ޝަޒައިލްގެ މައްސަލަ ސާބިތު ނުވުމުން މަގާމު ރުޖޫއަކޮށްފި
މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރު ޝަޒައިލް ޝިޔާމްގެ މައްްޗަށް އޭސީސީން ކުރި ކޮރަޕްޝަންގެ މައްސަލަ ސާބިތު ނުވާކަމަށް ނިންމުމުން އޭނާގެ ވަޒީފާރުޖޫއަކޮށްފިއެވެ. މޯލްޑިވް ގޭސް އިން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނީ، ޝަޒައިލްގެ މައްޗަށް ކުރި ތުހުމަތުތައް ސާބިތުވެފައި ނުވާކަން އެ ކުންފުންޏަށް އޭސީސީން އަންގާފައިވާކަމަށެވެ. އެހެންކަމުން ޝަޒައިލްގެ ސަސްޕެންޝަން ނިމި ވަޒީފާ ރުޖޫއަކޮށްފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ. ޝަޒައިލްގެ މައްޗަށް ތުހުނަތު ކުރެވޭ ކޮރަޕްޝަނުގެ މައްސަލަތަކެއް އޭސީސީއަށް ހުށަހ...