ދަތިވާތީ ކަނޑިތީމު އިރުމަތީ ޖެޓީކައިރިއަށް އަޑިއަށް ގޮސްފައިވާ ދޯނި ނެގުމަށް އަންގައިފި
ށ. ކަނޑިތީމު ފަޅު އިރުމަތީ ޖެޓީކައިރިއަށް އަޑިއަށް ގޮސްފައިވާ ދޯންޏެއްގެ ސަބަބުން ފަޅު ބޭނުންކުރާ ފަރާތްތަކަށާއި އާންމު ރައްޔިތުންނަށް ދަތިތަކާ ކުރިމަތިވަމުންދާތީ، އެ އުޅަނދު ނެގުމަށް އެ ރަށު ކައުންސިލުން އަންގައިފިއެވެ. ކަނޑިތީމު ކައުންސިލުން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައިވަނީ، އެ ރަށު ފަޅުތެރޭގައި އަޑިއަށް ގޮސްފައިވަނީ ރަޖިސްޓްރީ ނަންބަރު P6673A-04 ދޯނި ކަމަށެވެ. މި އުޅަނދު ގިނަ ދުވަސްތަކެއް ވަންދެން ފަޅުތެރޭގައި އޮތުމުގެ ސަބަބުން އޭގެ ބައިތައް ހަލާކުވެ، ފަޅުތެރެއަށް ފެތުރެމުންދާކަން ކައު...