ތިލަދުންމަތީ ޚަބަރު ހުޅަނގުގައި ކަނޑުގަދަވާނެ، އޮޑީގައި ހަރުލާ ހުރެވިއްޖެނަމަ އެ ހުރީ މަސްވެރިކަމަށް ފައްކާވެފައި: ޝިފާޢު މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ތެރޭގައި ޚިޔާލުތަފާތުވެ ޕާޓީ ދެބައިވެފައިކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެފައި ވަނިކޮށް އެކަމަށް މަޖާޒީގޮތުން އިޝާރާތް ކުރައްވައި ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޝިފާޢު ވިދާޅުވެފައި ވަނީ “ހުޅަނގުވެ ޖޫން، ޖުލައިގަ އާންމުގޮތެއްގައި ކަނޑުތައް ގަދަވާނެ ކަމަށާއި މި މޫސުމުގަ އޮޑީގައި ހަރުލާފިއްޔާ އެހުރީ މަސްވެރިކަމަށް ފައްކާވެފައި” ކަމަށެވެ. މީގެއިތުން ޝިފާއު ވިދާޅުވެފައި ވަނީ އުޅެއުޅެ ވެސް ނުވެފައި އޮތްކަމަކީ... އިބްރާހިމް ޚަލީލް · 5 އަހަރު ކުރިން
ބައިނަލްއަގުވާމީ ކޮވިޑް-19ގައި މިދިޔަ އަހަރު މަރުވި މީހުންނަށްވުރެ މިއަހަރު މަރުވި މީހުންގެ އަދަދު ގިނަ! ހަލުވިކަމާއެކު ދުނިޔޭގެ އެކިކަންކޮޅުތަކުގައި ފެތުރެމުންދާ ކޮވިޑް-19 ބަލީގައި މިދިޔަ އަހަރު މަރުވި މީހުންގެ އަދަދަށް ވުރެ މިއަހަރުގެ މިހާތަނަށް މަރުވި މީހުންގެ އަދަދު ގިނަކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. އެމެރިކާގެ އަމިއްލަ ދިރާސާތައް ކުރާ ޔުނިވާސިޓީ އެއްކަމުގައި ވާ ޖޯން ހޮސްޕްކިންސް ޔުނިވާސިޓީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ކޮވިޑް-19 ދުނިޔޭގެ ޕެންޑަމިކް ފެށުނީއްސުރެ މިހާތަނަށް ޖުމްލަ 3.77 މިލިއަން މީހުން މިބަލީގައި ވަނީ މަރުވެފައެވެ. މީގެ ތެރޭގައި ނިމިދިޔަ 2020 ވަނަ އަހަރުގެ ޑިސެމްބަ... އަޙްމަދު އަރުޝަމް · 5 އަހަރު ކުރިން
ރާއްޖެ މިސްކިތުގައި މަސްތުވާތަކެތި ބޭނުންކުރާ ކަމުގެ މައްސަލަތަކެއް ފެންމަތިވެއްޖެ މާލޭގެ މިސްކިތްތަކުގައި މަސްތުވާތަކެތި ބޭނުން ކުރަމުން އަންނަކަމުގެ މައްސަލަތަކެއް ފެންމަތިވެއްޖެއެވެ. މިކަމާ ގުޅިގެން ފުލުުހުން ވިދާޅުވީ މަސްތުވާތަކެތި ބޭނުން ކުރުމުގެ އިތުރުން ނިދުމާއި އެއްޗެހި ދޮވުމާއި އަދި މިސްކުތެގެ ހުރުމަތް ކެނޑޭނެފަދަ ކަންކަމަށް މިސްކިތްތައް ބޭނުން ކުރަމުން އަންނަކަމުގެ ޝަކުވާ ތަކުރާރުކޮށް ލިބެމުންދާކަމަށެވެ. ފުލުހުން އިތުރަށް ވިދާޅުވީ، މިފަދަ އަމަލުތައް ކުރަމުން އަންނަ ފަރާތްތައް ހޯދުމުގެ ގޮތުން ފުލުހުން ކޮންމެ ރެއަކު މިސްކިތްތައް ބަލާ ފާސް ކުރަމުން އަންނަ ކަމަށާއި އެފަދ... އަޙްމަދު އަރުޝަމް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު “އުތުރުން” އެމްޑީޕީއަށް ދޭ ތާއީދާއި އެއްވަރަށް، ވެރިކަމުގައިވެސް “އުތުރަށް” ކުރިއެރުން އަންނަން ޖެހޭ: ޔާސިރު އިންތިހާބު ތަކުގައި “އުތުރުން” އެމްޑީޕީއަށް ދޭ ތާއީދާއި އެއްވަރަށް، ވެރިކަމުގައިވެސް “އުތުރަށް” ކުރިއެރުން އަންނަން ޖެހޭކަމަށްކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު ޢަބްދުއްލަތީފް ވިދާޅުވެއްޖެއެވެ. ޔާސިރު މިހެން ވިދާޅުވީ، ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑުގައި ސިޓީ ކައުންސިލް ތަމްސީލުކުރުމަށް ފުވައްމުލަކު މޭޔަރު އިސްމާއިލް ރަފީގު (އިއްސެ) އިންތިޚާބުވުމާއި ގުޅިގެން މަރުޙަބާ ދެންނެވުމަށް ކުރެއްވި ޓުވީޓެއްގަ އެވެ. މިޓުވީޓުގައި ޔާސިރު ވިދާޅުވީ ކުޅުދުއްފުށި ސިޓީއިން އެމްޑީޕީއަށް 7 ވޯ... އިބްރާހިމް އަސްވާޤް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ނަރުދޫގައި ދެފާރު ދޭތެރެއަށް ފިތި ތާށިވެފަހުރި 4 އަހަރުގެ ކުއްޖެއް ފާރުތަޅާލައި ސަލާމަތްކޮށްފި ށ. ނަރުދޫގައި ދެފާރު ދޭތެރެއަށް ފިތި ތާށިވެފަހުރި އުމުރުން 4 އަހަރުގެ ތުއްތުކުއްޖެއް ފާރުތަޅާލައި ސަލާމަތްކޮށްފި އެވެ. ނަރުދޫ ކައުންސިލްގެ ރައީސް މުޙައްމަދު މުސްތަރުސިދު “ތިލަދުން” އަށް މަޢުލޫމާތުދެމުން ވިދާޅުވީ މިއަދު މިފަދަ ހާދިސާއެއް 1:30 ހާއިރު އެރަށުގައި ހިނގާފައިވާކަމަށެވެ. އެރަށުގެ ގިނަބަޔަކު ނިކުމެ ކުރި މަސައްކަތުން އެކުއްޖާ ސަލާމަތް ކުރެވުނީ 2 ޖަހާއިރުކަމަށް ވިދާޅުވިއެވެ. މިއީ ގޯތި ތެރޭގައި ކުޅެން އުޅުނުކުއްޖެއް ކަމަށާއި އެކުއްޖާއަށް އެއްވެސް އަނިޔާއެއް ވެފައިނުވާކަމަށް ވިދާޅުވި އެވެ. އ... އިބްރާހިމް އަސްވާޤް · 5 އަހަރު ކުރިން
ޚަބަރު އިތުރު 10 މީހުން ޕޮޒިޓިވްވެ ކުޅުދުއްފުށީގެ އެކްޓިވް ކޭސް 23 އަށް ހދ. ކުޅުދުއްފުށި ސިޓީން އިތުރު 10 މީހުން ކޯވިޑް-19 އަށް ޕޮޒިޓިވްވެ އެކްޓިވް ކޭސްތަކުގެ އަދަދު 23 އަށް އަރައިފިއެވެ. މިފަހަރު ޕޮޒިޓިވްވެފައިވަނީ މި މަހުގެ ނުވަނަ ދުވަހު އެ ރަށާއި މާލެއާއި ދެމެދު ދަތުރުކުރާ ސީ ކުއީން ބޯޓުން ޕޮޒިޓިވްވި ފަޅުވެރިއާގެ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަވި މީހުންގެ ތެރެއިން 6 މީހަކެވެ. މީގެކުރިން މި މަހުގެ ދިހަވަނަ ދުވަހު މި ކްލަސްޓާއާއި ގުޅިގެން އިތުރު ދެ މީހަކު ވެސް ވަނީ މި ބައްޔަށް ޕޮޒިޓިވް […] އަޙްމަދު އަރުޝަމް · 5 އަހަރު ކުރިން
ރާއްޖެ ކޯވިޑް ބަލީގައި 25 އަހަރުގެ އަންހެނެއް ނިޔާވެއްޖެ ކޯވިޑް ބަލީގައި 25 އަހަރުގެ އަންހެން ކުއްޖެއް ނިޔާވެއްޖެ އެވެ. މަޢުލޫމާތު ލިބިފައިވާގޮތިގައި މިއަދު ނިޔާވެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލްގެ ޑީއެޗް11 ގައި ފަރުވާ ހޯދަމުން ދިޔަ ފަރާތެކެވެ. މިޒުވާނާ މާލެ ގެނެސްފައިވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހު ހާލު ދެރަވުމުން އިތުރު ފަރުވާ އަށެވެ. އެއިރު އެޒުވާނާ އިނީ ފުރަތަމަ ދަރިފުޅަށް ބަލިވެއެވެ. ހާލު އިތުރަށް ގޯސްވާން ފެށުމުން ސިޒޭރިއަން ހެދުމަށްފަހު ދަރިފުޅު ވަނީ ނަގާފަ އެވެ. މިއީ ފ. ނިލަންދޫ ޒުވާނެއްކަމަށް ޚަބަރު ލިބެއެވެ. މި މިޒުވާނާއާއި އެކު […] ތިލަދުން · 5 އަހަރު ކުރިން
ރާއްޖެ މެއި ހައެއްގެ ހަމަލާއާއި ގުޅިގެން ޖަލުތަކުގައި ހާއްސަ އޮޕަރޭޝަނެއް ފަށައިފި ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ މޭ މަހުގެ 6 ވަނަ ދުވަހުގެ ރޭ ދިން ހަމަލާއާއިގުޅިގެން ޖަލުތަކުގައި ހާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ. މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ވިދާޅުވީ، މިދިޔަ މަހުގެ 6 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދެވުނު ޓެރަރިޒަމްގެ ހަމަލާއާއި، އަދި ހަރުކަށި ފިކުރާ ދެކޮޅަށް ހާއްސަ އޮޕަރޭޝަނެއް ހިންގަމުންދާ ކަމަށެވެ. އެ އޮޕަރޭޝަން ހިންގަމުން ދަނީ، ފުލުހުންނާއި ސިފައިންނާއި […] ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ރާއްޖެ އެމްއެންއެސްޑީއޭގެ ލޯގޯ ފަރުމާ ކޮށްގެން 15000 ރުފިޔާ މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގެ (އެމްއެންއެސްޑީއޭ) ލޯގޯ ފަރުމާކޮށްގެން އެއްވަނައަށް ދާ ފަރާތަކަށް 15000 (ފަނަރަ ހާސް ރުފިޔާ) ލިބޭ ލޯގޯ ފަރުމާކުރުމުގެ މުބާރާތެއް މުޅިރާއްޖެއަށް އެ އޮތޯރިޓީން ހުޅުވާލައިފިއެވެ. 10 ޖޫން 2021 ވީ ބުރާސްފަތި ދުވަހު މި ފުރުޞަތު އެ އޮތޯރިޓީން މުޅި ރާއްޖެއަށް ހުޅުވާލާފައިވާއިރު ލޯގޯ ފަރުމާ ކުރުމުގައްޔާއި އަދި ލޯގޯއާއި ގުޅޭ ޝިއާރެއް ކަނޑައެޅުމުގައި ސަމާލުކަން ދޭންޖެހޭ ކަންތައްތައް ވެސް އެ އޮތޯރިޓީން ވަނީ އާންމު ކޮށްފައެވެ. ފަރުމާކުރާ ލޯގޯގައި […] އިބްރާހިމް ޚަލީލް · 5 އަހަރު ކުރިން
ކުޅިވަރު ޔޫރޯ 2020: ފުރަތަމަ މެޗް ކާމިޔާބުކޮށް އިޓަލީ ފެށުން ރަނގަޅުކޮށްފި ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތް ހުކުރު ދުވަހުގެ ރޭ އިޓަލީގެ ރޯމުގައި ފަށާފައިވާއިރު މި މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައިވަނީ ގްރޫޕް އޭ ގައި ހިމެނޭ ދެ ޓީމް ކަމުގައިވާ އިޓަލީއާއި ތުރުކީއެވެ. މި މެޗު 3-0 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައިވަނީ އިޓަލީންނެވެ. މި މެޗުގައި އިޓަލީގެ ފަރާތުން މޮޅު ކުޅުމެއް ވަނީ ފެނިގެން ގޮސްފައެވެ. މިގޮތުން އެ ޓީމުން މެޗުގެ 63 އިންސައްތަ ބޯލް ޕޮޒިޝަން ހިއްސާކުރިއިރު، އެ ޓީމުން ވަނީ ތުރުކީގެ ގޯލާއި […] އިބްރާހިމް ޚަލީލް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ހަނިމާދޫން ރޭ ނެގި ހުރިހާ ސާމްޕަލެއްވެސް ނެގެޓިވް ކޯވިޑްގެ ހާލަތުގެ ސަބަބުން މިވަގުތު މޮނިޓަރިން ހާލަތުގައި އޮތް ހދ. ހަނިމާދޫން ރޭ ނެގި ހުރިހާ ސާމްޕަލެއް ވެސް ނެގެޓިވްވެއްޖެއެވެ. ހަނިމާދޫ ސިއްހީ މަރުކަޒުގެ ސީނިއާ ކޮމިނިއުޓީ އޮފިސަރ ޒުބައިދާ އިބްރާޙީމް “ތިލަދުން”އަށް ވިދާޅުވީ، މިދިޔަ ބުދަ ދުވަހު އެރަށުން ޕޮޒިޓިވްވި ދެ ކޭހާއި ގުޅިގެން ރޭނެގި 31 ސާމްޕަލްގެ ނަތީޖާ މިރޭ ލިބިފައިވާ ކަމަށާއި، އެ ހުރިހާ ސާމްޕަލެއް ވެސް ނެގެޓިވްވެފައިވާ ކަމަށެވެ. ބަލީގެ އަލާމާތް ހުރެގެން ހަނިމާދޫ ސިއްހީ މަރުކަޒު ފްލޫ ކްލިނިކަށް ދެއްކި […] ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު އަމާޒް ލަތީފްގެ ގަލަމުން: ކުރިނބީ ބޮޑު ރަނިކަގަސް ހދ. ކުރިނބީ ބޮޑު ރަނިކަ ގަހަކީ އެތައްޒަމާނެއް ވަންދެން އެރަށުގައި، އެންމެ ބޮޑުގަހުގެ ގޮތުގައި، ގަސްކަރަ މަތިން ގުއްބެއް ގޮތަށް އުސްކޮށް ފެންނަން ހުރި ވަރަށް ބޮޑު ބިޔަ ގަހެކެވެ. ބުނެވޭ ގޮތުގައި މިގަހަކީ އެ އަތޮޅުގެ ރަށްރަށުގެ މަލަމަތިން ފެންނަ ގަސްތަކުގެ ތެރެއިންވެސް އެންމެ އުސްކޮށް ފެންނަން ހުންނަ އެއްގަހެވެ. އެގަހަށް ކުރިނބީ ބޮޑު ރަނިކަގަހޭ ކިޔެނީ ގަހުގެ ބޮޑުކަމުންނާއި ރަށުގެ މަލަމަތިން ރަށުގެ ހައިބަތު ދައްކުވައިދިން ގަހަކަށް ވީތީއެވެ. 100 ފޫޓަށް ވުރެ ދިގު […] ތިލަދުން · 5 އަހަރު ކުރިން
ރާއްޖެ ގިނަ ބަޔަކު އެއްތަނަކަށް އެއްވެ، ބޮޑު ސްކްރީން ހަރުކޮށްގެން ފުޓްބޯޅަ މެޗުތައް ބެލުމުގެ ފުރުޞަތު ނުދޭނަން: ފުލުހުން ބޮޑު ސްކްރީން ހަރުކޮށްގެން ގިނަ ބަޔަކު އެއްތަނަކަށް އެއްވެ، ކުޅިވަރު މުބާރާތްތައް ބެލުމުގެ ފުރުޞަތު ނުދޭނެކަމަށް ފުލުހުން ބުނެފި އެވެ. މިރޭ 00:00 ގައި “ޔޫރޯ2020” ފެށުމަށް ތައްޔާރުވެފައިވާ މިދަނޑިވަޅުގައި ފުލުހުން ކުރި ޓުވިޓެއްގައި ބުނެފައިވަނީ، ތަންތަނުގައި ބޮޑު ސްކްރީން ހަރުކޮށްގެން ގިނަ ބަޔަކު އެއްތަނަކަށް އެއްވެ ކުޅިވަރު މުބާރާތްތައް ބެލުމުގެ އިންތިޒާމުތައް ބައެއް ފަރާތްތަކުން ރާވަމުން ދާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާކަމަށެވެ. ފުލުހުން އިތުރަށް ބުނެފައިވަނީ، ކޮވިޑް 19 ގެ ސަބަބުން... އަލީ އާދިލް · 5 އަހަރު ކުރިން
ރާއްޖެ ހާދިމުނަށް ސާނާ ކިއުމުގެ ދަހިވެތި ސިފައަކީ، ހުދުމުހުތާރު ވެރިކަން ދަމަހައްޓާދޭ ވިރާސީ އަޅުވެތި ސިފައެއް: ބޮންޑޭ ރައްޔިތުން ގެ ހާދިމުނަށް ސާނާ ކިއުމުގެ ދަހިވެތި ސިފައަކީ، ހުދުމުހުތާރު ވެރިކަން ދަމަހައްޓާދޭ ވިރާސީ އަޅުވެތި ސިފައެއްކަމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ. ބޮންޑޭ މިހެން ވިދާޅުވީ “މަޖިލީހާއި ސަރުކާރާ ދެމެދު މައްސަލަ ޖެހި، އެމްޑީޕީގެ މަސައްކަތް ދެބައިވެދާނެ: ބިގޭ” މިސުރުހީގެ ދަށުން ލިޔެފައިވާ ހަބަރެއް ޓުވީޓު ކުރައްވަމުންނެވެ. މިޓުވިޓުގައި ބޮންޑޭ ވިދާޅުވެފައިވަނީ، އެންމެޙާ ހަމްދު ސަނާ ހުރީ ހެއްދެވި ފަރާތައް ކަމަށް ބުނެ ވާހަކަދައްކަން ފަށާ ސިޔާސީމީހާ އޭނ... އަލީ އާދިލް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު އުލިގަމު ރައްޔިތުންގެ ފަރާތުން ފަލަސްތީނު ފަންޑަށް 41,659.21 ރުފިޔާ ހަދިޔާކޮށްފި ހައްދު ފަހަނައަޅާފައިވާ އިޒްރޭލުން، ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް ހިންގަމުންދިޔަ އުދުވާނުގައި އެގައުމުގެ ރައްޔިތުންނަށް ލިބިފައިވާ ގެއްލުންތަކަށް އެހީތެރިވުމުގެ ގޮތުން ހއ. އުލިގަމު ރައްޔިތުންގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދީފި އެވެ. މިފަންޑަށް އެހީ ހޯދުމުގެ ގޮތުން އެ ރަށުގައި ތަފާތުހަރަކާތް ތަކެއް ކުރިއަށްގެންގޮސްފައިވެއެވެ. އޭގެ ތެރޭގައި ކައުންސިލުން އިސްނަގައިގެން ރަށުގެ ބައެއް ސަރަހައްދު ތަކުގައި ފަންޑު ފޮށި ބެހެއްޓުމާއި އެރަށުގައި ހިންގާ ޖަމިއްޔާއެއް ކަމުގައިވާ އެސޯސިއޭޝަން ފޯ ސޯޝަލ... އަޙްމަދު އަރުޝަމް · 5 އަހަރު ކުރިން