ރާއްޖެ "މަަކުނު ބޯކިބާ ބަހާގޮތް ބަލާކަށް ނުހުރެވޭނެ"، މިއެރީ ވޮޑޭ ތުނޑިއަށް: ރުކުމާ “މަަކުނު ބޯކިބާ ބަހާގޮތް ބަލަން ޅޮސްއުނދޯލީގައި 21 ވަނަ ގަރުނުގާ ތިބޭނީީ ކާކުތޯ” ސުވާލު ކުރަށްވާ ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު އަބުދުއްކަރީމް (ރުކުމާ) އެމްޑީޕީއަށް ފާޑު ވިދާޅުވެއްޖެއެވެ. 18 ވަނަ މަޖިލިސްގައި އެމްޑީޕީގެ ޕީޖީ ގްރޫޕްގައި ވެސް ހިމެނި ވަޑައިގެންނެވި، މާލޭ ސިޓީގެ ކުރީގެ މެންބަރުކަން ވެސް ކުރެއްވި އަދި ރެޔާހަމައަށް އެމްޑީޕީގެ މެންބަރެއް ގޮތުގައި ހުންނެވި ރުކުމާ މިހެން ވިދާޅުވީ އިދިކޮޅު ޕީޕީއެމްއަށް ރޭ ސޮއި ކުރެއްވުމަށްފަހު ކުރެއްވި ޓްވީޓެއްގައެވެ. އެ […] އަލީ އާދިލް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ފީވަކު އ.ތ.މ ކޮމެޓީން އެރަށުގެ ގޭބިސީތަކަށް ޢީދުހަދިޔާ ބަހައިފި ށ. ފީވަކު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން އެ ރަށުގެ ގޭބިސީތަކަށް ޢީދު ހަދިޔާ ބަހައިފިއެވެ. ފީވަކު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން އިސްނަގައިގެން 19 ޖުލައި 2021 ވީ ހޯމަ ދުވަހު ހަވީރު ވަނީ އެ ރަށުގައި މީހުން ދިރިއުޅޭ ހުރިހާ ގޭބިސީއެއްގެ އިތުރުން، އެ ރަށުގެ އޮޑިދޯނިފަހަރުގައި އުޅޭ ފަރާތްތަކަށް ވެސް މި ހަދިޔާ ބަހާފައެވެ. މި ހަދިޔާތައް ބެހުމުގެ އަމަލީ މަސައްކަތް ކޮށްފައި ވަނީ ވެސް ފީވަކު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ […] އިބްރާހިމް ޚަލީލް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ފުނަދޫ އ.ތ.މ ކޮމެޓީން ހިންގި ހޭންޑް ބޯލް ކޯޗިން ކޭމްޕެ ނިންމާލައިފި ށ. ފުނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީން އިންތިޒާމް ކޮށްގެން ފުނަދޫގައި ހިންގި ހޭންޑްބޯލް ކޯޗިން ކޭމްޕް ނިންމާލައިފިއެވެ. 03 ޖުލައި 2021 އިން 16 ޖުލައި 2021 ގެ ނިޔަލަށް ޖުމްލަ ފަނަރަ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ކޭމްޕްގައި 31 ފަރާތަކުން ބައިވެރިވެ 24 ފަރާތަކުން ވަނީ ކޭމްޕް ފުރިހަމަކޮށް ސެޓްފިކެޓް ހާޞިލް ކޮށްފައެވެ. 16 ޖުލައި 2021 ވީ ހުކުރު ދުވަހުގެ ރޭ ފުނަދޫ ކައުންސިލްގެ އިދާރާގެ މީޓިން ހޯލުގައި […] އިބްރާހިމް ޚަލީލް · 5 އަހަރު ކުރިން
ވިޔަފާރި މިދިޔަ އަހަރަށްވުރެ ގިނަ ފަތުރުވެރިން މިއަހަރު އަތުވެއްޖެ މިއަހަރުގެ މިހާތަނަށް، މިދިޔަ އަހަރު އައި ޖުމްލަ ފަތުރުވެރިންނަށްވުރެ ގިނަ ފަތުރުވެރިން ރާއްހެ އަތުވެއްޖެއެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުގައި އިއްޔެގެ ނިޔަލަށް ރާއްޖެ އައީ 564،228 ފަތުރުވެރިންނެވެ. މިދިޔަ އަހަރު ނިމުނު އިރު ރާއްޖެ އައީ 555،494 ފަތުރުވެރިންނެވެ. މިދިޔަ އަހަރު ފަތުރުވެރިންގެ އަދަދު ދަށްވީ ކޯވިޑް-19އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދު ކޮށްފައި އޮތުމުންނެވެ. ޓޫރިޒަމް މިނިސްޓްރީން ލަފާ ކުރާގޮތުގައި މިއަހަރު މިލިއަނަކަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އަންނާނެ އެވެ... އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ހަނިމާދޫ ބިމާބެހޭ ގޮތުން ކުރިން މެސެޖުތައް ލިބިފައި ހުރީ އެހެންގޮތަކަށް ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުއަށް އެ ރަށުގެ މީހުން ދިރިއުޅޭ ސަރަހައްދުން ބިމުގެ ބައެއް މިހާރު އެއާޕޯޓަށް ކަނޑައެޅިފައިވާ ސަރަހައްދަށް އިތުރު ކުރުމާމެދު އެރަށުގެ ރައްޔިތުންގެ މެދުގައި އުފެދިފައިވާ ނުތަނަވަސްކަމާއި ގުޅިގެން މެސެޖުތައް ލިބިވަޑައިގެންފައި އޮތީ އެހެން ގޮތަކަށް ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙް އުތުރަށް ކުރެއްވި ދަތުރުގައި އިއްޔެ ވަނީ ހަނިމާދޫ ރައްޔިތުންގެ ތެރެއިން ހޮވާލެވުނު 30 މީހަކާއި ބައްދަލު ކުރަށްވާ މަޝ... އަލީ އާދިލް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ރައީސް ދެއްވި ޔަގީންކަން، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ހިންގަން ބޭރުބަޔަކަށް ނުދޭނެ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމަށްފަހު އެތަން ހިންގަން ބޭރުގެ އެއްވެސް ބަޔަކަށް ނުދެއްވާނެ ކަމުގެ ޔަޤީންކަން ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ދެއްވައިފިއެވެ. ރައީސް ޞާލިޙް އުތުރަށް ކުރެއްވި ދަތުރުގައި އިއްޔެ ވަނީ ހަނިމާދޫ ރައްޔިތުންގެ ތެރެއިން ހޮވާލެވުނު 30 މީހަކާއި ބައްދަލު ކުރަށްވާ މަޝްވަރާ ކުރައްވާފައެވެ. އެ މަޝްވަރާގެ ތެރެއިން ރައީސް ވަނީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކޮށް ނިމުނު ނަމަވެސް އެ އެއާޕޯޓު ހިންގަން ބޭރުގެ އެއްވެސް ބަޔަކަށް ނުދެއްވާނެ ކަމަށް ވިދާޅުވެފަ... ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ދީން ޙައްޖު ދުވަހާއި ބޮޑު ޢީދު ބައެއް އިންސާނުން އަނެއްބައި އިންސާނުންގެ މައްޗަށް، ބައެއް ކަންކަންއަނެއްބައި ކަންކަމުގެ މައްޗަށް، އަދި ބައެއް ދުވަސްތައް އަނެއްބައި ދުވަސްތަކުގެމައްޗަށް މާތް ކުރައްވައި މަތިވެރި ކުރެއްވީ ﷲ سبحانه وتعالى އެވެ. އަޅުގަނޑުމެން ގުނަމުން މިދަނީ އެންމެ މަތިވެރި ވެގެންވީ 10 ދުވަހެވެ. އާދެ! އެއީ ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހެވެ. މި ދުވަސްތައް ގަންދެއްވައި ﷲ ތަޢާލާ އެއިލާހުގެ ފޮތުގައި ވަޙީ ކުރައްވާފައިވެއެވެ. ﴿وَالْفَجْرِ * وَلَيَالٍ عَشْرٍ﴾ (الفجر : 1-2) މާނައީ: “ފަތިސް ގަންދެއްވަމެވެ […] އައްޝައިޚް މުޙައްމަދު އަފްޟަލް · 5 އަހަރު ކުރިން
ވިޔަފާރި ފުވައްމުލަކު ނަރުދަމާގެ މައްސަލަ ހައްލު ކުރަން ފެނަކައިން ކުރަމުން އަންނަ މަސައްކަތް ނައިބުރައީސް ބައްލަވާލައްވައިފިފަ ފުވައްލުމަކު ނަރުދަމާގެ ނިޒާމަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް ފެނަކަ ކޯޕަރޭޝަނުން ކުރަމުން އަންނަ މަސައްކަތްތައް ކުރިއަށް ދާގޮތް ނައިބު ރައީސްފައިސަލް ނަސީމް ބައްލަވާލައްވައިފިއެވެ. ނައިބު ރައީސް އާއި ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު ވަނީ އެ މަސައްކަތް ކުރާ މުވައްޒަފުންނާ ބައްދަލުކުރައްވައި، ހަލުވިކަމާއެކު މަސައްކަތް ހިންގުމަށްހިތްވަރު ދެއްވާފައެވެ.ސައީދު ވަނީ ފުވައްމުލަކު ސިޓީ ކައުންސިލާ ބައްދަލުކުރައްވާ އެ މަސައްކަތް ކުރިއަށް ދާ ގޮތުގެ ތަފްސީލު ވެސް އަރުވާފައެވެ. ކުރީ... އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ރައީސް، ހަނިމާދޫ ބިމުގެ މައްސަލައަށް ހައްލު ހޯއްދަވައިދެއްވައިފި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުއަށް އެ ރަށުގެ މީހުން ދިރިއުޅޭ ސަރަހައްދުން ބިމުގެ ބައެއް މިހާރު އެއާޕޯޓަށް ކަނޑައެޅިފައިވާ ސަރަހައްދަށް އިތުރު ކުރުމާމެދު އެރަށުގެ ރައްޔިތުންގެ މެދުގައި އުފެދިފައިވާ ނުތަނަވަސްކަމަށް ހައްލު ހޯދިފައިވާ ކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ. ހަނިމާދޫ އެއާޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުއަށް އެ ރަށުގެ މީހުން ދިރިއުޅޭ ސަރަހައްދުން މިހާރު އެއާޕޯޓަށް ކަނޑައެޅިފައިވާ ސަރަހައްދަށް 853،937 އަކަފޫޓުގެ ބިމެއް އިތުރު ކޮށްދެއްވުމަށް އެދި ޕްލޭނިން މިނިސް... ޝިއުނާ އާދަމް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ހަނިމާދޫއާއި ނޮޅިވަރަންފަރުގައި ހުރި ހައުސިން ޔުނިޓްތައް ނިންމުމަން ހަވާލުކޮށްފި ހދ. ހަނިމާދޫއާއި އެ އަތޮޅު ނޮޅިވަރަންފަރުގައި އިމާރާތްކުރަން ފަށާފައިވާ ހައުސިން ޔުނިޓްތައް ނިންމުމަށް މިއަދު ދެ ކުންފުންޏަކަށް ހަވާލުކޮށްފިއެވެ. މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން ހައުސިންގ އެންޑް އިންފްރާސްޓަކްޗަރގައި މިއަދު މި މަސައްކަތް ހަވާލުކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ހަނިމާދޫގައި އިމާރާތްކުރަން ފަށާފައިވާ 52 ހައުސިންގ ޔުނިޓް ނިންމުމުގެ މަސައްކަތާއި އަދި އެ ރަށުގައި އަލަށް އިމާރާތް ކުރުމަށް ހަމަޖެހިފައިވާ 48 ހައުސިންގ ޔުނިޓްގެ މަސައްކަތް ނިންމުމަށް ދޮންބެޒް ޕްރައިވެޓް ލިމިޓެޑާއި... އިބްރާހިމް ޚަލީލް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކުޅުދުއްފުށީ ސިޓީގައި ޢީދު ނަމާދު ބޮޑު ޖަމާޢަތުގައި ކުރުން އޮންނާނެ: ސިޓީ ކައުންސިލް 1442 ވަނަ އަހަރުގެ އަޟްޙާ ޢީދު ނަމާދާ ބޮޑު ޖަމާޢަތުގައި ކުރުން އޮންނާނެ ކަމުގައި ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ. މިކަމާއި ގުޅިގެން މިއަދު އެ ކައުންސިލުން އާންމު ކޮށްފައިވާ މަޢުލޫމާތުގައި ވިދާޅުވެފައިވަނީ އެ ސިޓީ ކައުންސިލްގެ އިދާރާގެ ފަރާތުން 1442 ވަނަ އަހަރުގެ އަޟްޙާ ޢީދު ނަމާދު ބޮޑު ޖަމާޢަތުގައި ކުރުމުގެ އިންތިޒާމްތައް ހަމަޖައްސަމުން އަންނަ ކަމަށެވެ. އަދި އެހެން އަހަރުތަކެކޭ އެއްފަދައިން މި އަހަރު ވެސް ބޮޑު ޖަމާޢަތް ހެދުމަށް ހަމަޖެހިފައި ވަނީ ޒޯން […] އިބްރާހިމް ޚަލީލް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ރައީސް، ތިލަދުންމަތީގެ 3 ރަށަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ތިލަދުންމަތީގެ 3 ރަށަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި އެވެ. ރައީސް އާއި އެމަނިކުފާނުގެ އަނބިކަނބަލުން، ފަސްޓް ލޭޑީ ފަޒްނާ އަޙްމަދު ކުޅުދުއްފުށި ސިޓީއަށާއި، ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ އަދި ހަނިމާދޫ އަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައި މިއަދު ހަވީރު ވަނީ މާލެ ވަޑައިގެންފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ މި ދަތުރުފުޅުގައި، ފުރަތަމަ ވަޑައިގެންނެވީ ކުޅުދުއްފުށި ސިޓީއަށެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ކުޅުދުއްފުށ... އަޙްމަދު އަރުޝަމް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ތުރާކުނުގެ މަގުތަކުގެ ހާލަތު ރަނގަޅު ކުރުމުގެ ގޮތުން މަގުތަކަށް ވެލި އެޅުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި ހއ.ތުރާކުނުގައި ވިއްސާރަވެ ފެންބޮޑުވުމުގެ ސަބަބުން ބޭނުން ކުރުމަށް ދަތިތައް ކުރިމަތިވާ މަގުތަކަށް ވެލި އެޅުމުގެ ހާއްސަ ޕްރޮގްރާމެއް އެ ރަށު ކައުންސިލުން އިސްނަގައިގެން ކުރިއަށް ގެންގޮސްފިއެވެ. މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ 18 ޖުލައި 2021 ވީ އާދީއްތަ ދުވަހު ހެނދުނުއެވެ. މި ޕްރޮގްރާމަކީ ތުރާކުނު ކައުންސިލުން އިސްނަގައިގެން އެ ރަށުގައި ހުންނަ ސަރުކާރު މުއައްސަސާތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި، ޖަމްޢިއްޔާތަކާއި އަދި ރައްޔިތުން ގުޅިގެން ކުރިއަށް ގެންގޮސްފައިވާ ޕް... އިބްރާހިމް ޚަލީލް · 5 އަހަރު ކުރިން
ރާއްޖެ ފަސްޓްލޭޑީ ހަނިމާދޫ އ.ތ.މ ކޮމިޓީއާއި ބައްދަލު ކުރައްވައިފި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ފަސްޓްލޭޑީ ފަޒްނާ އަޙްމަދު، ހދ.ހަނިމާދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުންނާއި ބައްދަލު ކުރައްވައިފިއެވެ. ރައީސުލްޖުމްހުރިއްޔާގެ އަނބިކަނބަލުންގެ އަރިހުގައި މިނިސްޓަރ އޮފް އެޑިއުކޭޝަން ޑޮކްޓަރ ޢާއިޝަތު ޢަލީ ވެސް ބައިވެރިވެ ވަޑައިގެންނެވި މި ބައްދަލުވުން އޮތީ މިއަދުގެ ހެނދުނު ހަނިމާދޫގައި ހުންނަ ބެއާފޫޓް އެކޯ ހޮޓެލްގައެވެ. މި ބައްދަލުވުމުގައި ރައީސުލްޖުމްހުރިއްޔާގެ އަނބިކަނބަލުން ވަނީ ރަށުގެ ތަރައްޤީގައި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ... އިބްރާހިމް ޚަލީލް · 5 އަހަރު ކުރިން
ރާއްޖެ ރައީސް ހަނިމާދޫ ކައުންސިލާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި ބައްދަލު ކުރައްވައިފި އުތުރުގެ ތިން ރަށްކަމަށްވާ ކުޅުދުއްފުށި ސިޓީއާއި، ކުމުންދޫ އަދި ހަނިމާދޫއަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހަނިމާދޫއަށް ވަޑައިގަންނަވައި އެ ރަށު ކައުންސިލާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި ބައްދަލު ކުރައްވައިފިއެވެ. މި ބައްދަލުވުން އޮތީ މިއަދުގެ ހެނދުނު ހަނިމާދޫގައި ހުންނަ ބެއާފޫޓް އެކޯ ހޮޓެލްގައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ހަނިމާދޫގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ އިންޓަރނޭޝަނަލް އ... އިބްރާހިމް ޚަލީލް · 5 އަހަރު ކުރިން