ރާއްޖެ "މޯލްޑިވްސް ނޭޝަނަލް ޕާޓީ" ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަދޭން ނިންމައިފި އިލެކްޝަންސް ކޮމިޝަން (އީސީ)އިން “މޯލްޑިވްސް ނޭޝަނަލް ޕާޓީ” ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދޭން ނިންމައިފިއެވެ. އީސީއިން މިއަދު ވިދާޅުވީ، “މޯލްޑިވްސް ނޭޝަނަލް ޕާޓީ” ގެ ނަމުގައި ސިޔާސީ ޕާޓީ އެއް އުފެއްދުމަށް މަސައްކަތް ކުރުމުގެ ހުއްދަ ވ. ވަސްމީރުފިޔަ އަލްއުސްތާޛް އަޙްމަދު އުޝާމަށް ދިނުމަށް އެ ކޮމިޝަނުން މިއަދު ނިންމައިފި ކަމަށެވެ. އުޝާމްއަކީ ވިލިމާލޭ ދާއިރާގެ ރައްޔިތުންގެ މަޖިލިސްގެ މެންބަރެވެ. އޭނާ އެ ގޮނޑި ކާމިޔާބު ކުރެއްވީ މިިނިވަން މެންބަރެއްގެ ގޮތުގައި ވާދަ ކުރަށްވައެވެ. އެ ޕާޓީ... ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ތިލަދުންމަތީ ހަނިމާދޫ ބޭރުތޮށިލުމުގެ މަސައްކަތް ފަށައިފި ހދ. ހަނިމާދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، ބޭރުތޮށި ލުމުގެ މަސައްކަތް ފަށާފައި ވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ(އެމްޓީސީސީ)އިން ބުނެފިއެވެ. އެމްޓީސީސީން ބުނީ އެ މަސައްކަތް ފެށީ އިއްޔެ ކަމަށެވެ. މި މަޝްރޫއުގެ ދަށުން އާ ހާބަރު ބޭސިން ފުކުރުމުގެ 99 އިންސައްތަ މަސައްކަތް މިހާރު ނިމިފައި ވާކަމަށްވެސް އެ ކުންފުނިން ބުންޏެވެ. އެ މަޝްރޫއުގެ ދަށުން 53,522.50 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ހާބަރު ބޭސިން ފުންކުރުމާއި، 31,575.50 ކިއުބިކް މީޓަރުގެ ސަރަހައްދެއްގ... އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ވިޔަފާރި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލާއެކު އެސްޓީއޯއިން ވެސް ތެލުގެ އަގަށް ބަދަލު ގެނެސްފި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލާއެކު ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ވެސް ތެލުގެ އަގު ބޮޑުކޮށްފިއެވެ. އެ ކުންފުނިން މިއަދު ނެރުނު ބަޔާނެއްގައި ބުނި މި ބަދަލާއެކު ފިޔުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) މެދުވެރިކޮށް ވިއްކާ ޑީސަލް ލީޓަރެއް މިއަދުން ފެށިގެން ލިބޭނީ 10.95ރ. އަށް ކަމަށެވެ. އަދި ޕެޓްރޯލް ލީޓަރެއް މިހާރު ލިބޭނީ 10.72ރ. އަށް ކަމަށް އެ ކުންފުނިން ބުންޏެވެ. ކުރިން ޑީސަލް ލީޓަރެއް10.27ރ. އަށް ލިބުނު އިރު ޕެޓްރޯލް ލީޓަރެއް9.74ރ. […] އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ކުޅިވަރު ޔޫރޯގެ އެންމެ މޮޅު ކުޅުންތެރިޔާ ޑޮނަރޫމާ ޕީއެސްޖީއަށް އިޓަލީގެ އެއްނަމްބަރު ކީޕަރ ޖިއަލޫޖީ ޑޮނަރޫމާ ހިލޭ ޓްރާންސްފާއެއްގެ ދަށުން ފްރާންސްގެ ގަދަބާރެއް ކަމަށްވާ ޕެރިސް ސެންޓި ޖާމެއިން (ޕީއެސްޖީ) އަށް ބަދަލު ވެއްޖެއެވެ. އުމުރުން 22 އަހަރުގެ ޑޮނަރޫމާ ކުޅެމުންއައި އިޓަލީގެ އޭސީ މިލާނާއެކު ހަދާފައިވާ އެއްބަސްވުން ނިމިދިޔަ ސީޒަންގެ ނިޔަލަށް ހަމަވެފައިވުމާއި ގުޅިގެން އޭނާ ޕީއެސްޖީއަށް ސޮއިކޮށްފައި މިވަނީ ހިލޭ ޓްރާންސްފާއެއްގައި ފަސް އަހަރު ދުވަހުގެ އެއްބަސް ވުމެއްގެ ދަށުންނެވެ. ބުދަދުވަހު ޑޮނަރޫމާ ޕީއެސްޖީއަށް ސޮއިކޮށްފައިވާއިރު މި އެއްބަސްވުމުގެ ދަށުން 2... އިބްރާހިމް ޚަލީލް · 5 އަހަރު ކުރިން
ރާއްޖެ ތަރައްޤީގެ ރޭވުންތަކުގައި ތިމާވެއްޓާ ގުޅޭ ހިރާސްތައް ކުޑަކުރުމަށް އިސްކަން ދޭންޖެހޭ: ޞަބްރާ ތަރައްޤީގެ ރޭވުންތަކުގައި ތިމާވެއްޓާ ގުޅޭ ހިރާސްތައް ކުޑަކުރުމަށް އިސްކަން ދޭންޖެހޭ ކަމަށް ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖް ޞަބްރާ އިބްރާހީމް ނޫރައްދީން ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނާއި ސަރުކާރާއި ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ހިންގާ ނޫރާއްޖެ ޕްރޮގްރާމާއި ގުޅިގެން ކައުންސިލަރުންނަށް މަޢުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ. ކޯވިޑް-19 ގެ ބަލިމަޑުކަން މުޅި ދުނިޔެ ތަޙައްމަލު ކުރަމުންދާއިރު، އެހެން ގައުމުތަކެކޭ އެއްފ... ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ރާއްޖެ ހަ މުދައްރިސެއްގެ ހައްގުތައް ހިމާޔަތްކޮށްދޭން ގޮވާލައިފި އިއްޒުއްދީން ސްކޫލްގެ ހަ މުދައްރިސެއްގެ ހައްގުތައް ހިމާޔަތްކޮށް ދިނުމަށް، ޓީޗާސް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގޮވާލައިފިއެވެ. ޓީޗާސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ، އެ ޖަމިއްޔާއަކީ ތައުލީމީ ދާއިރާގައި މަސައްކަތްކުރާ އެންމެހައި މުއައްޒަފުންގެ ހައްޤުތައް ރައްކާތެރިކުރުމާއި އަދި މުޅި ތައުލީމީ ދާއިރާގެ ކުރިއެރުމަށް، އެކީ އެއްޖަމާޢަތެއްގެ ގޮތުގައި އޮވެ، 2008އިން ފެށިގެން މަސައްކަތްކުރަމުން އަންނަ ޖަމްޢިއްޔާއެއް ކަމަށެވެ. އެއަށްފަހު އެ ނޫސްބަޔާނުގައި ބުނެފައ... އަލީ އާދިލް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ފުރަތަމަ ހަމަސްދުވަހުގެ ތަފްސީލް ރިޕޯޓް ހުރިހާ ކައުންސިލަކުން ވަނީ ފޮނުވާފައި: ހއ. އަތޮޅު ކައުންސިލް ރަށު ކައުންސިލްތަކުން ފޮނުވަންޖެހޭ 2021 ވަނަ އަހަރުގެ ފުރަތަމަ 6 މަސްދުވަހު ކައުންސިލުން ހިންގި ޙަރަކާތްތަކުގެ ތަފްޞީލު ރިޕޯޓް ކަނޑައެޅިފައިވާ ތާރީޚަށް އެ އަތޮޅުގެ މީހުން ދިރިއުޅޭ 14 ރަށުން ވެސް ފޮނުވާފައިވާ ކަމުގައި ހއ. އަތޮޅު ކައުންސިލުން ވިދާޅުވެއްޖެއެވެ. ހއ. އަތޮޅު ކައުންސިލުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ، ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 108 ވަނަ މާއްދާގެ (ހ) ގައި، ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 10 ވަނަ […] އިބްރާހިމް ޚަލީލް · 5 އަހަރު ކުރިން
ވިޔަފާރި އެސްޓީއޯ ސުޕަމާޓުގެ ބައިތައް ކުދި ވިޔަފާރިތަކަށް ދެނީ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ހިންގާ ސުޕަމާޓުގެ އެކި ބައިތައް ކުދި ވިޔަފާރިތަކަށް ކުއްޔަށްދެމުންދާ ކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރުހުސައިން އަމްރު ވިދާޅުވެއްޖެއެވެ. ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި، އަމްރު ވިދާޅުވީ ސުޕަމާޓުގެ ހުރިހާ ފްރީޒަރުތަކެއް މިހާރު ބޭނުން ކުރަނީ އަމިއްލަ ކުންފުންޏަކުން ކަމަށެވެ. އަދި ސުޕަމާޓުން ލިބެންހުންނަ ގަނޑުކުރި ތަކެތި މިހާރު ސަޕްލައިކޮށް ވިއްކާނީ އެކުންފުނިން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަމްރު ވިދާޅުވިގޮތުގައި އެސްޓީއޯ އިން ފޯރުކޮށްދެނީ ތަނާ... އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ވިޔަފާރި އުރީދޫ ސުޕަނެޓް ކަސްޓަމަރުންނަށް ކްލަބް ޕްރިމިއާގެ ހިދުމަތް ތައާރަފު ކޮށްފި އުރީދޫގެ ސުޕަނެޓް ކަސްޓަމަރުންނަށް އެ ކުންފުނީގެ ރިވޯޑް ސްކީމް، ކްލަބް ޕްރިމިއާގެ ހިދުމަތް ތައާރަފު ކޮށްފިއެވެ. މިއީ 2015 ވަނަ އަހަރު އުރީދޫގެ ޕޯސްޓްޕެއިޑް ކަސްޓަމަރުންގެ ތެރެއިން އެންމެ އަގުހުރި ކަސްޓަމަރުންނަށް ހާއްސަކޮށްގެން ތައާރަފު ކުރި ހިދުމަތެކެވެ. މި ސްކީމްގެދަށުން ރާއްޖެއާއި ބައިނަލްއަގުވާމީ އެކި ބްރޭންޑްތަކުގެ ހިދުމަތްތަކާއި ޑިސްކައުންޓް ލިބޭނެއެވެ. އުރީދޫން ބުނީ އެ ކުންފުނީގެ ސުޕަނެޓް ކަސްޓަމަރުންގެ ތެރެއިން ކްލަބް ޕްރިމިއާގެ މެމްބަރުންނަށް ވެވޭނީ 40އެމް އިން މަތީގެ ޕެކޭޖުތައް ނަގާ ކ... އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ރާއްޖެ ރައީސް ޞާލިޙް، މޯދީއާއި ފޯނުން ގުޅުއްވައި މަޝްވަރާކުރައްވައިފި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ފޯނުން ގުޅުއްވައި މަޝްވަރާކުރައްވައިފިއެވެ. ރައީސް އޮފީހުން ވިދާޅުވި ގޮތުގައި އެ ދެބޭފުޅުން ވެސް ވަނީ، ދެބޭފުޅުންވެސް ބޭނުންފުޅުވާ ތަފާތު މުހިންމު ދާއިރާތަކުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރަށްވާފަކަމަށެވެ. މިބައްދަލުވުމުގައި ރައީސް ޞާލިހު ވަނީ ކޯވިޑް-19 ގެ މި ބަލިމަޑުކަމުގައި އިންޑިއާއިން ވެދެއްވާ އެހީ ތަކަށް ޝުކުރުދަންނަވާފައެވެ. އެގޮތުން، އިންޑިއާއިން ރާއްޖެއަށް އެތެރެކުރާ އާންމު ދިރިއުޅުމުގައި ބޭނުން... އަޙްމަދު އަރުޝަމް · 5 އަހަރު ކުރިން
ރާއްޖެ އެސިސްޓަންޓް އޮޑިޓަރ ޖެނެރަލްގެ މަގާމަށް ޝިރުމީނާ ހަމަޖައްސައިފި އޮޑިޓަރ ޖެނެރަލް އޮފީހުގެ އެސިސްޓަންޓް އޮޑިޓަރ ޖެނެރަލްގެ މަޤާމަށް ޝިރުމީނާ ޙުސައިން ހަމަޖައްސައިފިއެވެ. މިއީ އެސިސްޓަންޓް އޮޑިޓަރ ޖެނެރަލްގެ މަޤާމަށް އަންހެން ބޭފުޅަކު ހަމަޖެއްސެވި ފުރަތަމަ ފަހަރެވެ. އޮޑިޓަރ ޖެނެރަލް އޮފީހުން މިއަދު ވަނީ އެސިސްޓަންޓް އޮޑިޓަރ ޖެނެރަލްގެ މަޤާމަށް ޝިރުމީނާ ހަމަޖެއްސެވިކަން ހާމަ ކުރަށްވާފައެވެ. މަޤާމުގެ ލިޔުން އޭނާ އާއި ހަވާލުކޮށް ދެއްވީ އޮޑިޓަރ ޖެނެރަލް ޙުސައިން ނިޔާޒީ އެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އޮޑިޓަރ ޖެނެރަލް ކަމުގެ މަޤާމަށް ނިޔާ... ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ރާއްޖެ މަސްތުވާ ތަކެއްޗާއެކު މިލަންދޫ ބަނދަރުމަތިން ދެ މީހަކު ހައްޔަރުކޮށްފި މަސްތުވާ ތަކެއްޗާއެކު ށ. މިލަންދޫ ބަނދަރުމަތިން ދެ މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ވިދާޅުވީ އެ ދެ މީހުން ހައްޔަރުކުރީ ހދ. ކުޅުދުއްފުށީ ސިޓީއިން ށ. އަތޮޅު ފީވަކަށާއި މިލަންދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. މި އޮޕަރޭޝަން ހިންގާފައި ވަނީ މި މަހުގެ 13 ވަނަ ދުވަހު އެވެ. މި އޮޕަރޭޝަނުގައި 34 އަހަރުގެ މީހަކާއި 24 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވެއެވެ. މި ދެމީހުންނަކީވެސް ދިވެހި ފިރިހެނުންނެވެ. […... ޝިއުނާ އާދަމް · 5 އަހަރު ކުރިން
ރާއްޖެ ޓެސްޓު ހަދާ މިންވަރު ބޮޑުތަނުން އިތުރުވެއްޖެ، ނަތީޖާ ލިބުން ލަސްވުން އެކަށީގެންވޭ: އެޗްޕީއޭ މި ދުވަސްވަރު ގިނަ އަދަދެއްގެ މީހުން ރަށްތަކަށް ދަތުރުކުރުމަށް ޕީ.ސީ.އާރ ޓެސްޓު ހަދަމުންދާތީ، ނަތީޖާ ލިބުމުގައި ލަސްކަމެއް ކުރިމަތިވުން އެކަށީގެންވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ. އެޗްޕީއޭއިން ބުނީ، ރަށްރަށަށް ދަތުރުކުރުމުގައި ގިނަ ފަރާތްތަކެއް ޕީ.ސީ.އާރ ޓެސްޓު ހަދަމުންދާ ކަމަށްޓަކައި މި ވަގުތު ޓެސްޓު ކުރަންޖެހޭ ސާމްޕަލްތައް ވަނީ ވަރަށް ބޮޑުތަން އިތުރުވެފައި ކަމަށެވެ. އެހެންކަމުން ޓެސްޓުގެ ނަތީޖާ ލިބުން ލަސްވުން އެކަށީގެންވާ ކަމަށް އެ އިދާރާއިން ވިދާޅުވެފަވެއެވެ.... ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ހދ. އަތޮޅުން ބޯފެނަށް ޖެހޭ ރަށްރަށަށް ފެން ފޯރުކޮށްދޭނެ ފަރާތެއް ހޯދަނީ ހޫނު މޫސުމުގައި ހދ. އަތޮޅުގެ ރަށްތަކުގެ ތެރެއިން ބޯފެނަށް ޖެހޭ ރަށްރަށަށް ފެން ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާއިން އިޢުލާން ކޮށްފިއެވެ. 14 ޖުލައި 2021 ވީ ބުދަ ދުވަހު އެ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ބުނެފައިވަނީ މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުގުވެރިވެއްލައްވާ ފަރާތްތަކުން އެކަމަށް އެދި ބީލަން ހުށަހެޅުމުގެ ފުރުޞަތު މިއަދުން ފެށިގެން 1 އޯގަސްޓު 2021 ވާ އާދީއްތަ ދުވަހުގެ މެންދުރު 14:00 އާ ހަމަޔަށް […] އިބްރާހިމް ޚަލީލް · 5 އަހަރު ކުރިން
ވިޔަފާރި ފޮއްދޫގެ ފެނާއި ނަރުދަމާގެ އަމަލީ މަސައްކަތް ފަށައިފި ނ. ފޮއްދޫގެ ފެނާއި ނަަރުދަމާގެ ނިޒާމު ގާއިމުކުރުމުގެ އަމަލީ މަސައްކަތް މޯލްޑިވްސް ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ)އިން ފަށައިފިއެވެ. އެ ކުންފުނިން ބުނިގޮތުގައި މިހާރު ކުރިއަށް ދަނީ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން އިމާރާތް ކުރުމުގެ މަސައްކަތެވެ. މި މަޝްރޫއަށްބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި އެ ރަށަށް މިހާރު ވަނީ ގެންގޮސްފައެވެ. މި މަޝްރޫއުގައި ހިމެނޭ ފެނުގެ ނިޒާމު ގާއިމު ކުރުމުގެ މަސައްކަތުގެ ދަށުން 4.76 ކިލޯ މީޓަރުގެ ދިގު ފެންހޮޅީގެ މައި […] އަޙްމަދު ވަހީދު · 5 އަހަރު ކުރިން