މައި ޚަބަރަށް ދިޔުމަށް

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
މިއަހަރު ނިމުމުގެ ކުރިން ކުމުންދޫ ޔޫތު ކޮމްޕްލެސްގެ މަސައްކަތް ފަށަނީ

މިއަހަރު ނިމުމުގެ ކުރިން ކުމުންދޫ ޔޫތު ކޮމްޕްލެސްގެ މަސައްކަތް ފަށަނީ

ހދ. ކުމުންދޫގެ ޒުވާނުންނަށް ހާއްސަކޮށްގެން ގާއިމުކުރާ ޔޫތު ކޮމްޕްލެކްސްގެ އަމަލީ މަސައްކަތް މިއަހަރު ނިމުމުގެ ކުރިން ފެށުމަށް ހަމަޖައްސައިފިއެވެ. މިކަން ހާމަކުރަށްވައި، ރައްޔިތުންގެ މަޖިލީހުގައި ކުމުންދޫ ތަމްސީލްކުރައްވާ މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް އެންމެފަހުން ކުމުންދޫއަށް ކުރެއްވި ޒިޔާރަތުގައި ކުމުންދޫގެ ޒުވާނުންނަށް ހާއްސަ ކުޅިވަރު ކުޅޭނެ މަރުކަޒެއް ގާއިމުކޮށްދެއްވާނެ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ. އުތުރުގެ ތިން ރަށަކ...

ޔުމްނާ ޢަލީ
ފީވަކުގެ ހާލަތު ގޯސް، އިތުރު 20 މީހަކު ޕޮޒިޓިވްވެއްޖެ

ފީވަކުގެ ހާލަތު ގޯސް، އިތުރު 20 މީހަކު ޕޮޒިޓިވްވެއްޖެ

ށ. ފީވަކުން އިތުރު 20 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. އެ ރަށު ސިއްޙީ މަރުކަޒުން އެންމެ ފަހުން އާންމު ކުރެއްވި މައުލޫމާތަށް ބަލާއިރު، އެ ރަށުން އޯގަސްޓް 2 ވަނަ ދުވަހު ވަނީ ކޯވިޑަށް ޓެސްޓް ކުރުމަށް 52 ސާމްޕަލެއް ނަގާފައެވެ. މީގެތެރެއިން 20 ސާމްޕަލެއް ޕޮޒިޓިވްވެފައިވާއިރު، 32 ސާމްޕަލެއް ވަނީ ނެގެޓިވްވެފައެވެ. މިވަގުތު ފީވަކުގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ 69 އެވެ. ފީވަކުން ޕޮޒިޓިވްވި މީހުންގެ ތެރެއިން އެކަކު، އިތުރު ފަރުވާއަށް ށ. ފުނަދޫގައި […]

ޙުސައިން ޝަހުދީ
ބަންގީގެ އަޑުން އުނދަގޫވާނަމަ، އުނދަގޫ ނުވާ ހިސާބަށް ގައުމު ދޫކޮށް ދާންވީ: އިބްރާހީމް ރަޝީދު

ބަންގީގެ އަޑުން އުނދަގޫވާނަމަ، އުނދަގޫ ނުވާ ހިސާބަށް ގައުމު ދޫކޮށް ދާންވީ: އިބްރާހީމް ރަޝީދު

ބަންގީގެ އަޑުން އުނދަގޫވާ މީހުން ބަންގީގެ އަޑުން އުނދަގޫ ނުވާ ހިސާބަށް ގައުމު ދޫކޮށް ދާންވީކަމަށް ރާއްޖޭގެ މައި މިސްކިތް، މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމުގެ އިމާމް އައްޝައިޚް އިބްރާހީމް ރަޝީދު ޙަސަން ވިދާޅުވެއްޖެއެވެ. ކުޅުދުއްފުށީ ސިޓީއަށް ނިސްބަތްވެ ވަޑަައިގަންނަވާ، ސެއިޚް އިބްރާހިމް ރަޝީދު މިހެން ވިދާޅުވީ ކުރެއްވި ފޭސްބުކް ޕޯސްޓެއްގައެވެ. ސެއިޚްގެ އެ ޕޯސްޓްގައި ވިދާޅުވެފައި ވަނީ، މިސްކިތްތަކުގެ ތާޅަފިލިން އިވޭ ބަންގީގެ އަޑުގެ ސަބަބުން އުނދަގޫވާ މީހުން އެ އަޑު ނީވޭ ހިސާބަށް،...

އަލީ އާދިލް
ސަރުކާރުގެ ހުރިހާ މުވައްޒަފުން ވެކްސިން ފުރިހަމަކުރުމަށް ރައީސްގެ އިލްތިމާސެއް

ސަރުކާރުގެ ހުރިހާ މުވައްޒަފުން ވެކްސިން ފުރިހަމަކުރުމަށް ރައީސްގެ އިލްތިމާސެއް

ސަރުކާރުގެ އިދާރާތަކުގައި މަސައްކަތްކުރާ ހުރިހައި މުވައްޒަފުން ކޯވިޑް-19 އިން ރައްކައުތެރިވުމަށް ޖަހަންޖެހޭ ވެކްސިންގެ ޑޯޒުތައް ފުރިހަމަކުރުމަށް ރައިސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިލްތިމާސްކުރައްވައިފިއެވެ. ރައީސް މިގޮތަށް އިލްތިމާސްކުރެއްވީ، ހެލްތް ޕްރޮޓެކްޝަން އެޖެންސީން 2 އޮގަސްޓް 2021 ގައި ނެރުއްވައިފައިވާ، ސާކިއުލާއެއްގައި ދައުލަތުގެ މުއައްސަސާތަކުގެ ހުރިހައި މުވައްޒަފުން ކޯވިޑް-19 އިން ރައްކައުތެރިވުމަށް ވެކްސިން ފުރިހަމަކުރުމަށް އެދިވަޑައިގެންފައިވާތީއާއި، ކޯވިޑް-19 އިން ރ...

ޝިއުނާ އާދަމް
ކުޅުދުއްފުށިން އިތުރު ބަޔަކު ޕޮޒިޓިވްވެ، އެކްޓިވް ކޭސްތަކުގެ އަދަދު 58އަށް

ކުޅުދުއްފުށިން އިތުރު ބަޔަކު ޕޮޒިޓިވްވެ، އެކްޓިވް ކޭސްތަކުގެ އަދަދު 58އަށް

ހދ. ކުޅުދުއްފުށި ސިޓީއިން އިތުރު 4 މީހަކު ކޯވިޑް-19 ޕޮޒިޓިވްވެއްޖެއެވެ. އެ ސިޓީން އަންގާރަ ދުވަހު 4 މީހަކު ޕޮޒިޓިވްވިއިރު، ހޯމަ ދުވަހު ވެސް ވަނީ 3 މީހަކު ޕޮޒިޓިވްވެފައެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)އިން ވިދާޅުވި ގޮތުގައި އިއްޔެ ޕޮޒިޓިވްވި 4 މީހުންނަކީ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ނެގުނު 8 ސާމްޕަލަކުން ޕޮޒިޓިވްވި ސާމްޕަލް ތަކެކެވެ. ހޯމަ ދުވަހު ޕޮޒިޓިވްވި 3 މީހުންނަކީ ވެސް ޑައިރެކްޓް ކޮންޓެކްޓް ސާމްޕަލްތަކުން ޕޮޒިޓިވްވި މީހުންނެވެ. ހޯމަ އަދި އަންގާރަ ދުވަހު […]

ޔުމްނާ ޢަލީ
"ނިއު ނޯމަލް"އަކަށް ހާލަތު ގެނައުމަށް ކުރެވޭ މަސައްކަތަށް ކުރިއެރުންތަކެއް ހޯދިއްޖެ: ރައީސް

"ނިއު ނޯމަލް"އަކަށް ހާލަތު ގެނައުމަށް ކުރެވޭ މަސައްކަތަށް ކުރިއެރުންތަކެއް ހޯދިއްޖެ: ރައީސް

ކޯވިޑް-19 ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް ކުރެވުނު މަސައްކަތްތަކާއިއެކު ރާއްޖޭގެ ހާލަތު “ނިއު ނޯމަލް” އަކަށް ގެނައުމަށް ކުރިއެރުންތަކެއް ހޯދިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހް ވިދާލުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިއަދު މެންދުރުފަހު ބޭއްވި ކެބިނެޓުގެ ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގައި އިތުރަށް ވިދާޅުވެފައި ވަނީ މިހާރު އެންމެ މުހިންމީ ވެކްސިންޖެހޭ އާބާދީގެ ހުރިހާ ފަރާތްތަކުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުންކަން ކަމަށެވެ. ވެކްސިން ޖެހޭ އާބާދީގެ ހުރިހާ ފަރާތްތ...

އިބްރާހިމް ޚަލީލް
ފައިނުގެ ފެނާއި ނަރުދަމާގެ މަސައްކަތް ބާރަށް ކުރިއަށް

ފައިނުގެ ފެނާއި ނަރުދަމާގެ މަސައްކަތް ބާރަށް ކުރިއަށް

ރ.ފައިނުގެ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތްތައް ބާރަށް ކުރިޔަށްދާކަމަށް އެމަސައްކަތް ކުރަމުން އަންނަ މޯލްޑިވްސް ވޯޓާ އެންޑް ސުވަރޭޖްކޮމްޕެނީ (އެމް.ޑަބްލިޔު.އެސް.ސީ) އިން ބުނެފިއެވެ. އެކުންފުނީން ބުނީ މި މަޝްރޫއުގެ ދަށުން މިހާރު ކުރިޔަށްދަނީ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގެ މަސައްކަތް ކަމަށެވެ. އަދި ފެނާއިނަރުދަމާ ނިޒާމް ޤާއިމްކުރުމަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި މިހާރު ފައިނަށް ގެންގޮސްފައިވާ ކަމަށްވެސް އެކުންފުނިން ބުންޏެވެ.   މި މަޝްރޫޢ...

އަޙްމަދު ވަހީދު
ށ. އަތޮޅު ހޮސްޕިޓަލުގައި ކަރުގެ ބޮޑު ސާޖެރީއެއް ކާމިޔާބު ކަމާއެކު ނިންމާލައިފި

ށ. އަތޮޅު ހޮސްޕިޓަލުގައި ކަރުގެ ބޮޑު ސާޖެރީއެއް ކާމިޔާބު ކަމާއެކު ނިންމާލައިފި

ށ. އަތޮޅު ހޮސްޕިޓަލުގައި ކަރުގެ ބޮޑު ސާޖަރީއެއް ކާމިޔާބު ކަމާއެކު ނިންމާލައިފި އެވެ. އެ ހޮސްޕިޓަލުން އިއްޔެ ކުރެއްވި ޓްވީޓެއްގައި ވަނީ “ސަބް މެންޑިބިއުލަރ ޕްލިއޮމޯފިކް އެޑެނޮމާ އެކްސިޝަން” ނަމަކަށް ކިޔާ މި ސާޖަރީ ކާމިޔާބު ކަމާއެކު ނިންމާލެވިފާ ވާކަން ހާމަކުރަށްވާފައެވެ. އަދި މި ސާޖެރީ އަކީ ވަރަށް މަދުފަހަރަކު ނޫނީ ނަހަދާ ބޮޑު ސާޖެރީ އެއްކަމަށާއި އަދި ސާޖެރީ ހަދަން މެދުވެރިވި ބައްޔަކީވެސް އެހާމެ މަދުން ނޫނީ ނުފެންނަ ބައްޔެއްކަން އެ ޓްވީޓްގައި ފާޙަގަކުރެއްވިއެވެ. “ޕްލިއޮމޯފިކް އެޑެނޮމާ އޮފް […]

އަޙްމަދު އަރުޝަމް
އިހަވަންދޫ ބަނދަރުގެ 57 އިންސައްތަ މަސައްކަތް ނިމިއްޖެ

އިހަވަންދޫ ބަނދަރުގެ 57 އިންސައްތަ މަސައްކަތް ނިމިއްޖެ

ހއ. އިހަވަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 57 އިންސައްތަ މަސައްކަތް ނިމިއްޖެއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން  ކުރީގެ ބަނދަރުގެ ޕޭވްމަންޓްގެކާސްޓިން މަސައްކަތް ފަށާފައިވަނީ އިއްޔެއެވެ. ހއ. އިހަވަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 57 ޕަސެންޓް ނިމިއްޖެ. މި މަޝްރޫޢުގެ ދަށުން، ކުރީގެ ބަނދަރުގެ ޕޭވްމަންޓްގެ ކާސްޓިންގް މަސައްކަތްތައް 2 އޯގަސްޓް 2021 ވަނަ ދުވަހު ވަނީ ފެށިފައި. މި މ...

އަޙްމަދު ވަހީދު
ކޮވިޑް ބަލީގައި ރާއްޖެއިން 94 އަހަރުގެ މީހަކު ނިޔާވެއްޖެ

ކޮވިޑް ބަލީގައި ރާއްޖެއިން 94 އަހަރުގެ މީހަކު ނިޔާވެއްޖެ

ކޮވިޑް-19 ބަލީގައި ރާއްޖެއިން 94 އަހަރުގެ މީހަކު ނިޔާވެއްޖެ އެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭއިން) މިއަދު އާންމު ކުރެއްވިގޮތުގައި މި މީހާ އަކީ ހާލު ދެރަވެގެން ޏ. ފުވަމުލަކު އަތޮޅު ހޮސްޕިޓަލަށް ގެނެވުނު ދިވެހި ފިރިހެނެކެވެ. މި މީހާ ނިޔާވެފައިވަނީ މިއަދު ހެނދުނު 9:00 ހާއިރު ކަމަށްވެސް އެޗްޕީއޭއިން ހާމަކުރެއްވިއެވެ. މިއަދުގެ މި މަރާއެކު ރާއްޖެއިން މިހާތަނަށް މިބަލީގައި މަރުވި މީހުންގެ އަދަދު 222 އަށް އަރައިފި އެވެ. ރާއްޖޭގައި ދިރިއުޅޭ އެންމެނަށް ވާވަރަށް ކޯވިޑް […]

އަޙްމަދު އަރުޝަމް
އުނގޫފާރު މަގު ހެދުމުގެ މަޝްރޫއުގެ 85 އިންސައްތަ މަސައްކަތް ނިމިއްޖެ

އުނގޫފާރު މަގު ހެދުމުގެ މަޝްރޫއުގެ 85 އިންސައްތަ މަސައްކަތް ނިމިއްޖެ

ރ. އުނގޫފާރު މަގުހެދުމުގެ މަޝްރޫއުގެ 85 އިންސައްތަ މަސައްކަތް ނިމިއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންކޮންޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނީ މި މަޝްރޫއުގެ ދަށުން ދުއްވާ ސަރަހައްދުގެ ސަބްގްރޭޑް މަސައްކަތްތައް މިހާރު ނިމިފައި ވާކަމަށެވެ. އަދި އޭބީސީ ފަށަލައެޅުމުގެ 95 އިންސައްތަ މަސައްކަތް ނިމިފައި ވާކަމަށް އެ ކުންފުނިން ބުނެއެވެ. ރ. އުނގޫފާރު މަގުހެދުމުގެ މަޝްރޫޢުގެ މަސައްކަތުގެ 85 ޕަސެންޓް ނިމިއްޖެ. މި މަޝްރޫޢުގެ ދަށުން، ދުއްވާ ސަރަޙައްދުގެ ސަބްގްރޭޑް މަސައ...

އަޙްމަދު ވަހީދު
ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަށް ނަން ހުށަހެޅުޅުމުގެ މުއްދަތު ހަމަވާން ދެން އޮތީ 9 ދުވަސް

ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަށް ނަން ހުށަހެޅުޅުމުގެ މުއްދަތު ހަމަވާން ދެން އޮތީ 9 ދުވަސް

ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު، މި އޮގަސްޓުމަހު ހަމަވާނެކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެ އެވެ. ރާއްޖޭގައި މުޅިން އަލަށް ދޭން ފެށޭ މި އިނާމަށް ނަން ހުށަހެޅުމުގެ ސުންގަޑިއަކީ މިމަހުގެ 12 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2:00 އެވެ. “ފޯމު ހުށަހެޅުން” އޮންލައިން ޕޯޓަލް މެދުވެރިކޮށްގެންނާއި، ރައީސް އޮފީހަށް ވަކިން ފޯމު ހުށަހަޅުއްވައިގެން ނަން ހުށަހެޅޭނެކަމަށް އެ އޮފީހުން ހާމަކުރެއްވިއެވެ. އަދި އިނާމަށް އެދި ހުށަހަޅާ ފޯމު، ރައީސް އޮފީހުގެ ވެބްސައިޓުން […]

އަޙްމަދު އަރުޝަމް
ފީވަކުން އިތުރު 3 މީހަކު ޕޮޒިޓިވްވެއްޖެ

ފީވަކުން އިތުރު 3 މީހަކު ޕޮޒިޓިވްވެއްޖެ

ށ. ފީވަކުން އިތުރު 3 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. މިދިޔަ ޖުލައި މަހުގެ 28 ވަނަ ދުވަހު ފީވަކުން ނެގުނު ރެންޑަމް ސާމްޕަލްތަކުން 3 ސާމްޕަލްއެއް ޕޮޒިޓިވް ވުމާއި ގުޅިގެން އެރަށް މިހާރު ވަނީ މޮނިޓަރިންއަށް ލާފައެވެ. އެ ރަށު ސިއްޙީ މަރުކަޒުން އާންމު ކުރެއްވި ގޮތުގައި މިއަދު ޕޮޒިޓިވްވި 3 ސާމްޕަލް އަކީ މިމަހު 1 ވަނަ ދުވަހު ނެގުނު ސާމްޕަލް ތަކެއްކަމަށެވެ. އަދި ފީވަކުން ޕޮޒިޓިވްވި ފަރާތްތަކުގެ ތެރެއިން އެކަކު، އިތުރު […]

އަޙްމަދު އަރުޝަމް
އުރީދޫ ވާޗުއަލް ދުވުމުގައި ތިލަދުންމަތި ތަމްސީލް ކުރާނީ މި ތިން ދުވުންތެރިން

އުރީދޫ ވާޗުއަލް ދުވުމުގައި ތިލަދުންމަތި ތަމްސީލް ކުރާނީ މި ތިން ދުވުންތެރިން

މި މަހުގެ ހަތްވަނަ ދުވަހާ ހަމައަށް ކުރިއަށްދާ އުރީދޫ ވާޗުއަލް ދުވުމުގައި އަތޮޅުތައް ތަމްސީލް ކުރާ ދުވުންތެރިން އިއުލާން ކޮށްފިއެވެ. މި ދުވުމުގައި ހއ. ތަމްސީލު ކުރާނީ މައުމޫން އަބްދުލް ސައްތާރެވެ. އަދި ހދ. އަތޮޅު އައިޝަތު މިޒްނާ ތަމްސީލު ކުރާއިރު ށ. އަތޮޅު ތަމްސީލް ކުރާނީ އަހުމަދު ޒާހިދެވެ. މީގެ އިތުރުން ނ. އަތޮޅު އަބްދު ޔާސިރު ތަމްސީލު ކުރާއިރު ރ. އަތޮޅު އަބްދުލް ލަތީފު ހަސަން، ބ. އަތޮޅު މުހައްމަދު މަދީން، ޅ. އަތޮޅު […]

އަޙްމަދު ވަހީދު
ނޮޅިވަރަންފަރުގައި ދަނޑުވެރިކަމަށް ދޫކޮށްފައިވާ ބިންތަކުން ކުލި ނަގަން ފަށަނީ

ނޮޅިވަރަންފަރުގައި ދަނޑުވެރިކަމަށް ދޫކޮށްފައިވާ ބިންތަކުން ކުލި ނަގަން ފަށަނީ

ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރު ކައުންސިލްގެ އިދާރާއިން ދަނޑުވެރިކަން ކުރުމަށް ކުލީ ދަނޑުގެގޮތުގައި ދޫކޮށްފައިވާ ދަނޑުބިންތަކުން ކުލިނެގުމަށް ނިންމައިފިއެވެ. މިކަމާއި ގުޅިގެން އެ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ވިދާޅުވެފައި ވަނީ އެ ރަށުން ދަނޑުވެރިކަންކުރުމަށް ކުލީ ދަނޑުގެގޮތުގައި ދޫކޮށްފައިވާ ދަނޑުތަކުން ކުލިނެގުމާއި ގުޅޭގޮތުން ރައީސުލްޖުމްހުރިއްޔާގެ އޮފީހުންނާއި، ލޯކަލް ގަވަރމަންޓް އޮތޯރިޓީން ފޮނުއްވާފައިވާ ސިޓީއާއި ގުޅިގެން އެ ކައުންސިލުން ދަނޑުވެރިކަންކުރުމަށް ކުލީ ދަނޑުގެގޮތުގައ...

އިބްރާހިމް ޚަލީލް