްބޭންޑް އަދި މައިފައި ބޭނުން ކުރާ ކަސްޓަމަރުންނަށް އެކްޓިވޭޓް ކުރެވޭނެ ކަމަށެވެ. އަދި އޮންލައިން ކްލާސްތައް ކުރިއަށްގެންދަން އަލަށް މައިފައި ޕެކޭޖު ނަގާ ޓީޗަރުންނާއި ދަރިވަރުންނަށް ހިލޭ މައިފައި ޑިވައިސް ލިބޭނެ ކަމަށް ވެސް އެ ކުންފުނިންބުންޏެވެ. އެޑިއުކޭޝަން މިނިސްޓްރީއާ ގުޅިގެން އުރީދޫ އިން ތ... އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ވިޔަފާރި އެސްޓީއޯއިން ހިއްސާއަކަށް 60 ރުފިޔާ ބަހަން ފާސްކޮށްފި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އަށް މިދިޔަ އަހަރު ލިބުނު ފައިދާއިން ހިއްސާއަކަށް 60 ރުފިޔާ ބަހަން ފާސްކޮށްފިއެވެ. އެސްޓީއޯގެ އީވޯޓީން މެދުވެރިކޮށް ބޭއްވި އެސްޓީއޯގެ މިދިޔަ އަހަރުގެ އަހަރީ އާއްމު ޖަލްސާގައި ހިއްސާއަކަށް 60 ރުފިޔާބަހަން ފާސްކޮށްފައިވަނީ ހާޒިރުވި 682 ހިއްސާދާރުންގެ އައުލަބިއްޔަތުންނެވެ. މިދިޔަ އަހަރު އެސްޓީއޯއަށް އާމްދަނީގެ ގޮތުގައި 8.5 ބިލިއަން ރުފިޔާ ލިބުނުއިރު ސާފު ފައިދާގެ ގޮތުގައި 127 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއަދުގެ ޖަލްސާގައި އެ ކުންފުނީގެ ހިއްސާދާރުން ވަ... އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ލިބުނީ ޗާލު ޓާފް ދަނޑެއް، އެކަމަކު ބޭނުންކުރުމުގައި ދަތިތަކެއް ހއ. ތުރާކުނުގައި ތަރައްގީކޮށްފައިވާ ޓާފް ދަނޑާގުޅޭ ގޮތުން އެރަށުގެ ބައެއް ޒުވާނުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. ތުރާކުނުގައި ތަރައްގީކޮށްފައި ވަނީ ރީތި ޓާފް ދަނޑެއް ނަމަވެސް އެ ދަނޑުގައި ރަބަރު އަޅާފައި ހުރީ އެކަށޭނަ މިންވަރަށްވުރެ މަދުން ކަމަށާއި، އެކަމުގެ ސަބަބުން ކުޅެންދާ ޒުވާނުންނަށް އަނިޔާއާއި ކުރިމަތިލާންޖެހޭ ކަމަށް އެ ޒުވާނުން ބުންޏެވެ. “އެހާ ފަސޭހައިން އެ ދަނޑަށް ކުޅެންދާ ކުދިންނަށް އަނިޔާވާން ދިމާވަނީ ދަނޑުގައި އެކަށޭނަ މިންވަރަށްވުރެ މަދުން ރަބަރު އަޅާފައި ހުރުމުންކަމަށް އަޅުގަނޑު ގަބޫ... ތިލަދުން · 5 އަހަރު ކުރިން